ގާޒާއަށް ދޭ ހަމަލާތައް ހުއްޓާލުމުގެ ވިސްނުމެއް އިޒްރޭލުގައި ނެތް

އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ.-- ފޮޓޯ: އިކޮނޮމިކް ޓައިމްސް

އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ.-- ފޮޓޯ: އިކޮނޮމިކް ޓައިމްސް

ފާއިތުވި ނުވަ ދުވަހު މެދުކެނޑުމެއް ނެތި ގާޒާއަށް ބޮން އަޅަމުން ދިޔުމުގެ ސަބަބުން ހަމާސް ގްރޫޕަށް ފޫނުބެއްދޭ ވަރުގެ ގެއްލުންތަކެއް ވެފައިވާ ކަމަށް އިޒްރޭލުގެ ބޮޑު ވަޒީރު ބެންޖަމިން ނަތަންޔާހޫ ވިދާޅުވެއްޖެ އެވެ.

ނަތަންޔާހޫ އިޒްރޭލުން ދޫދޭން ބޭނުން ނުވާ ކަމަށާއި އިޒްރޭލު ރައްޔިތުން ރައްކާތެރި ކުރުމަށް ކުރަން ޖެހުނު ކޮންމެ ކަމެއް ކުރާނެ ކަމަށެވެ. އަދި ހާލަތު އަމާން ވަންދެން ހުއްޓުމެއް ނެތި ހަމަލާދެމުން ދާނެ ކަމަށް އަނެއްކާވެސް ތަކުރާރުކޮށް ވިދާޅުވި އެވެ.

މިދިޔަ ހަފްތާގެ ހޯމަ ދުވަހުން ފެށިގެން އިޒްރޭލުން އަންނަނީ ގާޒާއަށް ބޮން އަޅަމުންނެވެ. ގާޒާގައި ވެރިކަން ކުރާ ހަމާސްއިން ރައްދުގައި ދަނީ އިޒްރޭލަށް ރޮކެޓު ހަމަލާތައް ފޮނުވަމުންނެވެ. ނަމަވެސް, ގިނަ ރޮކެޓުތައް އިޒްރޭލަށް ފޯރުމުގެ ކުރިން "އަޔަން ޑޯމް" ސިސްޓަމުން އެ ހުއްޓުވަ އެވެ.

މިއަދާ ހަމައަށް ފަލަސްތީނުގެ 100 އަންހެނުންނާއި ކުޑަކުދިން ހިމެނޭ ގޮތަށް 215 މީހަކު ގާޒާއިން މަރުވެފައިވެ އެވެ. އިޒްރޭލުން މަރުވެފައި ވަނީ ދެ ކުޑަކުދިންނާއެކު ޖުމްލަ 12 މީހުންނެވެ.

ހަމަލާ ބަދަލުކުރުންތައް ހުއްޓާލުމަށް ބައިނަލްއަގްވާމީ މުޖުތަމައުއިން ގޮވާލި ނަމަވެސް އިޒްރޭލުން އެކަމަށް ދީފައި ވަނީ ބީރު ކަންފަތެކެވެ. އެކި ގައުމުތަކުގެ ވެރިން އަންނަނީ ހަމަލާތައް ހުއްޓުވުމަށް ޑިޕްލޮމެޓިކް މަސައްކަތްތައް ކުރައްވަމުންނެވެ.

އެގޮތުން މިސްރާއި އުރުދުންގެ މަޝްވަރާއާ އެކު ފްރާންސުން ވަނީ އދ. ގެ ސަލާމަތީ މަޖިލީހަށް ގަރާރެއްގެ ދެލިކޮޕީ ހުށަހަޅާފަ އެވެ. އެ ގަރާރުގައި އެންމެ އިސްކަމެއްގެ ގޮތުގައި ފާހަގަކޮށްފައިވަނީ ވަގުތުން ވަގުތަށް ހަމަލާ ބަދަލު ކުރުން ހުއްޓާލުމެވެ.

ހަމަލާ ބަދަލު ކުރުން ހުއްޓާލަން ގޮވާލާ އދ. ގެ ސަލާމަތީ މަޖިލީހުން ބަޔާން ނެރުމަށް މީގެ ކުރިން ތިން ފަހަރު މަސައްކަތް ކުރުމުން ވެސް އެކަމަށް ހުރަސް އަޅާފައިވަނީ ވީޓޯ ކުރުމުގެ ބާރު ލިބިފައިވާ އެމެރިކާއިން އެކަންޏެވެ.

ނަމަވެސް އެމެރިކާގެ އެތެރޭގައި ފިއްތުންތައް އިތުރުވެ، އިއްޔެ ރައީސް ޖޯ ބައިޑެން އެންމެ ފަހުން ވަނީ ހަމަލާތައް ހުއްޓާލަން އެދޭ ކަމަށް ވިދާޅުވެފަ އެވެ. އެކަމަކު އަމިއްލަ ދިފާއުގައި އިޒްރޭލަށް މަސައްކަތް ކުރެވޭނެ ކަމަށް ވެސް ވިދާޅުވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އަޒަރުބައިޖާންގެ ސްކޫލްތަކުގައި ބުރުގާ އެޅުން މަނާކޮށްފި

އަޒަރުބައިޖާންގެ ސްކޫލްތަކުގައި "ސެކިއުލާ އުސޫލުތަކަށް" ފެތޭ ޔުނިފޯމް މިންގަނޑެއް ކަނޑައަޅައި، ނުސީދާ ގޮތެއްގައި ބުރުގާ އެޅުން މަނާކުރުމާ ގުޅިގެން އެ ގައުމުގައި ބޮޑެތި އިހުތިޖާޖުތަކެއް ވަނީ ފެށިފަ އެވެ. މި ނިންމުމުގެ ސަބަބުން ގިނަ ބަޔަކު ދަނީ މިއީ ދީނީ މިނިވަންކަމަށް އަރައިގަތުން ކަމަށް ބުނެ ނުރުހުން ފާޅުކުރަމުން.

"ކުރަފި" ހަރަކާތުގެ އިސް ލީޑަރުން ހައްޔަރުކޮށްފި

އިންޑިއާގެ ވޯޓާ ލިސްޓަށް ގެނައި އިސްލާހުތަކާ ގުޅިގެން ޗީފް އިލެކްޝަން ކޮމިޝަނަރު އިސްތިއުފާ ދެއްވުމަށް ގޮވާލައި، މުޒާހަރާކުރި "ކޮކްރޯޗް" ޒުވާނުންގެ ހަރަކާތުގެ އިސް ލީޑަރުންތަކެއް ފުލުހުން ހައްޔަރުކޮށްފި މި ހަރަކާތުގެ ބައިވެރިން ހައްޔަރުކުރީ މުޒާހަރާކުރުން މަނާ ސަރަހައްދެއް ކަމަށްވާ ޖަންތަރު މަންތަރަށް ފުލުހުންގެ ބެރިކޭޑްތައް މަތިން ފުންމާލުމުން.

ސިންގަޕޫރުން ހާއްސަ ސަބްސިޑީއެއް، މެލޭޝިއާ ސްކޫލުތައް ބަންދު

އިންޑޮނޭޝިއާގެ ޖަންގަލިތަކުގައި ރޯވި އަލިފާނުގެ ދުމުގެ ސަބަބުން ވައި ނުސާފުވެ، ސިންގަޕޫރުން ސިއްހީ ފަރުވާގެ ސަބަބްސިޑީއެއް ތައާރަފުކޮށް މެލޭޝިއާގެ ބައެއް ސްކޫލްތައް ވަނީ ބަންދުކޮށްފައެވެ. މި ހާލަތާ ގުޅިގެން ސިންގަޕޫރުގެ ރައްޔިތުންނަށް ނޭވާލާ ނިޒާމުގެ ބަލިތަކަށް އަގުހެޔޮކޮށް ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސާފައިވާއިރު، މިއީ "އެލް ނީނޯ" މޫސުމީ ހާލަތުގެ ސަބަބުން ކުރިމަތިވި ކަމެކެވެ.

ފްލައިޓެއްގައި ތަތްމަކުނު އުޅޭތީ ދަތުރު ކެންސަލްކޮށްފި

އޮސްޓްރޭލިއާގެ ކުއަންޓަސް އެއާވޭސްގެ ފްލައިޓެއްގައި ތަތްމަކުނު އުޅޭކަން ފާހަގަވެ، ފަސިންޖަރުންނަށް އުނދަގޫތަކެއް ކުރިމަތިވުމާ ގުޅިގެން އެ ބޯޓުގެ ދަތުރު ކެންސަލްކޮށް ބޯޓު ގްރައުންޑުކޮށްފިއެވެ. މި ހާދިސާއާ ގުޅިގެން ބޯޓު ސާފުކުރުމުގެ މަސައްކަތް ފަށާފައިވާއިރު، ދަތުރު މެދުކެނޑުނު ފަސިންޖަރުންނަށް އެއާލައިނުން ވަނީ ބަދަލު އިންތިޒާމުތައް ހަމަޖައްސައިދީފައެވެ.

ސުޕަމާކެޓްތަކުގެ ފިނިކުރާ ނިޒާމުތަކަށް ސައިބާ ހަމަލާއެއް

ފްރާންސްގެ އެތައް ސަތޭކަ ސުޕަމާކެޓެއްގެ ފިނިކުރާ ނިޒާމުތަކަށް ދިން ސައިބާ ހަމަލާއެއްގައި، ކާބޯތަކެތި ހަލާކުވެ މިލިއަނުން ޔޫރޯގެ ގެއްލުން ވެއްޖެއެވެ. މި ހަމަލާ އަމާޒުކޮށްފައިވަނީ ފިނިކުރާ ނިޒާމުތައް ކޮންޓްރޯލްކުރާ ސޮފްޓްވެއާއަކަށް ކަމަށްވާއިރު، މީގެ ސަބަބުން އައިސްއަލަމާރިތަކުގެ ހޫނުމިން އިންތިހާއަށް މަތިވެ ގިނަ އަދަދެއްގެ މުދާ ވަނީ އުކާލަން ޖެހިފައެވެ.

ހޫތީންނަށް "ހަރުކަށި" ރައްދެއް ދޭނެ ކަމުގެ އިންޒާރު ދީފި

ސައުދީގެ އެއާޕޯޓުތަކަށާއި ތެޔޮ އުފައްދާ މަރުކަޒުތަކަށް ހޫތީން ދެމުންދާ ހަމަލާތަކަށް ވަރުގަދަ ރައްދެއް ދޭނެ ކަމުގެ އިންޒާރު އެ ގައުމުގެ އެނާޖީ މިނިސްޓަރު ދެއްވައިފިއެވެ. މި ހަމަލާތަކުގައި މީހުން މަރުވެ އާންމު ޚިދުމަތްތަކަށް ބުރޫއަރާފައިވާއިރު، ހޫތީން ބުނަނީ މިއީ ސައުދީން ޔަމަނަށް ދޭ ހަމަލާތަކުގެ ބަދަލު ހިފުން ކަމަށެވެ. މި މައްސަލައިގައި ދެފަރާތުގެ ދެމެދުގައި ހަމަލާ ބަދަލުކުރުން ވަނީ އިތުރަށް ވަރުގަދަވެފައެވެ.

އިދިކޮޅު ސަޕޯޓަރުން ސުޕްރީމް ކޯޓާ ހަމައަށް ހިނގާލުމެއް ބާއްވައިފި

އިންތިޚާބީ ލިސްޓުގައި މަކަރު ހަދާފައިވާ ކަމަށް ބުނެ، އިންޑިއާގެ އިލެކްޝަންސް ކޮމިޝަނުގެ އިސްވެރިޔާ އިސްތިއުފާ ދިނުމަށް ގޮވާލައި އިދިކޮޅު ސަޕޯޓަރުން ދިއްލީގައި ބޮޑު ހިނގާލުމެއް ބާއްވައިފިއެވެ. މި މައްސަލަ ބަލައިދިނުމަށް އެދި ކޮންގްރެސް ޕާޓީން ސުޕްރީމް ކޯޓަށް ޕެޓިޝަނެއް ހުށަހަޅާފައިވާއިރު، ސަލާމަތީ ބާރުތަކުން ވަނީ މުޒާހަރާގެ ބައިވެރިން ހުއްޓުވައި ގިނަ ބަޔަކު ހައްޔަރުކޮށްފައެވެ.

Newsletter

Get the latest news delivered straight to your inbox