ގާޒާ އާއި އިޒްރޭލުގެ ހަމަލާތައް ހުއްޓާލާނެ ކަމުގެ އިޝާރާތެއް

އިޒްރޭލުން ގާޒާއަށް ވައްޓާލި މިސައިލެއްގައި ފަލަސްތީނުގެ ދެ ކުދިންގެ އިށީންދެގެން،-- ފޮޓޯ: އީޕީއޭ

އިޒްރޭލުން ގާޒާއަށް ވައްޓާލި މިސައިލެއްގައި ފަލަސްތީނުގެ ދެ ކުދިންގެ އިށީންދެގެން،-- ފޮޓޯ: އީޕީއޭ

ކުރިއަށް އޮތް ދެ ތިން ދުވަހުގެ ތެރޭގައި އިޒްރޭލާއި ގާޒާގެ ހަމަލާ ބަދަލުކުރުންތައް ހުއްޓާލުމުގެ އެއްބަސްވުމަކަށް އާދެވުމުގެ އުއްމީދު އެބަ އޮތް ކަމަށް ގާޒާ ކޮންޓްރޯލް ކުރާ ހަމާސް ގްރޫޕްގެ އިސް އޮފިޝަލަކު ވިދާޅުވެއްޖެ އެވެ.

ހަމާސްގެ އިސް އޮފިޝަލަކު މިއަދު އެހެން ވިދާޅުވި ނަމަވެސް، އިއްޔެ ވެސް އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ތަކުރާރުކޮށް ވިދާޅުވީ ގާޒާއިން އަންނަ ހަމަލާތައް ހުއްޓުވެންދެން އިޒްރޭލުން މެދުކެނޑުމެއް ނެތި ހަމަލާ ދޭނެ ކަމަށެވެ.

ހަމާސްގެ އޮފިޝަލް މޫސާ އަބޫ މަރްޒޫގް ލުބްނާންގެ އަލް މަޔާދީން ޓީވީ ޗެނަލަށް ވިދާޅުވީ ހަމަލާތައް ހުއްޓުވުމުގެ ގޮތުން މިހާރު ކުރަމުންދާ މަސައްކަތްތައް ކާމިޔާބުވުމުގެ ފުރުސަތު ބޮޑު ކަމަށެވެ.

"އަޅުގަނޑަށް ބެލެވެނީ ކުރިއަށް އޮތް ދެ ތިން ދުވަހުގެ ތެރޭގައި ހަމަލާތައް ހުއްޓާނެ ކަމަށް. އަދި ހަމަލާ ހުއްޓާނީ ދެ ފަރާތަށް އެއްބަސްވެވޭ ކަންތައްތަކެއްގެ މަތިން،" އޭނާ ވިދާޅުވި އެވެ.

މިއަދު ހެނދުނު ވެސް ގާޒާގެ އުތުރުގެ ސަރަހައްދުތަކަށް އިޒްރޭލުން 100 އަށް ވުރެ ގިނަ ވައިގެ ހަމަލާ ދިނެވެ. ހަމާސްގެ މެމްބަަރުން ރައްދުގައި އިޒްރޭލަށް ރޮކެޓު ހަމަލާ ފޮނުވަމުން ދިޔަ އެވެ.

ގާޒާ އާއި އިޒްރޭލާ ދެމެދު ހަމަލާ ބަދަލު ކުރަން ފެށީ ނިމުނު ރޯދަ މަހު އަގްސާ މިސްކިތުގައި ނަމާދު ކުރަން ހުރި ހުރަސްތަކާ ގުޅިގެން ހަމަނުޖެހުން ބޮޑުވެފައި ވަނިކޮށެވެ. އޭގެ އިތުރުން ހުޅަނގު އައްސޭރީގެ ޝެއިހް ޖައްރާ ހިސާބުގައި އުޅޭ ފަލަސްތީނު މީހުން ގެތަކުން ނެރެން އުޅޭ މައްސަލަ ވެސް އޮތީ ބޮޑުވެފަ އެވެ.

ހަމަލާތައް ފެށި ފަހުން މިއަދަށް 11 ދުވަސް ފުރިފައި ވާއިރު، މިހާތަނަށް ފަލަސްތީނުގެ 227 މީހުން ވަނީ މަރުވެފަ އެވެ. އޭގެ ތެރޭގައި 61 ކުދިން ހިމެނެ އެވެ. އިޒްރޭލުން މަރުވީ ދެ ކުދިންނާ އެކު 12 މީހުންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އަޒަރުބައިޖާންގެ ސްކޫލްތަކުގައި ބުރުގާ އެޅުން މަނާކޮށްފި

އަޒަރުބައިޖާންގެ ސްކޫލްތަކުގައި "ސެކިއުލާ އުސޫލުތަކަށް" ފެތޭ ޔުނިފޯމް މިންގަނޑެއް ކަނޑައަޅައި، ނުސީދާ ގޮތެއްގައި ބުރުގާ އެޅުން މަނާކުރުމާ ގުޅިގެން އެ ގައުމުގައި ބޮޑެތި އިހުތިޖާޖުތަކެއް ވަނީ ފެށިފަ އެވެ. މި ނިންމުމުގެ ސަބަބުން ގިނަ ބަޔަކު ދަނީ މިއީ ދީނީ މިނިވަންކަމަށް އަރައިގަތުން ކަމަށް ބުނެ ނުރުހުން ފާޅުކުރަމުން.

"ކުރަފި" ހަރަކާތުގެ އިސް ލީޑަރުން ހައްޔަރުކޮށްފި

އިންޑިއާގެ ވޯޓާ ލިސްޓަށް ގެނައި އިސްލާހުތަކާ ގުޅިގެން ޗީފް އިލެކްޝަން ކޮމިޝަނަރު އިސްތިއުފާ ދެއްވުމަށް ގޮވާލައި، މުޒާހަރާކުރި "ކޮކްރޯޗް" ޒުވާނުންގެ ހަރަކާތުގެ އިސް ލީޑަރުންތަކެއް ފުލުހުން ހައްޔަރުކޮށްފި މި ހަރަކާތުގެ ބައިވެރިން ހައްޔަރުކުރީ މުޒާހަރާކުރުން މަނާ ސަރަހައްދެއް ކަމަށްވާ ޖަންތަރު މަންތަރަށް ފުލުހުންގެ ބެރިކޭޑްތައް މަތިން ފުންމާލުމުން.

ސިންގަޕޫރުން ހާއްސަ ސަބްސިޑީއެއް، މެލޭޝިއާ ސްކޫލުތައް ބަންދު

އިންޑޮނޭޝިއާގެ ޖަންގަލިތަކުގައި ރޯވި އަލިފާނުގެ ދުމުގެ ސަބަބުން ވައި ނުސާފުވެ، ސިންގަޕޫރުން ސިއްހީ ފަރުވާގެ ސަބަބްސިޑީއެއް ތައާރަފުކޮށް މެލޭޝިއާގެ ބައެއް ސްކޫލްތައް ވަނީ ބަންދުކޮށްފައެވެ. މި ހާލަތާ ގުޅިގެން ސިންގަޕޫރުގެ ރައްޔިތުންނަށް ނޭވާލާ ނިޒާމުގެ ބަލިތަކަށް އަގުހެޔޮކޮށް ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސާފައިވާއިރު، މިއީ "އެލް ނީނޯ" މޫސުމީ ހާލަތުގެ ސަބަބުން ކުރިމަތިވި ކަމެކެވެ.

ފްލައިޓެއްގައި ތަތްމަކުނު އުޅޭތީ ދަތުރު ކެންސަލްކޮށްފި

އޮސްޓްރޭލިއާގެ ކުއަންޓަސް އެއާވޭސްގެ ފްލައިޓެއްގައި ތަތްމަކުނު އުޅޭކަން ފާހަގަވެ، ފަސިންޖަރުންނަށް އުނދަގޫތަކެއް ކުރިމަތިވުމާ ގުޅިގެން އެ ބޯޓުގެ ދަތުރު ކެންސަލްކޮށް ބޯޓު ގްރައުންޑުކޮށްފިއެވެ. މި ހާދިސާއާ ގުޅިގެން ބޯޓު ސާފުކުރުމުގެ މަސައްކަތް ފަށާފައިވާއިރު، ދަތުރު މެދުކެނޑުނު ފަސިންޖަރުންނަށް އެއާލައިނުން ވަނީ ބަދަލު އިންތިޒާމުތައް ހަމަޖައްސައިދީފައެވެ.

ސުޕަމާކެޓްތަކުގެ ފިނިކުރާ ނިޒާމުތަކަށް ސައިބާ ހަމަލާއެއް

ފްރާންސްގެ އެތައް ސަތޭކަ ސުޕަމާކެޓެއްގެ ފިނިކުރާ ނިޒާމުތަކަށް ދިން ސައިބާ ހަމަލާއެއްގައި، ކާބޯތަކެތި ހަލާކުވެ މިލިއަނުން ޔޫރޯގެ ގެއްލުން ވެއްޖެއެވެ. މި ހަމަލާ އަމާޒުކޮށްފައިވަނީ ފިނިކުރާ ނިޒާމުތައް ކޮންޓްރޯލްކުރާ ސޮފްޓްވެއާއަކަށް ކަމަށްވާއިރު، މީގެ ސަބަބުން އައިސްއަލަމާރިތަކުގެ ހޫނުމިން އިންތިހާއަށް މަތިވެ ގިނަ އަދަދެއްގެ މުދާ ވަނީ އުކާލަން ޖެހިފައެވެ.

ހޫތީންނަށް "ހަރުކަށި" ރައްދެއް ދޭނެ ކަމުގެ އިންޒާރު ދީފި

ސައުދީގެ އެއާޕޯޓުތަކަށާއި ތެޔޮ އުފައްދާ މަރުކަޒުތަކަށް ހޫތީން ދެމުންދާ ހަމަލާތަކަށް ވަރުގަދަ ރައްދެއް ދޭނެ ކަމުގެ އިންޒާރު އެ ގައުމުގެ އެނާޖީ މިނިސްޓަރު ދެއްވައިފިއެވެ. މި ހަމަލާތަކުގައި މީހުން މަރުވެ އާންމު ޚިދުމަތްތަކަށް ބުރޫއަރާފައިވާއިރު، ހޫތީން ބުނަނީ މިއީ ސައުދީން ޔަމަނަށް ދޭ ހަމަލާތަކުގެ ބަދަލު ހިފުން ކަމަށެވެ. މި މައްސަލައިގައި ދެފަރާތުގެ ދެމެދުގައި ހަމަލާ ބަދަލުކުރުން ވަނީ އިތުރަށް ވަރުގަދަވެފައެވެ.

އިދިކޮޅު ސަޕޯޓަރުން ސުޕްރީމް ކޯޓާ ހަމައަށް ހިނގާލުމެއް ބާއްވައިފި

އިންތިޚާބީ ލިސްޓުގައި މަކަރު ހަދާފައިވާ ކަމަށް ބުނެ، އިންޑިއާގެ އިލެކްޝަންސް ކޮމިޝަނުގެ އިސްވެރިޔާ އިސްތިއުފާ ދިނުމަށް ގޮވާލައި އިދިކޮޅު ސަޕޯޓަރުން ދިއްލީގައި ބޮޑު ހިނގާލުމެއް ބާއްވައިފިއެވެ. މި މައްސަލަ ބަލައިދިނުމަށް އެދި ކޮންގްރެސް ޕާޓީން ސުޕްރީމް ކޯޓަށް ޕެޓިޝަނެއް ހުށަހަޅާފައިވާއިރު، ސަލާމަތީ ބާރުތަކުން ވަނީ މުޒާހަރާގެ ބައިވެރިން ހުއްޓުވައި ގިނަ ބަޔަކު ހައްޔަރުކޮށްފައެވެ.

Newsletter

Get the latest news delivered straight to your inbox