ބޮޑެތި ނިންމުންތަކަކާއެކު މާލެ ބަދަލުކޮށްލުމުގެ އަމަލީ މަސައްކަތް ފަށައިފި!

މޭޔަރު މުއިއްޒު: ކައުންސިލްގެ ބައްދަލުވުމުގައި މުހިންމު ނިންމުންތަކެއް މިއަދު ވަނީ ނިންމާފައި - ފޮޓޯ: ހުސެއިން ވަހީދު / އަދަދު

މޭޔަރު މުއިއްޒު: ކައުންސިލްގެ ބައްދަލުވުމުގައި މުހިންމު ނިންމުންތަކެއް މިއަދު ވަނީ ނިންމާފައި - ފޮޓޯ: ހުސެއިން ވަހީދު / އަދަދު

އަލަށް އިންތިހާބުވި މާލޭ ސިޓީ ކައުންސިލްގެ ދެވަނަ ބައްދަލުވުމުގައި އިއްތިފާގުން މުހިންމު ކަންތައްތަކެއް ނިންމައި، މާލެ ބަދަލުކޮށްލުމުގެ ބޮޑު މަސައްކަތް ފަށައިފި އެވެ.

ކައުންސިލްގެ ބައްދަލުވުމާ ގުޅޭ ގޮތުން މައުލޫމާތު ހިއްސާ ކުރެއްވުމަށް މިރޭ ސިޓީ ކައުންސިލުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވި ގޮތުގައި، ފުރަތަމަ ބައްދަލުވުމުގައި ފާސްކޮށްފައިވާ ކައުންސިލްގެ އެކްޝަން ޕްލޭން ތަންފީޒު ކުރުމަށް ކުރަންޖެހޭ ކަންކަން ފެށުމަށް މިއަދު މުހިންމު ނިންމުންތަކެއް ނިންމާފައިވާ ކަމަށެވެ.

ގުޅީފަޅަކީ ގެދޮރުގެ މަންޒިލެއް

އެންމެ މުހިންމު ކަމެއްގެ ގޮތުގައި ކައުންސިލްގެ މެންބަރުން މިއަދު އިއްތިފާގުވެފައިވަނީ ގުޅީފަޅުގައި ބަނދަރު ހެދުމުގެ މަޝްރޫއުގެ ބަދަލުގައި އެތަން ގެދޮރަށް ދޫކޮށްލުމަށް ސަރުކާރުގެ ވިސްނުން ބަދަލުކުރުމަށް ކުރަން ޖެހޭ މަސައްކަތްތައް ކުރުމަށެވެ.

މުއިއްޒު ވިދާޅުވި ގޮތުގައި، އެކަމުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ޕްލޭނިން މިނިސްޓްރީއާ ވެސް ބައްދަލުކޮށް ރައްޔިތުންގެ އެދުން ހުށަހަޅާނެ ކަމަށެވެ.

"ރައްޔިތުން އެދެނީ ގުޅީފަޅަކީ ގެދޮރުގެ މަންޒިލަކަށްވާން، އެހެންވެ އަޅުގަނޑުމެން މިތިބީ ރައްޔިތުންނާއެކު، މިކަން ކުރަން،" މުއިއްޒު ވިދާޅުވި އެވެ.

"މިކަމުގައި ކުރެވެން ހުރި ހުރިހާ ކަމެއް ވެސް ކުރާނަން، އުއްމީދު ކުރަނީ ސަރުކާރުން ނިންމުން ބަދަލު ކުރާނެ ކަމަށް،"

މުއިއްޒު މިރޭގެ ނޫސްވެރިންގެ ބައްދަލުވުމުގައި
މުއިއްޒު މިރޭގެ ނޫސްވެރިންގެ ބައްދަލުވުމުގައި

މުއިއްޒު މިރޭގެ ނޫސްވެރިންގެ ބައްދަލުވުމުގައި

މުއިއްޒު ވިދާޅުވީ ތަރައްގީގެ މަޝްރޫއުތައް އޮންނަން ވާނީ ރައްޔިތުން އެދޭ ގޮތަށް ކަމަށެވެ. މަޝްރޫއު ރައްޔިތުންނަށް ކަމުނުދާ ކަމަށްވާނަމަ، ބަދަލުވާން ޖެހޭނީ ރައްޔިތުން ނޫން ކަމާއި މަޝްރޫއު ކަމަށެވެ.

"ރައްޔިތުންގެ އަޑު ފޯރުކޮށްދޭން ތިބޭ ބައެއް މިކަމުގައި އުޅުނީމަ އަޅުގަނޑު ގަބޫލު ކުރަނީ ސަރުކާރުން ވެސް މިކަމުގައި ވިސްނާނެ ކަމަށް،" މުއިއްޒު ވިދާޅުވި އެވެ.

ދެން ނިންމާފައިވާ މުހިންމު ނިންމުމަކީ ވިލިމާލޭގައި 10 ބުރީގެ އިމާރާތް އެޅުމަށް ހުއްދަ ދިނުމަށް ކަމާބެހޭ އިދާރާއަށް ހުށަހެޅުމަށްޓަކައި ކުރަން ޖެހޭ ހުރިހާ ކަމެއް ކުރުމަށެވެ.

އަދި، ހަރުދަނާ އުސޫލެއް ކަނޑައެޅެންދެން ދަފުތަރުގައި މީހުން ޖެއްސުން މަޑުޖައްސާލައި، މިހާރު ދަފުތަރުގައި ތިބި މީހުންނަށް ބޯހިޔާވަހިކަން ލިބޭނެ ގޮތުގެ ހައްލެއް ހޯދައިދިނުމަށް ވެސް ކައުންސިލުން އިއްތިފާގުން މިއަދު ނިންމާފައިވެ އެވެ.

އިންޑަސްޓްރިއަލް ވިޖެލް އޮޕަރޭޝަނަށް

ކައުންސިލްގެ ދެން ނިންމުން އައީ އިންޑަސްޓްރިއަލް ވިލެޖާ ގުޅޭ ގޮތުންނެވެ. މި ސަރުކާރުން ދޫކޮށްލާފައި އޮތް، މުއިއްޒު އިސްކޮށް ހުންނަވައި ހިއްކި އެ ސަރަހައްދު، އޭގެ އެންމެ ރަނގަޅު ގޮތުގައި ބޭނުން ކުރުމަށް ކުރަން ޖެހޭ މަސައްކަތްތައް ފެށުމަށް ކައުންސިލުން ނިންމި އެވެ. އެގޮތުން މާލޭގެ ތެރޭގައި ހުރި ގުދަންތަކާއި ގަރާޖު ފަދަ ތަންތަން އިންޑަސްޓްރިއަލް ވިލެޖަށް ބަދަލު ކުރުމަށް ނިންމާފައިވާ ކަމަށް މުއިއްޒު ވިދާޅުވި އެވެ.

"އެއީ މާލެ ތެރެ އެބަޖެހޭ ފަސޭހަ ތަނަކަށްވާން، ދިރިއުޅެން ފަސޭހަ ތަނަކަށްވާން، އެކަން ވާނީ ދިރިއުޅޭ ސަރަހައްދުގައި ހުންނަން ނުޖެހޭ ތަންތަން ދިރިނޫޅޭ ސަރަހައްދުތަކަށް ގެންދެވިގެން،" މުއިއްޒު ވިދާޅުވި އެވެ.

"މި ސިޓީ ކައުންސިލް މިއޮތީ ރައްޔިތުންނާއެކު، މިކަން ވެސް ހާސިލުކުރަން،"

މުއިއްޒު ވިދާޅުވި ގޮތުގައި، އިންޑަސްޓްރިއަލް ވިލެޖް ތަރައްގީ ކުރާނެ ޕްލޭނެއް ހަދައި، އެކަން މިނިސްޓްރީއާ ހިއްސާކޮށް މަޝްރޫއު ބަޔަކާ ހަވާލު ކުރާނެ ކަމަށެވެ.

މާލެއަކީ ހިތްފަސޭހަ އަދި ފެހި ތަނަކަށް ހެދުމަށް ބޮޑު މަޝްރޫއުއެއް ފެށުމުގެ މަސައްކަތް ވެސް ފަށަން ކައުންސިލުން މިއަދު ނިންމި އެވެ. އެގޮތުން މާލޭގައި އެއްލައްކަ ގަސް އިންދުމުގެ މަޝްރޫއުއެއް ފަށައި، އެކަމަށް ބޭނުންވާ ގަސްތައް ހޯދުމާއި އިންދާނެ ސަރަހައްދުތައް ހޯދުމުގެ މަސައްކަތްތައް ފަށާނެ އެވެ.

"ގަސް އިންދަން ފެށޭނެ އަންނަ އަހަރު ޖެނުއަރީ މަހު، އެއް އަހަރު ތެރޭގައި މަޝްރޫއު ކުރިއަށް ގެންގޮސް، 2023 ވަނަ އަހަރު ފެށޭއިރު މާލޭގައި ހުންނާނެ އެއްލައްކަ ހިތްގައިމު ގަސް އިންދިފައި،" މުއިއްޒު ވިދާޅުވި އެވެ.

އޭގެއިތުރުން މަސައްކަތްތައް މަގު ބަންދުކުރުމަކީ ރައްޔިތުންގެ ހިޔާލު ހޯދައިގެން އެކަމަށް ގަވައިދެއް ހަދައިގެން ކުރާ ކަމެއްގެ ގޮތަށް ބަދަލު ކުރުމަށް ނިންމާފައިވާ ކަމަށް ވެސް މުއިއްޒު ވިދާޅުވި އެވެ.

ޕާކިން ފީ، 3،000 ރުފިޔާއިން 750 ރުފިޔާއަށް

މާލޭގައި ޕާކިން ޒޯންތަކާ ގުޅޭ މުހިންމު ނިންމުމެއް ވެސް މިއަދުގެ ކައުންސިލްގެ ބައްދަލުވުމުގައި ނިންމި އެވެ. އެގޮތުން، ޓެކްސީތަކަށް ޕާކިން ޖާގައަށް ކުއްޔަށް ދޫކުރުމަށް ދައްކަން ޖެހޭ 3،000 ރުފިޔާގެ ކުލި 750 ރުފިޔާއަށް ކުޑަކުރުމަށް ނިންމާފައިވާ ކަމަށް މުއިއްޒު ވިދާޅުވި އެވެ.

"އޭގެ ސީދާ ފައިދާ ވާނީ ރައްޔިތުންނަށް، އެއީ ޓެކްސީތަކުން ލިބޭ ގެއްލުން ކުޑަ ކުރެވުނީމަ އޭގެ ފައިދާ ރައްޔިތުންނަށް ފައިދާވެގެން ދާނީ،" މުއިއްޒު ވިދާޅުވި އެވެ.

މުއިއްޒު ވިދާޅުވި ގޮތުގައި ޕާކިންއަކީ މާލޭގައި އޮތް އެންމެ ބޮޑު މައްސަލަ ކަމަށާއި އެކަން ހައްލު ކުރުމަށް ޕާކިންނަށް ހާއްސަކޮށްފައިވާ އިމާރާތްތަކެއް ހަދާނެ ކަމަށެވެ. ނަމަވެސް، އެކަމަށް ދުވަސް ނަގާނެ ކަމަށެވެ.

މިރޭގެ ނޫސްވެރިންގެ ބައްދަލުވުމުގައި މޭޔަރު މުއިއްޒު
މިރޭގެ ނޫސްވެރިންގެ ބައްދަލުވުމުގައި މޭޔަރު މުއިއްޒު

މިރޭގެ ނޫސްވެރިންގެ ބައްދަލުވުމުގައި މޭޔަރު މުއިއްޒު

މުއިއްޒު ވިދާޅުވި ގޮތުގައި ސިޓީ ކައުންސިލް ކުރިއަށް ދާނީ ރައްޔިތުންނާއި މީޑިއާ ވަަރަށް ގާތުންނެވެ. އެގޮތުން ގިނައިން ބައްދަލުވުންތައް ބާއްވައި، އެ ބައްދަލުވުންތައް ފޭސްބުކް މެދުވެރިކޮށް ލައިވްކުރާ ގޮތަށް ހަމަޖެހިގެންދާނެ އެވެ.

މާލޭގެ ފުރަތަމަ އިންތިހާބީ މޭޔަރު މުއިއްޒު ވިދާޅުވި ގޮތުގައި ހާލަތު ބެލުމުގައި މަސައްކަތްތައް ވެސް މިހާރު ކުރަމުންދާ ކަމަށެވެ. އެގޮތުން، ޕާކްތަކާއި މިސްކިތްތަކާއި މާރުކޭޓްތައް ހާލަތު ބަލާނެ ކަމަށެވެ. ޕާކްތަކުގެ ހާލަތު ބެލުމުގެ ތަފްސީލީ ރިޕޯޓެއް ހަދަން ހަވާލުކޮށްފައިވާ ކަމާއި، އަނދިރި މަގުތައް ބެލުމަށް ވެސް އަންގާފައިވާނެ ކަމަށް މުއިއްޒު ވިދާޅުވި އެވެ.

މުއިއްޒު ވިދާޅުވީ، މިސްކިތްތަކާއި މާރުކޭޓްތަކުގެ ހާލަތު ބެލުމަށް މާދަމާ އެތަންތަނަށް ޒިޔާރަތްކުރާނެ ކަމަށެވެ.

"މި ކައުންސިލަކީ ވަރުބަލިވާނެ ކައުންސިލެއް ނޫން، އިރާދަކުރެއްވިއްޔާ މިއީ ނަތީޖާ ނެރެދޭނެ ކައުންސިލެއް،" މުއިއްޒު ވިދާޅުވި އެވެ.

ހުޅުމާލެ ވަކި ޑިޕާޓްމެންޓެއް

ބޮޑެތި މަސައްކަތްތަކެއް، ސިޓީ ކައުންސިލުން ކުރަން ތައްޔާރުވެފައިވާއިރު ކައުންސިލްގެ އިދާރީ އޮނިގަނޑަށް ވެސް މުއިއްޒު ވެސް ވަނީ ބޮޑެތި ބަދަލުތަކެއް ގެންނަވާފަ އެވެ. އެގޮތުން، ކައުންސިލްގެ މަސައްކަތްތައް އެކި ކައުންސިލަރުންގެ މެދުގައި ބަހާލައި، ކޮމިޓީތަކެއް ވަނީ އެކުލަވާލާފަ އެވެ.

އިދާރީ އެންމެ މުހިންމު ނިންމުމަކީ ހަ ޑިޕާޓްމެންޓަކަށް ކައުންސިލް ބަހާލުމެވެ. އެގޮތުން، މުނިސިޕަލް ހުރިހާ ހިދުމަތްދޭ ޑިޕާޓްމެންޓެއް ވިލިމާލޭ އާއި ހުޅުމާލޭގައި ގާއިމްކުރަން ވަނީ ނިންމާފަ އެވެ.

ހުޅުމާލޭގައި ގާއިމް ޑިޕާޓްމެންޓަށް އެޗްޑީސީން ދެމުންގެންދާ ހިދުމަތްތައް ބަދަލު ކުރުމަށް ވެސް ސަރުކާރާއެކު މަސައްކަތް ކުރައްވާނެ ކަމަށް މުއިއްޒު ވިދާޅުވި އެވެ.

"އަޅުގަނޑުމެންގެ އުއްމީދަކީ އަދި ޔަގީން ވެސް ކުރަނީ ސަރުކާރުގެ ކަމާބެހޭ ހުރިހާ އިދާރާތަކުން އަދި އެޗްޑީސީން އެކަމަށް އެއްބާރުލުން ދޭނެ ކަމަށް،" މުއިއްޒު ވިދާޅުވި އެވެ.

"އަޅުގަނޑުމެން ބޭނުން ވަނީ ރައްޔިތުން ހަވާލުކުރި ޒިންމާ އޭގެ އެންމެ ފުރިހަމަ ގޮތުގައި އަވަސް މިނުގައި ރައްޔިތުންނަށް ފުއްދައިދޭން،"

ކޮމެންޓް

ފަހުގެ ޚަބަރު

ނުރައްކާތެރިކޮށް ދުއްވާ މީހުން ހާޒިރުކުރަނީ

މިގޮތުން ހާޒިރުކުރާ މީހުން ކުށް ތަކުރާރުކޮށްފިނަމަ ޖިނާއީ ދައުވާ އުފުލާނެ ކަމަށް ފުލުހުން ބުނާއިރު، އައު ގާނޫނުގެ ދަށުން ބޮޑެތި ޖޫރިމަނާތަކާއި ލައިސެންސް ހިފެހެއްޓުމުގެ ބާރު ފުލުހުންނަށް ވަނީ ލިބިދީފައެވެ.

ރަސްމާލެ ދޫކޮށްލާ އެގްރިމެންޓުގައި ޖުމްހޫރީ ދުވަހު ސޮއި ކުރަނީ

މިދިޔަ ބުރާސްފަތި ދުވަހު "ސަން" އަށް ދެއްވި އިންޓަވިއުއެއްގައި އީގަލް ހިލްސްގެ ވެރިޔާ މުހައްމަދު އަލައްބާރު ވިދާޅުވީ، ޖުމްހޫރީ ދުވަހުގެ ކުރިން ދާއިމީ އެގްރިމެންޓުގައި ސޮއި ކުރަން އޭނާ އުއްމީދު ކުރައްވާ ކަމަށެވެ.

ނޭޝަނަލް ރޯޑްސޭފްޓީ ކައުންސިލްގެ ފުރަތަމަ ބައްދަލުވުން ބާއްވައިފި

މި ކައުންސިލްގެ މައިގަނޑު މަސްއޫލިއްޔަތަކީ ދަތުރުފަތުރުގެ ސިޔާސަތުތަކާއި ސްޓްރެޓެޖީތައް އެކުލަވާލުމުގައި ރައީސުލްޖުމްހޫރިއްޔާއަށާއި ވަޒީރަށް ލަފާދިނުމެވެ. އައު ގާނޫނުގެ ދަށުން ވެހިކަލްގެ އުމުރު ކަނޑައެޅުމާއި، އިތުރު ވެހިކަލްތަކުން ފީ ނެގުމުގެ އިތުރުން މަގުމަތީގެ ސަލާމަތާ ގުޅޭ އައު އުސޫލުތަކެއް ވަނީ ތައާރަފުކޮށްފައެވެ.

ނުވަ ލައްކައެއްހާ ރުފިޔާގެ ބޭރު ފައިސާ ހިފަހައްޓައިފި

ކަސްޓަމްސް އިން ބުނީ ހުއްޓުވީ އިންޑިއާގެ ރައްޔިތެއް ކަމަށެވެ. އޭނާގެ އަތުގައި 905،669 ރުފިޔާއަށްވާ ވަރަށް އެކި ގައުމުތަކުގެ ފައިސާ ހުރި ކަމަށް ކަސްޓަމްސް އިން ބުނެ އެވެ. އެ މީހާ ހުއްޓުވީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުންނެވެ.

"ރަސްމާލެ ޑީލުގެ ގެއްލުމާ ކުރިމަތިލާންޖެހޭނީ ފަހުގެ ޖީލުތަކުން"

ރަސްމާލެ މަޝްރޫއުގެ ބިން ދޭން ނިންމާފައިވާ މުހައްމަދު އަލައްބާރަކީ މުސްލިމުންގެ ވިސްނުން ޔަހޫދީންނާ އެއްގޮތްކުރަން މަސައްކަތްކުރާ މީހެއް ކަމަށް ބުނެ، އަބްދުލް މަތީން ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. އޭނާ ވިދާޅުވީ މިފަދަ ވިޔަފާރިވެރިންނާއެކު ހިންގާ މުއާމަލާތްތަކުގެ ސަބަބުން އަންނަން އޮތް ޖީލުތަކަށް ބޮޑެތި ގެެއްލުންތަކެއް ކުރިމަތިވާނެ ކަމަށެވެ.

ޕީއެންސީއަށް ސޮއިނުކުރެއްވުމުން އެމްބެސަޑަރު ސަރީރު ވަކިކުރަނީ

ސަރީރަކީ ދިވެހިރާއްޖޭގައި މިވަގުތު ހުންނެވި އެންމެ ތަޖުރިބާކާރު އެއް ޑިޕްލޮމެޓެވެ. ހާރިޖީ ދާއިރާގައި ސަރީރު މަސައްކަތް ކުރައްވަން ފެއްޓެވީ މީގެ 40 އަހަރު ކުރިން 1986 ވަނަ އަހަރެވެ. އޭނާ ވަނީ އެމެރިކާ އަދި ބަންގްލަދޭޝްގެ ސަފީރުގެ މަގާމު މީގެ ކުރިން އަދާކުރައްވާފަ އެވެ.

ޔާމީންގެ ދިފާއީ ހެކިތައް ބަލައިގަންނަން ނިންމައިފި

ޔާމީންގެ ފަރާތުން ހުށަހެޅި ހެކިތަކަކީ ޑޮލަރު މާރުކުރުމުގެ މުއާމަލާތެއް ހިނގިކަން ސާބިތުކުރުމަށް ހުށަހެޅި ހެކިތަކެއް ކަމަށްވާއިރު، ދައުލަތުން އެ ހެކިތަކާ މެދު ކުރި އިއުތިރާޒުތައް ކޯޓުން ބަލައެއް ނުގަތެވެ. މި މައްސަލަ އަލުން ބަލަން ފަށާފައިވަނީ ހައިކޯޓުން ކުރިން ކުރި ހުކުމް ބާތިލުކޮށް، އަލުން މައްސަލަ ބެލުމަށް އަމުރުކުރުމާ ގުޅިގެންނެވެ.

Newsletter

Get the latest news delivered straight to your inbox