ޗައިނާ އިން އެމެރިކާ އަށް ގޮވާލީ އިޒްރޭލާއި ފަލަސްތީނާ މެދު ހަމަހަމަ ވާން

ެއެމެރިކާގެ ރައީސް ޖޯ ބައިޑެން.-- ފޮޓޯ: ރޮއިޓާޒް

ެއެމެރިކާގެ ރައީސް ޖޯ ބައިޑެން.-- ފޮޓޯ: ރޮއިޓާޒް

އިޒްރޭލާއި ފަލަސްތީނުގެ ގާޒާއާ ދެމެދު ހަމަލާ ބަދަލު ކުރުން ހުއްޓުވުމާ މެދު އދ. ގެ ސަލާމަތީ މަޖިލީހަށް ބަޔާނެއް ނުނެރެވިގެން އުޅެނީ އެމެރިކާގެ ސަބަބުން ކަމަށާއި ފަލަސްތީނު މައްސަލާގައި ހަމަހަމަ ވާން ޗައިނާ އިން އެމެރިކާ އަށް ގޮވާލައިފި އެވެ.

މިދިޔަ އާދީއްތަ ދުވަހު އދ. ގެ ސަލާމަތީ މަޖިލީހުން ބޭއްވި ކުއްލި ބައްދަލުވުމަށް ޗައިނާ އިން ވަނީ ހަތަރު ނުކުތާގެ ހުށަހެޅުމެއް ހުށަހަޅާފަ އެވެ. އެ ހަތަރު ނުކުތާއަކީ ހަމަލާ ބަދަލު ކުރުން ހުއްޓާލުމާއި، ގާޒާ އަށް އިންސާނީ އެހީ ފޯރުކޮށްދިނުމަށާއި، ބައިނަލްއަގްވާމީ ބައިވެރިވުމާ އެކު ކުރިއަށް ދިޔުމަށާއި، ދެ ދައުލަތް ގާއިމް ކުރުމަށް މަޝްވަރާ ފެށުމެވެ.

ޗައިނާއިން ބުނީ މައްސަލަ ވަކި ގޮތަކަށް ނުނިމިގެން އުޅެނީ އެމެރިކާގެ ސަބަބުން ކަމަށެވެ. އެގޮތުން ހަމަލާ ބަދަލު ކުރުން ވަގުތުން ހުއްޓާލުމަށް ގޮވާލާ އދ. ގެ ސަލާމަތީ މަޖިލީހުން ބަޔާން ނެރުމަށް ގައުމުތަކުން އެއްބަސްވި ނަމަވެސް، އެކަމަށް ހުރަސް އަޅަމުންދާ ހަމައެކަނި ގައުމަކީ ވީޓޯ ކުރުމުގެ ބާރު ލިބިފައިވާ އެމެރިކާ ކަމަށް ޗައިނާ އިން ބުންޏެވެ.

ބޭރުގެ ނޫސްތަކުން ރިޕޯޓު ކުރާ ގޮތުގައި ފާއިތުވި ހަފްތާގެ ތެރޭގައި ތިން ފަހަރެއްގެ މަތިން އެމެރިކާ އިން ވަނީ ސަލާމަތީ މަޖިލީހުން ބަޔާން ނެރެން އުޅުމުން އެކަމަށް ހުރަސް އަޅާފަ އެވެ. އަލްޖަޒީރާ އިން ރިޕޯޓްކުރާގޮތުގައި އެމެރިކާ އިން ބަޔާން ނެރުމަށް ހުރަސް އަޅަނީ އޭގައި އިޒްރޭލަށް ފާޑުކިޔާފައި ވާތީ ކަމަށެވެ.

އދ. ގެ ސަލާމަތީ މަޖިލީހުގެ އިޒްރޭލުގެ އުދުވާނާ މެދު އަދިވެސް އެއްޗެއް ބުނެފައި ނުވި ނަމަވެސް، އެމެރިކާގެ ރައީސް ޖޯ ބައިޑެން މިއަދު ވަނީ ހަމަލާ ބަދަލު ކުރުން ވަގުތުން ހުއްޓާލަން ޖެހޭ ކަމަށް ވިދާޅުވެފަ އެވެ. މީގެ ކުރިން ބައިޑެން ވިދާޅުވަމުން ދިޔައީ އިޒްރޭލަށް އަމިއްލަ ދިފާއުގައި މަސައްކަތް ކުރުމުގެ ހައްގު ލިބޭނެ ކަމަށެވެ.

އިންސާނީ ހައްގުތަކަށް މަސައްކަތް ކުރާ މީހުންގެ ޕްރެޝަރާއި ވެރިކަން ކުރާ ޑިމޮކްރެޓިކް ޕާޓީގެ ބައެއް އިސް މެމްބަރުންގެ ޕްރެޝަރާ ގުޅިގެން ވައިޓް ހައުސްއިން ނެރުނު ބަޔާނެއްގައި ބުނީ ހަމަލާތައް ހުއްޓުވޭނެ ގޮތަކާ މެދު ބައިޑެން ވަނީ އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫއާ ފޯނު މެދުވެރިކޮށް މަޝްވަރާ ކުރައްވާފައި ކަމަށެވެ.

"ރައީސް [ބައިޑެން] ވަނީ އިޒްރޭލަށް އަމާޒު ކުރާ ރޮކެޓު ހަމަލާތަކުން ރައްކާތެރިވާން އަމިއްލަ ދިފާއުގައި މަސައްކަތް ކުރެވޭނެކަން ގަބޫލުފުޅު ކުރައްވާ ކަމަށް މިއަދު ވެސް ވިދާޅުވެފައި،" ބަޔާނުގައި ވެ އެވެ.

މިދިޔަ ހޯމަ ދުވަހުން ފެށިގެން އިޒްރޭލުން ގާޒާއަށް ބޮން އަޅަމުން ދާއިރު މިހާތަނަށް ފަލަސްތީނުގެ 212 މީހުން ވަނީ މަރުވެފަ އެވެ. އޭގެ ތެރޭގައި ޝަހީދުވި 61 ކުދިން ހިމެނެ އެވެ. ގާޒާގައި ވެރިކަން ކުރާ ހަމާސް އިން އިޒްރޭލަށް ފޮނުވާ ގިނަ ރޮކެޓު ހަމަލާތައް ހުއްޓުވަނީ އިޒްރޭލުގެ "އަޔަން ޑޯމް" ސިސްޓަމުންނެވެ. އިޒްރޭލުގެ ސިޓީތަކަށް ފޯރި މަދު ރޮކެޓު ހަމަލާތަކުގައި މިހާތަނަށް އެ ގައުމުން ދެ ކުޑަކުދިންނާއެކު ޖުމްލަ 10 މީހުން މަރުވެފައި ވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އަޒަރުބައިޖާންގެ ސްކޫލްތަކުގައި ބުރުގާ އެޅުން މަނާކޮށްފި

އަޒަރުބައިޖާންގެ ސްކޫލްތަކުގައި "ސެކިއުލާ އުސޫލުތަކަށް" ފެތޭ ޔުނިފޯމް މިންގަނޑެއް ކަނޑައަޅައި، ނުސީދާ ގޮތެއްގައި ބުރުގާ އެޅުން މަނާކުރުމާ ގުޅިގެން އެ ގައުމުގައި ބޮޑެތި އިހުތިޖާޖުތަކެއް ވަނީ ފެށިފަ އެވެ. މި ނިންމުމުގެ ސަބަބުން ގިނަ ބަޔަކު ދަނީ މިއީ ދީނީ މިނިވަންކަމަށް އަރައިގަތުން ކަމަށް ބުނެ ނުރުހުން ފާޅުކުރަމުން.

"ކުރަފި" ހަރަކާތުގެ އިސް ލީޑަރުން ހައްޔަރުކޮށްފި

އިންޑިއާގެ ވޯޓާ ލިސްޓަށް ގެނައި އިސްލާހުތަކާ ގުޅިގެން ޗީފް އިލެކްޝަން ކޮމިޝަނަރު އިސްތިއުފާ ދެއްވުމަށް ގޮވާލައި، މުޒާހަރާކުރި "ކޮކްރޯޗް" ޒުވާނުންގެ ހަރަކާތުގެ އިސް ލީޑަރުންތަކެއް ފުލުހުން ހައްޔަރުކޮށްފި މި ހަރަކާތުގެ ބައިވެރިން ހައްޔަރުކުރީ މުޒާހަރާކުރުން މަނާ ސަރަހައްދެއް ކަމަށްވާ ޖަންތަރު މަންތަރަށް ފުލުހުންގެ ބެރިކޭޑްތައް މަތިން ފުންމާލުމުން.

ސިންގަޕޫރުން ހާއްސަ ސަބްސިޑީއެއް، މެލޭޝިއާ ސްކޫލުތައް ބަންދު

އިންޑޮނޭޝިއާގެ ޖަންގަލިތަކުގައި ރޯވި އަލިފާނުގެ ދުމުގެ ސަބަބުން ވައި ނުސާފުވެ، ސިންގަޕޫރުން ސިއްހީ ފަރުވާގެ ސަބަބްސިޑީއެއް ތައާރަފުކޮށް މެލޭޝިއާގެ ބައެއް ސްކޫލްތައް ވަނީ ބަންދުކޮށްފައެވެ. މި ހާލަތާ ގުޅިގެން ސިންގަޕޫރުގެ ރައްޔިތުންނަށް ނޭވާލާ ނިޒާމުގެ ބަލިތަކަށް އަގުހެޔޮކޮށް ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސާފައިވާއިރު، މިއީ "އެލް ނީނޯ" މޫސުމީ ހާލަތުގެ ސަބަބުން ކުރިމަތިވި ކަމެކެވެ.

ފްލައިޓެއްގައި ތަތްމަކުނު އުޅޭތީ ދަތުރު ކެންސަލްކޮށްފި

އޮސްޓްރޭލިއާގެ ކުއަންޓަސް އެއާވޭސްގެ ފްލައިޓެއްގައި ތަތްމަކުނު އުޅޭކަން ފާހަގަވެ، ފަސިންޖަރުންނަށް އުނދަގޫތަކެއް ކުރިމަތިވުމާ ގުޅިގެން އެ ބޯޓުގެ ދަތުރު ކެންސަލްކޮށް ބޯޓު ގްރައުންޑުކޮށްފިއެވެ. މި ހާދިސާއާ ގުޅިގެން ބޯޓު ސާފުކުރުމުގެ މަސައްކަތް ފަށާފައިވާއިރު، ދަތުރު މެދުކެނޑުނު ފަސިންޖަރުންނަށް އެއާލައިނުން ވަނީ ބަދަލު އިންތިޒާމުތައް ހަމަޖައްސައިދީފައެވެ.

ސުޕަމާކެޓްތަކުގެ ފިނިކުރާ ނިޒާމުތަކަށް ސައިބާ ހަމަލާއެއް

ފްރާންސްގެ އެތައް ސަތޭކަ ސުޕަމާކެޓެއްގެ ފިނިކުރާ ނިޒާމުތަކަށް ދިން ސައިބާ ހަމަލާއެއްގައި، ކާބޯތަކެތި ހަލާކުވެ މިލިއަނުން ޔޫރޯގެ ގެއްލުން ވެއްޖެއެވެ. މި ހަމަލާ އަމާޒުކޮށްފައިވަނީ ފިނިކުރާ ނިޒާމުތައް ކޮންޓްރޯލްކުރާ ސޮފްޓްވެއާއަކަށް ކަމަށްވާއިރު، މީގެ ސަބަބުން އައިސްއަލަމާރިތަކުގެ ހޫނުމިން އިންތިހާއަށް މަތިވެ ގިނަ އަދަދެއްގެ މުދާ ވަނީ އުކާލަން ޖެހިފައެވެ.

ހޫތީންނަށް "ހަރުކަށި" ރައްދެއް ދޭނެ ކަމުގެ އިންޒާރު ދީފި

ސައުދީގެ އެއާޕޯޓުތަކަށާއި ތެޔޮ އުފައްދާ މަރުކަޒުތަކަށް ހޫތީން ދެމުންދާ ހަމަލާތަކަށް ވަރުގަދަ ރައްދެއް ދޭނެ ކަމުގެ އިންޒާރު އެ ގައުމުގެ އެނާޖީ މިނިސްޓަރު ދެއްވައިފިއެވެ. މި ހަމަލާތަކުގައި މީހުން މަރުވެ އާންމު ޚިދުމަތްތަކަށް ބުރޫއަރާފައިވާއިރު، ހޫތީން ބުނަނީ މިއީ ސައުދީން ޔަމަނަށް ދޭ ހަމަލާތަކުގެ ބަދަލު ހިފުން ކަމަށެވެ. މި މައްސަލައިގައި ދެފަރާތުގެ ދެމެދުގައި ހަމަލާ ބަދަލުކުރުން ވަނީ އިތުރަށް ވަރުގަދަވެފައެވެ.

އިދިކޮޅު ސަޕޯޓަރުން ސުޕްރީމް ކޯޓާ ހަމައަށް ހިނގާލުމެއް ބާއްވައިފި

އިންތިޚާބީ ލިސްޓުގައި މަކަރު ހަދާފައިވާ ކަމަށް ބުނެ، އިންޑިއާގެ އިލެކްޝަންސް ކޮމިޝަނުގެ އިސްވެރިޔާ އިސްތިއުފާ ދިނުމަށް ގޮވާލައި އިދިކޮޅު ސަޕޯޓަރުން ދިއްލީގައި ބޮޑު ހިނގާލުމެއް ބާއްވައިފިއެވެ. މި މައްސަލަ ބަލައިދިނުމަށް އެދި ކޮންގްރެސް ޕާޓީން ސުޕްރީމް ކޯޓަށް ޕެޓިޝަނެއް ހުށަހަޅާފައިވާއިރު، ސަލާމަތީ ބާރުތަކުން ވަނީ މުޒާހަރާގެ ބައިވެރިން ހުއްޓުވައި ގިނަ ބަޔަކު ހައްޔަރުކޮށްފައެވެ.

Newsletter

Get the latest news delivered straight to your inbox