ކައުންސިލް ސިޔާސީ ޖަގަހައެއްގެ ބަދަލުގައި ހިދުމަތްދޭ ތަނަކަށް ހަދާނަން: މުއިއްޒު

ހުވާ ކުރުމުގެ ރަސްމިއްޔާތުގައި މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒާއި ކުރީގެ މޭޔަރު ޝިފާ މުހައްމަދު ބައިވެރިވެވަޑައިގަންނަވަނީ: މުއިއްޒު ވިދާޅުވީ ސިޓީ ކައުންސިލަކީ ހިދުމަތް ދޭ ތަނަކަށް ހަދާނެ ކަމަށް-- ފޮޓޯ: ސިޓީ ކައުންސިލް

ހުވާ ކުރުމުގެ ރަސްމިއްޔާތުގައި މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒާއި ކުރީގެ މޭޔަރު ޝިފާ މުހައްމަދު ބައިވެރިވެވަޑައިގަންނަވަނީ: މުއިއްޒު ވިދާޅުވީ ސިޓީ ކައުންސިލަކީ ހިދުމަތް ދޭ ތަނަކަށް ހަދާނެ ކަމަށް-- ފޮޓޯ: ސިޓީ ކައުންސިލް

މާލޭ ސިޓީ ކައުންސިލަކީ ސިޔާސީ ޖަގަހައަކަށް ވިޔަ ނުދޭނެ ކަމަށާއި އެ ތަނަކީ ހިދުމަތްދޭ ތަނަކަށް ހަދާނެ ކަމަށް މިއަދު މަގާމާ ހަވާލުވި މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ހުވާ ކުރެއްވުމަށް ފަހު ބޭއްވި ފުރަތަމަ ބައްދަލުވުމުގައި މުއިއްޒު ވިދާޅުވީ ކައުންސިލް ހިންގާނީ ދެފުށް ފެންނަ، ނަޒާހަތްތެރި ތަނެއްގެ ގޮތުގައި ކަމަށެވެ. ވަޒީފާއެއްގެ ގޮތުގައި ދެކުމުގެ ބަދަލުގައި ޒިންމާއެއްގެ ގޮތުގައި ދެކިގެން ހުރިހާ ކައުންސިލަރުން ވެސް މަސައްކަތް ކުރުމަށް މުއިއްޒު އެދިވަޑައިގަތެވެ.

"ކައުންސިލަރަކީ ރަސްމީ ގަޑި ކަނޑައެޅިފައި އޮންނަ ތަނަކަށް ވިޔަސް، ސައްވީސް ގަޑިއިރު ރައްޔިތުންގެ ހިދުމަތުގައި ތިބޭ ބަޔަކަށް އަޅުގަނޑުމެން ވާން އަޒުމު ކަނޑައަޅަން ވާނެ. ރައްޔިތުންނަށް ހިދުމަތް ދިނުމުގައި ސިޔާސީ ފިކުރަކަށް ނުބަލާ އެންމެނާ މެދުވެސް ހަމަހަމަ ކަމާ އެކު، އިންސާފުވެރިކަމާ އެކު، ތެދުވެރިކަމާ އެކު ހިދުމަތްދޭ ކައުންސިލަކަށް މި ކައުންސިލް ހެދުމަށް ހުރިހާ ކައުންސިލަރުންނަށް ގޮވާލަން،" އޮންލައިންކޮށް ބޭއްވި ރަސްމިއްޔާތުގައި މުއިއްޒު ވިދާޅުވި އެވެ.

ކައުުންސިލަރުން ހުވާ ކުރަން އޮންލައިންކޮށް ބޭއްވި ބައްދަލުވުން: މުއިއްޒު ވަނީ ގިނަ ވައުދުތަކެއް ވެފައި-- ފޮޓޯ: ސިޓީ ކައުންސިލް
ކައުުންސިލަރުން ހުވާ ކުރަން އޮންލައިންކޮށް ބޭއްވި ބައްދަލުވުން: މުއިއްޒު ވަނީ ގިނަ ވައުދުތަކެއް ވެފައި-- ފޮޓޯ: ސިޓީ ކައުންސިލް

ކައުުންސިލަރުން ހުވާ ކުރަން އޮންލައިންކޮށް ބޭއްވި ބައްދަލުވުން: މުއިއްޒު ވަނީ ގިނަ ވައުދުތަކެއް ވެފައި-- ފޮޓޯ: ސިޓީ ކައުންސިލް

އޭނާ ވިދާޅުވީ ކޮންމެ ބޮޑުކަމެއް ކުރުމުގައިވެސް ސިޓީ ކައުންސިލުން ރައްޔިތުންގެ ހިޔާލު ހޯދާނެ ކަމަށެވެ.

މުއިއްޒު ވިދާޅުވި ގޮތުގައި މި ސަރުކާރަށް ދެ އަހަރާއި ބައިވިއިރު ރައްޔިތުންގެ އުއްމީދުތައް އެއްވެސް ވަރަކަށް ހާސިލްކޮށްދެވިފައެއް ނުވެ އެވެ.

މާލޭ ސިޓީ ރައްޔިތުން އެދެނީ އަޅުގަނޑާއި އަޅުގަނޑާ އެކު ހޮއްވެވި ޓީމުން އެ ރައްޔިތުންގެ އަމާޒުތަކަށް ވާސިލް ކޮށްދޭން މަސައްކަތް ކޮށްދީ ނަތީޖާ ނެރެދިނުމަށް. އަޅުގަނޑުމެން މަސައްކަތް ކުރާނީ އެގޮތުގައި-- މުއިއްޒު

މުއިއްޒު ވަނީ ސިޓީ ކައުންސިލް ކުރިއަށް އޮތް ފަސް އަހަރަށް ހިންގުމަށް އެކުލަވާލާފައިވާ ސްޓްރެޓީޖިކް އެކްޝަން ޕްލޭން ތަންފީޒު ކުރުމަށް ސަރުކާރުގެ އެއްބާރުލުން ދިނުމަށް ވެސް ގޮވާލައްވައިފަ އެވެ. ސަރުކާރުން އެއްބާރުލުން ދޭހާ ހިނދެއްގައި ސަރުކާރުގެ އެންމެ ގާތް އެކުވެރިއެއްގެ ގޮތުގައި ސިޓީ ކައުންސިލް އޮންނާނެ ކަމަށް ވެސް މުއިއްޒު ވިދާޅުވި އެވެ.

"އަޅުގަނޑު ޔަގީންކުރަނީ އެކަން އެގޮތުގައި ކުރައްވާނެ ކަމަށް. އެންމެ ބޮޑު އެއްބާރުލުމެއް ބޭނުންވާ ބޭފުޅުންގެ ތެރޭގައި ރައީސުލްޖުމްހޫރިއްޔާ، ރައްޔިތުންގެ މަޖިލީހުގެ ރައީސް، ޕްލޭނިން މިނިސްޓާ، ފިނޭންސް މިނިސްޓާ، ޓްރާންސްޕޯޓް މިނިސްޓަރު އަދި އިކޮނޮމިކް މިނިސްޓާ ފާހަގަކޮށްލަން،" މުއިއްޒު ވިދާޅުވި އެވެ.

މުއިއްޒު މިއަދު ވެސް ވަނީ ގުޅީފަޅޫގައި ޕޯޓް އެޅުން ހުއްޓާލައި އެ އަވަށަކީ ބާހިޔާވަހިކަން ފޯރުކޮށްދޭ ތަނަކަށް ހެދުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ގޮވާލައްވައިފަ އެވެ. އަދި ހިޔާ ފްލެޓް ލިބުނު މީހުންނަށް ލަސްނުކޮށް ފްލެޓްތައް ހަވާލުކުރަން ވެސް އެދިވަޑައިގަތެވެ.

ހިޔާ ފްލެޓްތަކުގެ މަހު ކުލި 5،600 ރުފިޔާއަށްވުރެ ބޮޑު ނުކުރުމަށާއި ޑައުންޕޭމަންޓް އެއްފަހަރާ ނުދެއްކޭ މީހުންނަށް ބަހާލައިގެން ދެއްކޭނެ ގޮތް ހަމަޖައްސައި ދިނުމަށް ވެސް އެދިވަޑައިގަތެވެ. އޭގެ އިތުރުން ވަގުތީ ގޮތުން ނަމަވެސް ކިންގް ސަލްމާން މިސްކިތް ހުޅުވައި އެތަނުގައި ނަމާދު ކުރެވޭނެ އިންތިޒާމު ހަމަޖައްސައި ދިނުމަށް ވެސް އެދިވަޑައިގަތެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސައިކަލުގައި އިން އެކަކު މުއްދަތު ހަމަނުވަނީސް ބަންދުން ދޫކޮށްލި

ހުޅުމާލޭގައި ތިން މީހުން އަރުވައިގެން ވަންވޭއާ ދެކޮޅަށް ދުއްވި ސައިކަލެއް އެކްސިޑެންޓްވިއިރު، އޭގައި އިން އެކަކީ ކުށުގެ ރެކޯޑު އޮތް، ބަންދުގެ މުއްދަތު ހަމަނުވަނީސް ދޫކޮށްލާފައިވާ މީހެއް. މި ހާދިސާގައި ފަސް މީހަކަށް އަނިޔާވެ ދެ މީހަކަށް ވެންޓިލޭޓަރުގައި ފަރުވާދެމުންދާއިރު، އެ ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ.

އެމްޓީސީސީގައި 6،700 މުވައްޒަފުން، ކޮންޓްރެކްޓް މުވައްޒަފުން ގިނަ

އާރްޑީސީ އާއި އެމްޓީސީސީ އެއްކޮށްލުމުގެ ކުރިން އެމްޓީސީސީގައި 6،700 މުވައްޒަފުން ތިބިއިރު، އޭގެ ތެރެއިން ގިނައީ ކޮންޓްރެކްޓް މުވައްޒަފުން. ދެ ކުންފުނި އެއްކޮށްލުމުން އާރްޑީސީގެ 4،000 އެއްހާ މުވައްޒަފުން އެމްޓީސީސީއާ ގުޅޭނެ ކަމަށާއި، މިއާއެކު ރާއްޖޭގެ ހުރިހާ ރަށެއްގައި އެ ކުންފުނީގެ މުވައްޒަފުން ތިބޭނެ ކަމަށް އެމްޓީސީސީން ބުނޭ.

ހުޅުމާލޭ ސިންތެޓިކް ޓްރެކް މަރާމާތު ކުރުމުގެ މަސައްކަތް ފަށައިފި

ހުޅުމާލޭ ސިންތެޓިކް ޓްރެކް ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެއްތުމަށްޓަކައި މަރާމާތުކުރުމުގެ އަމަލީ މަސައްކަތް ޔޫތު މިނިސްޓްރީން މިހާރު ވަނީ ފަށާފައި. މި މަޝްރޫއުގެ ދަށުން ޓްރެކް ޕީޔޫއަށް ބަދަލުކޮށް، އެތުލީޓުން ހަދާ ރެކޯޑުތައް ބަލައިގަނެވޭ ފެންވަރަށް ތަރައްގީކޮށް އަންނަ އަހަރުގެ ޖެނުއަރީއަށް ނިންމުމަށް ވަނީ އަމާޒު ހިފާފައި.

ހުޅުމާލެ އެކްސިޑެންޓުގައި އަނިޔާވި ދެ މީހުން ދޫކޮށްލައިފި

ހުޅުމާލޭގައި ފުލުހުންނަށް ފިލަން އުޅުނު ސައިކަލެއް އެހެން ސައިކަލެއްގައި ޖެހި ހިނގި އެކްސިޑެންޓުގައި އަނިޔާވި ފަސް މީހުންގެ ތެރެއިން ދެ މީހަކަށް އަދިވެސް ފަރުވާދެނީ ވެންޓިލޭޓަރުގައި. މި ހާދިސާގައި އަނިޔާވި ދެ މީހަކު ފަރުވާއަށްފަހު ދޫކޮށްލާފައިވާއިރު، އެކްސިޑެންޓުވި އެއް ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ ކަމަށް ފުލުހުން ބުނޭ.

އީގަލް ހިލްސްއިން ހައުސިން ޔުނިޓުތައް އަޅަނީ އާބަން އައިލްގައި

ޔޫއޭއީގެ އީގަލް ހިލްސް ކުންފުނިން ހުޅުމާލޭ އާބަން އައިލްގައި ތަރައްގީކުރާ 5000 ހައުސިން ޔުނިޓުގެ އަގު ދައްކަނީ ސަރުކާރަށް މުސްތަގުބަލުގައި ލިބޭނެ ކަަމަށް ބުނާ ކޮމިޝަނުން.

ނޮވެމްބަރުގެ ތިން ދުވަސް: ނަވީ ޕިއްލޭ އަދި ދިވެހިރާއްޖެ

އދ. ގައި ފަހުން ބޭއްވި ރިވިއުއެއްގައި، ރާއްޖޭގެ އޮފިޝަލުން ވަނީ ހައްދު ޖެހުމަކީ އިސްލާމީ ޝަރީއަތުގެ ތެރެއިން ކުރާ ކަމެއް ކަމަށް ބުނެ އެކަން ދިފާއުކޮށްފަ އެވެ. ނަމަވެސް ޕިއްލޭ އާއި އެމްނެސްޓީ އިންޓަނޭޝަނަލް ފަދަ ޖަމާއަތްތަކުން ދިޔައީ އެކަން ހުއްޓާލުމަށް ގޮވާލަމުންނެވެ.

"މެދުއިރުމަތީ ހަނގުރާމަ ރާއްޖެއާ ގާތަށް އައުމުގެ ބިރު އެބައޮތް"

ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އިންޑިއާ ފަދަ ބޭރުގެ ބާރުތަކުގެ އަސްކަރީ އެހީތެރިކަން ހޯދުމަކީ މުހިންމު ކަމެއް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

Newsletter

Get the latest news delivered straight to your inbox