ޕީއެސްޖީ ވިއްދާފައި، ލިލް ލީޑުގައި

May 17, 2021, 6:20 AM
ޕީއެސްޖީގެ އެމްބާޕޭ ރެއިމްސްގެ ގޯލަށް ބޯޅަ ފޮނުވާލަނީ.-- ފޮޓޯ: ޕީއެސްޖީ

ޕީއެސްޖީގެ އެމްބާޕޭ ރެއިމްސްގެ ގޯލަށް ބޯޅަ ފޮނުވާލަނީ.-- ފޮޓޯ: ޕީއެސްޖީ

ޕެރިސް (މެއި 17) - ފްރެންޗް ލީގުގެ އެއް ވަނައިގައި އޮތް ލިލް ރޭ ސެއިން އެޓިއެންއާ ލަނޑެއް ނުޖެހި އެއްވަރުވިއިރު، އެންމެ ފަހުގެ ޗެމްޕިއަން ޕީއެސްޖީން 4-0 އިން ރެއިމްސް ބަލިކޮށް ލިލްއާ ޕޮއިންޓަކަށް ކައިރިކޮށްފި އެވެ.

ފަހު މެޗާ ކުރިމަތިލާއިރު ލިލް އެއް ވަނައިގައި އޮތީ 37 މެޗުން 80 ޕޮއިންޓާ އެކު އެވެ. ދެ ވަނައިގައި އޮތް ޕީއެސްޖީ އަށް 37 މެޗުން ލިބިފައިވަނީ 79 ޕޮއިންޓެވެ. ތިން ވަނައިގައި އޮތީ ރޭ ރެނެސް އަތުން 2-1 އިން މޮޅުވި މޮނާކޯ އެވެ. މޮނާކޯ އަށް ވަނީ 37 މެޗުން 77 ޕޮއިންޓް ލިބިފަ އެވެ.

އަންނަ އާދިއްތަ ދުވަހު ފްރެންޗް ލީގުގެ ފަހު މެޗުތައް ކުޅޭއިރު، ލިލް ރަށުންބޭރުގައި ނުކުންނާނީ އެންޖާސްއާ ދެކޮޅަށެވެ. އަދި ޕީއެސްޖީ ބައްދަލުކުރާނީ ބްރެސްޓްއާ އެވެ.

މިއީ 2001/2002 ސީޒަނަށް ފަހު ފްރެންޗް ލީގުގެ ފަހު މެޗުތަކަށްދާއިރު އެއް ވަަނަ އާއި ދެ ވަނައިގެ ދެމެދުގައި އެއް ޕޮއިންޓުގެ ފަރަގެއް އޮތް ފުރަތަމަ ފަހަރެވެ.

ޕީއެސްޖީގެ ކޯޗު މައުރީސިއޯ ޕޮޗެޓީނޯ ބުނީ އޭނާގެ ޓީމުން އިތުބާރު ދަމަހައްޓައިގެން ކުޅެފިނަމަ ފަހު މެޗުން މޮޅުވެގެން ބޭނުންވާ ކަންކަން ހާސިލްކުރެވޭނެ ކަމަށެވެ.

"ފުޓްބޯޅައިގައި ނަސީބުގެ އެހީ ވެސް ބޭނުންވާނެ. އަހަރެމެން ފަހު މެޗަށް ނުކުންނާނީ އުއްމީދާ އެކު،" ޕޮޗެޓީނޯ ބުންޏެވެ.

ޕީއެސްޖީގެ ދަނޑުގައި ރޭ ކުޅުނު މެޗުގެ ބޮޑުބައި ރެއިމްސް އިން ކުޅުނީ ކުޅުންތެރިއަކު މަދުކޮށެވެ. އެއީ 10 ވަނަ މިނިޓްގައި ރެއިމްސްގެ ޔޫނުސް އަބްދުލްހަމީދަށް ސީދާ ރަތް ކާޑެއް ދެއްކުމުންނެވެ. އޭގެ ތިން މިނިޓް ފަހުން ޕެނަލްޓީ އަކުން ނޭމާ ވަނީ ޕީއެސްޖީ އަށް ލީޑުނަގައިދީފަ އެވެ. އަދި މެޗުގެ 24 ވަނަ މިނިޓްގައި ކީލިއަން އެމްބާޕޭ ވަނީ ޕީއެސްޖީގެ ދެ ވަނަ ގޯލު ޖަހައިފަ އެވެ. މިއީ މި ސީޒަނުގެ ހުރިހާ މުބާރާތެއްގައި އޭނާ ކާމިޔާބުކުރި 40 ވަނަ ގޯލެވެ.

ދެ ވަނަ ހާފްގައި ޕީއެސްޖީގެ އަނެއް ގޯލުތައް ޖެހީ މާކުއީނިއޯސް އާއި މޮއިސް ކީން އެވެ. މާކުއީނިއޯސްގެ ގޯލަށް ފުރުސަތު ތަނަވަސްކޮށްދިނީ ނޭމާ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖަރުމަނުގެ ޒްވެރެވް އަށް ދުނިޔޭގެ ރޭންކިން އެއް ވަނަ ޔަގީންވެއްޖެ

ޝަންހާއީ މާސްޓާސްއިން ކާލޯސް އަލްކަރާޒް ބަލިވުމާ ގުޅިގެން، މި އަހަރުގެ ޓެނިސް ސީޒަން ނިމޭއިރު ދުނިޔޭގެ ރޭންކިން އެއްވަނަ ޖަރުމަނުގެ ޒްވެރެވަށް ވަނީ ކަށަވަރުވެފައި. މިއީ ޖަރުމަނުގެ ކުޅުންތެރިއަކު މި ޝަރަފު ހޯދާ ފުރަތަމަ ފަހަރު ކަމަށްވާއިރު، އޭނާ މި މަގާމަށް އަންނަ މަހު އަންނާނީ މުޅިން އަލަށް އެއް ވަނަ ހޯދާ އެންމެ ދޮށީ ކުޅުންތެރިޔާގެ ގޮތުގައި

ފުޓްސަލްގައި ރާއްޖޭން ޗައިނާ، ހޮންގް ކޮންގް އަދި ކޮރެއާއާ ކުޅެނީ

އަންނަ މަހު ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތެއްގައި ރާއްޖޭގެ ގައުމީ ޓީމުން ވާދަކުރާ ގޮތަށް ހަމަޖެހި، އެ މުބާރާތަށް ތައްޔާރުވުމުގެ ފަރިތަކުރުންތައް ފަށައިފި. މި މުބާރާތުގައި ރާއްޖޭގެ އިތުރުން ޗައިނާ، ހޮންގް ކޮންގް އަދި ދެކުނު ކޮރެއާ ވާދަކުރާއިރު، ރާއްޖޭގެ ފުރަތަމަ މެޗު އޮންނާނީ އަންނަ މަހުގެ ފަސް ވަނަ ދުވަހު

އޯޕަން ވޯޓާ ގައުމީ ޗެމްޕިއަންކަން ޝައިމް އާއި އަލްޔާ އަށް

ކުޑަގިރީގައި ބޭއްވި 17 ވަނަ ގައުމީ އޯޕަން ވޯޓާ މުބާރާތުގެ 5 ކިލޯމީޓަރުގެ ފިރިހެން ޗެމްޕިއަންކަން ޝައިމް ހުސެއިން އިބްރާހިމް އަދި އަންހެން ޗެމްޕިއަންކަން އަލްޔާ އަޝްރަފް ހޯދައިފި. މި މުބާރާތުގައި ތަފާތު އުމުރުފުރާތަކުންނާއި ކެޓަގަރީތަކުން ގިނަ ފެތުންތެރިންތަކެއް ވާދަކޮށް ވަނަތައް ހާސިލްކުރި، މިއީ ކުޑަގިރީގައި މި މުބާރާތް ބޭއްވި ހަތަރު ވަނަ ފަހަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

Newsletter

Get the latest news delivered straight to your inbox