އިޒްރޭލާއި ފަލަސްތީނުގެ މައްސަލަ ފެށުމާއި މިއަދު އޮތް ހިސާބު

އިޒްރޭލް ފުލުހުން ގުދުސްގައި ފަލަސްތީނުގެ ޒުވާނަކު ހައްޔަރު ކުރަނީ.-- ފޮޓޯ: ގެޓީ އިމޭޖަޒް

އިޒްރޭލް ފުލުހުން ގުދުސްގައި ފަލަސްތީނުގެ ޒުވާނަކު ހައްޔަރު ކުރަނީ.-- ފޮޓޯ: ގެޓީ އިމޭޖަޒް

އިޒްރޭލާއި ފަލަސްތީނުގެ ހަމަލާ ބަދަލުކުރުންތަކުގެ ސަބަބުން "ބޮޑު ހަނގުރާމައެއް" ފަށާފާނެ ކަމުގެ އިންޒާރު އދ. އިން ވަނީ ދީފަ އެވެ. މިދިޔަ ހޯމަ ދުވަހު ހަމަލާ ބަދަލުކުރަން ފެށީ ރޯދަ މަހުގެ ތެރޭގައި ގުދުސްގައި ހަމަނުޖެހުން ބޮޑުވެފައި ވަނިކޮށެވެ. ނަމަވެސް ހަގީގަތުގައި މިއީ އެތައް އަހަރަކަށް ދެމިގެން ގޮސްފައިވާ ހަމަނުޖެހުމެކެވެ.

ހަމަނުޖެހުން ފެށުނީ ކިހިނެއް؟

ވިހި ވަނަ ގަރުނުގެ ކުރީކޮޅުގައި ބެތްލްހެމް.-- ފޮޓޯ: ގެޓީ އިމޭޖަޒް
ވިހި ވަނަ ގަރުނުގެ ކުރީކޮޅުގައި ބެތްލްހެމް.-- ފޮޓޯ: ގެޓީ އިމޭޖަޒް

ވިހި ވަނަ ގަރުނުގެ ކުރީކޮޅުގައި ބެތްލްހެމް.-- ފޮޓޯ: ގެޓީ އިމޭޖަޒް

100 އަހަރުވީ މައްސަލައެއް

މެދުއިރުމަތީގައި ފަލަސްތީނު ހިމެނޭ ސަރަހައްދުގައި ކުރިން ވެރިކަން ކުރީ ތުރުކީގެ އޮޓްމަން ނުވަތަ އުސްމާނީ ރަސްކަމުންނެވެ. ނަމަވެސް ފުރަތަމަ ބޮޑު ހަނގުރާމައިގެ ތެރޭގައި އެ ރަސްކަން ވެއްޓި، ފަލަސްތީނުގެ ކޮންޓްރޯލް ނެގީ އިނގިރޭސި ވިލާތުންނެވެ.

އެ ތަނުގައި އޭރު ދިރިއުޅެމުން ދިޔެއީ މެޖޯރިޓީ އަރަބިންނާއި މައިނޯރިޓީ ޔަހޫދީންނެވެ.

ޔަހޫދީންނަށް ފަލަސްތީނުގައި "ގައުމީ ގެޔެއް" ހޯދުމުގެ މަސައްކަތް ބައިނަލްއަގްވާމީ މުޖުތަމައިން ހަވާލުކުރީ އިނގިރޭސި ވިލާތާ އެވެ. އެއާއެކު އަރަބިންނާއި ޔަހޫދީންނާ ދެމެދު ހިތްހަމަނުޖެހުން އުފެދެން ފެށި އެވެ.

ޔަހޫދީން ދެކޭ ގޮތުގައި އެ ބިމަކީ ގަދީމީ ގޮތުން ޔަހޫދީންގެ ބިމެވެ. ހަމަ އެގޮތަށް އަރަބިން ވެސް ބުނަމުން ދިޔައީ އެހެންނެވެ.

އަރަބި އިޒްރޭލު ހަނގުރާމައިގައި 1948 ގައި ޔަހޫދީ ހަނގުރާމަވެރިއަކު.-- ފޮޓޯ: ގެޓީ އިމޭޖަޒް
އަރަބި އިޒްރޭލު ހަނގުރާމައިގައި 1948 ގައި ޔަހޫދީ ހަނގުރާމަވެރިއަކު.-- ފޮޓޯ: ގެޓީ އިމޭޖަޒް

އަރަބި އިޒްރޭލު ހަނގުރާމައިގައި 1948 ގައި ޔަހޫދީ ހަނގުރާމަވެރިއަކު.-- ފޮޓޯ: ގެޓީ އިމޭޖަޒް

ފުރަތަމަ ބޮޑު ހަނގުރާމައަށް ފަހު 1920 އާއި 1940 އާ ދެމެދު ޔޫރަޕުގައި ޔަހޫދީންނާ ދެކޮޅަށް ހިންގި ގަތުލުއާއްމުން ސަލާމަތް ވާން ގުނަ ޔަހޫދީންތައް ފަލަސްތީނުގެ ބިމަށް ހިޖުރަ ކުރަމުން ދިޔަ އެވެ.

އެއާއެކު ޔަހޫދީންނާއި އަރަބިންނާ ދެމެދު ހަމަނުޖެހުން ބޮޑުވަމުން ދިޔަ އެވެ. އަދި އިނގިރޭސި ވެރިކަމާ ދެކޮޅަށް ވެސް ހަމަނުޖެހުން ބޮޑު ވާން ފެށި އެވެ.

ހަމަނުޖެހުމުގެ ތެރެއިން ފުރަތަމަ ފަހަރަށް އިޒްރޭލަށް ރަސްމީ ގޮތެއްގައި ދައުލަތެއް ހެދުމަށް މަގުފަހިވީ 1947 ގައި އދ. އިން ފަލަސްތީނު ދެ ފަޅި ކުރަން ނިންމުމުންނެވެ. އެއީ ޔަހޫދީންގެ ދައުލަތަކާއި އަރަބިންގެ ދައުލަތެއް ވަކިން ގާއިމް ކުރާ ގޮތަށެވެ. އޭގެ އިތުރުން ގުދުސް ވާނީ ބައިނަލްއަގްވާމީ ސިޓީއަކަށް ކަމަށް އދ. އިން ނިންމި އެވެ.

އެ ނިންމުމަށް ޔަހޫދީން މަރުހަބާ ކީ ނަމަވެސް، އަރަބިން އެކަން ގަބޫލެއް ނުކުރި އެވެ. އަދި އެގޮތަށް އަމަލެއް ވެސް ނުކުރެވުނެވެ.

އަރަބި ލީގުގެ ހަނގުރާމަވެރިން ޔަހޫދީންނަށް ހަމަލާ ދެނީ.-- ފޮޓޯ: ގެޓީ އިމޭޖަޒް
އަރަބި ލީގުގެ ހަނގުރާމަވެރިން ޔަހޫދީންނަށް ހަމަލާ ދެނީ.-- ފޮޓޯ: ގެޓީ އިމޭޖަޒް

އަރަބި ލީގުގެ ހަނގުރާމަވެރިން ޔަހޫދީންނަށް ހަމަލާ ދެނީ.-- ފޮޓޯ: ގެޓީ އިމޭޖަޒް

އިޒްރޭލު އުފެއްދުން، ފަލަސްތީނަށް މުސީބާތެއް

ފަލަސްތީނުގެ ބިމުގައި ޔަހޫދީންނާއި އަރަބިންނަށް ދައުލަތް ހެދުމުގެ ވިސްނުމަށް އަމަލު ކުރެވެން ނެތުމުން 1948 ގައި އިނގިރޭސީން އެތަން ދޫކޮށް ދިޔަ އެވެ. އެ ފުރުސަތުގެ ބޭނުން ހިފާ، ޔަހޫދީ ލީޑަރުން އިޒްރޭލުގެ ދައުލަތެއް އިއުލާން ކުރި އެވެ.

ފަލަސްތީނު މީހުން އެކަމާ ދެކޮޅު ހެދުމުން ހަނގުރާމައެއް ފެށި އެވެ. އަވައްޓެރި އަރަބި ގައުމުތަކުން ފަލަސްތީނުގެ ބިމުގެ ސަރަހައްދަށް ވަދެ، ހަމަލާ ދޭން ފެށި އެވެ.

މޭ 15 1948 ގައި ފެށި އެ ހަނގުރާމައިގައި ފަލަސްތީނުގެ އެތައް ހާސް މީހުން ގެތަކުން ނިކުންނަން ޖެހުނެވެ. އެކަމަށް އެ މީހުން ދިން ނަމަކީ "ނަކްބާ" ނުވަތަ މުސީބާތެވެ.

ޖެހިގެން އައި އަހަރު ހަމަލާ ބަދަލު ކުރުން ހުއްޓާލަން އެއްބަސްވި އިރު، ފަލަސްތީނުގެ ބިމުގެ ބޮޑު ބައިގެ ކޮންޓްރޯލް އޮތީ އިޒްރޭލަށް ލިބިފަ އެވެ.

ހުޅަނގު އައްސޭރީގެ ގޮތުގައި މިހާރު އޮތް ސަރަހައްދު ކޮންޓްރޯލް ކުރީ އުރުދުން އެވެ. އަދި ގާޒާގެ ކޮންޓްރޯލް ލިބުނީ މިސްރަށެވެ.

ގުދުސް ދެ ފަޅި ކުރީ ހުޅަނގު ފަރާތް ޔަހޫދީންނަށް އަދިި އިރުމަތީ ފަރާތް އުރުދުން އިން ކޮންޓްރޯލް ކުރާ ގޮތަށެވެ.

ހަނގުރާމަ ނިންމަން ސުލްހައިގެ އެއްބަސްވުމެއްގައި ސޮއިކޮށްފައި ނުވާތީ އެއް ފަރާތުން އަނެއް ފަރާތަށް ދިޔެއީ ތުހުމަތު ކުރަމުންނެވެ. އޭގެ ފަހުން އެތައް އަހަރަކަށް ދެމިގެންދާ ގޮތަށް ހަމަލާ ބަދަލުކޮށް ހަނގުރާމަ ކުރަމުންނެވެ.

މިއަދު ޗާޓު އޮތް ގޮތް

ފަލަސްތީނުގެ ޗާޓެއް.-- ފޮޓޯ: ބީބީސީ
ފަލަސްތީނުގެ ޗާޓެއް.-- ފޮޓޯ: ބީބީސީ

ފަލަސްތީނުގެ ޗާޓެއް.-- ފޮޓޯ: ބީބީސީ

މެދުއިރުމަތީގައި 1967 ގައި ކުރި އިތުރު ހަނގުރާމައެއްގައި އިޒްރޭލުގެ ދަށަށް އިރުމަތީ ގުދުސް އާއި ހުޅަނގު އައްސޭރި އާއި ސީރިއާގެ ގޯލަން ހައިޓްސް، ގާޒާ އަދި މިސްރުގެ ސައިނާ ޕެނިންސޫލާ ވެސް ގެންދިޔަ އެވެ.

ފަލަސްތީނުގެ ރެފިއުޖީންނާއި އެ މީހުންގެ ގިނަ އާއިލާތައް މިހާރު ދިރިއުޅެނީ ގާޒާ، ހުޅަނގު އައްސޭރި، އުރުދުން، ސީރިއާ އަދި ލުބްނާނުގަ އެވެ.

ރެފިއުޖީންނާއި އެ މީހުންގެ އާއިލާތައް އެނބުރި ގެތަކަށް ދިޔުމުގެ ހުއްދަ އިޒްރޭލުން ދީފައެއް ނުވެ އެވެ. އިޒްރޭލުން ބުނަނީ އެ ހުއްދަ ދީފި ނަމަ އޭގެ އަސަރު ޔަހޫދީންނާއި ޔަހޫދީންގެ ދައުލަތަށް ކުރާނެ ކަމަށެވެ. އަދި ޔަހޫދީ ދައުލަތް ނެތި ދިޔުމުގެ ބިރު ބޮޑުވާ ކަމަށެވެ.

1967 ގައި ކުރި ހަ ދުވަހުގެ ހަނގުރާމައިގައި އިޒްރޭލުގެ ކޮމާންޑަރުން އިރުމަތީ ގުދުސްގައި.-- ފޮޓޯ: ގެޓީ އިމޭޖަޒް
1967 ގައި ކުރި ހަ ދުވަހުގެ ހަނގުރާމައިގައި އިޒްރޭލުގެ ކޮމާންޑަރުން އިރުމަތީ ގުދުސްގައި.-- ފޮޓޯ: ގެޓީ އިމޭޖަޒް

1967 ގައި ކުރި ހަ ދުވަހުގެ ހަނގުރާމައިގައި އިޒްރޭލުގެ ކޮމާންޑަރުން އިރުމަތީ ގުދުސްގައި.-- ފޮޓޯ: ގެޓީ އިމޭޖަޒް

މިއަދާ ހަމައަށް ވެސް ހުޅަނގު އައްސޭރި އޮތީ އިޒްރޭލުގެ އަޅުވެތިކަމުގަ އެވެ. ގާޒާ ދޫކޮށް އިޒްރޭލުން ފޭބި ނަމަވެސް، އދ. އިން ދެކޭ ގޮތުގައި އެ ތަނަކީ ވެސް އިޒްރޭލުން ހިފާފައިވާ ބިމެކެވެ.

މުޅި ގުދުސްއަކީ އިޒްރޭލުގެ ވެރިރަށުގެ ގޮތުގައި ޔަހޫދީން ދެކެ އެވެ. ނަމަވެސް ފަލަސްތީނު މީހުން ބުނަނީ އިރުމަތީ ގުދުސްއަކީ ފަލަސްތީނު ދައުލަތުގެ ވެރިރަށް ކަމަށެވެ. އިޒްރޭލުގެ ވާހަކަތައް ގަބޫލު ކުރަނީ އެމެރިކާ އާއި ވަރަށް މަދު އަދަދެއްގެ ގައުމުތަކުން އެކަންޏެވެ.

ފާއިތުވި 50 އަހަރުގެ ތެރޭގައި އިޒްރޭލުން ވަނީ އެ ހުރިހާ ސަރަހައްދެއްގައި ގޯތި އަޅާފަ އެވެ. އެ ތަންތަނުގައި މިހާރު 600،000 އަށް ވުރެ ގިނަ ޔަހޫދީން ދިރިއުޅެ އެވެ.

ފަލަސްތީނުން ބުނަނީ އެ ގެތަކަކީ ބައިނަލްއަގްވާމީ ގާނޫނާ ހިލާފަށް އަޅާފައިވާ ގެތައް ކަމަށާއި އެއީ ސުލްހައަށް އޮތް ހުރަހެއް ކަމަށެވެ. ނަމަވެސް އިޒްރޭލުން އެކަން ދޮގުކުރެ އެވެ.

މިހާރު ހިނގަމުންދަނީ ކޮން ހަމަނުޖެހުމެއް؟

ފަލަސްތީނު އަންހެނަކާއި އިޒްރޭލުގެ ފިރިހެނަކު ޒުވާބު ކުރަނީ.-- ފޮޓޯ: ގެޓީ އިމޭޖަޒް
ފަލަސްތީނު އަންހެނަކާއި އިޒްރޭލުގެ ފިރިހެނަކު ޒުވާބު ކުރަނީ.-- ފޮޓޯ: ގެޓީ އިމޭޖަޒް

ފަލަސްތީނު އަންހެނަކާއި އިޒްރޭލުގެ ފިރިހެނަކު ޒުވާބު ކުރަނީ.-- ފޮޓޯ: ގެޓީ އިމޭޖަޒް

އިރުމަތީ ގުދުސް އާއި ގާޒާ އާއި ހުޅަނގު އައްސޭރީގައި ދިރިއުޅޭ ޔަހޫދީންނާއި އަރަބިންނާ ދެމެދު އަބަދުވެސް ނުތަނަވަސްކަން އޮވެ އެވެ.

ގާޒާގައި ވެރިކަން ކުރަނީ ހަމާސް ގްރޫޕުންނެވެ. އެމެރިކާ އާއި އިޒްރޭލް އަދި ބައެއް އެހެން ގައުމުތަކުން ދެކެނީ ހަމާސްއަކީ ހަނގުރާމަވެރި ގްރޫޕެއް ކަމަށެވެ. ހަމާސްއިން ވަނީ މީގެ ކުރިން އެތައް ފަހަރަކު އިޒްރޭލާ ދެކޮޅަށް ހަނގުރާމަކޮށްފަ އެވެ. ގާޒާގެ ބޯޑަރު އިޒްރޭލާއި މިސްރުން ކޮންޓްރޯލް ކުރަނީ ހަމާސްއަށް ހަތިޔާރު ލިބުން ހުއްޓުވަން ކަމަށް ބުނެ އެވެ.

ގާޒާ އާއި ހުޅަނގު އައްސޭރީގައި އުޅޭ ފަލަސްތީނު މީހުންނަށް އިޒްރޭލުން ކުރާ ދުއްތުރާގެ ސަބަބުން ދިރިއުޅުން ކުރިއަށް ގެންދަން އުނދަގޫވެފައިވާ ކަމަށް އެ މީހުން ބުނެ އެވެ. އެކަމަކު އިޒްރޭލުން ބުނަނީ އެ މީހުން ކޮންމެ ކަމެއް ވެސް ކުރަނީ ފަލަސްތީނުގެ ހަމަލާތަކުން ގައުމު ދިފާއު ކުރަން ކަމަށެވެ.

މި އަހަރުގެ ރޯދަ މަސް ފެށުމާއެކު ހަމަނުޖެހުން އިތުރުވެ ކޮންމެ ރެޔަކު ފަލަސްތީނު މީހުންނާއި އިޒްރޭލު ފުލުހުންނާ ދެމެދު ކުރިމަތިލުންތައް ހިނގަން ފެށި އެވެ. އެއީ އަގްސާ މިސްކިތުގައި ނަމާދު ކުރަން ހުރި ދަތިތަކާ ހެދި ހިތްހަމަނުޖެހިގެން ފެށި ކުރިމަތިލުންތަކެކެވެ.

އިރުމަތީ ގުދުސްގައި ފަލަސްތީނު މީހުން ދިރިއުޅޭ ގެތަކުން ނެރުމަށް މަސައްކަތް ކުރަމުން ދާތީ ވެސް އިތުރަށް ހަމަނުޖެހުން ގޯސްވި އެވެ.

ގާޒާ އާއި އިޒްރޭލް ގުޅޭ ބޯޑަރު ސަރަހައްދުގައި ހަމަނުޖެހުން ހިނގަނީ.-- ފޮޓޯ: ގެޓީ އިމޭޖަޒް
ގާޒާ އާއި އިޒްރޭލް ގުޅޭ ބޯޑަރު ސަރަހައްދުގައި ހަމަނުޖެހުން ހިނގަނީ.-- ފޮޓޯ: ގެޓީ އިމޭޖަޒް

ގާޒާ އާއި އިޒްރޭލް ގުޅޭ ބޯޑަރު ސަރަހައްދުގައި ހަމަނުޖެހުން ހިނގަނީ.-- ފޮޓޯ: ގެޓީ އިމޭޖަޒް

މައިގަނޑު މައްސަލަތަކަކީ ކޮބާ؟

އިޒްރޭލާއި ފަލަސްތީނަށް އެއްބަސްނުވެވޭ ގިނަ ކަންތައްތަކެއް އެބަ ހުއްޓެވެ.

އޭގެ ތެރޭގައި ފަލަސްތީނުގެ ރެފިއުޖީންނަށް ދެން ވާންވީ ގޮތަކާއި، ހުޅަނގު އައްސޭރީގައި ހެދި ޔަހޫދީންގެ ގެތައް އެތަނުން ނެގުން ނުވަތަ ބެހެއްޓުމާއި، ގުދުސް ހިއްސާ ކުރުން ހިމެނެ އެވެ. އެކަމަކު އެންމެ ބޮޑު މައްސަލައަކީ އިޒްރޭލާ ޖެހިގެން ފަލަސްތީނުގެ ދައުލަތެއް ގާއިމް ކުރުމުގެ މައްސަލަ އެވެ.

ފާއިތުވި 25 އަހަރު ސުލްހައިގެ މަޝްވަރާތައް ދޭތެރެއަކުން ބާއްވަ އެވެ. އެކަމަކު މިއީ މިއަދާ ހަމައަށް ވެސް ހައްލުވެފައި ނުވާ މައްސަަލަތަކެކެވެ.

ކުރިމަގުގެ އޮތީ ކިހިނެއް؟

ކުރު ގޮތަކަށް ބުނަނީ ނަމަ، މިއީ އަވަސް މުސްތަގްބަލެއްގައި ހައްލެއް ލިބޭނެ ކަމަށް ބެލެވޭ ހާލަތެއް ނޫނެވެ.

ސުލްހަ ގާއިމް ކުރަން އެންމެ ފަހުން ބޮޑު ރޭވުމެއް ރޭއްވެވި އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕެވެ. އެއީ "މި ގަރުނުގެ އެންމެ ވަރުގަދަ ޑީލް"ގެ ގޮތުގައި އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ސިފަކުރެއްވި އެވެ. އެކަމަކު ފަލަސްތީނު މީހުން ސިފަކުރީ އެއް ފަރާތަށް ބުރަވެފައިވާ ރޭވުމެއް ކަމަށެވެ.

ޓްރަމްޕް ހުށަހެޅުއްވީ ގުދުސް އެކީ އިޒްރޭލުގެ ވެރިރަށަށް ހެދުމަށާއި ހުޅަނގު އައްސޭރިއަކީ އިޒްރޭލުގެ ތަނަކަށް ހެދުމަށް ފަހު މިނިވަން ފަލަސްތީނުގެ ދައުލަތެއް ގާއިމް ކުރާށެވެ.

ކުރިމަގުގައި ސުލްހައިގެ އެއްބަސްވުމެއް ގާއިމް ކުރާ ނަމަ، ދިމާވެފައިވާ ބޮޑެތި މައްސަލަތަކަށް ދެ ފަރާތަށް ވެސް އެއްބަސްވެވޭ ހައްލު ލިބެން ޖެހެ އެވެ.

އެފަދަ ހައްލެއް ލިބެންދެން، ހަމަނުޖެހުން ކުރިއަށް ދާނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އަޒަރުބައިޖާންގެ ސްކޫލްތަކުގައި ބުރުގާ އެޅުން މަނާކޮށްފި

އަޒަރުބައިޖާންގެ ސްކޫލްތަކުގައި "ސެކިއުލާ އުސޫލުތަކަށް" ފެތޭ ޔުނިފޯމް މިންގަނޑެއް ކަނޑައަޅައި، ނުސީދާ ގޮތެއްގައި ބުރުގާ އެޅުން މަނާކުރުމާ ގުޅިގެން އެ ގައުމުގައި ބޮޑެތި އިހުތިޖާޖުތަކެއް ވަނީ ފެށިފަ އެވެ. މި ނިންމުމުގެ ސަބަބުން ގިނަ ބަޔަކު ދަނީ މިއީ ދީނީ މިނިވަންކަމަށް އަރައިގަތުން ކަމަށް ބުނެ ނުރުހުން ފާޅުކުރަމުން.

"ކުރަފި" ހަރަކާތުގެ އިސް ލީޑަރުން ހައްޔަރުކޮށްފި

އިންޑިއާގެ ވޯޓާ ލިސްޓަށް ގެނައި އިސްލާހުތަކާ ގުޅިގެން ޗީފް އިލެކްޝަން ކޮމިޝަނަރު އިސްތިއުފާ ދެއްވުމަށް ގޮވާލައި، މުޒާހަރާކުރި "ކޮކްރޯޗް" ޒުވާނުންގެ ހަރަކާތުގެ އިސް ލީޑަރުންތަކެއް ފުލުހުން ހައްޔަރުކޮށްފި މި ހަރަކާތުގެ ބައިވެރިން ހައްޔަރުކުރީ މުޒާހަރާކުރުން މަނާ ސަރަހައްދެއް ކަމަށްވާ ޖަންތަރު މަންތަރަށް ފުލުހުންގެ ބެރިކޭޑްތައް މަތިން ފުންމާލުމުން.

ސިންގަޕޫރުން ހާއްސަ ސަބްސިޑީއެއް، މެލޭޝިއާ ސްކޫލުތައް ބަންދު

އިންޑޮނޭޝިއާގެ ޖަންގަލިތަކުގައި ރޯވި އަލިފާނުގެ ދުމުގެ ސަބަބުން ވައި ނުސާފުވެ، ސިންގަޕޫރުން ސިއްހީ ފަރުވާގެ ސަބަބްސިޑީއެއް ތައާރަފުކޮށް މެލޭޝިއާގެ ބައެއް ސްކޫލްތައް ވަނީ ބަންދުކޮށްފައެވެ. މި ހާލަތާ ގުޅިގެން ސިންގަޕޫރުގެ ރައްޔިތުންނަށް ނޭވާލާ ނިޒާމުގެ ބަލިތަކަށް އަގުހެޔޮކޮށް ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސާފައިވާއިރު، މިއީ "އެލް ނީނޯ" މޫސުމީ ހާލަތުގެ ސަބަބުން ކުރިމަތިވި ކަމެކެވެ.

ފްލައިޓެއްގައި ތަތްމަކުނު އުޅޭތީ ދަތުރު ކެންސަލްކޮށްފި

އޮސްޓްރޭލިއާގެ ކުއަންޓަސް އެއާވޭސްގެ ފްލައިޓެއްގައި ތަތްމަކުނު އުޅޭކަން ފާހަގަވެ، ފަސިންޖަރުންނަށް އުނދަގޫތަކެއް ކުރިމަތިވުމާ ގުޅިގެން އެ ބޯޓުގެ ދަތުރު ކެންސަލްކޮށް ބޯޓު ގްރައުންޑުކޮށްފިއެވެ. މި ހާދިސާއާ ގުޅިގެން ބޯޓު ސާފުކުރުމުގެ މަސައްކަތް ފަށާފައިވާއިރު، ދަތުރު މެދުކެނޑުނު ފަސިންޖަރުންނަށް އެއާލައިނުން ވަނީ ބަދަލު އިންތިޒާމުތައް ހަމަޖައްސައިދީފައެވެ.

ސުޕަމާކެޓްތަކުގެ ފިނިކުރާ ނިޒާމުތަކަށް ސައިބާ ހަމަލާއެއް

ފްރާންސްގެ އެތައް ސަތޭކަ ސުޕަމާކެޓެއްގެ ފިނިކުރާ ނިޒާމުތަކަށް ދިން ސައިބާ ހަމަލާއެއްގައި، ކާބޯތަކެތި ހަލާކުވެ މިލިއަނުން ޔޫރޯގެ ގެއްލުން ވެއްޖެއެވެ. މި ހަމަލާ އަމާޒުކޮށްފައިވަނީ ފިނިކުރާ ނިޒާމުތައް ކޮންޓްރޯލްކުރާ ސޮފްޓްވެއާއަކަށް ކަމަށްވާއިރު، މީގެ ސަބަބުން އައިސްއަލަމާރިތަކުގެ ހޫނުމިން އިންތިހާއަށް މަތިވެ ގިނަ އަދަދެއްގެ މުދާ ވަނީ އުކާލަން ޖެހިފައެވެ.

ހޫތީންނަށް "ހަރުކަށި" ރައްދެއް ދޭނެ ކަމުގެ އިންޒާރު ދީފި

ސައުދީގެ އެއާޕޯޓުތަކަށާއި ތެޔޮ އުފައްދާ މަރުކަޒުތަކަށް ހޫތީން ދެމުންދާ ހަމަލާތަކަށް ވަރުގަދަ ރައްދެއް ދޭނެ ކަމުގެ އިންޒާރު އެ ގައުމުގެ އެނާޖީ މިނިސްޓަރު ދެއްވައިފިއެވެ. މި ހަމަލާތަކުގައި މީހުން މަރުވެ އާންމު ޚިދުމަތްތަކަށް ބުރޫއަރާފައިވާއިރު، ހޫތީން ބުނަނީ މިއީ ސައުދީން ޔަމަނަށް ދޭ ހަމަލާތަކުގެ ބަދަލު ހިފުން ކަމަށެވެ. މި މައްސަލައިގައި ދެފަރާތުގެ ދެމެދުގައި ހަމަލާ ބަދަލުކުރުން ވަނީ އިތުރަށް ވަރުގަދަވެފައެވެ.

އިދިކޮޅު ސަޕޯޓަރުން ސުޕްރީމް ކޯޓާ ހަމައަށް ހިނގާލުމެއް ބާއްވައިފި

އިންތިޚާބީ ލިސްޓުގައި މަކަރު ހަދާފައިވާ ކަމަށް ބުނެ، އިންޑިއާގެ އިލެކްޝަންސް ކޮމިޝަނުގެ އިސްވެރިޔާ އިސްތިއުފާ ދިނުމަށް ގޮވާލައި އިދިކޮޅު ސަޕޯޓަރުން ދިއްލީގައި ބޮޑު ހިނގާލުމެއް ބާއްވައިފިއެވެ. މި މައްސަލަ ބަލައިދިނުމަށް އެދި ކޮންގްރެސް ޕާޓީން ސުޕްރީމް ކޯޓަށް ޕެޓިޝަނެއް ހުށަހަޅާފައިވާއިރު، ސަލާމަތީ ބާރުތަކުން ވަނީ މުޒާހަރާގެ ބައިވެރިން ހުއްޓުވައި ގިނަ ބަޔަކު ހައްޔަރުކޮށްފައެވެ.

Newsletter

Get the latest news delivered straight to your inbox