ފަލަސްތީނުގެ ދިފާއުގައި ގައުމުތަކުން ތެދުވުން ފޮޓޯތަކުން

ފަލަސްތީނަށް ތާއީދުކޮށް ޖަރުމަނު ވިލާތުގައި ބޭއްވި އެއްވުމެއް.-- ފޮޓޯ: ރޮއިޓާޒް

ފަލަސްތީނަށް ތާއީދުކޮށް ޖަރުމަނު ވިލާތުގައި ބޭއްވި އެއްވުމެއް.-- ފޮޓޯ: ރޮއިޓާޒް

މިދިޔަ ހޯމަ ދުވަހުން ފެށިގެން އިޒްރޭލުން މެދުކެނޑުމެއް ނެތި ގާޒާއަށް ބޮން އަޅަމުން ދާތީ މިހާތަނަށް ފަލަސްތީނުގެ 140 މީހުން މަރުވެއްޖެ އެވެ. އޭގެ ތެރޭގައި 39 ކުޑަކުދިން ހިމެނެ އެވެ.

އިޒްރޭލުގެ އުދުވާނަށް މިއަދު ހަތް ދުވަސް ފުރޭއިރު، މިއީ 2014 ވަނަ އަހަރުގެ ފަހުން މެދުއިރުމަތީގައި ހިނގާ އެންމެ ބޮޑު ލޭއޮހޮރުވުމެވެ. އިއްޔެ ވެސް ރެފިއުޖީ ކޭމްޕަކަށް ހަމަލާ ދީ އެއް އާއިލާއެއްގެ އަށް ކުދިން ހިމެނޭހެން އެ އާއިލާގެ 10 މީހުން މަރާލި އެވެ.

އިޒްރޭލުގެ އުދުވާނާ ދެކޮޅަށް ދުނިޔޭގެ ގިނަ ގައުމުތަކުގެ ބޮޑެތި ސިޓީތަކުގައި މީހުން ވަނީ އެއްވެ، ފަލަސްތީނަށް ތާއީދުކުރާކަން ހާމަކޮށްފަ އެވެ.

އިރާގު

އިރާގުގެ ގިނަ ސިޓީތަކެއްގައި އެތައް ސަތޭކަ ބަޔަކު އިއްޔެ އެއްވި އެވެ. އެ މީހުން ނުކުތީ ފަލަސްތީނުގެ ގައުމީ ދިދަ އާއި ފަލަސްތީނަށް ތާއީދު ކުރާ ޕޯސްޓަރުތައް ހިފައިގެންނެވެ. ވެރިރަށް ބަގްދާދާއި، ދެކުނު ބަބިލޯން ޕްރޮވިންސާއި، ދީ ގަރް، ދިވާނިއޭ އަދި ބަސްރާގެ މަގުތަކަށް ވެސް މީހުން ނުކުތެވެ.

އިރާގުގެ ބަގްދާދުގައި ފަލަސްތީނަށް ތާއީދުކޮށް އެ ގައުމުގެ ދިދަތައް ހިފައިގެން މީހުން އެއްވެފައި.-- ފޮޓޯ: ރޮއިޓާޒް
އިރާގުގެ ބަގްދާދުގައި ފަލަސްތީނަށް ތާއީދުކޮށް އެ ގައުމުގެ ދިދަތައް ހިފައިގެން މީހުން އެއްވެފައި.-- ފޮޓޯ: ރޮއިޓާޒް

އިރާގުގެ ބަގްދާދުގައި ފަލަސްތީނަށް ތާއީދުކޮށް އެ ގައުމުގެ ދިދަތައް ހިފައިގެން މީހުން އެއްވެފައި.-- ފޮޓޯ: ރޮއިޓާޒް

ގަތަރު

ގަތަރުގެ ދޯހާގެ މަގުތަކަށް އެތައް ހާސް ބަޔަކު ނުކުމެ ފަލަސްތީނުގެ ދިދަ އާއި އެ ގައުމަށް ތާއީދު ކުރާކަން އަންގައިދޭ މެސެޖުތައް އާއްމުކުރި އެވެ.

"އަޅުގަނޑު މި ހުރީ އަޅުގަނޑުގެ ގައުމުގައި އިޒްރޭލުން ހިންގަމުންދާ ގަތުލުއާއްމާ ދެކޮޅަށް ނުކުމެ. އަޅުގަނޑުގެ ގައުމު މިނިވަން ކުރަން ކުރެވެން އޮތް ހުރިހާ ކަމެއް ކުރާނަން... ގާޒާގައި މި ވަގުތު ހުރެވެން ނެތުމުން، އަޅުގަނޑު މި ހުރީ މި ތަނުގައި މުޒާހަރާއަށް ނުކުމެ... އަޅުގަނޑު މި ހުރީ ވަރަށް ރުޅި އައިސްފައި، ވަމުންދާ ކަންކަމާ މެދު ހިތް ފަޅައިގެން ގޮސްފައި،" ދޯހާގައި ދިރިއުޅޭ ރީމް އަލްގޫލް ނަމަކަށް ކިޔާ ފަލަސްތީނު މީހަކު އަލް ޖަޒީރާއަށް ބުންޏެވެ.

ގަތަރުގެ ދޯހާގައި ފަލަސްތީނަށް ތާއީދުކޮށް އެއްވި މީހުން.-- ފޮޓޯ: އަލްޖަޒީރާ
ގަތަރުގެ ދޯހާގައި ފަލަސްތީނަށް ތާއީދުކޮށް އެއްވި މީހުން.-- ފޮޓޯ: އަލްޖަޒީރާ

ގަތަރުގެ ދޯހާގައި ފަލަސްތީނަށް ތާއީދުކޮށް އެއްވި މީހުން.-- ފޮޓޯ: އަލްޖަޒީރާ

ފްރާންސް

ފްރާންސްގެ ޕެރިސްގެ އުތުރުގައި ސެކިއުރިޓީ ވަރުގަދަކޮށްފައި ވަނިކޮށް އެތައް ސަތޭކަ ބަޔަކު ވަނީ ފަލަސްތީނަށް ތާއީދުކުރާކަން ހާމަކުރަން އެއްވެފަ އެވެ. ސެކިއުރިޓީ ބެލެހެއްޓުމުގައި 4،200 ފުލުހުން އުޅުނެވެ.

އެއްވުން މަނާ ކުރި ނަމަވެސް އެތައް ސަތޭކަ ބަޔަކު އެއްވެފައި ވާތީ އެ މީހުން ފޮނުވާލަން ޖެހުނީ ކަރުނަ ގޭސް ބޭނުންކޮށް، ބާރު ސްޕީޑުގައި ފެން ވެސް ޖަހައިގެންނެވެ. އެއްވުމެއް ހުއްދަ ނުދިނުމުން ރުޅި އައިސްފައި ތިބި ބަޔެއް މީހުން ވަނީ ފުލުހުންނަށް އަމާޒުކޮށް ގާ އުކާ، ޑަސްބިނުގައި ހުރި ކުނީގައި ހުޅު ޖަހާފަ އެވެ. ނަމަވެސް އެއްވެސް މީހަކު ހައްޔަރުކޮށްފައެއް ނުވެ އެވެ.

ފްރާންސްގައި ފަލަސްތީނަށް ތާއީދުކޮށް ދިދައެއް ވިހުރުވަނީ.-- ފޮޓޯ: ރޮއިޓާޒް
ފްރާންސްގައި ފަލަސްތީނަށް ތާއީދުކޮށް ދިދައެއް ވިހުރުވަނީ.-- ފޮޓޯ: ރޮއިޓާޒް

ފްރާންސްގައި ފަލަސްތީނަށް ތާއީދުކޮށް ދިދައެއް ވިހުރުވަނީ.-- ފޮޓޯ: ރޮއިޓާޒް

ސްޕެއިން

މެޑްރިޑުގައި 2،500 އަށް ވުރެ ގިނަ މީހުން މަގުމައްޗަށް ނުކުތީ ފަލަސްތީނުގެ ދިދަ ގައިގަ އޮޅައިގެންނެވެ. އެ މީހުން ބޭއްވި ބޮޑު ހިނގާލުމެކެވެ.

"މިއީ ހަނގުރާމައެއް ނޫން. މިއީ ގަތުލުއާއްމެއް،" އެ މީހުން ގޮވަމުން ދިޔަ އެވެ.

މެޑްރިޑުގައި އެއްވި މީހުންގެ ތެރެއިން ފިރިހެނަކު ފަލަސްތީނުގެ ދިދަ ހިފައިގެން.-- ފޮޓޯ: ރޮއިޓާޒް
މެޑްރިޑުގައި އެއްވި މީހުންގެ ތެރެއިން ފިރިހެނަކު ފަލަސްތީނުގެ ދިދަ ހިފައިގެން.-- ފޮޓޯ: ރޮއިޓާޒް

މެޑްރިޑުގައި އެއްވި މީހުންގެ ތެރެއިން ފިރިހެނަކު ފަލަސްތީނުގެ ދިދަ ހިފައިގެން.-- ފޮޓޯ: ރޮއިޓާޒް

ލުބްނާން

ލުބްނާނާއި ފަލަސްތީނުގެ އެތައް ސަތޭކަ މީހުން ވަނީ ލުބްނާނާއި އިޒްރޭލު ގުޅޭ ބޯޑަރު ކައިރީގައި އެއްވެ އަޑުއުފުލާފަ އެވެ. އެއްވި މީހުންގެ ތެރެއިން ބައެއް މީހުން ވަނީ ބޯޑަރު ފާރުގެ މަތިން އަރައިގެން އިޒްރޭލަށް ވަންނަން މަސައްކަތްކޮށްފަ އެވެ. އިޒްރޭލު ބޯޑަރު ފުލުހުން ބަޑި ޖެހުމުން އެކަކު އަނިޔާވި އެވެ.

ބައެއް މީހުން އިޒްރޭލުގެ ބޯޑަރު ފުލުހުންނަށް އަމާޒުކޮށް މޮލޮޓޯވް ކޮކްޓެއިލް އާއި ގާ ފަދަ ތަކެތި އުކި އެވެ. ލުބްނާނުގައި ކޮންމެ ދުވަހަކު ވެސް އިޒްރޭލުގެ ބޯޑަރު ކައިރިއަށް މީހުން އެއްވެ ދަނީ ފަލަސްތީނަށް ތާއީދުކުރާކަން ހާމަކުރަމުންނެވެ.

ލުބްނާނާއި އިޒްރޭލު ގުޅޭ ބޯޑަރު ކައިރިއަށް މީހުން އެއްވެފައި.-- ފޮޓޯ: އަލްޖަޒީރާ
ލުބްނާނާއި އިޒްރޭލު ގުޅޭ ބޯޑަރު ކައިރިއަށް މީހުން އެއްވެފައި.-- ފޮޓޯ: އަލްޖަޒީރާ

ލުބްނާނާއި އިޒްރޭލު ގުޅޭ ބޯޑަރު ކައިރިއަށް މީހުން އެއްވެފައި.-- ފޮޓޯ: އަލްޖަޒީރާ

ކަޝްމީރު

އިންޑިއާއިން ކޮންޓްރޯލް ކުރާ ކަޝްމީރުގައި ފަލަސްތީނަށް ތާއީދުކޮށް އެއްވުމުން ފުލުހުން ވަނީ އެ މީހުން ހުއްޓުވާފަ އެވެ. އޭގެ ތެރެއިން 20 މީހުން ހައްޔަރު ކުރި ކަމަށް ރިޕޯޓުތައް ބުނެ އެވެ.

ސްރީނަގަރުގެ މަގުތަކުގައި ފަލަސްތީނުގެ ދިދަ ހިފައިގެން އިޒްރޭލާ ދެކޮޅަށް އަޑުއުފަމުން ހިނގި ނަމަވެސް، ފުލުހުން ބުނީ ހަމަނުޖެހުން އުފެދޭ ފަދަ އެއްވެސް ކަމަށް ފުރުސަތު ނުދޭނެ ކަމަށެވެ.

"އަޅުގަނޑުމެން އެއްޗެއް ނުބުނެ މަޑުން ތިބޭނީ ކިހިނެއް އެ މީހުން އެ ދަނީ ގާޒާގެ ކުދިން މަރަމުން. ދުނިޔޭގައި ހުރި ކޮންމެ އިންސާނަކު ވެސް ފަލަސްތީނަށް ތާއީދުކޮށް އަޑުއުފުލަން ޖެހޭ،" އުމުރުން 25 އަހަރުގެ ޒުވާނަކު އަލް ޖަޒީރާއަށް ބުންޏެވެ.

އިނގިރޭސި ވިލާތް

ލަންޑަނުގެ މަގުތަކަށް އެތައް ހާސް ބަޔަކު ނުކުތީ "ގާޒާއަށް ބޮން އެޅުން ހުއްޓާލާ" ލިޔެފައިވާ ޕޯސްޓަރުތައް ހިފައިގެން "ފްރީ ޕަލަސްތީން" ގޮވަމުންނެވެ. އެމީހުން މަގުމަތީގައި ހިނގަމުން ގޮސް އެއްވީ އިޒްރޭލު އެމްބަސީ ކައިރިއަށެވެ.

ލަންޑަނުގައި ބޭއްވި އެއްވުން.-- ފޮޓޯ: ރޮއިޓާޒް
ލަންޑަނުގައި ބޭއްވި އެއްވުން.-- ފޮޓޯ: ރޮއިޓާޒް

ލަންޑަނުގައި ބޭއްވި އެއްވުން.-- ފޮޓޯ: ރޮއިޓާޒް

ކޮމެންޓް

ފަހުގެ ޚަބަރު

އަޒަރުބައިޖާންގެ ސްކޫލްތަކުގައި ބުރުގާ އެޅުން މަނާކޮށްފި

އަޒަރުބައިޖާންގެ ސްކޫލްތަކުގައި "ސެކިއުލާ އުސޫލުތަކަށް" ފެތޭ ޔުނިފޯމް މިންގަނޑެއް ކަނޑައަޅައި، ނުސީދާ ގޮތެއްގައި ބުރުގާ އެޅުން މަނާކުރުމާ ގުޅިގެން އެ ގައުމުގައި ބޮޑެތި އިހުތިޖާޖުތަކެއް ވަނީ ފެށިފަ އެވެ. މި ނިންމުމުގެ ސަބަބުން ގިނަ ބަޔަކު ދަނީ މިއީ ދީނީ މިނިވަންކަމަށް އަރައިގަތުން ކަމަށް ބުނެ ނުރުހުން ފާޅުކުރަމުން.

"ކުރަފި" ހަރަކާތުގެ އިސް ލީޑަރުން ހައްޔަރުކޮށްފި

އިންޑިއާގެ ވޯޓާ ލިސްޓަށް ގެނައި އިސްލާހުތަކާ ގުޅިގެން ޗީފް އިލެކްޝަން ކޮމިޝަނަރު އިސްތިއުފާ ދެއްވުމަށް ގޮވާލައި، މުޒާހަރާކުރި "ކޮކްރޯޗް" ޒުވާނުންގެ ހަރަކާތުގެ އިސް ލީޑަރުންތަކެއް ފުލުހުން ހައްޔަރުކޮށްފި މި ހަރަކާތުގެ ބައިވެރިން ހައްޔަރުކުރީ މުޒާހަރާކުރުން މަނާ ސަރަހައްދެއް ކަމަށްވާ ޖަންތަރު މަންތަރަށް ފުލުހުންގެ ބެރިކޭޑްތައް މަތިން ފުންމާލުމުން.

ސިންގަޕޫރުން ހާއްސަ ސަބްސިޑީއެއް، މެލޭޝިއާ ސްކޫލުތައް ބަންދު

އިންޑޮނޭޝިއާގެ ޖަންގަލިތަކުގައި ރޯވި އަލިފާނުގެ ދުމުގެ ސަބަބުން ވައި ނުސާފުވެ، ސިންގަޕޫރުން ސިއްހީ ފަރުވާގެ ސަބަބްސިޑީއެއް ތައާރަފުކޮށް މެލޭޝިއާގެ ބައެއް ސްކޫލްތައް ވަނީ ބަންދުކޮށްފައެވެ. މި ހާލަތާ ގުޅިގެން ސިންގަޕޫރުގެ ރައްޔިތުންނަށް ނޭވާލާ ނިޒާމުގެ ބަލިތަކަށް އަގުހެޔޮކޮށް ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސާފައިވާއިރު، މިއީ "އެލް ނީނޯ" މޫސުމީ ހާލަތުގެ ސަބަބުން ކުރިމަތިވި ކަމެކެވެ.

ފްލައިޓެއްގައި ތަތްމަކުނު އުޅޭތީ ދަތުރު ކެންސަލްކޮށްފި

އޮސްޓްރޭލިއާގެ ކުއަންޓަސް އެއާވޭސްގެ ފްލައިޓެއްގައި ތަތްމަކުނު އުޅޭކަން ފާހަގަވެ، ފަސިންޖަރުންނަށް އުނދަގޫތަކެއް ކުރިމަތިވުމާ ގުޅިގެން އެ ބޯޓުގެ ދަތުރު ކެންސަލްކޮށް ބޯޓު ގްރައުންޑުކޮށްފިއެވެ. މި ހާދިސާއާ ގުޅިގެން ބޯޓު ސާފުކުރުމުގެ މަސައްކަތް ފަށާފައިވާއިރު، ދަތުރު މެދުކެނޑުނު ފަސިންޖަރުންނަށް އެއާލައިނުން ވަނީ ބަދަލު އިންތިޒާމުތައް ހަމަޖައްސައިދީފައެވެ.

ސުޕަމާކެޓްތަކުގެ ފިނިކުރާ ނިޒާމުތަކަށް ސައިބާ ހަމަލާއެއް

ފްރާންސްގެ އެތައް ސަތޭކަ ސުޕަމާކެޓެއްގެ ފިނިކުރާ ނިޒާމުތަކަށް ދިން ސައިބާ ހަމަލާއެއްގައި، ކާބޯތަކެތި ހަލާކުވެ މިލިއަނުން ޔޫރޯގެ ގެއްލުން ވެއްޖެއެވެ. މި ހަމަލާ އަމާޒުކޮށްފައިވަނީ ފިނިކުރާ ނިޒާމުތައް ކޮންޓްރޯލްކުރާ ސޮފްޓްވެއާއަކަށް ކަމަށްވާއިރު، މީގެ ސަބަބުން އައިސްއަލަމާރިތަކުގެ ހޫނުމިން އިންތިހާއަށް މަތިވެ ގިނަ އަދަދެއްގެ މުދާ ވަނީ އުކާލަން ޖެހިފައެވެ.

ހޫތީންނަށް "ހަރުކަށި" ރައްދެއް ދޭނެ ކަމުގެ އިންޒާރު ދީފި

ސައުދީގެ އެއާޕޯޓުތަކަށާއި ތެޔޮ އުފައްދާ މަރުކަޒުތަކަށް ހޫތީން ދެމުންދާ ހަމަލާތަކަށް ވަރުގަދަ ރައްދެއް ދޭނެ ކަމުގެ އިންޒާރު އެ ގައުމުގެ އެނާޖީ މިނިސްޓަރު ދެއްވައިފިއެވެ. މި ހަމަލާތަކުގައި މީހުން މަރުވެ އާންމު ޚިދުމަތްތަކަށް ބުރޫއަރާފައިވާއިރު، ހޫތީން ބުނަނީ މިއީ ސައުދީން ޔަމަނަށް ދޭ ހަމަލާތަކުގެ ބަދަލު ހިފުން ކަމަށެވެ. މި މައްސަލައިގައި ދެފަރާތުގެ ދެމެދުގައި ހަމަލާ ބަދަލުކުރުން ވަނީ އިތުރަށް ވަރުގަދަވެފައެވެ.

އިދިކޮޅު ސަޕޯޓަރުން ސުޕްރީމް ކޯޓާ ހަމައަށް ހިނގާލުމެއް ބާއްވައިފި

އިންތިޚާބީ ލިސްޓުގައި މަކަރު ހަދާފައިވާ ކަމަށް ބުނެ، އިންޑިއާގެ އިލެކްޝަންސް ކޮމިޝަނުގެ އިސްވެރިޔާ އިސްތިއުފާ ދިނުމަށް ގޮވާލައި އިދިކޮޅު ސަޕޯޓަރުން ދިއްލީގައި ބޮޑު ހިނގާލުމެއް ބާއްވައިފިއެވެ. މި މައްސަލަ ބަލައިދިނުމަށް އެދި ކޮންގްރެސް ޕާޓީން ސުޕްރީމް ކޯޓަށް ޕެޓިޝަނެއް ހުށަހަޅާފައިވާއިރު، ސަލާމަތީ ބާރުތަކުން ވަނީ މުޒާހަރާގެ ބައިވެރިން ހުއްޓުވައި ގިނަ ބަޔަކު ހައްޔަރުކޮށްފައެވެ.

Newsletter

Get the latest news delivered straight to your inbox