ނަތަންޔާހޫ ވައުދުވީ ގާޒާއަށް ބޮން އެޅުން ހުއްޓާ ނުލާން!

އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ.--

އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ.--

އިޒްރޭލާއި ފަލަސްތީނާ ދެމެދު މެދުކެނޑުމެއް ނެތި ހަމަލާ ބަދަލު ކުރާތާ މިއަދަށް ހަތް ދުވަސް ފުރޭއިރު، ހަމަލާތައް ހުއްޓާ ނުލާން އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ވައުދުވެ ވަޑައިގެންފި އެވެ.

މިއަދު ހެނދުނު އިޒްރޭލުން ގާޒާއަށް ބޮން އެޅުމުން ތިން މީހުން މަރުވި އެވެ. ހަމާސްއިން ވަނީ ރައްދުގައި ތެލް އަވީވްއަށް ރޮކެޓް ހަމަލާ ފޮނުވާފަ އެވެ. އެ ތަނުގައި އުޅޭ އިޒްރޭލު މީހުން ވަނީ ބިމު އަޑީގައި ހަދާފައި ތަންތަނަށް ވަދެ ރައްކާތެރިކަން ހޯދާފަ އެވެ.

ބައިނަލްއަގްވާމީ މުޖުތަމައުއިން އަންނަނީ ހަމަލާތައް ހުއްޓާލަން ބާރު އަޅަމުންނެވެ. އިއްޔެ އެމެރިކާގެ ރައީސް ޖޯ ބައިޑެން ވަނީ ނަތަންޔާހޫ އާއި ފަލަސްތީނުގެ ރައީސް މަހްމޫދު އައްބާސްއާ ފޯނުން ގުޅުއްވާ ކަންބޮޑުވުން ފާޅުކުރައްވާފަ އެވެ.

އިޒްރޭލާއި ފަލަސްތީނުގެ މައްސަލާގައި އދ. ގެ ސަލާމަތީ މަޖިލީހުގެ ޖަލްސާއެއް މިއަދު އޮންނާނެ އެވެ.

މިދިޔަ ހޯމަ ދުވަހު ހަމަލާތައް ފެށި ފަހުން ފަލަސްތީނުގެ 150 އެއްހާ މީހުން ވަނީ މަރުވެފަ އެވެ. އިޒްރޭލުން މަރުވީ 10 މީހުންނެވެ. އިޒްރޭލުން ދެ ކުޑަކުދިން މަރުވިއިރު، ފަލަސްތީނުން 41 ކުދިން މަރުވި އެވެ.

އިޒްރޭލުގެ ޓީވީ ޗެނަލްތަކުން ރޭ ދެއްކި ހިތާބެއްގައި ނަތަންޔާހޫ ރައްޔިތުންނަށް ވައުދުވެ ވަޑައިގެންނެވީ ހުއްޓުމެއް ނެތި ހަމަލާ ދިނުމަށެވެ. އަދި އާއްމުންނަށް ލިބޭ ގެއްލުން ކުޑަ ކުރެވޭނެ ހުރިހާ ގޮތަކަށް އަމަލު ކުރަމުންދާ ކަމަށް ވިދާޅުވި އެވެ.

"މި އުދުވާނުގެ ޒިންމާ އުފުލަން ޖެހެނީ އަޅުގަނޑުމެންނެއް ނޫން، އަޅުގަނޑުމެންނަށް ހަމަލާދެމުންދާ ފަރާތްތައް،" ނަތަންޔާހޫ ވިދާޅުވި އެވެ.

މެދުކެނޑުމެއް ނެތި ފާއިތުވި ހަ ދުވަހު ހިނގަމުންދާ ކުރިމަތިލުންތަކަކީ ފަހުގެ ތާރީހެއްގައި މެދުއިރުމަތީގައި ހިނގާ އެންމެ ނުރައްކާތެރި ހަމަނުޖެހުމުގެ ގޮތުގައި ބޭރުގެ މީޑިއާތަކުން ސިފަކުރެ އެވެ.

އިޒްރޭލާއި ފަލަސްތީނާ ދެމެދު ހަމަލާ ބަދަލު ކުރަން ފެށީ އިރުމަތީ ގުދުސްގެ މައްސަލަ ހޫނުވެފައި ވަނިކޮށް މިދިޔަ ހޯމަ ދުވަހު އެވެ. އެ ދުވަހުން ފެށިގެން ހުއްޓުމެއް ނެތި ދަނީ ހަމަލާދެމުންނެވެ.

އިރުމަތީ ގުދުސްގެ މައްސަލަ މި އަހަރު އެންމެ ފުރަތަމަ ހޫނުވީ އަލް އަގްސާ މިސްކިތަށް ނަމާދު ކުރަން ދާ ފަލަސްތީނު މީހުންނަށް އިޒްރޭލުން ހުރަސްއަޅާ ކަމުގެ ތުހުމަތާއެކު އެވެ. ނަމަވެސް އިޒްރޭލުން އެކަން ދޮގުކޮށް ބުނީ ފިޔަވަޅު އަޅަނީ ކޮވިޑާ ގުޅިގެން ކަމަށެވެ.

އޭގެ ފަހުން އިރުމަތީ ގުދުސްގެ ޝެއިހް ޖައްރާ ސަރަހައްދުގައި އުޅޭ ފަލަސްތީނު މީހުން ގެތަކުން ނެރެން ނިންމާފައިވާ މައްސަލައާ ގުޅިގެން ވެސް ހަމަނުޖެހުން އުފެދުނެވެ. އެ މައްސަލާގައި ބޮޑެތި އެއްވުންތައް ބާއްވަމުން ދިޔައިރު އަލް އަގްސާ މިސްކިތުގައި ވެސް ހަމަނުޖެހުން ހިނގި އެވެ.

އިޒްރޭލުން ގާޒާއަށް ހަމަލާ ދޭން ފެށީ ޝެއިހް ޖައްރާ މައްސަލާގައި އިޒްރޭލުގެ ސުޕްރީމް ކޯޓުން ގޮތެއް ނިންމަން މިދިޔަ އާދީއްތަ ދުވަހަށް ތާވަލު ކުރި އަޑުއެހުން ފަސްކުރުމާއެކު އެވެ. އާދީއްތަ ދުވަހުގެ ރޭ ގުދުސްގައި ހަމަނުޖެހުން ހިންގުމަށް ފަހު ހޯމަ ދުވަހުގެ ފަތިހު އިޒްރޭލުގެ ޖެޓުތަކުން ގާޒާއަށް ބޮން އަޅަން ފެށި އެވެ. އަދި ގާޒާގައި ވެރިކަން ކުރާ ހަމާސްއިން ރައްދުގައި ރޮކެޓު ހަމަލާ ދޭން ފެށި އެވެ.

އިއްޔެ ހަމަލާ ދިނީ ކޮން ތަންތަނަކަށް؟

އިއްޔެ ހެނދުނު އިޒްރޭލުން އެންމެ ފުރަތަމަ ހަމަލާއެއް ދިނީ ގާޒާގެ ތިން ވަނައަށް އެންމެ ބޮޑު ރެފިއުޖީ ކޭމްޕަށެވެ. ޝާތީ ރެފިއުޖީ ކޭމްޕުގައި އާއިލާއަކުން ދިރިއުޅޭ ތިން ބުރީގެ ގެޔަކަށް ބޮން އެޅުމުން އެ އާއިލާގެ 10 މީހުން މަރުވި އެވެ. އެއީ އަށް ކުޑަކުދިންނާއި ދެ އަންހެނުންނެވެ.

އޭގެ ފަހުން ގާޒާގައި އަލްޖަޒީރާ އާއި އެސޯސިއޭޓެޑް ޕްރެސްގެ އޮފީސް ހިންގާ އިމާރާތަށް މިސައިލް ހަމަލާއެއް ދީ ބިމާ ހަމަކޮށްލި އެވެ. އެތަން ވައްޓާލާނެ ކަމުގެ އިންޒާރު ދިނީ ހަމަލާގެ އެއް ގަޑިއިރު ކުރިންނެވެ. އެ ތަނުގައި ހުރި ސާމާނު ނެރެން ވެސް ވަގުތު ދީފައެއް ނުވެ އެވެ.

އޭގެ އިތުރުން ވެސް ގާޒާގެ ބޭންކަކާއި މީހުން ދިރިއުޅޭ ބައެއް އިމާރާތްތަކަށް އިއްޔެ ބޮން އެޅި އެވެ. އިޒްރޭލުން ބުނަނީ ކޮންމެ ޓާގެޓަކީ ވެސް ހަމާސްއާ ގުޅުން ހުރި މީހުން ނުވަތަ ތަކެތި ހުރި ޓާގެޓުތައް ކަމަށެވެ. ނަމަވެސް އެއީ ދޮގު ކަމަށް ގިނަ ފަރާތްތަކުން ދެކެ އެވެ.

އިޒްރޭލުން ބުނީ ހަމާސްއިން އިއްޔެ 278 ރޮކެޓު ހަމަލާ ފޮނުވި ކަމަށެވެ. އެ ހަމަލާތައް އަމާޒު ކުރީ އަޝްދޯދް، ބީރްޝެބާ އަދި ސްދޯތް އަވަށުގެ ބައެއް ގެތަކަށެވެ. ނަމަވެސް އޭގެ ތެރެއިން ގިނަ ރޮކެޓު އިޒްރޭލަށް ފޯރުމުގެ ކުރިން "އަޔަން ޑޯމް" ޑިފެންސް ސިސްޓަމުން ވަނީ ރޮކެޓުތައް ހުއްޓުވާފަ އެވެ.

ބައިޑެން ފޯނުން ގުޅުއްވާ ވިދާޅުވީ ކީކޭ؟

ވައިޓް ހައުސްއިން ބުނީ އިޒްރޭލަށް އަމިއްލަ ދިފާއުގައި މަސައްކަތް ކުރެވޭނެކަން އެމެރިކާއިން ގަބޫލުކުރާ ކަމަށާއި އެކަމަށް ތާއީދު ކުރާ ކަމަށް ބައިޑެން، ނަތަންޔާހޫއަށް ދެންނެވި ކަމަށެވެ. ނަމަވެސް ހަމަލާތަކުގައި ގިނަ ބަޔަކު މަރުވާތީ އާއި ނޫސްވެރިން ތިބި އިމާރާތަކަށް ހަމަލާ ދީފައި ވާތީ ކަންބޮޑުވުން ފާޅުކުރެއްވި އެވެ.

ރައީސްކަމާ ހަވާލުވެ ވަޑައިގެންނެވި ފަހުން ފުރަތަމަ ފަހަރަށް ފަލަސްތީނުގެ ރައީސް މަހްމޫދު އައްބާސްއަށް ފޯނުން ގުޅުއްވާ ބައިޑެން ވިދާޅުވީ ފަލަސްތީނާއެކު ގުޅުން ރަނގަޅު ކުރަން ބޭނުންވެ ވަޑައިގަންނަވާ ކަމަށެވެ. އަދި ހަމާސްއިން އިޒްރޭލަށް ރޮކެޓު ފޮނުވުން ހުއްޓާލަން ޖެހޭ ކަމަށް ވިދާޅުވި އެވެ.

މަހްމޫދު އައްބާސް ހުންނަވަނީ ހުޅަނގު އައްސޭރީގަ އެވެ. ގާޒާގައި ވެރިކަން ކުރަނީ ހަމާސް ޖަމާއަތުން ކަމަށް ވާތީ އެ ތަނުގައި މަހްމޫދު އައްބާސް އާއި ފަލަސްތީނު ސަރުކާރުގެ ބާރު ކުޑަ އެވެ. ނަމަވެސް ހަމާސްއަކީ ޓެރަރިސްޓް ޖަމާއަތެއް ކަމަށް ނިންމާ، އެމެރިކާއިން އަންނަނީ އެ ޖަމާއަތުގެ ވެރިންނާ ވާހަކަ ދައްކަން ދެކޮޅު ހަދަމުންނެވެ.

ބައިޑެން ވިދާޅުވީ އިޒްރޭލާއި ފަލަސްތީނުގެ ދައުލަތް ވަކި ވަކިން ސުލްހަވެރިކަމާ އެކު ގާއިމްކުރެވޭނެ ގޮތެއް ހޯދަން މަސައްކަތް ކުރައްވާނެ ކަމަށެވެ. އެމެރިކާގެ މަންދޫބު ހާދީ އާމިރު މި ވަގުތު ތެލް އަވީވުގައި ހުންނެވީ ހަމަލާތައް ހުއްޓުމަކަށް ގެނެސް، ސުލްހައިގެ މަޝްވަރާތައް ބާރު އެޅުމުގެ ގޮތުންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އަޒަރުބައިޖާންގެ ސްކޫލްތަކުގައި ބުރުގާ އެޅުން މަނާކޮށްފި

އަޒަރުބައިޖާންގެ ސްކޫލްތަކުގައި "ސެކިއުލާ އުސޫލުތަކަށް" ފެތޭ ޔުނިފޯމް މިންގަނޑެއް ކަނޑައަޅައި، ނުސީދާ ގޮތެއްގައި ބުރުގާ އެޅުން މަނާކުރުމާ ގުޅިގެން އެ ގައުމުގައި ބޮޑެތި އިހުތިޖާޖުތަކެއް ވަނީ ފެށިފަ އެވެ. މި ނިންމުމުގެ ސަބަބުން ގިނަ ބަޔަކު ދަނީ މިއީ ދީނީ މިނިވަންކަމަށް އަރައިގަތުން ކަމަށް ބުނެ ނުރުހުން ފާޅުކުރަމުން.

"ކުރަފި" ހަރަކާތުގެ އިސް ލީޑަރުން ހައްޔަރުކޮށްފި

އިންޑިއާގެ ވޯޓާ ލިސްޓަށް ގެނައި އިސްލާހުތަކާ ގުޅިގެން ޗީފް އިލެކްޝަން ކޮމިޝަނަރު އިސްތިއުފާ ދެއްވުމަށް ގޮވާލައި، މުޒާހަރާކުރި "ކޮކްރޯޗް" ޒުވާނުންގެ ހަރަކާތުގެ އިސް ލީޑަރުންތަކެއް ފުލުހުން ހައްޔަރުކޮށްފި މި ހަރަކާތުގެ ބައިވެރިން ހައްޔަރުކުރީ މުޒާހަރާކުރުން މަނާ ސަރަހައްދެއް ކަމަށްވާ ޖަންތަރު މަންތަރަށް ފުލުހުންގެ ބެރިކޭޑްތައް މަތިން ފުންމާލުމުން.

ސިންގަޕޫރުން ހާއްސަ ސަބްސިޑީއެއް، މެލޭޝިއާ ސްކޫލުތައް ބަންދު

އިންޑޮނޭޝިއާގެ ޖަންގަލިތަކުގައި ރޯވި އަލިފާނުގެ ދުމުގެ ސަބަބުން ވައި ނުސާފުވެ، ސިންގަޕޫރުން ސިއްހީ ފަރުވާގެ ސަބަބްސިޑީއެއް ތައާރަފުކޮށް މެލޭޝިއާގެ ބައެއް ސްކޫލްތައް ވަނީ ބަންދުކޮށްފައެވެ. މި ހާލަތާ ގުޅިގެން ސިންގަޕޫރުގެ ރައްޔިތުންނަށް ނޭވާލާ ނިޒާމުގެ ބަލިތަކަށް އަގުހެޔޮކޮށް ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސާފައިވާއިރު، މިއީ "އެލް ނީނޯ" މޫސުމީ ހާލަތުގެ ސަބަބުން ކުރިމަތިވި ކަމެކެވެ.

ފްލައިޓެއްގައި ތަތްމަކުނު އުޅޭތީ ދަތުރު ކެންސަލްކޮށްފި

އޮސްޓްރޭލިއާގެ ކުއަންޓަސް އެއާވޭސްގެ ފްލައިޓެއްގައި ތަތްމަކުނު އުޅޭކަން ފާހަގަވެ، ފަސިންޖަރުންނަށް އުނދަގޫތަކެއް ކުރިމަތިވުމާ ގުޅިގެން އެ ބޯޓުގެ ދަތުރު ކެންސަލްކޮށް ބޯޓު ގްރައުންޑުކޮށްފިއެވެ. މި ހާދިސާއާ ގުޅިގެން ބޯޓު ސާފުކުރުމުގެ މަސައްކަތް ފަށާފައިވާއިރު، ދަތުރު މެދުކެނޑުނު ފަސިންޖަރުންނަށް އެއާލައިނުން ވަނީ ބަދަލު އިންތިޒާމުތައް ހަމަޖައްސައިދީފައެވެ.

ސުޕަމާކެޓްތަކުގެ ފިނިކުރާ ނިޒާމުތަކަށް ސައިބާ ހަމަލާއެއް

ފްރާންސްގެ އެތައް ސަތޭކަ ސުޕަމާކެޓެއްގެ ފިނިކުރާ ނިޒާމުތަކަށް ދިން ސައިބާ ހަމަލާއެއްގައި، ކާބޯތަކެތި ހަލާކުވެ މިލިއަނުން ޔޫރޯގެ ގެއްލުން ވެއްޖެއެވެ. މި ހަމަލާ އަމާޒުކޮށްފައިވަނީ ފިނިކުރާ ނިޒާމުތައް ކޮންޓްރޯލްކުރާ ސޮފްޓްވެއާއަކަށް ކަމަށްވާއިރު، މީގެ ސަބަބުން އައިސްއަލަމާރިތަކުގެ ހޫނުމިން އިންތިހާއަށް މަތިވެ ގިނަ އަދަދެއްގެ މުދާ ވަނީ އުކާލަން ޖެހިފައެވެ.

ހޫތީންނަށް "ހަރުކަށި" ރައްދެއް ދޭނެ ކަމުގެ އިންޒާރު ދީފި

ސައުދީގެ އެއާޕޯޓުތަކަށާއި ތެޔޮ އުފައްދާ މަރުކަޒުތަކަށް ހޫތީން ދެމުންދާ ހަމަލާތަކަށް ވަރުގަދަ ރައްދެއް ދޭނެ ކަމުގެ އިންޒާރު އެ ގައުމުގެ އެނާޖީ މިނިސްޓަރު ދެއްވައިފިއެވެ. މި ހަމަލާތަކުގައި މީހުން މަރުވެ އާންމު ޚިދުމަތްތަކަށް ބުރޫއަރާފައިވާއިރު، ހޫތީން ބުނަނީ މިއީ ސައުދީން ޔަމަނަށް ދޭ ހަމަލާތަކުގެ ބަދަލު ހިފުން ކަމަށެވެ. މި މައްސަލައިގައި ދެފަރާތުގެ ދެމެދުގައި ހަމަލާ ބަދަލުކުރުން ވަނީ އިތުރަށް ވަރުގަދަވެފައެވެ.

އިދިކޮޅު ސަޕޯޓަރުން ސުޕްރީމް ކޯޓާ ހަމައަށް ހިނގާލުމެއް ބާއްވައިފި

އިންތިޚާބީ ލިސްޓުގައި މަކަރު ހަދާފައިވާ ކަމަށް ބުނެ، އިންޑިއާގެ އިލެކްޝަންސް ކޮމިޝަނުގެ އިސްވެރިޔާ އިސްތިއުފާ ދިނުމަށް ގޮވާލައި އިދިކޮޅު ސަޕޯޓަރުން ދިއްލީގައި ބޮޑު ހިނގާލުމެއް ބާއްވައިފިއެވެ. މި މައްސަލަ ބަލައިދިނުމަށް އެދި ކޮންގްރެސް ޕާޓީން ސުޕްރީމް ކޯޓަށް ޕެޓިޝަނެއް ހުށަހަޅާފައިވާއިރު، ސަލާމަތީ ބާރުތަކުން ވަނީ މުޒާހަރާގެ ބައިވެރިން ހުއްޓުވައި ގިނަ ބަޔަކު ހައްޔަރުކޮށްފައެވެ.

Newsletter

Get the latest news delivered straight to your inbox