ހަމާސްގެ އެންމެ އިސް ވެރިޔާގެ ގެޔަށް ބޮން އަޅައިފި

އިޒްރޭލުން ބޮން އަޅާ ބިމާ ހަމަކޮށްލި ގޭގެ ދަށުން މީހުން ފެނޭތޯ ބަލަނީ.-- ފޮޓޯ: ރޮއިޓާޒް

އިޒްރޭލުން ބޮން އަޅާ ބިމާ ހަމަކޮށްލި ގޭގެ ދަށުން މީހުން ފެނޭތޯ ބަލަނީ.-- ފޮޓޯ: ރޮއިޓާޒް

އިޒްރޭލުން މިދިޔަ ހޯމަ ދުވަހުން ފެށިގެން ފަލަސްތީނަށް ދެމުންދާ ހަމަލާތަކުގެ ތެރެއިން އިއްޔެ ގާޒާގައި ހުންނަ ހަމާސްގެ އެންމެ އިސް ވެރިޔާގެ ގެޔަށް ބޮން އަޅާ ބިމާ ހަމަކޮށްލައިފި އެވެ.

އިއްޔެ ބޮން އަޅާފައިވަނީ ޔަހުޔާ ސިންވާރް އާއި އޭނާގެ ބޭބެ މުހައްމަދުގެ ގެޔަށް ކަމަށް އިޒްރޭލު އަސްކަރިއްޔާއިން ބުނެ އެވެ. އޭއެފްޕީން ބުނެފައިވަނީ ސިންވާރްގެ ގެ އެއްކޮށް ފުނޑުފުނޑުވެފައިވާ ކަމަށެވެ.

އޭގެކުރީ ދުވަހު ވެސް ހަމާސްގެ ބައެއް ވެރިންގެ ގެތަކަށް ހަމަލާ ދިނެވެ. އެގޮތުން ހަމާސްގެ ސިޔާސީ ހަރަކާތްތައް ހިންގުމުގައި އިސްކޮށް އުޅޭ ހަލީލް އަލް ހަޔާގެ ގެޔަށް ހަމަލާ ދިނެވެ.

އެ ހަމަލާތަކުގައި ހަމާސްގެ އެއްވެސް ވެރިޔަކު މަރުވި ކަމަށް ރިޕޯޓުތައް ނުބުނެ އެވެ. ހޯމަ ދުވަހު ހަމަލާތައް ދޭން ފެށުމާއެކު ހަމާސްގެ ވެރިން ވަނީ ފިލާފަ އެވެ.

ގަތަރުގެ ދޯހާގައި ފަލަސްތީނަށް ތާއީދު ކުރާ ބަޔަކު އެއްވެފައި އޮތް ތަނެއްގައި ވާހަކަ ދައްކަވަމުން ހަމާސްގެ ލީޑަރު އިސްމާއިލް ހަނިއްޔާ ވިދާޅުވީ އެ ގްރޫޕުގެ މަސައްކަތް ހުއްޓާ ނުލާނެ ކަމަށެވެ.

"މި ހަރަކާތް ހުއްޓައެއް ނުލާނެ. އިންޝާﷲ، ގުދުސް އާއި އަލް އަގްސާ ހިމާޔަތް ކުރަން ފަރުބަދައިގެ އެންމެ އުހުގައި އަޅުގަނޑުމެން ތިބޭނަން،" ހަނިއްޔާ ވިދާޅުވި އެވެ.

"މި ދައްކަނީ އަޅުވެތިކޮށްފައިވާ ގާޒާގެ ވާހަކަ... ހުރިހާ ފަރާތަކުން އަޅުވެތިކޮށްފައި ވާތާ 15 އަހަރު ވެއްޖެ".

ހަމާސްގެ ވެރިންގެ ގެތަކުގެ އިތުރުން ބިމު އަޑީގައިވާ ބިންގަރާސްތަކަށް ވެސް ހަމަލާ ދިން ކަމަށް އިޒްރޭލް އަސްކަރިއްޔާއިން ބުނެ އެވެ.

މީގެ ހަފްތާއެއް ކުރިން ހަމަލާ ބަދަލު ކުރަން ފެށި ފަހުން ހަމާސްގެ 20 ހަނގުރާމަވެރިން މަރުވެފައިވާ ކަމަށް އެ ގްރޫޕުން ބުނެ އެވެ. ނަމަވެސް އިޒްރޭލުން ބުނީ އަސްލު އަދަދު މާ މަތި ވާނެ ކަމަށެވެ.

އިޒްރޭލުން ދޭ ގިނަ ހަމަލާތަކުގައި މަރުވަނީ ފަލަސްތީނުގެ އާއްމުންނެވެ. އެގޮތުން 40 އަށް ވުރެ ގިނަ ކުޑަކުދިން ހިމެނޭ ގޮތަށް 180 އެއްހާ މީހުން މިހާތަނަށް މަރުވެއްޖެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އަޒަރުބައިޖާންގެ ސްކޫލްތަކުގައި ބުރުގާ އެޅުން މަނާކޮށްފި

އަޒަރުބައިޖާންގެ ސްކޫލްތަކުގައި "ސެކިއުލާ އުސޫލުތަކަށް" ފެތޭ ޔުނިފޯމް މިންގަނޑެއް ކަނޑައަޅައި، ނުސީދާ ގޮތެއްގައި ބުރުގާ އެޅުން މަނާކުރުމާ ގުޅިގެން އެ ގައުމުގައި ބޮޑެތި އިހުތިޖާޖުތަކެއް ވަނީ ފެށިފަ އެވެ. މި ނިންމުމުގެ ސަބަބުން ގިނަ ބަޔަކު ދަނީ މިއީ ދީނީ މިނިވަންކަމަށް އަރައިގަތުން ކަމަށް ބުނެ ނުރުހުން ފާޅުކުރަމުން.

"ކުރަފި" ހަރަކާތުގެ އިސް ލީޑަރުން ހައްޔަރުކޮށްފި

އިންޑިއާގެ ވޯޓާ ލިސްޓަށް ގެނައި އިސްލާހުތަކާ ގުޅިގެން ޗީފް އިލެކްޝަން ކޮމިޝަނަރު އިސްތިއުފާ ދެއްވުމަށް ގޮވާލައި، މުޒާހަރާކުރި "ކޮކްރޯޗް" ޒުވާނުންގެ ހަރަކާތުގެ އިސް ލީޑަރުންތަކެއް ފުލުހުން ހައްޔަރުކޮށްފި މި ހަރަކާތުގެ ބައިވެރިން ހައްޔަރުކުރީ މުޒާހަރާކުރުން މަނާ ސަރަހައްދެއް ކަމަށްވާ ޖަންތަރު މަންތަރަށް ފުލުހުންގެ ބެރިކޭޑްތައް މަތިން ފުންމާލުމުން.

ސިންގަޕޫރުން ހާއްސަ ސަބްސިޑީއެއް، މެލޭޝިއާ ސްކޫލުތައް ބަންދު

އިންޑޮނޭޝިއާގެ ޖަންގަލިތަކުގައި ރޯވި އަލިފާނުގެ ދުމުގެ ސަބަބުން ވައި ނުސާފުވެ، ސިންގަޕޫރުން ސިއްހީ ފަރުވާގެ ސަބަބްސިޑީއެއް ތައާރަފުކޮށް މެލޭޝިއާގެ ބައެއް ސްކޫލްތައް ވަނީ ބަންދުކޮށްފައެވެ. މި ހާލަތާ ގުޅިގެން ސިންގަޕޫރުގެ ރައްޔިތުންނަށް ނޭވާލާ ނިޒާމުގެ ބަލިތަކަށް އަގުހެޔޮކޮށް ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސާފައިވާއިރު، މިއީ "އެލް ނީނޯ" މޫސުމީ ހާލަތުގެ ސަބަބުން ކުރިމަތިވި ކަމެކެވެ.

ފްލައިޓެއްގައި ތަތްމަކުނު އުޅޭތީ ދަތުރު ކެންސަލްކޮށްފި

އޮސްޓްރޭލިއާގެ ކުއަންޓަސް އެއާވޭސްގެ ފްލައިޓެއްގައި ތަތްމަކުނު އުޅޭކަން ފާހަގަވެ، ފަސިންޖަރުންނަށް އުނދަގޫތަކެއް ކުރިމަތިވުމާ ގުޅިގެން އެ ބޯޓުގެ ދަތުރު ކެންސަލްކޮށް ބޯޓު ގްރައުންޑުކޮށްފިއެވެ. މި ހާދިސާއާ ގުޅިގެން ބޯޓު ސާފުކުރުމުގެ މަސައްކަތް ފަށާފައިވާއިރު، ދަތުރު މެދުކެނޑުނު ފަސިންޖަރުންނަށް އެއާލައިނުން ވަނީ ބަދަލު އިންތިޒާމުތައް ހަމަޖައްސައިދީފައެވެ.

ސުޕަމާކެޓްތަކުގެ ފިނިކުރާ ނިޒާމުތަކަށް ސައިބާ ހަމަލާއެއް

ފްރާންސްގެ އެތައް ސަތޭކަ ސުޕަމާކެޓެއްގެ ފިނިކުރާ ނިޒާމުތަކަށް ދިން ސައިބާ ހަމަލާއެއްގައި، ކާބޯތަކެތި ހަލާކުވެ މިލިއަނުން ޔޫރޯގެ ގެއްލުން ވެއްޖެއެވެ. މި ހަމަލާ އަމާޒުކޮށްފައިވަނީ ފިނިކުރާ ނިޒާމުތައް ކޮންޓްރޯލްކުރާ ސޮފްޓްވެއާއަކަށް ކަމަށްވާއިރު، މީގެ ސަބަބުން އައިސްއަލަމާރިތަކުގެ ހޫނުމިން އިންތިހާއަށް މަތިވެ ގިނަ އަދަދެއްގެ މުދާ ވަނީ އުކާލަން ޖެހިފައެވެ.

ހޫތީންނަށް "ހަރުކަށި" ރައްދެއް ދޭނެ ކަމުގެ އިންޒާރު ދީފި

ސައުދީގެ އެއާޕޯޓުތަކަށާއި ތެޔޮ އުފައްދާ މަރުކަޒުތަކަށް ހޫތީން ދެމުންދާ ހަމަލާތަކަށް ވަރުގަދަ ރައްދެއް ދޭނެ ކަމުގެ އިންޒާރު އެ ގައުމުގެ އެނާޖީ މިނިސްޓަރު ދެއްވައިފިއެވެ. މި ހަމަލާތަކުގައި މީހުން މަރުވެ އާންމު ޚިދުމަތްތަކަށް ބުރޫއަރާފައިވާއިރު، ހޫތީން ބުނަނީ މިއީ ސައުދީން ޔަމަނަށް ދޭ ހަމަލާތަކުގެ ބަދަލު ހިފުން ކަމަށެވެ. މި މައްސަލައިގައި ދެފަރާތުގެ ދެމެދުގައި ހަމަލާ ބަދަލުކުރުން ވަނީ އިތުރަށް ވަރުގަދަވެފައެވެ.

އިދިކޮޅު ސަޕޯޓަރުން ސުޕްރީމް ކޯޓާ ހަމައަށް ހިނގާލުމެއް ބާއްވައިފި

އިންތިޚާބީ ލިސްޓުގައި މަކަރު ހަދާފައިވާ ކަމަށް ބުނެ، އިންޑިއާގެ އިލެކްޝަންސް ކޮމިޝަނުގެ އިސްވެރިޔާ އިސްތިއުފާ ދިނުމަށް ގޮވާލައި އިދިކޮޅު ސަޕޯޓަރުން ދިއްލީގައި ބޮޑު ހިނގާލުމެއް ބާއްވައިފިއެވެ. މި މައްސަލަ ބަލައިދިނުމަށް އެދި ކޮންގްރެސް ޕާޓީން ސުޕްރީމް ކޯޓަށް ޕެޓިޝަނެއް ހުށަހަޅާފައިވާއިރު، ސަލާމަތީ ބާރުތަކުން ވަނީ މުޒާހަރާގެ ބައިވެރިން ހުއްޓުވައި ގިނަ ބަޔަކު ހައްޔަރުކޮށްފައެވެ.

Newsletter

Get the latest news delivered straight to your inbox