ގޫގްލް މެޕްސްއިން ގާޒާ ފުސްކޮށް ފެންނަނީ ކީއްވެ؟

ގޫގްލް މެޕްސްއިން ނަގާފައިވާ ގާޒާގެ މަންޒަރެއް.-- ފޮޓޯ: ގޫގްލް

ގޫގްލް މެޕްސްއިން ނަގާފައިވާ ގާޒާގެ މަންޒަރެއް.-- ފޮޓޯ: ގޫގްލް

ދުނިޔޭގެ އެންމެ ތޮއްޖެހިފައިވާ ތަންތަނުގެ ތެރޭގައި ހިމެނޭ ގާޒާ، ގޫގްޕް މެޕްސް އިން ފުސްކޮށް ފެންނަނީ ކީއްވެ ހެއްޔެވެ؟

މިއީ ހަމަލާތަކާއި އޭގެ ސަބަބުން ލިބޭ ގެއްލުންތައް ލޮކޭޓުކޮށް ދިރާސާ ކުރުމަށް މެޕިން ޑޭޓާ ނުވަތަ ޗާޓުން ފެންނަ މަންޒަރު ބޭނުން ކުރާ މީހުންގެ ކަންބޮޑުވުމެކެވެ.

"އިޒްރޭލާއި ފަލަސްތީނުގެ ސަރަހައްދުތަކުން ހައި ރިޒޮލިއުޝަން ފޮޓޯ ނުލިބުމަކީ އަޅުގަނޑުމެންގެ މަސައްކަތަށް ހުރަސް އެޅޭ ކަމެއް،" އޯޕަން ސޯސް ތަހުގީގު ކުރާ ސާމިރު ނަމަކަށް ކިޔާ މީހަކު ބީބީސީ އަށް ބުންޏެވެ.

ސެޓެލައިޓް ކުންފުނިތަކުން ރަނގަޅު ކޮލިޓީގެ ފޮޓޯ ލިބެން ހުރި ނަމަވެސް ގޫގްޕް އާތުގައި ހިމަނާފައިވަނީ އިޒްރޭލާއި ފަލަސްތީނުގެ ވަރަށް ލޯ ރިޒޮލިއުޝަން ފޮޓޯތަކެވެ.

ގާޒާ ސިޓީގެ މަގުތަކުގައި ދުއްވާ ކާރުތައް އެ ފޮޓޯތަކުން ދެނެގަންނަން ވެސް އުނދަގޫ ވެ އެވެ.

އެއާ ހިލާފަށް ދުނިޔޭގެ އެންމެ ސިއްރު އަދި ވަކިވެގަނެގެން އުޅޭ އުތުރު ކޮރެއާގެ ވެރިރަށް ޕިޔޯންގްޔޭންގްގެ ފޮޓޯތަކަށް ބަލާލައިފި ނަމަ، ކާރުތަކުގެ އިތުރުން މަގުމަތީގައި އުޅޭ ވަކިވަކި މީހުން ގުނާލެވޭހާ ވެސް ސާފެވެ.

ގޫގްލް އާތްއިން ނަގާފައިވާ ގާޒާ (ވ) އަދި ޕިޔޯންގްޔޭންގްގެ މަންޒަރެއް.-- ފޮޓޯ: ގޫގްލް
ގޫގްލް އާތްއިން ނަގާފައިވާ ގާޒާ (ވ) އަދި ޕިޔޯންގްޔޭންގްގެ މަންޒަރެއް.-- ފޮޓޯ: ގޫގްލް

ގޫގްލް އާތްއިން ނަގާފައިވާ ގާޒާ (ވ) އަދި ޕިޔޯންގްޔޭންގްގެ މަންޒަރެއް.-- ފޮޓޯ: ގޫގްލް

ސެޓެލައިޓް ފޮޓޯ މުހިއްމު ވަނީ ކީއްވެ؟

ހަމަނުޖެހުމާއި ހަނގުރާމަތަކުގެ ހަގީގަތް ދެނެގަނެ، ތެދު މައުލޫމާތު ފެތުރުމަށް ސެޓެލައިޓް އިމޭޖް ނުވަތަ ފޮޓޯއަކީ މި ޒަމާނުގައި މުހިއްމު އާލާތެކެވެ.

ނަމަވެސް ތަފްސީލް މައުލޫމާތު އާއްމުކޮށް ލިބެން ހުރުމަކީ އަސްކަރީ ސެކިއުރިޓީ އަށް އަސަރު ކުރާ ކަމެއް ކަމަށް ބައެއް ފަރާތްތަކުން ދެކެ އެވެ.

މިހާރު ގާޒާ އަށް ދެމުންދާ ހަމަލާތަކުގައި ތަހުގީގު ކުރާ ފަރާތްތަކުން މަސައްކަތް ކުރަމުން ދަނީ މިސައިލް ހަމަލާ ފޮނުވަމުންދާ ތަންތަނާއި އަމާޒު ކުރާ އިމާރާތްތައް އިޒްރޭލާއި ގާޒާގެ ސެޓެލައިޓް ފޮޓޯ ބޭނުންކޮށްގެން ޔަގީން ކުރާށެވެ.

މިކަމަށް އެންމެ ގިނައިން ބޭނުން ކުރާ ޕްލެޓްފޯމަކީ ގޫގްލް އާތު އެވެ. ނަމަވެސް ގޫގްލް އާތު އިން މި ވަގުތު ލިބެން ހުރި ގާޒާގެ ފޮޓޯތަކަކީ ލޯ ރިޒޮލިއުޝަން ފޮޓޯތަކަށް ވުމުން އެ ސަރަހައްދު ފެންނަނީ ވަރަށް ފުސްކޮށެވެ.

"އެންމެ ފަހުން ގާޒާގެ ގޫގްލް އާތު އިމޭޖެއް ނަގާފައި ހުރީ 2016 ގައި އެ ފޮޓޯ އިން އެކައްޗެއް ވެސް ނުފެނޭ. ސީރިއާގެ ރަށްފުށުގެ ހިސާބެއް [ގޫގްލް އާތު] އިން ޒޫމްކޮށް ބަލާލިއިރު، އެ ތަނުގެ ވެސް ހައި ރިޒޮލިއުޝަން 20 އަށް ވުރެ ގިނަ ފޮޓޯ ހުރި،" ބެލިންގްކެޓްގެ ނޫސްވެރިޔާ އެރިކް ޓޮލާ ކުރި ޓްވީޓެއްގައި ވެ އެވެ.

ގޫގްލް އިން ބުނީ ކުންފުނީގެ އަމާޒަކީ "ތޮއްޖެހިފައިވާ ހިސާބުތަކުގެ ފޮޓޯތައް ގަވާއިދުން އަޕްޑޭޓް ކުރުން" ކަމަށެވެ. އެކަމަކު ގާޒާގެ މައްސަލާގައި އެގޮތަށް ގޫގްލްއިން އަމަލެއް ނުކުރެ އެވެ.

ހައި ރިޒޮލިއުޝަން ފޮޓޯ ލިބެން އެބަ ހުރި ތަ؟

މިދިޔަ އަހަރުގެ ނިޔަލަށް އެމެރިކާ ސަރުކާރުން އޮތީ އެ ގައުމުގެ ކުންފުނިތަކުން ނަގާ އިޒްރޭލާއި ފަލަސްތީނުގެ ސެޓެލައިޓް ފޮޓޯތަކުގެ ކޮލިޓީ ވަކި ވަރަކަށް ވުރެ މަތި ނުކުރެވޭ ގޮތަށް ހަދާފަ އެވެ.

އެގޮތަށް ހަދާފައިވަނީ 1997 ވަނަ އަހަރު އިޒްރޭލުގެ ސަލާމަތީ ކަންކަމަށް އެހީވުމުގެ ބޭނުމުގައި އެކުލަވާލި ކީލް ބިންގަމަން (ކޭބީއޭ) ގާނޫނުގެ ދަށުންނެވެ.

"އަޅުގަނޑުމެން އަބަދުވެސް އެދެނީ އެންމެ ދަށް ރިޒޮލިއުޝަނުގައި އިޒްރޭލުގެ ފޮޓޯ ނަގަން. ސާފުކޮށް ފެނުމަށް ވުރެ، ނުސާފުކޮށް ފެނުން މާ އެދެވިގެންވޭ،" އިޒްރޭލް ޑިފެންސް މިނިސްޓްރީގެ ޖައްވީ ޕްރޮގްރާމުގެ ވެރިޔާ އަމްނޮން ހަރަރީ މިދިޔަ އަހަރު ރޮއިޓާޒް ނޫހަށް ވިދާޅުވި އެވެ.

ކޭބީއޭ ގާނޫނުގެ ދަށުން އެމެރިކާގެ ސެޓެލައިޓް ފޮޓޯ ނަގާ ކުންފުނިތަކަށް ހުއްދަވެފައި އޮތީ އިޒްރޭލާއި ފަލަސްތީނުގެ ފޮޓޯތައް ދަށް ރިޒޮލިއުޝަނުގައި ދެ މީޓަރަށް ވުރެ ކުޑަ ނުވާނެ ވަރަށް ޕިކްސެލް ސައިޒް ބެހެއްޓުމަށެވެ.

އަސްކަރީ މަރުކަޒުތައް ފަދަ ތަންތަނާ މެދު މިގޮތަށް އަމަލު ކުރުމަކީ އާދައެއް ނަމަވެސް، ކޭބީއޭ ގާނޫނަކީ ގައުމެއް އެއްކޮށް ސެޓެލައިޓް ފޮޓޯތަކުން ރަނގަޅަށް ނުފެންނާނެ ގޮތް ހެދި ހަމައެކަނި ފަހަރެވެ.

ގާނޫނުގައި ބަޔާން ކުރަނީ ހަމައެކަނި އިޒްރޭލު ނަމަވެސް ފަލަސްތީނުގެ ސަރަހައްދުތަކާ މެދު ވެސް އަމަލު ކުރަނީ އެގޮތަށެވެ.

ނަމަވެސް ފްރާންސްގެ އެއާބަސް ކުންފުނި ފަދަ އެމެރިކާ ނޫން އެހެން ގައުމުތަކުގެ ސެޓެލައިޓް ފޮޓޯ ނަގާ ކުންފުނިތަކަށް އިޒްރޭލާއި ފަލަސްތީނުގެ ހައި ރިޒޮލިއުޝަން ފޮޓޯ ފޯރުކޮށްދޭން ފެށުމުން، އެ ގާނޫނު އުވާލަށް އެމެރިކާއަށް ޕްރެޝަރު ބޮޑުވި އެވެ.

އެހެންވެ، ޖުލައި 2020 ގައި ގާނޫނު އުވާލި އެވެ. އަދި އެމެރިކާގެ ކުންފުނިތަކަށް ވެސް އެ ސަރަހައްދުގެ ހައި ރިޒޮލިއުޝަން ފޮޓޯ ފޯރުކޮށްދެވޭނެ ގޮތަށް ވަނީ ހަދާފަ އެވެ. މިހާރު ޕިކްސެލް ސައިޒެއް 40 ސެންޓިމީޓަރާ ހަމައަށް ކުޑަކުރެވެ އެވެ.

ސާފު ފޮޓޯ ލިބެން ހުރިއިރު، ގާޒާ އަދިވެސް ފުސްކޮށް ފެންނަނީ ކީއްވެ؟

މިކަން ސާފު ކުރަން ބީބީސީން ވަނީ ގޫގްލް އާއި އެޕަލް ކުންފުންޏާ ވެސް ވާހަކަދައްކާފަ އެވެ. އެޕަލް އިން ބުނީ ހައި ރިޒޮލިއުޝަން ފޮޓޯތަކަށް އަޕްޑޭޓް ކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށެވެ.

ގޫގްލް އިން ބުނީ ފޮޓޯތައް ލިބެނީ ގިނަ ކުންފުނިތަކަކުން ކަމަށާއި "ހައި ރިޒޮލިއުޝަން ފޮޓޯ ލިބޭ ވަރަކަށް ސެޓެލައިޓް ފޮޓޯ އަޕްޑޭޓް ކުރަމުންދާ" ކަމަށެވެ.

ހަނާދީ ޓަވަރުގެ ގޫގްލް އާތް ފޮޓޯއެއް
ހަނާދީ ޓަވަރުގެ ގޫގްލް އާތް ފޮޓޯއެއް

ވައަތް ފަރާތުގައި: މިހާރު ލިބެން ހުރި ގޫގްލް އާތް ފޮޓޯއަކުން ގާޒާގެ ހަނާދީ ޓަވަރު ބޮޅު އަޅާފައި؛ ކަނާއަތް ފަރާތުގައި: ހައި ރިޒޮލިއުޝަން ސެޓެލައިޓް ފޮޓޯއަކުން ފެންނަނީ މި އަހަރު ދިން މިސައިލް ހަމަލާއެއްގައި ހަނާދީ ޓަވަރު ބިމާ ހަމަވެފައި ވަނިކޮށް. ފޮޓޯ: ގޫގްލް އަދި މެކްސާ

"މިހާރު ހިނގަމުންދާ ކަންކަމުގެ މުހިއްމު ކަމަށް ބަލާއިރު، އެ ސަރަހައްދުގެ [ފަލަސްތީނާއި އިޒްރޭލުގެ] ސެޓެލައިޓް ފޮޓޯތައް ގަސްތުގައި އަޕްގްރޭޑް ނުކޮށް ބެހެއްޓުމުގެ ބޭނުމެއް އަޅުގަނޑަކަށް ނުފެނޭ،" ބެލިންގްކެޓްއަށް ތަހުގީގުކޮށްދޭ ނިކް ވޯޓާޒް ޓްވިޓާގައި ބުންޏެވެ.

ސެޓެލައިޓް ފޮޓޯ ނަގަނީ ކޮން ބަޔެއް؟

ދުނިޔޭގެ އޮންލައިން މެޕް ތައްޔާރު ކުރާ ގޫގްލް އާތު އާއި އެޕަލް މެޕްސް ފަދަ ޕްލެޓްފޯމް ތަކުން ދުނިޔޭގެ ސެޓެލައިޓް ފޮޓޯ ހޯދަނީ އެކަމަށް ހާއްސަ ކުންފުނިތަކުންނެވެ.

އެކަމަށް މަޝްހޫރު އެންމެ ބޮޑު ދެ ކުންފުންޏަކީ މެކްސާ އާއި ޕްލެނެޓް ލެބްސް އެވެ. އެ ދެ ކުންފުނިން ވެސް އިޒްރޭލާއި ގާޒާގެ ހައި ކޮލިޓީ ސެޓެލައިޓް ފޮޓޯ ލިބެން ހުރެ އެވެ.

މެކްސާ އިން ނެރުނު ބަޔާނެއްގައި ބުނީ އެމެރިކާގެ ގާނޫނަށް ގެނައި ބަދަލާއެކު އިޒްރޭލާއި ގާޒާގެ ސެޓެލައިޓް ފޮޓޯތަކުގެ ރިޒޮލިއުޝަން މަތިކޮށްފައި ވާނެ ކަމަށެވެ.

ނަމަވެސް އޯޕަން ސޯސް އިންވެސްޓިގޭޓަރުން އާއްމު ގޮތެއްގައި ބަރޯސާވަނީ ހިލޭ ލިބެން ހުންނަ މެޕިން ސޮފްޓްވެއާތަކަށެވެ. އަދި މެކްސާ އާއި ޕްލެނެޓް ލެބްސްގެ ފޮޓޯތަކަށް އެ މީހުންނަށް ސީދާ އެކްސެސް ނުވެވެ އެވެ.

ހައި ރިޒޮލިއުޝަން ސެޓެލައިޓް ފޮޓޯއިން ކުރެވޭ އެހެން ބޭނުންތަކަކީ ކޮބާ؟

ސެޓެލައިޓް ފޮޓޯ ގިނަ ކަންކަމުގައި މިހާރު ބޭނުން ކުރެ އެވެ. އެގޮތުން ގަސް ކެނޑުން ފަދަ ކަންކަމުގެ ސަބަބުން ޖަންގަލިތައް ނެތިދާ ގޮތް ދެނެގަތުމާއި، ޖަންގަލީގައި ރޯވުމުން ކުރާ އަސަރު ދެނެގަތުން ހިމެނެ އެވެ.

އޭގެ އިތުރުން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އިންސާނީ ހައްގުތަކާ ހިލާފަށް ހިންގާ ގިނަ އަމަލުތަކުގެ ހެކި ވެސް ސެޓެލައިޓް އިމޭޖުން ހޯދެ އެވެ.

އެގޮތުން ހިއުމަން ރައިޓްސް ވޮޗް އިން 2017 ވަނަ އަހަރު ޕްލެނެޓް ލެބްސްއާ ގުޅިގެން މިޔަންމާގެ ސެޓެލައިޓް ފޮޓޯތައް ދިރާސާކުރުމަށް ފަހު ރޮހިންޔާ ދަރިކޮޅުގެ މުސްލިމުން ދިރިއުޅޭ އަވަށްތައް ނައްތާލަމުން ދިޔަ ގޮތުގެ ތަފްސީލް ހޯދި އެވެ.

މިޔަންމާގައި ރޮހިންޔާ ދަރިކޮޅުގެ މީހުން ދިރިއުޅެ އަވަށަކަށް ގެއްލުންދީފައވާ މަންޒަރު ފެންނަ ސެޓެލައިޓް ފޮޓޯއެއް.--
މިޔަންމާގައި ރޮހިންޔާ ދަރިކޮޅުގެ މީހުން ދިރިއުޅެ އަވަށަކަށް ގެއްލުންދީފައވާ މަންޒަރު ފެންނަ ސެޓެލައިޓް ފޮޓޯއެއް.--

މިޔަންމާގައި ރޮހިންޔާ ދަރިކޮޅުގެ މީހުން ދިރިއުޅެ އަވަށަކަށް ގެއްލުންދީފައވާ މަންޒަރު ފެންނަ ސެޓެލައިޓް ފޮޓޯއެއް.-- ފޮޓޯ: 2017ޑިޖިޓަލް ގްލޯބް

އޭގެ އިތުރުން ޗައިނާގެ އުއިގާ މުސްލިމް ދަރިކޮޅުގެ މީހުންނާ ދެކޮޅަށް ހަދާފައިވާ ކޭމްޕުތަކުގައި އެ މީހުންނާ ދެކޮޅަށް ހިންގާ ޖަރީމާތައް ވެސް ސެޓެލައިޓް ފޮޓޯއިން ހޯދިފައި ވެއެވެ.

ޗައިނާގެ ޝިންޖިއާންގައި އުއިގާ މުސްލިމުން ހިފަހައްޓާފައި ބެހެއްޓުމަށް ހިންގާ ކޭމްޕުތަކެއްގެ ސެޓެލައިޓް ފޮޓޯ.--
ޗައިނާގެ ޝިންޖިއާންގައި އުއިގާ މުސްލިމުން ހިފަހައްޓާފައި ބެހެއްޓުމަށް ހިންގާ ކޭމްޕުތަކެއްގެ ސެޓެލައިޓް ފޮޓޯ.--

ޗައިނާގެ ޝިންޖިއާންގައި އުއިގާ މުސްލިމުން ހިފަހައްޓާފައި ބެހެއްޓުމަށް ހިންގާ ކޭމްޕުތަކެއްގެ ސެޓެލައިޓް ފޮޓޯ.-- ފޮޓޯ: 2019 މެކްސާ ޓެކްނޮލޮޖީޒް

ކޮމެންޓް

ފަހުގެ ޚަބަރު

އަޒަރުބައިޖާންގެ ސްކޫލްތަކުގައި ބުރުގާ އެޅުން މަނާކޮށްފި

އަޒަރުބައިޖާންގެ ސްކޫލްތަކުގައި "ސެކިއުލާ އުސޫލުތަކަށް" ފެތޭ ޔުނިފޯމް މިންގަނޑެއް ކަނޑައަޅައި، ނުސީދާ ގޮތެއްގައި ބުރުގާ އެޅުން މަނާކުރުމާ ގުޅިގެން އެ ގައުމުގައި ބޮޑެތި އިހުތިޖާޖުތަކެއް ވަނީ ފެށިފަ އެވެ. މި ނިންމުމުގެ ސަބަބުން ގިނަ ބަޔަކު ދަނީ މިއީ ދީނީ މިނިވަންކަމަށް އަރައިގަތުން ކަމަށް ބުނެ ނުރުހުން ފާޅުކުރަމުން.

"ކުރަފި" ހަރަކާތުގެ އިސް ލީޑަރުން ހައްޔަރުކޮށްފި

އިންޑިއާގެ ވޯޓާ ލިސްޓަށް ގެނައި އިސްލާހުތަކާ ގުޅިގެން ޗީފް އިލެކްޝަން ކޮމިޝަނަރު އިސްތިއުފާ ދެއްވުމަށް ގޮވާލައި، މުޒާހަރާކުރި "ކޮކްރޯޗް" ޒުވާނުންގެ ހަރަކާތުގެ އިސް ލީޑަރުންތަކެއް ފުލުހުން ހައްޔަރުކޮށްފި މި ހަރަކާތުގެ ބައިވެރިން ހައްޔަރުކުރީ މުޒާހަރާކުރުން މަނާ ސަރަހައްދެއް ކަމަށްވާ ޖަންތަރު މަންތަރަށް ފުލުހުންގެ ބެރިކޭޑްތައް މަތިން ފުންމާލުމުން.

ސިންގަޕޫރުން ހާއްސަ ސަބްސިޑީއެއް، މެލޭޝިއާ ސްކޫލުތައް ބަންދު

އިންޑޮނޭޝިއާގެ ޖަންގަލިތަކުގައި ރޯވި އަލިފާނުގެ ދުމުގެ ސަބަބުން ވައި ނުސާފުވެ، ސިންގަޕޫރުން ސިއްހީ ފަރުވާގެ ސަބަބްސިޑީއެއް ތައާރަފުކޮށް މެލޭޝިއާގެ ބައެއް ސްކޫލްތައް ވަނީ ބަންދުކޮށްފައެވެ. މި ހާލަތާ ގުޅިގެން ސިންގަޕޫރުގެ ރައްޔިތުންނަށް ނޭވާލާ ނިޒާމުގެ ބަލިތަކަށް އަގުހެޔޮކޮށް ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސާފައިވާއިރު، މިއީ "އެލް ނީނޯ" މޫސުމީ ހާލަތުގެ ސަބަބުން ކުރިމަތިވި ކަމެކެވެ.

ފްލައިޓެއްގައި ތަތްމަކުނު އުޅޭތީ ދަތުރު ކެންސަލްކޮށްފި

އޮސްޓްރޭލިއާގެ ކުއަންޓަސް އެއާވޭސްގެ ފްލައިޓެއްގައި ތަތްމަކުނު އުޅޭކަން ފާހަގަވެ، ފަސިންޖަރުންނަށް އުނދަގޫތަކެއް ކުރިމަތިވުމާ ގުޅިގެން އެ ބޯޓުގެ ދަތުރު ކެންސަލްކޮށް ބޯޓު ގްރައުންޑުކޮށްފިއެވެ. މި ހާދިސާއާ ގުޅިގެން ބޯޓު ސާފުކުރުމުގެ މަސައްކަތް ފަށާފައިވާއިރު، ދަތުރު މެދުކެނޑުނު ފަސިންޖަރުންނަށް އެއާލައިނުން ވަނީ ބަދަލު އިންތިޒާމުތައް ހަމަޖައްސައިދީފައެވެ.

ސުޕަމާކެޓްތަކުގެ ފިނިކުރާ ނިޒާމުތަކަށް ސައިބާ ހަމަލާއެއް

ފްރާންސްގެ އެތައް ސަތޭކަ ސުޕަމާކެޓެއްގެ ފިނިކުރާ ނިޒާމުތަކަށް ދިން ސައިބާ ހަމަލާއެއްގައި، ކާބޯތަކެތި ހަލާކުވެ މިލިއަނުން ޔޫރޯގެ ގެއްލުން ވެއްޖެއެވެ. މި ހަމަލާ އަމާޒުކޮށްފައިވަނީ ފިނިކުރާ ނިޒާމުތައް ކޮންޓްރޯލްކުރާ ސޮފްޓްވެއާއަކަށް ކަމަށްވާއިރު، މީގެ ސަބަބުން އައިސްއަލަމާރިތަކުގެ ހޫނުމިން އިންތިހާއަށް މަތިވެ ގިނަ އަދަދެއްގެ މުދާ ވަނީ އުކާލަން ޖެހިފައެވެ.

ހޫތީންނަށް "ހަރުކަށި" ރައްދެއް ދޭނެ ކަމުގެ އިންޒާރު ދީފި

ސައުދީގެ އެއާޕޯޓުތަކަށާއި ތެޔޮ އުފައްދާ މަރުކަޒުތަކަށް ހޫތީން ދެމުންދާ ހަމަލާތަކަށް ވަރުގަދަ ރައްދެއް ދޭނެ ކަމުގެ އިންޒާރު އެ ގައުމުގެ އެނާޖީ މިނިސްޓަރު ދެއްވައިފިއެވެ. މި ހަމަލާތަކުގައި މީހުން މަރުވެ އާންމު ޚިދުމަތްތަކަށް ބުރޫއަރާފައިވާއިރު، ހޫތީން ބުނަނީ މިއީ ސައުދީން ޔަމަނަށް ދޭ ހަމަލާތަކުގެ ބަދަލު ހިފުން ކަމަށެވެ. މި މައްސަލައިގައި ދެފަރާތުގެ ދެމެދުގައި ހަމަލާ ބަދަލުކުރުން ވަނީ އިތުރަށް ވަރުގަދަވެފައެވެ.

އިދިކޮޅު ސަޕޯޓަރުން ސުޕްރީމް ކޯޓާ ހަމައަށް ހިނގާލުމެއް ބާއްވައިފި

އިންތިޚާބީ ލިސްޓުގައި މަކަރު ހަދާފައިވާ ކަމަށް ބުނެ، އިންޑިއާގެ އިލެކްޝަންސް ކޮމިޝަނުގެ އިސްވެރިޔާ އިސްތިއުފާ ދިނުމަށް ގޮވާލައި އިދިކޮޅު ސަޕޯޓަރުން ދިއްލީގައި ބޮޑު ހިނގާލުމެއް ބާއްވައިފިއެވެ. މި މައްސަލަ ބަލައިދިނުމަށް އެދި ކޮންގްރެސް ޕާޓީން ސުޕްރީމް ކޯޓަށް ޕެޓިޝަނެއް ހުށަހަޅާފައިވާއިރު، ސަލާމަތީ ބާރުތަކުން ވަނީ މުޒާހަރާގެ ބައިވެރިން ހުއްޓުވައި ގިނަ ބަޔަކު ހައްޔަރުކޮށްފައެވެ.

Newsletter

Get the latest news delivered straight to your inbox