ބޯހިޔާވަހިކަމުގެ ހައްލާ އެކު "ޗާލު މާލެ ސިޓީ"އަކަށް މޭޔަރުގެ ޕްލޭނެއް

މޭޔަރު ކަމުގެ ހުވާ ކުރެއްވުމަށް ފަހު ޑރ. މުހައްމަދު މުއިއްޒުގެ އިގުރާރު ދައްކާލަނީ: މުއިއްޒު ވަނީ މާލެއަށް ދިމާވެފައިވާ މައްސަލަތައް ހައްލު ކޮށްދިނުމުގެ ޕްލޭނެއް ހުށަހަޅައިފައި-- ފޮޓޯ: ސިޓީ ކައުންސިލް

މޭޔަރު ކަމުގެ ހުވާ ކުރެއްވުމަށް ފަހު ޑރ. މުހައްމަދު މުއިއްޒުގެ އިގުރާރު ދައްކާލަނީ: މުއިއްޒު ވަނީ މާލެއަށް ދިމާވެފައިވާ މައްސަލަތައް ހައްލު ކޮށްދިނުމުގެ ޕްލޭނެއް ހުށަހަޅައިފައި-- ފޮޓޯ: ސިޓީ ކައުންސިލް

މާލެއަށް ދިމާވެފައިވާ ބޯހިޔާވަހިކަން ހިމެނޭ ގޮތަށް ހަތް ދާއިރާއަކުން މައްސަލަތައް ހައްލު ކޮށްދޭނެ ގޮތާ އެކު "ޗާލު މާލެ ސިޓީ" އަކަށް ސްޓްރެޓީޖިކް އެކްޝަން ޕްލޭނެއް މާލޭގެ އާ މޭޔަރު ޑރ. މުހައްމަދު މުއިއްޒު މިއަދު އިއުލާންކުރައްވައިފި އެވެ.

މާލޭ ސިޓީގެ އާ ކައުންސިލަރުން ހުވާ ކުރުމަށް މިއަދު އޮންލައިންކޮށް ބޭއްވި ރަސްމިއްޔާތުގައި އެ އެކްޝަން ޕްލޭން ވަނީ ފާސްކޮށްފަ އެވެ. އެ ޕްލޭންގައި ހިމެނޭ މައިގަނޑު ހަތް ދާއިރާގެ ތެރޭގައި ބިންވެރި ރައްޔިތެއް ކަނޑައެޅުމާއި ޗާލު މާލެ ސިޓީ އާއި ހިތްފަސޭގަ މަގުތަކުގެ އިތުރުން ފުދުންތެރި ދިރިއުޅުމަކާއި ޑިޖިޓަލް މާލެ އަދި ހަރުދަނާ އިދާރީ ހިންގުމާއި ރައްޔިތުންނާ ބައްދަލުވާ ކައުންސިލެއް ބޭއްވުން ހިމެނެ އެވެ.

ބިންވެރި ރައްޔިތެއް

  • މާލޭގެ ބިން ބޭނުން ކުރާނެ ގޮތުގެ ލޭންޑް ޔޫސް ޕްލޭނެއް ހެދުން
  • މާލޭގެ އެންމެ ނިކަމެތި ރައްޔިތުންނަށް ހިންގާ ހައުސިން މަޝްރޫއެއް ހިންގުމަށް ސަރުކާރަށް ހުށަހެޅުން
  • ވިލިމާލޭގައި އިމާރާތް ކުރެވޭ އުސްމިން 10 ބުރިއަށް ބަދަލު ކުރުމަށް މަސައްކަތް ކުރުން.
  • ގުޅިފަޅަކީ މާލޭ ރައްޔިތުންގެ ގެދޮރުގެ މައްސަލަ ހައްލު ކުރަން ތަރައްގީކުރާ ތަނަކަށް ހެދުމަށް މަސައްކަތް ކުރުން
  • ސިނަމާލެ އާއި މާލެހިޔާ ފްލެޓްތައް މަރާމާތު ކުރުމަށް ހާއްސަ އޮފީހެއް ގާއިމް ކުރުން
  • ހުޅުމާލެ ރަޖިސްޓްރީއަށް ބަދަލުވާން އެދިފައިވާ މީހުންގެ ރަޖިސްޓްރީގެ ކަންކަން އަވަސް ކުރުން

ޗާލު މާލެ ސިޓީ

  • ހިނގާފައި އުޅޭ ގޯޅިތައް އިތުރުކޮށް، ހިތްފަސޭހަ މަންޒިލުތަކަކަށް ބަދަލު ކުރުން
  • ޕާކްތައް މަރާމާތުކޮށް އިތުރު ޕާކްތައް ހެދުން
  • ބައިނަލްއަގުވާމީ ފެންވަރުގެ އިވެންޓް ވެނިއު ސަރަހައްދެއް ހެދުން
  • މާރުކޭޓްތަކަށް ދިމާވެފައިވާ މައްސަލަތައް ހައްލު ކުރުން
  • ނީލަން ފިހާރައާއި މެދު ދާއިމީ ގޮތެއް ނިންމުން

ހިތް ފަސޭހަ މަގުމަތި

  • ބޮޑެތި ހުރިހާ މަގެއްގައި ޒަމާނީ ފެންވަރަކަށް ތާރު އެޅުން
  • ޕާކިން މައްސަލައަށް ޖީބަށް ލުއި، ދެމެހެއްޓެނިވި ހައްލެއް ގެނެސްދިނުން
  • ޑީވޯޓާ ކުރުމަށް ހާއްސަ ނެޓްވޯކެއް ބިމު އަޑީގައި ގާއިމު ކުރުން
  • މާލޭގައި ޕަބްލިކް ބަސް ސާވިސް އަދި ސްކޫލް ބަސް ސާވިސް ފެށުން

ފުދުންތެރި ދިރިއުޅުން

  • ޒުވާނުންނަށް ވޮކޭޝަނަލް ޓްރެއިނިން ފުރުސަތުތައް ތައާރަފްކޮށް ހިންގުން
  • މާލެ، ވިލިމާލެ، އަދި ހުޅުމާލޭގައި "ކަނބަލުންގެ އުފެއްދުންތެރިކަމާއި ތަރުކާރީ މާރުކޭޓު" ގާއިމު ކުރުން
  • ހުޅުމާލޭ ބީޗް ރޭގަނޑު ކެފޭތަކަށް ބޭނުން ކުރެވޭގޮތް ހަމަޖެއްސުން

ޑިޖިޓަލް މާލެ

  • މާލޭ ސިޓީ ކައުންސިލްގެ ހުރިހާ ހިދުމަތެއް ޑިޖިޓަލް ކުރުން
  • ރައްޔިތުންގެ ޝަކުވާ އަޑުއެހުމަށް ކޯލް ސެންޓަރެއް ހެދުން
  • ސީސީޓީވީތައް އެއް ނެޓްވޯކަކުން ގުޅާލައި މުޅި މާލެ މޮނީޓާ ކުރުން
  • މުޅި މާލެ ސިޓީ ވައިފައި ކުރުން

ހަރުދަނާ އިދާރީ ހިންގުން

  • ހުޅުމާލެ އަކީ ސިޓީ ކައުންސިލުގެ ސީދާ ބެލުމުގެ ދަށުން މުނިސިޕަލް ހިދުމަތްދޭ ތަނަކަށް ހެދުން
  • ހިދުމަތްތައް ޑިޖިޓަލްކޮށް ޑޭޓާ ބޭސްއެއް ގާއިމުކުރުން
  • ހިދުމަތަށް އެދި ހުށަހަޅާތާ ގިނަވެގެން ތިން ދުވަސް ތެރޭގައި ހިދުމަތް ދިނުން
  • ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް އިސްކަންދީގެން ދިވެހި މުވައްޒަފުން ނެގުން

ރައްޔިތުންނާ ބައްދަލުވާ ކައުންސިލް

  • ކޮންމެ ހަފްތާއަކު ވެސް އެއް ދުވަހު ރަސްމީ މަސައްކަތެއްގެ ގޮތުގައި ގޭގެއަށް ޒިޔާރަތް ކުރުން
  • ކޮންމެ އަވަށެއްގައި ރައްޔިތުންނާއި ބައްދަލު ކުރެވޭނެ ތަނެއް ގާއިމު ކުރުން
  • މަހަކު އެއްފަހަރު ލައިވް ކޮށްގެން ރައްޔިތުންނާ ބައްދަލުވުން ބޭއްވުން

ސްޓްރެޓެޖިކް އެކްޝަން ޕްލޭން ފާސްކޮށްފައިވަނީ ސިޓީ ކައުންސިލްގައި ހިމެނޭ 19 މެމްބަރުންގެ އިއްތިފާގުންނެވެ.

މާލޭ ސިޓީ ކައުންސިލްގެ މޭޔަރު ހިމެނޭ ގޮތަށް 19 މެމްބަރުން އިންތިހާބު ކޮށްފައިވާއިރު އޭގެ ތެރެއިން 12 ގޮނޑި ކާމިޔާބު ކޮށްފައިވަނީ އިދިކޮޅު ކޯލިޝަން ޕީޕީއެމް/ޕީއެންސީ އިންނެވެ. މިއީ މާލޭން އިންތިހާބެއް އިދިކޮޅު ޕީޕީއެމް/ޕީއެންސީއަށް ކާމިޔާބުވި ފުރަތަމަ ފަހަރެވެ. މީގެ ކުރިން ހުރިހާ އިންތިހާބެއްގައި މާލޭގެ އަގުލަބިއްޔަތު ނަގަނީ ވެރިކަން ކުރާ ކޯލިޝަންގެ މައި ޕާޓީ އެމްޑީޕީންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސައިކަލުގައި އިން އެކަކު މުއްދަތު ހަމަނުވަނީސް ބަންދުން ދޫކޮށްލި

ހުޅުމާލޭގައި ތިން މީހުން އަރުވައިގެން ވަންވޭއާ ދެކޮޅަށް ދުއްވި ސައިކަލެއް އެކްސިޑެންޓްވިއިރު، އޭގައި އިން އެކަކީ ކުށުގެ ރެކޯޑު އޮތް، ބަންދުގެ މުއްދަތު ހަމަނުވަނީސް ދޫކޮށްލާފައިވާ މީހެއް. މި ހާދިސާގައި ފަސް މީހަކަށް އަނިޔާވެ ދެ މީހަކަށް ވެންޓިލޭޓަރުގައި ފަރުވާދެމުންދާއިރު، އެ ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ.

އެމްޓީސީސީގައި 6،700 މުވައްޒަފުން، ކޮންޓްރެކްޓް މުވައްޒަފުން ގިނަ

އާރްޑީސީ އާއި އެމްޓީސީސީ އެއްކޮށްލުމުގެ ކުރިން އެމްޓީސީސީގައި 6،700 މުވައްޒަފުން ތިބިއިރު، އޭގެ ތެރެއިން ގިނައީ ކޮންޓްރެކްޓް މުވައްޒަފުން. ދެ ކުންފުނި އެއްކޮށްލުމުން އާރްޑީސީގެ 4،000 އެއްހާ މުވައްޒަފުން އެމްޓީސީސީއާ ގުޅޭނެ ކަމަށާއި، މިއާއެކު ރާއްޖޭގެ ހުރިހާ ރަށެއްގައި އެ ކުންފުނީގެ މުވައްޒަފުން ތިބޭނެ ކަމަށް އެމްޓީސީސީން ބުނޭ.

ހުޅުމާލޭ ސިންތެޓިކް ޓްރެކް މަރާމާތު ކުރުމުގެ މަސައްކަތް ފަށައިފި

ހުޅުމާލޭ ސިންތެޓިކް ޓްރެކް ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެއްތުމަށްޓަކައި މަރާމާތުކުރުމުގެ އަމަލީ މަސައްކަތް ޔޫތު މިނިސްޓްރީން މިހާރު ވަނީ ފަށާފައި. މި މަޝްރޫއުގެ ދަށުން ޓްރެކް ޕީޔޫއަށް ބަދަލުކޮށް، އެތުލީޓުން ހަދާ ރެކޯޑުތައް ބަލައިގަނެވޭ ފެންވަރަށް ތަރައްގީކޮށް އަންނަ އަހަރުގެ ޖެނުއަރީއަށް ނިންމުމަށް ވަނީ އަމާޒު ހިފާފައި.

ހުޅުމާލެ އެކްސިޑެންޓުގައި އަނިޔާވި ދެ މީހުން ދޫކޮށްލައިފި

ހުޅުމާލޭގައި ފުލުހުންނަށް ފިލަން އުޅުނު ސައިކަލެއް އެހެން ސައިކަލެއްގައި ޖެހި ހިނގި އެކްސިޑެންޓުގައި އަނިޔާވި ފަސް މީހުންގެ ތެރެއިން ދެ މީހަކަށް އަދިވެސް ފަރުވާދެނީ ވެންޓިލޭޓަރުގައި. މި ހާދިސާގައި އަނިޔާވި ދެ މީހަކު ފަރުވާއަށްފަހު ދޫކޮށްލާފައިވާއިރު، އެކްސިޑެންޓުވި އެއް ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ ކަމަށް ފުލުހުން ބުނޭ.

އީގަލް ހިލްސްއިން ހައުސިން ޔުނިޓުތައް އަޅަނީ އާބަން އައިލްގައި

ޔޫއޭއީގެ އީގަލް ހިލްސް ކުންފުނިން ހުޅުމާލޭ އާބަން އައިލްގައި ތަރައްގީކުރާ 5000 ހައުސިން ޔުނިޓުގެ އަގު ދައްކަނީ ސަރުކާރަށް މުސްތަގުބަލުގައި ލިބޭނެ ކަަމަށް ބުނާ ކޮމިޝަނުން.

ނޮވެމްބަރުގެ ތިން ދުވަސް: ނަވީ ޕިއްލޭ އަދި ދިވެހިރާއްޖެ

އދ. ގައި ފަހުން ބޭއްވި ރިވިއުއެއްގައި، ރާއްޖޭގެ އޮފިޝަލުން ވަނީ ހައްދު ޖެހުމަކީ އިސްލާމީ ޝަރީއަތުގެ ތެރެއިން ކުރާ ކަމެއް ކަމަށް ބުނެ އެކަން ދިފާއުކޮށްފަ އެވެ. ނަމަވެސް ޕިއްލޭ އާއި އެމްނެސްޓީ އިންޓަނޭޝަނަލް ފަދަ ޖަމާއަތްތަކުން ދިޔައީ އެކަން ހުއްޓާލުމަށް ގޮވާލަމުންނެވެ.

"މެދުއިރުމަތީ ހަނގުރާމަ ރާއްޖެއާ ގާތަށް އައުމުގެ ބިރު އެބައޮތް"

ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އިންޑިއާ ފަދަ ބޭރުގެ ބާރުތަކުގެ އަސްކަރީ އެހީތެރިކަން ހޯދުމަކީ މުހިންމު ކަމެއް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

Newsletter

Get the latest news delivered straight to your inbox