ރޮނާލްޑޯ އާއި މެސީގެ ލެވަލަށް ދާން ބޭނުން: ކޭން

May 21, 2021, 4:03 AM
ޗެމްޕިއަންސް ލީގުގެ މެޗެއްގެ ތެރެއިން ކޭން (ކ) އާއި މެސީ ސަލާމްކުރަނީ.

ޗެމްޕިއަންސް ލީގުގެ މެޗެއްގެ ތެރެއިން ކޭން (ކ) އާއި މެސީ ސަލާމްކުރަނީ.

ލަންޑަން (މެއި 21) - ބާސެލޯނާގެ ކެޕްޓަން ލިއޮނަލް މެސީ އާއި ޔުވެންޓަސްގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ އެ ހުރި ލެވަލަށް ދިއުމަކީ އަބަދު ވެސް އަމާޒެއް ކަމަށް މި ސީޒަނަށް ފަހު ޓޮޓެންހަމް ދޫކޮށްލަން ނިންމާފައިވާ އިނގިރޭސި ފޯވާޑް ހެރީ ކޭން ބުނެފި އެވެ.

އުމުރުން 27 އަހަރުގެ ކޭން ވަނީ ޓޮޓެންހަމް ދޫކޮށްލަން ނިންމާފައިވާކަން އެ ކްލަބްގެ ވެރިންގެ ސަމާލުކަމަށް ގެނެސްފަ އެވެ. ކޭން ޓޮޓެންހަމްގެ ކޮންޓްރެކްޓްގައި ހުރީ 2024 ވަނަ އަހަރުގެ ޖޫންގެ ނިޔަލަށް ކަމުގައި ވިޔަސް އޭނާ އެދެނީ ކެރިއަރަށް ވިސްނާފައި މި ސީޒަން ނިމުމުން ޓީމު ބަދަލުކުރާށެވެ. އެއީ ޓޮޓެންހަމްގައި ހުރެ މިހާތަނަށް ތަށްޓެއްގައި އަތްލުމުގެ ނަސީބު ލިބިފައިނުވާއިރު، އެކަން ހާސިލްކުރަން ބޭނުންވާތީ އެވެ.

"އަހަރެން ބިރެއް ނުގަނޭ އަހަރެން ބޭނުންވަނީ އެންމެ މޮޅު ކުޅުންތެރިޔާ އަށް ވާށޭ ބުނަން. އަހަރެން ވަރަށް ބޭނުން މެސީ އާއި ރޮނާލްޑޯ އެ ހުރި ލެވަލަށް ދާން. އެއީ އަހަރެންގެ އެންމެ ބޮޑު އަމާޒު. ކޮންމެ ސީޒަނެއްގައި ތަށްޓައް ވާދަކުރުމާއި ކޮންމެ ސީޒަނެއްގައި 50، 60 ނޫނީ 70 ގޯލު ޖަހަން،" ގެރީ ނެވިލްގެ ޔޫޓިއުބް ޝޯ ދި އޯވަލެޕްގައި ވާހަކަ ދައްކަމުން ކޭން ބުންޏެވެ.

"އެހެން މީހަކު އަހަންނަށް ކުރާ ޕްރެޝަރަށް ވުރެ އަހަރެން އަމިއްލަ ނަފްސަށް ކުރާ ޗެލެންޖް ބޮޑުވާނެ،"

ޗެމްޕިއަންސް ލީގުގެ މެޗެއްގެ ތެރެއިން ކޭން (ކ) އާއި ރޮނާލްޑޯ ސަލާމްކުރަނީ.

މީގެ ކުރިން ދެ ފަހަރެއްގެ މަތިން ކޭން ޓޮޓެންހަމް ދޫކޮށްލުމުގެ ވިސްނުން ގެންގުޅުނު ނަމަވެސް ރަސްމީ ސިފައެއްގައި ކްލަބްގެ އިސް ފަރާތްތަކަށް އެކަން ހިއްސާކޮށްފައެއް ނުވެ އެވެ. އެހެން ކަމުން މިއީ ކޭން ޓޮޓެންހަމް ދޫކޮށްލަން ބޭނުންވާކަން މި ގޮތަށް އެންގި ފުރަތަމަ ފަހަރެވެ. ކޭން ވަނީ މުސްތަގުބަލާ ބެހޭގޮތުން ޓޮޓެންހަމްގެ ޗެއާމަން ޑެނިއަލް ލީވީއާ ވާހަކަ ދައްކަން ނިންމައިފަ އެވެ.

"އަހަރެން އެއްވެސް އިރެއްގައި ނުބުނަން މުޅި ކެރިއަރު އެއްކޮށް ނިންމާލާނީ ޓޮޓެންހަމްގައި ހުރެފައޭ. އަހަންނެއް ނުބުނަން އަހަރެން ޓޮޓެންހަމް ދޫކޮށްލާނަމެކޭ ވެސް. މީހުން ކިޔާނެ އަހަރެން މި ހުރީ ޓްރޮފީއެއް ހޯދާ ޓީމަކާ ގުޅެން ފެންބޮވައިގަނެފައޭ. އެހެނެއް ނޫން. އަހަރެން އަދި ކެރިއަރުގައި ވަރަށް ގިނަ ކަންތައްތަކެއް ހާސިލްކުރަން ބޭނުން،" ޓޮޓެންހަމްގައި ހުރެ މިހާތަނަށް ތިން ފައިނަލަކުން ބަލިވެފައިވާ ކޭން ބުންޏެވެ.

"ޗެއާމަން ވިސްނަނީ ކިހިނެއް ކަމެއް އަަހަންނަށް ނޭނގެ. އޭނަ ބޭނުންވެދާނެ އަހަރެން 100 މިލިއަން ޕައުންޑަށް ވިއްކާލަން. އެކަމަކު އެއީ ކުރިއަށް އޮތް ދެތިން އަހަރު ތެރޭ އަހަރެންގެ އަގު ކަަމަށް ނުވެދާނެ. އަހަރެންގެ ދިރިއުޅުމުގެ ވަރަށް މުހިއްމު 16 އަހަރު މި ޓީމަށް (ޓޮޓެންހަމް) ދީފިން. ވަރަށް ތެދުވެރިކަމާ އެކު މުސްތަގުބަލާ ބެހޭގޮތުން ކްލަބާ ވާހަކަ ދައްކަން ބޭނުން،"

ރިޕޯޓްތައް ބުނާގޮތުން ކޭން ވަނީ އަންނަ މަހުގެ 11 ވަނަ ދުވަހު ފަށާ ޔޫރޯ ފުޓްބޯޅަ މުބާރާުުތުގެ ކުރިން މުސްތަގުބަލާ ބެހޭގޮތުން ގޮތެއް ނިންމައިދޭން އޭނާގެ އޭޖެންޓް އަދި ޓޮޓެންހަމްގެ ކައިިރިން މީގެ ކުރިން އެދިފަ އެވެ. އަދި އެކަން ޗެއާމަން ލީވީ އަށް ވެސް ވަރަށް ރަނގަޅަށް ކިޔައިދޭން ކޭން ބޭނުންވެ އެވެ.

އިނގިރޭސި ޕްރިމިއާ ލީގުގެ ރަން ބޫޓު ދެ ފަހަރެއްގެ މަތިން ހޯދައި އަދި މި ފަހަރު ވެސް ލަނޑު ލިސްޓުގެ ކުރީގައި އޮތް ކޭން ގެންދަން އެންމެ ބޮޑަށް މަސައްކަތްކުރަނީ މެންޗެސްޓާ ސިޓީންނެވެ. ސިޓީގެ އިތުރުން މެންޗެސްޓާ ޔުނައިޓެޑް ވެސް އެ ރޭހުގައި ވާދަކުރެ އެވެ. ކޭންގެ ވިސްނުން ބޮޑަށް ހުރީ ޓޮޓެންހަމް ދޫކޮށްލުމަށް ފަހު ޕްރިމިއާ ލީގުގެ ޓީމަކާ ގުޅޭށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox