އިޒްރޭލު ކުށްވެރިކޮށް އޯއައިސީގެ ރެޒޮލިއުޝަނުގައި ރާއްޖެއިން ސޮއިކޮށްފި

އިޒްރޭލު ފަލަސްތީނަށް ބޮން އަޅަނީ: ހަމަލާތަކުގައި ފަލަސްތީނުގެ ވަރަށް ގިނަ ބަޔަކު މަރާލައިފި --

އިޒްރޭލު ފަލަސްތީނަށް ބޮން އަޅަނީ: ހަމަލާތަކުގައި ފަލަސްތީނުގެ ވަރަށް ގިނަ ބަޔަކު މަރާލައިފި --

އިޒްރޭލުން ފަލަސްތީނު ރައްޔިތުންނާ ދެކޮޅަށް ހިންގަމުންދާ ލާއިންސާނީ ހަނގުރާމަ ދިވެހިރާއްޖެއިން ވަރަށް ވަރުގަދައަށް ކުށްވެރިކޮށް، އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަނުން މިއަދު ބަލައިގަތް ގަރާރުގައި ސޮއިކޮށްފި އެވެ.

މިދިޔަ ހޯމަ ދުވަހުން ފެށިގެން އިޒްރޭލުން ފަލަސްތީނަށް ދެމުންދާ ހަމަލާތަކުގައި 158 މީހުން ވަނީ މަރާލައިފަ އެވެ. އޭގެ ތެރޭގައި 41 ކުޑަކުދިން ހިމެނެ އެވެ. އަދި އެ ހަމަލާތަކުގައި 950 އަށް ވުރެ ގިނަ މީހުން ވަނީ ޒަހަމްވެފަ އެވެ.

އޯއިސީގެ ފަރާތުން މިއަދު ކޮންފަރެންސް މެދުވެރިކޮށް ބޭއްވި ހާއްސަ އާދަޔާހިލާފު ބައްދަލުމުގައި އިސްލާމީ ގައުމުތަކުން ނިންމާފައި ވަނީ އިޒްރާއިލުން މިހާރު ގާޒާއަށް ހަމަލާ ދެމުންދަނީ ބައިނަލްއަގްވާމީ ގާނޫނުތަކާ ހިލާފަށް ކަމަށެވެ.

އަދި އިޒްރޭލުން ފަލަސްތީނު ރައްޔިތުންނަށް ކުރަމުންދާ ލާއިންސާ އަނިޔާ ނުހުއްޓި ކުރިއަށްދަނީ އދ. ގެ ސަލާމަތީ ކައުންސިލުން މައްސަލަ ހައްލު ކުރަން ފެއިލުވެފައި އޮތުމުން ކަމަށް ވެސް އޯއައިސީއިން ފާސްކުރި ރެޒޮލިއުޝަނުގައި ނިންމައިފަވެ އެވެ.

ގަރާރު ބަލައިގަތުމުގެ އިތުރުން ރާއްޖޭގެ ފަރާތުން ވެސް މިއަދުގެ ބައްދަލުވުމުގައި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވަނީ އިޒްރާއިލުގެ ހަނގުރާމަ ވަރަށް ބޮޑަށް ކުށްވެރިކޮށްފަ އެވެ.

"އިޒްރޭލުގެ ބާރުތަކުން ފަލަސްތީނުގެ އާންމުންނަށް އިރުމަތީ ގުދުސް އަދި ގާޒާގައި ދެމުންގެންދާ ބާރުގަދަ ހަމަލާތައް ދިވެހިރާއްޖޭގެ ސަރުކާރުން ކުށްވެރިކުރަން. މިއީ ބައިނަލްއަގްވާމީ ގާނޫނުތަކާ ހިލާފަށް ދެމުންގެންދާ ހަމަލާތަކެއްކަން ވަރަށް ސާފު،" ޝާހިދު ވިދާޅުވި އެވެ.

އަޒުމެއް ގުޑުމެއް ނާރައި ފަލަސްތީނު ރައްޔިތުންނާއެކު ދިވެހިރާއްޖެ އޮންނާނެ ކަމުގެ ޔަގީންކަން ވެސް މިއަދުގެ ބައްދަލުވުމުގައި ޝާހިދު ވަނީ އޯއައިސީގެ މެންބަރު ގައުމުތަކަށް ދެއްވައިފަ އެވެ.

"ފަލަސްތީނުގައި ތިބި އަޅުގަނޑުމެންގެ އަހުންނާއި އުހުތުން އެމީހުންގެ މިނިވަންކަމާއި ސަލާމަތަށް ކުރަމުންދާ މަސައްކަތަށް މިހާރު ހަތް ގަރުނުވީ. މި އަނިޔާވެރިކަން އަޅުގަނޑުމެން ތަހައްމަލް ކުރަންވީ ކިހާ ދުވަހެއް ވަންދެންތޯ،" އިނގިރޭސި ބަހުން ދެއްވި ތަގުރީރުގައި ޝާހިދު ވިދާޅުވި އެވެ.

ފަލަސްތީނު ރައްޔިތުންގެ ހައްގުތައް އަބަދުމެ ނިގުޅައިގަނެވެމުންދާކަން އަބްދުﷲ ޝާހިދު ފާހަގަ ކުރެއްވި އެވެ.

"ފަލަސްތީނުގެ ރައްޔިތުންގެ އަސާސީ ހައްގުތަކާއި މިނިވަންކަން ދަނީ ނިގުޅައިގަންނަމުން. ގަދަބާރުން ޝެއިހު ޖައްރާއިން ފަލަސްތީނު ރައްޔިތުން ނެރުން. އަލް-އަގްސާގެ މާތް ބިމުގައި، ހަތިޔާރެއް ނެތް ބަޔަކަށް ދިން ހަމަލާ. ހުއްޓުމެއްނެތި ގާޒާއަށް އަޅަމުންގެންދާ ބޮންތައް. ގާނޫނާ ހިލާފަށް ވެރިވެގަނެފައިވާ ބިންތަކުގައި ހަމަނުޖެހުން އިތުރުވުން،" ޝާހިދު ވިދާޅުވި އެވެ.

އިޒްރޭލުން ފަލަސްތީނާ ދެމެދު ހަމަލާ ބަދަލު ކުރަން ފެށީ އިރުމަތީ ގުދުސްގެ މައްސަލަ ހޫނުވެފައި ވަނިކޮށް މިދިޔަ ހޯމަ ދުވަހު އެވެ. އެ ދުވަހުން ފެށިގެން ހުއްޓުމެއް ނެތި ދަނީ ހަމަލާދެމުންނެވެ.

އިރުމަތީ ގުދުސްގެ މައްސަލަ މި އަހަރު އެންމެ ފުރަތަމަ ހޫނުވީ އަލް އަގްސާ މިސްކިތަށް ނަމާދު ކުރަން ދާ ފަލަސްތީނު މީހުންނަށް އިޒްރޭލުން ހުރަސްއަޅާ ކަމުގެ ތުހުމަތާއެކު އެވެ. ނަމަވެސް އިޒްރޭލުން އެކަން ދޮގުކޮށް ބުނީ ފިޔަވަޅު އަޅަނީ ކޮވިޑާ ގުޅިގެން ކަމަށެވެ.

އޭގެ ފަހުން އިރުމަތީ ގުދުސްގެ ޝެއިހް ޖައްރާ ސަރަހައްދުގައި އުޅޭ ފަލަސްތީނު މީހުން ގެތަކުން ނެރެން ނިންމާފައިވާ މައްސަލައާ ގުޅިގެން ވެސް ހަމަނުޖެހުން އުފެދުނެވެ. އެ މައްސަލާގައި ބޮޑެތި އެއްވުންތައް ބާއްވަމުން ދިޔައިރު އަލް އަގްސާ މިސްކިތުގައި ވެސް ހަމަނުޖެހުން ހިނގި އެވެ.

އިޒްރޭލުން ގާޒާއަށް ހަމަލާ ދޭން ފެށީ ޝެއިހް ޖައްރާ މައްސަލާގައި އިޒްރޭލުގެ ސުޕްރީމް ކޯޓުން ގޮތެއް ނިންމަން މިދިޔަ އާދީއްތަ ދުވަހަށް ތާވަލު ކުރި އަޑުއެހުން ފަސްކުރުމާއެކު އެވެ. އާދީއްތަ ދުވަހުގެ ރޭ ގުދުސްގައި ހަމަނުޖެހުން ހިންގުމަށް ފަހު ހޯމަ ދުވަހުގެ ފަތިހު އިޒްރޭލުގެ ޖެޓުތަކުން ގާޒާއަށް ބޮން އަޅަން ފެށި އެވެ. އަދި ގާޒާގައި ވެރިކަން ކުރާ ހަމާސްއިން ރައްދުގައި ރޮކެޓު ހަމަލާ ދޭން ފެށި އެވެ.

ހަމާސްގެ ރޮކެޓުތައް އިޒްރޭލަށް ފޯރުމުގެ ކުރިން އެ ގައުމުން ގެންގުޅޭ "އަޔަން ޑޯމް" ދިފާއީ ނިޒާމުން ރޮކެޓުތައް ބިމަށް ވައްޓާލަ އެވެ. ނަމަވެސް ބައެއް ރޮކެޓުތައް ވައްޓާނުލެވުމުގެ ސަބަބުން އިޒްރޭލުގެ އަށް މީހުން މިހާތަނަށް މަރުވެފައި ވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox