ކޭން ޓޮޓެންހަމް ދޫކޮށްލަން ނިންމައިފި، ކްލަބްތައް އެލާޓަށް!

May 17, 2021, 9:22 PM
ޕްރިމިއާ ލީގުގެ މެޗެއްގެ ތެރެއިން ލަނޑު ޖެހުމަށް ފަހު ކޭން އުފާފާޅުކުރަނީ.-- ފޮޓޯ: އޭއެފްޕީ

ޕްރިމިއާ ލީގުގެ މެޗެއްގެ ތެރެއިން ލަނޑު ޖެހުމަށް ފަހު ކޭން އުފާފާޅުކުރަނީ.-- ފޮޓޯ: އޭއެފްޕީ

ލަންޑަން (މެއި 18) - ޓޮޓެންހަމްގެ ފޯވާޑް ހެރީ ކޭން މި ސީޒަނަށް ފަހު އެ ކްލަބް ދޫކޮށްލަން ބޭނުންވާކަން އެންގުމާ އެކު މަޝްހޫރު ބޮޑެތި ކްލަބްތައް އެލާޓަށް އަތުވެއްޖެ އެވެ.

މަޝްހޫރު ކުޅިވަރު ޗެނަލް ސްކައިސްޕޯޓްސް އިން ރިޕޯޓްކުރާގޮތުގައި އުމުރުން 27 އަހަރުގެ ކޭން މިއަދު ވަނީ ޓޮޓެންހަމް ދޫކޮށްލަން ނިންމާފައިވާކަން އެ ކްލަބްގެ ވެރިންގެ ސަމާލުކަމަށް ގެނެސްފަ އެވެ. މީގެ ކުރިން ދެ ފަހަރެއްގެ މަތިން ކޭން ޓޮޓެންހަމް ދޫކޮށްލުމުގެ ވިސްނުން ގެންގުޅުނު ނަމަވެސް ރަސްމީ ސިފައެއްގައި ކްލަބްގެ އިސް ފަރާތްތަކަށް އެކަން ހިއްސާކޮށްފައެއް ނުވެ އެވެ. އެހެން ކަމުން މިއީ ކޭން ޓޮޓެންހަމް ދޫކޮށްލަން ބޭނުންވާކަން މި ގޮތަށް އެންގި ފުރަތަމަ ފަހަރެވެ.

ކޭން ވިއްކާލަން ޓޮޓެންހަމުން ބޭނުންނުވި ކަމުގައި ވިޔަސް އެ ކްލަބްގެ މެޖޯރިޓީ ބޯޑް މެމްބަރުން މި ވަގުތު ވިސްނަނީ ކޭންގެ އެ އެދުމަށް އިޖާބަދީ ރަނގަޅު ބިޑެއް އަތުވެއްޖެނަމަ އޭނާ ދޫކޮށްލާށެވެ.

ޓެލެގްރާފް ނޫހުން ރިޕޯޓްކުރާގޮތުގައި ޓޮޓެންހަމް ދޫކޮށްލުމަށް ފަހު ވެސް ކޭން ކުޅެން ބޭނުންވަނީ އިނގިރޭސި ޕްރިމިއާ ލީގުގަ އެވެ. އިނގިރޭސި މީޑިއާ ރިޕޯޓްތައް ބުނާގޮތުން ކޭން ހޯދަން ޗެލްސީ އާއި މެންޗެސްޓާ ޔުނައިޓެޑް އަދި މެންޗެސްޓާ ސިޓީން ޝައުގުވެރިވެ އެވެ. އަދި މި ރޭހަށް ލިވަޕޫލް ވަނުމުގެ ކޮންމެ ވެސް ފުރުސަތެއް އެބައޮތެވެ.

އިނގިރޭސި ގައުމީ ޓީމަށް ވެސް މޮޅު ކުޅުމެއް ދައްކަމުން އަންނަ ކޭން ހޯދަން ބަޔާން މިއުނިކާއި ރެއާލް މެޑްރިޑުން ވެސް މީގެ ކުރިން ޝައުގުވެރިކަން ފާޅުކޮށްފައިވެ އެވެ. ޓޮޓެންހަމް ދޫކޮށް މީގެ ކުރިން ގަރެތު ބޭލް އާއި ލޫކަ މޮޑްރިޗް ވަނީ ރެއާލަށް ބަދަލުވެފަ އެވެ. އަދި މި ސީޒަން ފެށުމުގެ ކުރިން ލޯން އެއްބަސްވުމެއްގެ ދަށުން ބޭލް ޓޮޓެންހަމަށް ބަދަލުވިއިރު، ރެއާލްގެ ސާޖިއޯ ރެގީލޯން ވެސް ވަނީ ޓޮޓެންހަމާ ގުޅިފަ އެވެ.

ކޭން ވަނީ ދާދި ފަހުން ދިން އިންޓަވިއުއެއްގައި ޗެމްޕިއަންސް ލީގާއި ޕްރިމިއާ ލީގު ފަދަ ބޮޑެތި ޓްރޮފީތަކަށް ވާދަކުރަން ބޭނުންވާ ކަމަށް ބުނެފަ އެވެ. މިހާރު އޮތްގޮތުން ޓޮޓެންހަމަށް އަންނަ ސީޒަނުގެ ޗެމްޕިއަންސް ލީގުގައި ވާދަކުރުމުގެ ފުރުސަތެއް ނެތެވެ.

ރިޕޯޓްތައް ބުނާގޮތުން ކޭން ވަނީ އަންނަ މަހުގެ 11 ވަނަ ދުވަހު ފަށާ ޔޫރޯ ފުޓްބޯޅަ މުބާރާުުތުގެ ކުރިން މުސްތަގުބަލާ ބެހޭގޮތުން ގޮތެއް ނިންމައިދޭން އޭނާގެ އޭޖެންޓް އަދި ޓޮޓެންހަމްގެ ކައިިރިން އެދިފަ އެވެ.

ޓޮޓެންހަމްގެ ޔޫތު ޓީމުން ސީނިއާ ޓީމަށް 2009 ވަނަ އަހަރު ޕްރޮމޯޓްވި ކޭން ވަނީ ލޯން އެއްބަސްވުމެއްގެ ދަށުން އިނގިރޭސި ހަތަރު ކްލަބަށް ކުޅެފަ އެވެ. އެއީ ލޭޓަން އޯރިއެންޓާއި މިލްވޯލާއި ނޯވިޗް ސިޓީ އަދި ލެސްޓާ ސިޓީ އަށެވެ. ޓޮޓެންހަމް ޓީމުން ކޭން އަށް ގަވާއިދުން ފުރުސަތު ލިބެން ފެށީ 2014 ވަނަ އަހަރުގެ އޭޕްރީލް މަހު އެވެ. އޭގެ ފަހުން އޭނާ އަކީ އެ ޓީމުގެ މުހިއްމު ކުޅުންތެރިއެކެވެ.

ކޭން އަށް ޓޮޓެންހަމް ޓީމުން އެންމެ ބޮޑަށް ފުރުސަތުދިން ކޯޗު މައުރީސިއޯ ޕޮޗެޓީނޯ މި ވަގުތު ހުރީ ފްރާންސްގެ ޕީއެސްޖީގެ ކޯޗަކަށެވެ. ޕީއެސްޖީގެ ތަރި ކީލިއަން އެމްބާޕޭ އެ ޓީމު ދޫކޮށްލައިފިނަމަ ޕޮޗެޓީނޯގެ އެދުމަށް ކޭން ޕީއެސްޖީ އަށް ގެންދަން މަސައްކަތްކުރުމުގެ ފުރުސަތު އެބައޮތެވެ.

ޓޮޓެންހަމާ އެކު ކޭން ނުކުތް ތިން ފައިނަލުން ވެސް ވީ ބައްޔެވެ. އެއީ 2015 އާއި މި އަހަރުގެ ލީގު ކަޕް ފައިނަލާއި 2019 ވަނަ އަހަރުގެ ޗެމްޕިއަންސް ލީގު ފައިނަލެވެ. އިންގްލެންޑްގެ މޮޅު ކުޅުންތެރިޔާގެ މަގާމު ދެ ފަހަރެއްގެ މަތިން ހޯދި ކޭން ވަނީ 2018 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕްގެ ރަން ބޫޓު ވެސް ހާސިލްކޮށްފަ އެވެ. ކޭން ވަނީ ޓޮޓެންހަަމަށް ކުޅެދިން 334 މެޗުން 220 ގޯލު ޖަަހައިފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox