އެމްޑީޕީގެ މަގާމުތަކުން އީސަ ސަސްޕެންޑް ކޮށްފި

ކެނދިކުޅުދޫ ދާއިރާގެ މެމްބަރު އަހުމަދު އީސަ: އީސަގެ މައްޗަށް ގެވެށި އަނިޔާގެ ސީރިއަސް ތުހުމަތު ތަކެއް ކުރެވޭ-- ފޮޓޯ: ހުސައިން ވަހީދު/ އަދަދު

ކެނދިކުޅުދޫ ދާއިރާގެ މެމްބަރު އަހުމަދު އީސަ: އީސަގެ މައްޗަށް ގެވެށި އަނިޔާގެ ސީރިއަސް ތުހުމަތު ތަކެއް ކުރެވޭ-- ފޮޓޯ: ހުސައިން ވަހީދު/ އަދަދު

ގެވެށި އަނިޔާގެ ސީރިއަސް ތުހުމަތުތަކެއް ކުރެވޭ، ކެނދިކުޅުދޫ ދާއިރާގެ މެމްބަރު އަހުމަދު އީސަގެ ތަހުގީގު ނިމެންދެން ގައުމީ މަޖިލީހުންނާއި، ޕާޓީގެ އެތެރޭގެ ކޮމެޓީތަކުގެ މުގައްރިރުކަމުން އޭނާ އެކަހެރިކުރުމަށް އެމްޑީޕީން މިއަދު ނިންމައިފި އެވެ.

އީސަގެ އަމަލު ކުށްވެރިކޮށް އެމްޑީޕީން ނެރުނު ބަޔާނެއްގައި ބުނީ އޭނާގެ މައްޗަށް ތުހުމަތުކުރެވޭ އެ އަމަލާ މެދު ކަންބޮޑުވެ، އެކަން ހަރުއަޑުން ކުށްވެރިކުރާ ކަމަށެވެ. އަދި އެ މައްސަލައިގައި އިންސާފުވެރި ފުރިހަމަ ޖިނާއީ ތަހުގީގެއް އަވަހަށް ހިންގައި ދިނުމަށް ކަމާބެހޭ އިދާރާތަކަށް އެ ޕާޓީން ގޮވާލި އެވެ.

"ގެވެށިއަނިޔާއާއި ނުވަތަ އެއްވެސް ބާވަތެއްގެ ލާއިންސާނީ އަނިޔާ އާއި އިންސާނީ ކަރާމަތަށް އުނިކަން އަންނަ ދަށުދަރަޖައިގެ އަމަލުތަކަކީ މި ޕާޓީން އެއްގޮތަކަށް ވެސް ޓޮލަރޭޓްކުރާނޭ އަމަލުތަކެއް ނޫން،" ބަޔާނުގައިވެ އެވެ.

ރައްޔިތުންގެ މަޖިލީހުގައި އީސަ ތަމްސީލު ކުރައްވާ ކޮމެޓީތަކުގެ މުގައްރިރުކަމުން އޭނާ އެކަހެރިކުރުމަށް އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުގައި އިލްތިމާސްކުރުމަށް ވެސް އެ ޕާޓީން ވަނީ ނިންމައިފަ އެވެ.

އިޖުތިމާއީ ކޮމެޓީގެ މުގައްރިރުކަން ކުރައްވާ އީސަ އެ މަގާމުން ވަކިކުރަން ނިންމާފައި ވަނިކޮށް އޭނާ ވަނީ އިސްތިއުފާ ދެއްވައިފަ އެވެ.

"އީސަގެ މައްޗަށް ތުހުމަތުކުރެވޭ މައްސަލައާ ގުޅިގެން، ވަގުތުން އެޅެން ހުރި ފިޔަވަޅުތަކާ މެދުގައާއި އަދި ޖިނާއީ ތަހުގީގު ހިނގާ ގޮތް ގާތުން ބެލުމުގެ މަސައްކަތް އެމްޑީޕީގެ މެޖޯރިޓީ އޮންނަ ރައްޔިތުންގެ މަޖިލީހުގެ ކަމާ ގުޅުން ހުރި ކޮމެޓީތަކުން މިހާރު ވެސް ފަށާފައިވާކަން ފާހަގަކުރަން،" ބަޔާނުގައިވެ އެވެ.

އީސައާ ދެކޮޅަށް މައްސަލަ ހުށަހެޅުއްވީ ކުރީގެ އަނބިކަބަލުން އަސްރާ ނަސީމެވެ. އެ މައްސަލައިގެ ތަހުގީގަށް ފުލުހުންނަށް ބަޔާން ދެއްވުމަށް ފަހު އަސްރާ ފޭސްބުކްގައި ލިއުއްވި ގޮތުގައި އަނިޔާގެ އެ ތަޖުރިބާއަކީ ދުވަހަކު ވެސް ކުރިމަތިވެދާނެ ކަމަށް ހީކުރެއްވި ކަމެއް ނޫން ކަަމަށެވެ.

އޭނާ އާއި ދެ އަހަރު ނުވާ ދަރިފުޅަށް އަނިޔާކުރި ކަމަށް ވަނީ އިއްޔެ ރޭ ދަންވަރެވެ.

އަސްރާ ވިދާޅުވި ގޮތުގައި ވޭތުވެދިޔަ 24 ގަޑިއިރަކީ އޭނާ އާއި ދަރިފުޅަށް އުނދަގޫ އިހްސާސްތަކެއް ކުރަން ޖެހުނު ވަގުތެކެވެ. އެކަމަކު މިހާރު ދެމައިންގެ ވެސް ހާލު ރަނގަޅު ކަމަށް ވިދާޅުވި އެވެ.

އޭނާގެ ގާތް މީހަކު "އަދަދު"އަށް ކިޔައިދިން ގޮތުގައި، އަސްރާގެ ކޮނޑުހުޅާއި އަތަށް ވަނީ އަނިޔާ ލިބިފަ އެވެ. އަދި އެންމެ ބޮޑު ހިތްދަތިކަމަކީ ދަރިކަލުންނަށް ކުރިމަތިވި "ބިރުވެރި ވަގުތުކޮޅު" ކަމަށް ވެސް އޭނާ ބުންޏެވެ.

އީސަ މިއަދު ނެރުނު ބަޔާނެއްގައިވަނީ އޭނާގެ މައްޗަށް ކުރެވޭ ތުހުމަތުތައް ދޮގު ކުރައްވައިފަ އެވެ.

"ދިވެހިރާއްޖޭގެ ގާނޫނުތަކާއި ގަވާއިދުތަކާ ހިލާފު އެއްވެސް އަމަލެއް އަޅުގަނޑު ކޮށްފައި ނުވާނެ ކަމުގެ ޔަގީންކަން އެންމެހާ ރައްޔިތުންނަށް އަދި ހާއްސަކޮށް ކެނދިކުޅުދޫ ދާއިރާގެ ލޮބުވެތި ރައްޔިތުންނަށް އަރުވަމެވެ،" ބަޔާނުގައި ވިދާޅުވި އެވެ.

އެ މައްސަލައާ ގުޅިގެން އީސަ ހައްޔަރު ކުރުމުގެ އަމުރަކަށް ޕްރޮސިކިއުޓާ ޖެނެރަލް ވަނީ ކޯޓުގައި އެދިފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox