ދިވެހިން ފަލަސްތީނާއެކު؛ ދައްކާލީ ނުހަނު ބޮޑު ލޯތްބެއް!

ގޭގެ ދޮރުމަތީ އާއިލާއެއް ފަލަސްތީނުގެ ދިދައާއެކު: ދިވެހިން ފަލަސްތީނާއެކު ތިބިކަން ވަނީ ހާމަކޮށްފައި - ފޮޓޯ: ހުސެއިން ވަހީދު / އަދަދު

ގޭގެ ދޮރުމަތީ އާއިލާއެއް ފަލަސްތީނުގެ ދިދައާއެކު: ދިވެހިން ފަލަސްތީނާއެކު ތިބިކަން ވަނީ ހާމަކޮށްފައި - ފޮޓޯ: ހުސެއިން ވަހީދު / އަދަދު

"ކޯރުން ފެށިގެން ކަނޑާ ހަމައަށް، ފަލަސްތީނުގެ ބިން މިނިވަންކަމާއެކު!"

މިއަދު ކޮންމެ ދިވެއްސެއްގެ ވެސް ހިތުގެ ޝުއޫރަކީ މިއީ އެވެ. ބެލްކަނިތަކާއި ގޭގެ ދޮރު މައްޗަށް ފަލަސްތީނުގެ ރަތާއި ފެއްސާއި ހުދު އަދި ކަޅު ހިމެނޭ ދިދަ ހިފައިގެން ނުކުމެ، ތިބީ ފަލަސްތީނުގެ ހައްގުގަ އެވެ.

"އެއީ އަހަރެމެންގެ އަހުންނާއި އުހުތުން، މިއީ އެއް އުއްމަތެއް، އެމީހުންނާއެކު އަބަދުވެސް އަހަރެން ހުންނާނަން،" ގޭގެ ދޮރުމަތީ ތިން ދަރިން ގޮވައިގެން ހުރި މޫސާ އަހުމަދު ބުނީ މިހެނެވެ.

އުމުރުން އެންމެ ފަސް އަހަރުގެ އަރީޝާ ދޮރުމަތީ ހުރެ އަޑު ހަރުކޮށް ކިޔަމުން ދިޔައީ ދުއާ އެކެވެ؛

"މާތްﷲ! ފަލަސްތީނުގެ މައުސޫމް ކުޑަކުދިން ރައްކާތެރިކޮށްދޭށެވެ!"

ބެލްކަނީގައި ކުޑަކުދިންތަކެއް ފަލަސްތީނު ދިދަ ހިފައިގެން - ފޮޓޯ: ހުސެއިން ވަހީދު / އަދަދު
ބެލްކަނީގައި ކުޑަކުދިންތަކެއް ފަލަސްތީނު ދިދަ ހިފައިގެން - ފޮޓޯ: ހުސެއިން ވަހީދު / އަދަދު

ބެލްކަނީގައި ކުޑަކުދިންތަކެއް ފަލަސްތީނު ދިދަ ހިފައިގެން - ފޮޓޯ: ހުސެއިން ވަހީދު / އަދަދު

ފަލަސްތީނަށް އަމާޒުކޮށް އިސްރާއިލުން ދެމުން ގެންދާ ހަމަލާތަކުގައި އެތައް ބަޔަކު މަރުވެ، ގެދޮރު ގެއްލުމުންދާއިރު، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ފަލަސްތީނުގެ ދިފާއުގައި މުސްލިމުން ގެންދަނީ އަޑު އުފުލަމުންނެވެ.

އެކަމުގައި ދިވެހިން ބައިވެރިވުމުގެ ގޮތުން މިއަދު ހަވީރު ވީއެންމެ ގިނަ ބަޔަކު ފަލަސްތީނުގެ ދިދައާއެކު ބެލްކަނީތަކަށް ނުކުތުމަށް ޒުވާނުންތަކެއް އެދުނު އެދުމަށް ލިބިގެން ދިޔައީ މާބޮޑު ތަރުހީބެކެވެ.

މާލޭގެ ބޮޑެތި މަގުތަކުގައި ކޮންމެ ގެއެއްގެ ބެލްކަނީގައިހެން ފަލަސްތީނު ދިދައެއް ފެންނަން އެބަ ހުއްޓެވެ. ކުދި ގޯޅިތައް ވެސް ފަލަސްތީނުގެ ދިދަތައް ވިހުރިލަވިހުރިލާ އެބަ ހުއްޓެވެ. ކުޑަކުދިން އެ ދިދަތައް ހިފައިގެން ތިބީ ވަރަށް ޖޯޝުގަ އެވެ.

ކުޑަ ކުއްޖަކު ފަލަސްތީނުގެ ދިދައާއެކު މަގުމަތީގައި - ފޮޓޯ: ހުސެއިން ވަހީދު / އަދަދު
ކުޑަ ކުއްޖަކު ފަލަސްތީނުގެ ދިދައާއެކު މަގުމަތީގައި - ފޮޓޯ: ހުސެއިން ވަހީދު / އަދަދު

ކުޑަ ކުއްޖަކު ފަލަސްތީނުގެ ދިދައާއެކު މަގުމަތީގައި - ފޮޓޯ: ހުސެއިން ވަހީދު / އަދަދު

ސޯޝަލް މީޑިއާގައި ވެސް ދިވެހިން ވަނީ ފަލަސްތީނާއެކު އޮތްކަން ބޮޑުކޮށް ހާމަކޮށްފަ އެވެ. ދިދައެއްގެ ފޮޓޯ ހިއްސާ ނުކުރާ މީހަކު މިއަދު މަދެވެ. މިކަމުގައި ސަރުކާރުގެ ވެރިންނާއި ސިޔާސީ ލީޑަރުން ވެސް ވަނީ ބައިވެރިވެވަޑައިގެންފަ އެވެ.

ހަރަކާތުގައި ބައިވެރިވެވަޑައިގެންނެވުމުގެ ގޮތުން ފަލަސްތީނުގެ ދިދައާއެކު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެސް ވަނީ ފަލަސްތީނާއެކު އަބަދުވެސް ދިވެހިން ތިބޭނެ ކަމުގެ ޔަގީންކަން ދެއްވާފަ އެވެ. ހަމަ އެފަދައިން ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމާއި ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ވެސް ފަލަސްތީނުގެ ހައްގުގައި ޓްވީޓް ކުރެއްވި އެވެ.

މިހާރު ހިނގަމުންދަނީ ކޮން ހަމަނުޖެހުމެއް؟

އިރުމަތީ ގުދުސް އާއި ގާޒާ އާއި ހުޅަނގު އައްސޭރީގައި ދިރިއުޅޭ ޔަހޫދީންނާއި އަރަބިންނާ ދެމެދު އަބަދުވެސް ނުތަނަވަސްކަން އޮވެ އެވެ.

ގާޒާގައި ވެރިކަން ކުރަނީ ހަމާސް ގްރޫޕުންނެވެ. އެމެރިކާ އާއި އިޒްރޭލް އަދި ބައެއް އެހެން ގައުމުތަކުން ދެކެނީ ހަމާސްއަކީ ހަނގުރާމަވެރި ގްރޫޕެއް ކަމަށެވެ. ހަމާސްއިން ވަނީ މީގެ ކުރިން އެތައް ފަހަރަކު އިޒްރޭލާ ދެކޮޅަށް ހަނގުރާމަކޮށްފަ އެވެ. ގާޒާގެ ބޯޑަރު އިޒްރޭލާއި މިސްރުން ކޮންޓްރޯލް ކުރަނީ ހަމާސްއަށް ހަތިޔާރު ލިބުން ހުއްޓުވަން ކަމަށް ބުނެ އެވެ.

ގާޒާ އާއި ހުޅަނގު އައްސޭރީގައި އުޅޭ ފަލަސްތީނު މީހުންނަށް އިޒްރޭލުން ކުރާ ދުއްތުރާގެ ސަބަބުން ދިރިއުޅުން ކުރިއަށް ގެންދަން އުނދަގޫވެފައިވާ ކަމަށް އެ މީހުން ބުނެ އެވެ. އެކަމަކު އިޒްރޭލުން ބުނަނީ އެ މީހުން ކޮންމެ ކަމެއް ވެސް ކުރަނީ ފަލަސްތީނުގެ ހަމަލާތަކުން ގައުމު ދިފާއު ކުރަން ކަމަށެވެ.

މި އަހަރުގެ ރޯދަ މަސް ފެށުމާއެކު ހަމަނުޖެހުން އިތުރުވެ ކޮންމެ ރެޔަކު ފަލަސްތީނު މީހުންނާއި އިޒްރޭލު ފުލުހުންނާ ދެމެދު ކުރިމަތިލުންތައް ހިނގަން ފެށި އެވެ. އެއީ އަގްސާ މިސްކިތުގައި ނަމާދު ކުރަން ހުރި ދަތިތަކާ ހެދި ހިތްހަމަނުޖެހިގެން ފެށި ކުރިމަތިލުންތަކެކެވެ.

އިރުމަތީ ގުދުސްގައި ފަލަސްތީނު މީހުން ދިރިއުޅޭ ގެތަކުން ނެރުމަށް މަސައްކަތް ކުރަމުން ދާތީ ވެސް އިތުރަށް ހަމަނުޖެހުން ގޯސްވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox