25 މިނެޓު ތެރޭ ގާޒާއަށް 122 ބޮން، ނޫސްވެރިއަކު މަރުވެއްޖެ

އިޒްރޭލުން ގާޒާއަށް ބޮން އަޅާފައި.-- ފޮޓޯ: އޭޕީ

އިޒްރޭލުން ގާޒާއަށް ބޮން އަޅާފައި.-- ފޮޓޯ: އޭޕީ

ރޭ ދަންވަރު ފަންސަވީސް މިނެޓުގެ ތެރޭގައި އިޒްރޭލު އަސްކަރިއްޔާއިން ގާޒާއަށް 122 ބޮން އެޅި ކަމަށް ޓައިމްސް އޮފް އިޒްރޭލް ނޫހުން ރިޕޯޓުކޮށްފި އެވެ.

ގާޒާ ގަޑިން ރޭ 10:00 ޖެހިއިރު ބޮން އަޅަން ފެށީ ބިމު އަޑީގައިވާ ހަމާސްގެ މަގުތަކަށް އަމާޒުކޮށެވެ. ފަތިސްވި އިރު ވެސް އިރުއިރުކޮޅާ ދިޔެއީ ބޮން އަޅަމުންނެވެ.

އެ ހަމަލާތަކުގައި ހަތަރު މީހަކު މަރުވިއިރު، އޭގެ ތެރޭގައި އަލް އަގްސާ ވޮއިސް ރޭޑިއޯގެ ނޫސްވެރިޔާ ޔޫސުފް އަބޫ ހުސެން ވެސް ހިމެނެ އެވެ.

އިޒްރޭލުން ދެމުންދާ އުދުވާނީ ހަމަލާތަކަށް މިއަދު 10 ދުވަސް ފުރިފައި ވާއިރު، މިހާތަނަށް ފަލަސްތީނުގެ 63 ކުޑަކުދިންނާއެކު 212 މީހުން ވަނީ މަރުވެފަ އެވެ.

ހަމަލާ ބަދަލުކުރުންތައް ހުއްޓާލުމަށް ބައިނަލްއަގްވާމީ މުޖުތަމައުއިން ގޮވާލި ނަމަވެސް އިޒްރޭލުން އެކަމަށް ދީފައި ވަނީ ބީރު ކަންފަތެކެވެ. އެކި ގައުމުތަކުގެ ވެރިން އަންނަނީ ހަމަލާތައް ހުއްޓުވުމަށް ޑިޕްލޮމެޓިކް މަސައްކަތްތައް ކުރައްވަމުންނެވެ.

އެގޮތުން މިސްރާއި އުރުދުންގެ މަޝްވަރާއާ އެކު ފްރާންސުން ވަނީ އދ. ގެ ސަލާމަތީ މަޖިލީހަށް ގަރާރެއްގެ ދެލިކޮޕީ ހުށަހަޅާފަ އެވެ. އެ ގަރާރުގައި އެންމެ އިސްކަމެއްގެ ގޮތުގައި ފާހަގަކޮށްފައިވަނީ ވަގުތުން ވަގުތަށް ހަމަލާ ބަދަލު ކުރުން ހުއްޓާލުމެވެ.

ހަމަލާ ބަދަލު ކުރުން ހުއްޓާލަން ގޮވާލާ އދ. ގެ ސަލާމަތީ މަޖިލީހުން ބަޔާން ނެރުމަށް މީގެ ކުރިން ތިން ފަހަރު މަސައްކަތް ކުރުމުން ވެސް އެކަމަށް ހުރަސް އަޅާފައިވަނީ ވީޓޯ ކުރުމުގެ ބާރު ލިބިފައިވާ އެމެރިކާއިން އެކަންޏެވެ.

ނަމަވެސް, އެމެރިކާގެ އެތެރޭގައި ފިއްތުންތައް އިތުރުވެ، އިއްޔެ ރައީސް ޖޯ ބައިޑެން އެންމެ ފަހުން ވަނީ ހަމަލާތައް ހުއްޓާލަން އެދޭ ކަމަށް ވިދާޅުވެފަ އެވެ. އެކަމަކު އަމިއްލަ ދިފާއުގައި އިޒްރޭލަށް މަސައްކަތް ކުރެވޭނެ ކަމަށް ވެސް ވިދާޅުވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސްޕޭސްއެކްސްއަށް ފަންޑިން ހުއްޓުވުމުގެ އިންޒާރު

ޔޫކްރެއިންގައި ބޭނުންކުރާ ސްޓާޝީލްޑްގެ ޚިދުމަތަށް ބަދަލުތަކެއް އައި މައްސަލައިގައި، ސްޕޭސްއެކްސްއަށް ދޭ ފަންޑިން ހުއްޓާލާނެ ކަމުގެ އިންޒާރު އެމެރިކާގެ ކޮންގްރެސް މެންބަރު ޖިމް ހައިމްސް ދެއްވައިފިއެވެ. އޭނާ އެދިވަޑައިގަންނަވަނީ މި ބަދަލުތަކަކީ ކުންފުނިން އަމިއްލައަށް ނިންމި ނިންމުމެއްތޯ ނުވަތަ ސަރުކާރުގެ އެންގުމަކަށް ކުރި ކަމެއްތޯ ސާފުކޮށްދިނުމަށެވެ. ސަރުކާރުގެ ފުރިހަމަ ކޮންޓްރޯލް ނެތް ނިޒާމުތަކަށް ފައިސާ ދޫނުކުރާނެ ކަމަށް ވިދާޅުވެ، މިކަމާ ގުޅޭގޮތުން އީލޮން މަސްކާ ބައްދަލުކުރުމަށްވެސް ހައިމްސް ވަނީ އެދިވަޑައިގެންފައެވެ.

ރަޝިޔާ އާއެކު މަޝްވަރާއަށް ތައްޔާރު: ޔޫރަޕުގެ ލީޑަރުން

ޔޫކްރެއިން ހަނގުރާމަ ހުއްޓާލުމަށް ރަޝިޔާއާއެކު މަޝްވަރާކުރުމަށް ތައްޔާރަށް ތިބިކަން ޔޫރަޕުގެ ލީޑަރުން ހާމަކޮށްފައިވާއިރު، މި މަޝްވަރާތަކުގައި ވިލާތުގެ ބައިވެރިވުން ހިމެނުމަށް އެމެރިކާއިން ދަނީ ބާރުއަޅަމުންނެވެ. ރަޝިޔާގެ ރައީސް ޕޫޓިން ވަނީ ވިލާތުގެ ގައުމުތަކުގެ ސިޔާސަތުތައް ސާފުކުރުމަށްޓަކައި މޮސްކޯއަށް ޒިޔާރަތްކުރުމަށް އެ ގައުމުތަކަށް ދައުވަތު ދެއްވާފައެވެ.

އެންތްރޮޕިކް 1.76 ޓްރިލިއަން ޑޮލަރުގެ ކުންފުންޏަކަށް

އޭއައި ކުންފުނި އެންތްރޮޕިކް ހިއްސާގެ ބާޒާރަށް ނުކުތުމާއެކު، އެ ކުންފުނީގެ އަގު 1.76 ޓްރިލިއަން ޑޮލަރަށް އަރައި ދުނިޔޭގެ އެންމެ އަގުބޮޑު ކުންފުނިތަކުގެ ތެރޭގައި ހިމެނިއްޖެއެވެ. ހިއްސާގެ އަގަށް އައި ކުރިއެރުމާއެކު އޭއައި ދާއިރާއަށް އޮތް ބޮޑު ޝައުގުވެރިކަން ހާމަވީ ނަމަވެސް، މިއީ އިގްތިސާދީ "ބަބުލް" އެއްގެ ގޮތުގައި ބައެއް މާހިރުން ސިފަކުރެއެވެ. ކްލޯޑް ޗެޓްބޮޓް އުފެއްދި މި ކުންފުނިން އެންމެ ބޮޑު އިސްކަމެއް ދެނީ އޭއައިގެ ރައްކާތެރިކަމަށެވެ.

ވެން ގޯގެ ކުރެހުމެއް 190 މިލިއަން ޑޮލަރަށް ވިއްކާލައިފި

ވިންސެންޓް ވެން ގޯގެ "ޗެސްޓްނަޓް ޓްރީޒް އިން ބްލޮސަމް" ކުރެހުން 190.4 މިލިއަން ޑޮލަރަށް ވިއްކާލައި، ދުނިޔޭގެ އާ ރެކޯޑެއް ގާއިމުކޮށްފިއެވެ. މި ކުރެހުން ނީލަމުގައި ވިއްކާލާފައިވަނީ، ނާޒީންގެ ދުވަސްވަރު މަޖުބޫރުވެގެން މި ކުރެހުން ވިއްކާލަން ޖެހުނު އާއިލާއާއި މިހާރުގެ މިލްކުވެރިންގެ މެދުގައި އުފެދުނު ގާނޫނީ މައްސަލައަށް ހައްލެއް ހޯދުމަށްފަހުގައެވެ.

ރޮހިންޔާ ގަތުލުއާންމުގައި މިޔަންމާ ކުށްވެރިވެއްޖެ

މި މައްސަލައިގައި ދަ ގެމްބިއާއަށް ތާއީދުކޮށް، ރާއްޖެއިން ވަނީ ބައިނަލްއަގުވާމީ ވަކީލުންނާއެކު ކޯޓުގައި މިޔަންމާއާ ދެކޮޅަށް ވަކާލާތުކޮށް އިސް ދައުރެއް އަދާކޮށްފަ. ކޯޓުގެ ހުކުމުގައި މިޔަންމާ ކުށްވެރިކޮށް، ގެއްލުމުގެ ބަދަލު ދިނުމުގެ ޕްރޮގްރާމެއް އެކުލަވާލުމަށް ވެސް ވަނީ އަމުރުކޮށްފަ.

ޕެޓިންސަން ހަތްވަނަ ބޮންޑަށް ހޮވުމުގައި ބޭޒޯސްގެ ބޮޑު ދައުރެއް

އާ ޖޭމްސް ބޮންޑުގެ ރޯލަށް އެކްޓަރު ރޮބަޓް ޕެޓިންސަން ހަމަޖެއްސުމުގައި އެމެޒޯންގެ ޗެއާމަން ޖެފް ބޭޒޯސް މުހިންމު ދައުރެއް އަދާކޮށްފައިވާކަން އޭނާ ހާމަކުރައްވައިފިއެވެ. ޑެނިއަލް ކްރެއިގްގެ ފަހުން ހަތްވަނަ ބޮންޑުގެ ގޮތުގައި ޕެޓިންސަން ފެނިގެންދާ 26 ވަނަ ފިލްމު، ޑެނިސް ވިލެނޫވްގެ ޑައިރެކްޝަނުގެ ދަށުން 2028 ވަނަ އަހަރު ރިލީޒްކުރުމަށް ވަނީ ތާވަލުކޮށްފައެވެ.

އެންތްރޮޕިކް އުފެއްދި 7 ބާނީން ބިލިއަނަރުންގެ ލިސްޓަށް

އޯޕަން އޭއައި އިން ވަކިވި ހަތް މީހަކު 2021 ވަނަ އަހަރު އުފެއްދި އެންތްރޮޕިކް ކުންފުނި ހިއްސާގެ ބާޒާރަށް ނެރުމާއެކު، އެ ކުންފުނީގެ ބާނީން ބިލިއަނަރުންގެ ލިސްޓަށް އެރުމަށް ވަނީ ތައްޔާރުވެފައެވެ. އޭއައިގެ ރައްކާތެރިކަމަށް އިސްކަންދޭ މި ޒުވާން ޓީމުގެ ކުންފުނިން އުފެއްދި "ކްލޯޑް" އާއެކު، އެންތްރޮޕިކް މިހާރު ވަނީ ޓެކްނޮލޮޖީގެ ދާއިރާގެ ބޮޑު ބާރަކަށް ބަދަލުވެފައެވެ.

Newsletter

Get the latest news delivered straight to your inbox