ޗައިނާގެ ޖައްވީ އުޅަނދުން ނެގި މާސްގެ ފުރަތަމަ ފޮޓޯތައް އާއްމުކޮށްފި

މާސްގައި ޖެއްސި ޗައިނާގެ ޖައްވީ އުޅަނދުގެ އާޓްވޯކެއް.-- ފޮޓޯ: ސީއެންއެސްއޭ

މާސްގައި ޖެއްސި ޗައިނާގެ ޖައްވީ އުޅަނދުގެ އާޓްވޯކެއް.-- ފޮޓޯ: ސީއެންއެސްއޭ

ޗައިނާއިން މި ހަފްތާގައި މާސްއަށް ފޮނުވި ޝުރޮންގް ޖައްވީ އުޅަނދުން ނެގި އެ ޕްލެނެޓުގެ ފުރަތަމަ ފޮޓޯތައް އާއްމުކޮށްފި އެވެ.

ރޮބޮޓުގެ ފްރަންޓް ކެމެރާ ފޮޓޯއިން ފެންނަނީ ލޭންޑިން ޕްލެޓްފޯމުގައި އޭތި މަޑުކޮށްގެން އިން އިރު، ކުރިމަތީގައިވާ މާސްގެ ވެލިގަނޑެވެ. އަދި އެ ރޮބޮޓުގެ ފަހަތުގައިވާ ރިއާ ކެމެރާއިން ފެންނަނީ އެއަށް ހަކަތަ ދިނުމަށް ބޭނުން ކުރާ ސޯލާ ޕެނަލްތަކެވެ.

ޝުރޮންގް ރޮބޮޓުގެ ފްރަންޓް ވިއު.-- ފޮޓޯ: ސީއެންއެސްއޭ
ޝުރޮންގް ރޮބޮޓުގެ ފްރަންޓް ވިއު.-- ފޮޓޯ: ސީއެންއެސްއޭ

ޝުރޮންގް ރޮބޮޓުގެ ފްރަންޓް ވިއު.-- ފޮޓޯ: ސީއެންއެސްއޭ

ޝުރޮންގް ރޮބޮޓުގެ ރިއާ ވިއު.-- ފޮޓޯ: ސީއެންއެސްއޭ
ޝުރޮންގް ރޮބޮޓުގެ ރިއާ ވިއު.-- ފޮޓޯ: ސީއެންއެސްއޭ

ޝުރޮންގް ރޮބޮޓުގެ ރިއާ ވިއު.-- ފޮޓޯ: ސީއެންއެސްއޭ

ހަ ފުރޮޅުލީ ޝުރޮންގް ރޮބޮޓް ތިރި ކުރީ މާސްގެ އުތުރުގައިވާ ޔޫޓޯޕިއާ ޕްލެނީޝިއާ ކިޔާ ހިސާބަކަށެވެ. އޭތި މާސްގެ ބިމުގައި ޖެއްސީ ކެޕްސޫލަކާއި، ޕެރެޝޫޓެއް އަދި ރޮކެޓް ޕްލެޓްފޯމެއްގެ އެހީ ގަ އެވެ.

މާސްގެ ބިމަށް ތިރި ކުރުމަކީ ވަރަށް އުނދަގޫ ކަމަކަށް ވާތީ މިއީ ޗައިނާގެ ޖައްވީ އޮޕަރޭޝަންތަކަށް ލިބުނު ބޮޑު ކާމިޔާބެއްގެ ގޮތުގައި އަންނަނީ ފާހަގަކުރަމުންނެވެ.

މީގެ ކުރިން މާސްގެ ބިމުގައި އުޅަނދެއް ޖައްސާފައިވަނީ އެމެރިކާއިން އެކަންޏެވެ. އެހެންކަމުން ޗައިނާ މިއީ މާސްއަށް އުޅަނދެއް ފޮނުވި ދެ ވަނަ ގައުމެވެ.

އެކަން ކާމިޔާބުވުމުން ރައީސް ޝީ ޖިންޕިން ވަނީ އެ މަސައްކަތުގައި އުޅޭ ޓީމަށް މަރުހަބާ ވިދާޅުވެ، ގައުމަށް ހޯދައިދިން ރީތި ނަމަށް ތައުރީފު ކުރައްވައިފަ އެވެ.

މާސްގެ ބިމަށް ތިރި ކުރި ޝުރޮންގް ރޮބޮޓު ބޭނުންކޮށްގެން ސައިންޓިސްޓުން މަސައްކަތް ކުރާނީ މަދުވެގެން 90 ދުވަސް ވަންދެން އެ ތަނުގައި އޭތި ދުއްވާ، މާސްގެ ބިމާ ގުޅޭ މައުލޫމާތު އެއް ކުރުމަށެވެ. މާސްގައި އެއް ދުވަހުގެ ދިގުމިނަކީ 24 ގަޑިއިރާއި 39 މިނެޓެވެ.

ރޮބޮޓުން ނެގި ފުރަތަމަ ފޮޓޯތައް އާއްމުކުރީ ޗައިނާގެ ނޭޝަނަލް ސްޕޭސް އެޑްމިނިސްޓްރޭޝަން (ސީއެންއެސްއޭ) ގެ ވެބްސައިޓުގަ އެވެ.

ޝުރޮންގް ރޮބޮޓް މާސްއަށް ފޮނުވީ މިދިޔަ ފެބްރުއަރީ މަހު އެ ޕްލެނެޓުގެ އޯބިޓަށް ޗައިނާއިން ފޮނުވި ޓިއަންވެން-1 އޯބިޓާ ގަ އެވެ.

ޗައިނާއިން މާސްއަށް ފޮނުވި ރޮބޮޓާއި އެމެރިކާގެ ޖައްވީ އިދާރާ، ނާސާއިން މީގެ ކުރިން މާސްއަށް ފޮނުވި އުޅަނދުތަކާ ދާދި އެއް ގޮތެވެ. ޝުރޮންގްގެ ބަރުދަނުގައި 240 ކިލޯ ހުރެ އެވެ. އެއަށް ހަކަތަ ލިބެނީ ސޯލާ ޕެނެލް ބޭނުންކޮށްގެންނެވެ.

އޭގައި ހަރުކޮށްފައިވާ ދިގު ދަނޑިއެއް ކަހަލަ އެއްޗެއްގައި ކެމެރާއެއް އިނދެ އެވެ. ކެމެރާއިން އެހީވާނީ އުޅަނދު ދުއްވުމަށާއި ފޮޓޯ ނެގުމަށެވެ. މާސްގެ ބިމުގައިވާ ވެއްޔާއި ގާ އަދި ފެން ނުވަތަ ގަނޑުފެން ފަދަ ތަކެތި ދިރާސާ ކުރަން އިތުރު ފަސް އާލާތް އޭގައި ހިމެނެ އެވެ.

އެމެރިކާއިން މިދިޔަ ފެބްރުއަރީ މަހު މާސްގެ ބިމުގައި ޖެއްސި ޕޭސިވެރަންސް އަދި ކިޔުރިއޮސިޓީ ރޮބޮޓުތައް ވެސް އަންނަނީ އެ ޕްލެނެޓުގެ ގިނަ ފޮޓޯތަކެއް ނަގައި ދިރާސާތައް ކުރަމުންނެވެ.

ޔޫރަޕުން މީގެ ކުރިން ދެ ފަހަރަކު މާސްއަށް ރޮބޮޓު ފޮނުވަން އުޅެ، ކާމިޔާބުވެފައެއް ނުވެ އެވެ. ރަޝިއާ އާއި ޔޫރަޕްގެ ޖައްވީ އިދާރާ ގުޅިގެން މިހާރު މަސައްކަތް ކުރަނީ ރޮސަލިންޑް ފްރެންކްލިން ނަމަކަށް ކިޔާ ކުޑަ ރޮބޮޓެއް އަންނަ އަހަރު މާސްއަށް ފޮނުވުމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޑިމޮކްރެޓް އޮފިޝަލަކު ރިޕަބްލިކަން ކެންޑިޑޭޓަށް ތާއީދުކޮށްފި

މިޝިގަންގެ ސެނެޓް އިންތިޚާބަށް ދެ ދުވަހަށް ވެފައި ވަނިކޮށް، ޑިމޮކްރެޓިކް ޕާޓީގެ އިސް މެންބަރު ހޭލީ ސްޓީވަންސް ވަނީ އަމިއްލަ ޕާޓީގެ ކެންޑިޑޭޓާ އުފެދުނު ޚިޔާލުތަފާތުވުންތަކާ ހުރެ ރިޕަބްލިކަން ކެންޑިޑޭޓް މައިކް ރޮޖާސްއަށް ތާއީދުކުރަން ނިންމާފައެވެ. ސްޓީވަންސްގެ މި ކުއްލި ނިންމުމާ ގުޅިގެން ޑިމޮކްރެޓިކް ޕާޓީގެ ތެރޭގައި ބޮޑު ސިހުމެއް އުފެދިފައިވާއިރު، ބައެއް މެންބަރުން މިކަން ސިފަކުރަނީ ޕާޓީއަށް ވީ ބޮޑު ޚިޔާނާތެއްގެ ގޮތުގައެވެ.

އިންތިހާބު ވަގަށް ނެގީ ގަތަރުން ރާވައިގެން: ނަތަންޔާހޫ

އިސްރާއީލުގެ އިންތިޚާބަށް ބޭރުގެ ނުފޫޒު ފޯރުވި ކަމަށް ބުނެ ނަތަންޔާހޫގެ ޕާޓީން ކުރާ ތުހުމަތުތަކުން އިންތިޚާބުގެ ނަތީޖާއަށް ބަދަލެއް ނާންނާނެ ކަމަށް އެ ގައުމުގެ އިލެކްޝަންސް ކޮމިޝަނުން ބުނެފިއެވެ. ނަތަންޔާހޫގެ ޕާޓީން ގަތަރާއި އަރަބި ޕާޓީތަކަށް ވޯޓު އޮޅުވާލުމުގެ ތުހުމަތު ކުރާއިރު، ގަތަރާއި އަރަބި ލީޑަރުން ވަނީ އެ ވާހަކަތައް ދޮގުކޮށް އެއީ ސިޔާސީ ނުފޫޒު ފޯރުވުމެއް ކަމަށް ބުނެފައެވެ.

ވޯލް ސްޓްރީޓް ޖާނަލްއާ ދެކޮޅަށް ހުށަހެޅި ދައުވާ ބޭރުކޮށްފި

ޖެފްރީ އެޕްސްޓީންއާ ގުޅުވައި ވޯލް ސްޓްރީޓް ޖާނަލްއިން ޝާއިއުކުރި ރިޕޯޓަކާ ގުޅިގެން ޓްރަމްޕް ހުށަހެޅުއްވި 10 ބިލިއަން ޑޮލަރުގެ އަބުރުގެ ދައުވާ އެމެރިކާގެ ކޯޓަކުން ބޭރުކޮށްލައިފިއެވެ. ފަނޑިޔާރު މި މައްސަލަ ބޭރުކޮށްލެއްވީ ނޫސްވެރިކަމުގެ މިނިވަންކަމާ ފުށުއަރާ ކަމަށް ނިންމަވައި، ދެން ދުވަހަކުވެސް މި މައްސަލަ ހުށަނޭޅޭނެ ގޮތަށެވެ.

ޕަލެސްޓައިން އެކްޝަންއަށް ތާއީދުކޮށް އެއްވި 300 މީހުން ހައްޔަރު

ލަންޑަނުގައި ހުންނަ އެމެރިކާ އެމްބަސީ ކައިރީގައި، މަނާކޮށްފައިވާ "ޕަލެސްޓައިން އެކްޝަން" ގްރޫޕަށް ތާއީދުކޮށް މުޒާހަރާކުރި 300 އަށްވުރެ ގިނަ މީހުން ޓެރަރިޒަމްގެ ގާނޫނުގެ ދަށުން އިނގިރޭސި ފުލުހުން ވަނީ ހައްޔަރުކޮށްފައެވެ. މި ޖަމާއަތް މަނާކުރި މައްސަލަ ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރުމުގެ ފުރުސަތު ލިބިފައިވާއިރު، އެމްނެސްޓީ އިންޓަނޭޝަނަލް އިން ވަނީ މި ހައްޔަރުކުރުންތަކަށް ފާޑުކިޔައި އެ ގްރޫޕް މަނާކޮށްފައި އޮތް އޮތުން ނިމުމަކަށް ގެނައުމަށް ގޮވާލާފައެވެ.

ގަލްފު ސަރަހައްދުގައި ގަތަރުގެ ތެޔޮ ބޯޓަކަށް ހަމަލާ ދީފި

ގަލްފު ސަރަހައްދުން ދަތުރުކުރި ގަތަރުގެ "އަލް މައިދާ" ނަމަކަށް ކިޔާ ގޭސް ބޯޓަކަށް ހަމަލާއެއް ދީފި އެވެ. މި ހަމަލާގައި އެއްވެސް މީހަކަށް އަނިޔާއެއް ނުވާ އިރު، ބޯޓުގެ އޮޕަރޭޝަންތައް ހުއްޓުމެއް ނެތި ކުރިއަށްދާ ކަމަށް ގަތަރު ގޭސް ޓްރާންސްޕޯޓް ކޮމްޕެނީން ބުނެއެވެ. މިއީ އީރާނާއި އެމެރިކާ އަދި އިސްރާއީލާ ދެމެދު ހިނގަމުންދާ ހަމަނުޖެހުންތަކާ ގުޅިގެން ވިޔަފާރި އުޅަނދުތަކަށް އަމާޒުކޮށް ދެމުންދާ ހަމަލާތަކުގެ ތެރެއިން ހިނގި ހާދިސާއެކެވެ.

އިގްތިސާދީ މަޖުބޫރުކުރުންތަކާ މެދު "ކުއަޑް"ގެ ކަންބޮޑުވުން

އިތުބާރު ހުރި ސަޕްލައި ޗެއިންތަކެއް ބިނާކުރުމަށާއި، މާކެޓް އުސޫލުތަކާ ޚިލާފަށް ކުރިމަތިވާ އިގްތިސާދީ މަޖުބޫރުކުރުންތަކާ މެދު "ކުއަޑް" އިއްތިހާދުގެ ގައުމުތަކުން ކަންބޮޑުވުން ފާޅުކޮށްފިއެވެ. މި ބައްދަލުވުމުގައި މިނިވަން އިންޑޯ-ޕެސިފިކް ސަރަހައްދަކަށް ތާއީދުކޮށް، އެ ސަރަހައްދުގެ އޭއައި ޓެކްނޮލޮޖީ ކުރިއެރުވުމަށް 85 މިލިއަން ޑޮލަރުގެ އެހީ ދިނުމަށް ވަނީ އެއްބަސްވެފައެވެ.

ކޮޕް17 ގައި އެއްބަސްވުމަކާ ހަމައަށް، ފައިސާގެ މައްސަލަ ބޮޑު

އަރްމީނިއާގައި ބޭއްވި ކޮޕް17 ކޮންފަރެންސްގައި ދުނިޔޭގެ ދިރުންތަކުގެ ނަސްލު ހިމާޔަތްކުރުމުގެ މަސައްކަތް ވަރުގަދަކުރުމަށް "ޔެރެވަން ޕާތުވޭ" ގެ ނަމުގައި އެއްބަސްވުމެއް އެކުލަވާލައިފިއެވެ. ނަމަވެސް، މި މަސައްކަތްތަކަށް ބޭނުންވާ ފައިސާ ހޯދާނެ ގޮތަކާ މެދު ގައުމުތަކުގެ މެދުގައި އަދިވެސް ވަނީ ގޮތެއް ނުނިންމި ހިޔާލުތަފާތުވުންތަކެއް އުފެދިފައެވެ.

Newsletter

Get the latest news delivered straight to your inbox