އިސްލާމީ ގައުމުތަކުގެ ބައްދަލުވުމުގައި އިޒްރޭލަށް ތުހުމަތުގެ އިނގިލި!

ސައުދީ އަރަބިއްޔާގެ ފޮރިން މިނިސްޓަރު.--

ސައުދީ އަރަބިއްޔާގެ ފޮރިން މިނިސްޓަރު.--

ފަލަސްތީނު ރައްޔިތުންގެ ހައްގުތަކަށް އިޒްރޭލުން އަރައިގަތުން ކުށްވެރި ކުރައްވާ ކަމަށާއި ގާޒާގައި ހިންގަމުންދާ އަނިޔާވެރި އަސްކަރީ އޮޕަރޭޝަން ވަގުތުން ހުއްޓުވަން ސައުދީ އަރަބިއްޔާގެ ފޮރިން މިނިސްޓަރު ގައުމުތަކަށް ގޮވާލައްވައިފި އެވެ.

ޕްރިންސް ފައިސަލް ބިން ފަރްހާން އަލް ސައުދު އެގޮތަށް ގޮވާލެއްވީ 57 މެމްބަރު ގައުމު ހިމެނޭ އޯގަނައިޒޭޝަން ފޯ އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ)ގެ ކުއްލި ބައްދަލުވުމެއް ފެށުމުގެ ގޮތުން މިއަދު ވާހަކަ ދައްކަވަމުންނެވެ.

ރާއްޖޭގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވެސް ބައިވެރިވެ ވަޑައިގަންނަވާ ކުއްލި ވާޗުއަލް ބައްދަލުވުމުގެ މަގްސަދަކީ އިޒްރޭލުން ގާޒާއަށް ދެމުންދާ ހަމަލާތަކަށް މިއަދު ހަފްތާއެއް ފުރިފައި ވާތީ އެކަމާ މެދު މަޝްވަރާ ކުރުމެވެ.

މިދިޔަ ހޯމަ ދުވަހު އިޒްރޭލުން ގާޒާއަށް ބޮން އަޅަން ފެށީ ހަމާސް ޖަމާއަތުން އިޒްރޭލަށް ރޮކެޓު ހަމަލާ ފޮނުވާތީ އެކަމުގެ ރައްދު ގަ އެވެ. ހަމާސްއިން ރޮކެޓު ހަމަލާ ފޮނުވަން ފެށީ އިރުމަތީ ގުދުސްގައި ތިބި ފަލަސްތީނު މީހުން ގެތަކުން ނެރުމަށް މަސައްކަތް ކުރުމާއި އަގްސާ މިސްކިތުގައި ނަމާދު ކުރުމަށް ހުރަސް އަޅާ މައްސަލާގަ އެވެ.

ސައުދީ ފޮރިން މިނިސްޓަރު ވަނީ އިސްލާމް ދީނުގެ އެންމެ މާތްވެގެންވާ އެއް މިސްކިތުގެ ހުރުމަތް ކަނޑާލުމާއި، އިރުމަތީ ގުދުސްގެ ޝެއިހް ޖައްރާގައި އުޅޭ ފަލަސްތީނު މީހުން ގަދަކަމުން ގެތަކުން ނެރެން މަސައްކަތް ކުރުން ކުށްވެރި ކުރައްވާފަ އެވެ.

އިޒްރޭލުން އިރުމަތީ ގުދުސްއަށް އަރާ އެތަން ހިފީ 1967 ގަ އެވެ. އޭގެ ފަހުން 1980 ގައި އެއީ އިޒްރޭލުގެ ބަޔެއްގެ ގޮތުގައި ކަނޑައަޅައިގެން އެ ތަނުގައި ޔަހޫދީން އާބާދު ކުރަން ފެށި އެވެ. ނަމަވެސް އެއީ ބައިނަލްއަގްވާމީ ގާނޫނާ ހިލާފަށް ކުރާ ކަމެކެވެ.

ފަލަސްތީނު މީހުން ތުހުމަތު ކުރާ ގޮތުގައި އިޒްރޭލުގެ އަމާޒަކީ ގުދުސްއިން ފަލަސްތީނު މީހުން ބޭރުކޮށް އެ ތަނުގެ އާބާދީގައި ޔަހޫދީން ގިނަ ކުރުމެވެ.

ސައުދީ ފޮރިން މިނިސްޓަރު ގައުމުތަކަށް ގޮވާލެއްވީ "ނުރައްކާތެރި ހަމަނުޖެހުން" ނިމުމަކަށް ގެނައުމުގެ ޒިންމާ އަދާ ކުރުމަށާއި އަސްކަރީ އޮޕަރޭޝަން ހުއްޓުވާ ފަލަސްތީނާއި އިޒްރޭލުގެ ދައުލަތެއް ސުލްހަވެރިކަމާ އެކު ގާއިމް ކުރެވޭނެ މަގުކޮށައި ދިނުމަށެވެ.

އޯއައިސީގެ ބައްދަލުވުން ފެށުމުގެ ގޮތުން ހުޅަނގު އައްސޭރީގައި ވެރިކަން ކުރާ ފަލަސްތީނު ސަރުކާރުގެ ފޮރިން މިނިސްޓަރު ރިއާދް މާލިކް އިޒްރޭލުގެ ހަމަލާތައް ސިފަކުރެއްވީ "ފިނޑި އަމަލުތަކެއް"ގެ ގޮތުގަ އެވެ.

"ފަލަސްތީނުގެ ރައްޔިތުން ތެދުވެފައި ވާތީ އަންގައި ދެނީ ގުދުސްއަކީ ރަތް ރޮނގެއްކަން. އިޒްރޭލުގެ މީހުން މަރާ މެޝިނުގެ ސަބަބުން އަޅުގަނޑުގެ ރައްޔިތުން ވަރުބައްޔެއް ނުވާނެ،" އޭނާ ވިދާޅުވި އެވެ.

އަޅުގަނޑުމެން މާތް ﷲ ހަނދުމަކޮށް އަބަދުވެސް ބުނަމުން ދާންވީ އެންމެ ފަހު ދުވަހާ ޖެހެންދެން ވެސް ދުލެއް ނުދޭނަމޭ. އަޅުގަނޑުމެންނަށް ދިމާވެފައި މި އޮތީ ދިގު މުއްދަތަށް ބިމަށް ވެރިވެގަނެގެން އުޅޭ މައްސަލައެއް. މައްސަލައިގެ އަސްލަކީ އެއީ. އެއްވެސް އުގޫބާތެއް އައިސްދާނެ ކަމަށް ބިރެއް ނެތި ފަލަސްތީނު ރައްޔިތުންނާ ދެކޮޅަށް އެ ހިންގަމުން ދަނީ ބޮޑުވެގެންވާ ޖަރީމާއެއް -- ފަލަސްތީނުގެ ފޮރިން މިނިސްޓަރު

ހުޅަނގު އައްސޭރީގައި ވެރިކަން ކުރާ ފަލަސްތީނު ސަރުކާރަށް ގާޒާގައި އެއްވެސް ކޮންޓްރޯލެއް ނޯވެ އެވެ. ގާޒާގައި 2007 ވަނަ އަހަރު ސަރުކާރު ވައްޓާލުމަށް ފަހު ވެރިކަން ކުރަމުން ދަނީ ހަމާސް ގްރޫޕުންނެވެ.

އޯއައިސީ ބައްދަލުވުމުގައި ތުރުކީގެ ފޮރިން މިނިސްޓަރު މެވްލޫތު ކަވުސޮގްލޫ ވެސް ވަނީ ވަރަށް ބޮޑަށް އިޒްރޭލަށް ފާޑުވިދާޅުވެ، މުޅި ހާލަތުގެ ޒިންމާ އެ ގައުމުން އުފުލަން ޖެހޭނެ ކަމަށް ވިދާޅުވެފަ އެވެ.

"އިރުމަތީ ގުދުސް އާއި ހުޅަނގު އައްސޭރި އަދި ގާޒާގެ ހާލަތު ގޯސްވުމުގެ ޒިންމާ އުފުލަން ޖެހޭނީ ހަމައެކަނި އިޒްރޭލުން. މިދިޔަ ހަފްތާގައި އަޅުގަނޑުމެން އިޒްރޭލަން ދިން އިންޒާރުތަކަށް އެ މީހުން ދިނީ ބީރު ކަންފަތެއް،" އޭނާ ވިދާޅުވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އަޒަރުބައިޖާންގެ ސްކޫލްތަކުގައި ބުރުގާ އެޅުން މަނާކޮށްފި

އަޒަރުބައިޖާންގެ ސްކޫލްތަކުގައި "ސެކިއުލާ އުސޫލުތަކަށް" ފެތޭ ޔުނިފޯމް މިންގަނޑެއް ކަނޑައަޅައި، ނުސީދާ ގޮތެއްގައި ބުރުގާ އެޅުން މަނާކުރުމާ ގުޅިގެން އެ ގައުމުގައި ބޮޑެތި އިހުތިޖާޖުތަކެއް ވަނީ ފެށިފަ އެވެ. މި ނިންމުމުގެ ސަބަބުން ގިނަ ބަޔަކު ދަނީ މިއީ ދީނީ މިނިވަންކަމަށް އަރައިގަތުން ކަމަށް ބުނެ ނުރުހުން ފާޅުކުރަމުން.

"ކުރަފި" ހަރަކާތުގެ އިސް ލީޑަރުން ހައްޔަރުކޮށްފި

އިންޑިއާގެ ވޯޓާ ލިސްޓަށް ގެނައި އިސްލާހުތަކާ ގުޅިގެން ޗީފް އިލެކްޝަން ކޮމިޝަނަރު އިސްތިއުފާ ދެއްވުމަށް ގޮވާލައި، މުޒާހަރާކުރި "ކޮކްރޯޗް" ޒުވާނުންގެ ހަރަކާތުގެ އިސް ލީޑަރުންތަކެއް ފުލުހުން ހައްޔަރުކޮށްފި މި ހަރަކާތުގެ ބައިވެރިން ހައްޔަރުކުރީ މުޒާހަރާކުރުން މަނާ ސަރަހައްދެއް ކަމަށްވާ ޖަންތަރު މަންތަރަށް ފުލުހުންގެ ބެރިކޭޑްތައް މަތިން ފުންމާލުމުން.

ސިންގަޕޫރުން ހާއްސަ ސަބްސިޑީއެއް، މެލޭޝިއާ ސްކޫލުތައް ބަންދު

އިންޑޮނޭޝިއާގެ ޖަންގަލިތަކުގައި ރޯވި އަލިފާނުގެ ދުމުގެ ސަބަބުން ވައި ނުސާފުވެ، ސިންގަޕޫރުން ސިއްހީ ފަރުވާގެ ސަބަބްސިޑީއެއް ތައާރަފުކޮށް މެލޭޝިއާގެ ބައެއް ސްކޫލްތައް ވަނީ ބަންދުކޮށްފައެވެ. މި ހާލަތާ ގުޅިގެން ސިންގަޕޫރުގެ ރައްޔިތުންނަށް ނޭވާލާ ނިޒާމުގެ ބަލިތަކަށް އަގުހެޔޮކޮށް ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސާފައިވާއިރު، މިއީ "އެލް ނީނޯ" މޫސުމީ ހާލަތުގެ ސަބަބުން ކުރިމަތިވި ކަމެކެވެ.

ފްލައިޓެއްގައި ތަތްމަކުނު އުޅޭތީ ދަތުރު ކެންސަލްކޮށްފި

އޮސްޓްރޭލިއާގެ ކުއަންޓަސް އެއާވޭސްގެ ފްލައިޓެއްގައި ތަތްމަކުނު އުޅޭކަން ފާހަގަވެ، ފަސިންޖަރުންނަށް އުނދަގޫތަކެއް ކުރިމަތިވުމާ ގުޅިގެން އެ ބޯޓުގެ ދަތުރު ކެންސަލްކޮށް ބޯޓު ގްރައުންޑުކޮށްފިއެވެ. މި ހާދިސާއާ ގުޅިގެން ބޯޓު ސާފުކުރުމުގެ މަސައްކަތް ފަށާފައިވާއިރު، ދަތުރު މެދުކެނޑުނު ފަސިންޖަރުންނަށް އެއާލައިނުން ވަނީ ބަދަލު އިންތިޒާމުތައް ހަމަޖައްސައިދީފައެވެ.

ސުޕަމާކެޓްތަކުގެ ފިނިކުރާ ނިޒާމުތަކަށް ސައިބާ ހަމަލާއެއް

ފްރާންސްގެ އެތައް ސަތޭކަ ސުޕަމާކެޓެއްގެ ފިނިކުރާ ނިޒާމުތަކަށް ދިން ސައިބާ ހަމަލާއެއްގައި، ކާބޯތަކެތި ހަލާކުވެ މިލިއަނުން ޔޫރޯގެ ގެއްލުން ވެއްޖެއެވެ. މި ހަމަލާ އަމާޒުކޮށްފައިވަނީ ފިނިކުރާ ނިޒާމުތައް ކޮންޓްރޯލްކުރާ ސޮފްޓްވެއާއަކަށް ކަމަށްވާއިރު، މީގެ ސަބަބުން އައިސްއަލަމާރިތަކުގެ ހޫނުމިން އިންތިހާއަށް މަތިވެ ގިނަ އަދަދެއްގެ މުދާ ވަނީ އުކާލަން ޖެހިފައެވެ.

ހޫތީންނަށް "ހަރުކަށި" ރައްދެއް ދޭނެ ކަމުގެ އިންޒާރު ދީފި

ސައުދީގެ އެއާޕޯޓުތަކަށާއި ތެޔޮ އުފައްދާ މަރުކަޒުތަކަށް ހޫތީން ދެމުންދާ ހަމަލާތަކަށް ވަރުގަދަ ރައްދެއް ދޭނެ ކަމުގެ އިންޒާރު އެ ގައުމުގެ އެނާޖީ މިނިސްޓަރު ދެއްވައިފިއެވެ. މި ހަމަލާތަކުގައި މީހުން މަރުވެ އާންމު ޚިދުމަތްތަކަށް ބުރޫއަރާފައިވާއިރު، ހޫތީން ބުނަނީ މިއީ ސައުދީން ޔަމަނަށް ދޭ ހަމަލާތަކުގެ ބަދަލު ހިފުން ކަމަށެވެ. މި މައްސަލައިގައި ދެފަރާތުގެ ދެމެދުގައި ހަމަލާ ބަދަލުކުރުން ވަނީ އިތުރަށް ވަރުގަދަވެފައެވެ.

އިދިކޮޅު ސަޕޯޓަރުން ސުޕްރީމް ކޯޓާ ހަމައަށް ހިނގާލުމެއް ބާއްވައިފި

އިންތިޚާބީ ލިސްޓުގައި މަކަރު ހަދާފައިވާ ކަމަށް ބުނެ، އިންޑިއާގެ އިލެކްޝަންސް ކޮމިޝަނުގެ އިސްވެރިޔާ އިސްތިއުފާ ދިނުމަށް ގޮވާލައި އިދިކޮޅު ސަޕޯޓަރުން ދިއްލީގައި ބޮޑު ހިނގާލުމެއް ބާއްވައިފިއެވެ. މި މައްސަލަ ބަލައިދިނުމަށް އެދި ކޮންގްރެސް ޕާޓީން ސުޕްރީމް ކޯޓަށް ޕެޓިޝަނެއް ހުށަހަޅާފައިވާއިރު، ސަލާމަތީ ބާރުތަކުން ވަނީ މުޒާހަރާގެ ބައިވެރިން ހުއްޓުވައި ގިނަ ބަޔަކު ހައްޔަރުކޮށްފައެވެ.

Newsletter

Get the latest news delivered straight to your inbox