މުލާގެ 49 އަހަރުވީ ރެކޯޑާ ލެވަންޑޯސްކީ ހަމަކޮށްފި

May 15, 2021, 8:16 PM
ލަނޑު ޖެހުމަށް ފަހު ލެވަންޑޯސްކީ (ކ) އުފާފާޅުކުރަނީ.-- ފޮޓޯ: ގެޓީއިމޭޖަސް

ލަނޑު ޖެހުމަށް ފަހު ލެވަންޑޯސްކީ (ކ) އުފާފާޅުކުރަނީ.-- ފޮޓޯ: ގެޓީއިމޭޖަސް

މިއުނިކް (މެއި 16) - ޖަރުމަނު ލީގުގައި މިރޭ ފްރެއިބާގް ދަނޑުގައި 2-2 އިން ބަޔާން މިއުނިކް އެއްވަރުވި މެޗުގައި އެ ޓީމުގެ ތަރި ރޮބަޓް ލެވަންޑޯސްކީ ޖަރުމަނު ލީގުގައި 49 އަހަރުވީ ގާޑް މުލާގެ ރެކޯޑާ ހަމަކޮށްފި އެވެ.

ލީގު ސީޒަނެއްގައި 40 ގޯލު ޖަަހައިގެން ކުރީގެ އެއް ވަަނަ ފޯވާޑް މުލާ ރެކޯޑް ހެދީ 1972 ވަނަ އަހަރު އެވެ. ދުނިޔޭގެ މޮޅު ކުޅުންތެރިޔާގެ މަގާމު މިދިޔަ އަހަރު ހޯދި ޕޮލެންޑްގެ ލެވަންޑޯސްކީ މި ފަހަރުގެ ލީގުގައި 40 ގޯލު ޖެހީ 28 މެޗުންނެވެ. އަނިޔާގެ ސަބަބުން ލެވަންޑޯސްކީ އަށް މެޗުތަކެއް ގެއްލުނެވެ. މުލާގެ ރެކޯޑް މުގުރާލަން ލެވަންޑޯސްކީ އަށް ބާކީ މެޗެއް އެބައޮތެވެ.

ގޯލު ޖެހި އެވްރެޖް މިނިޓަށް ބަލާއިރު ލެވަންޑޯސްކީގެ ރެކޯޑް މުލާ އަށް ވުރެ ރަނގަޅެވެ. މުލާ ރެކޯޑް ހެދީ ކޮންމެ 77 މިނިޓުން ގޯލެއް ޖަހައިގެންނެވެ. ލެވަންޑޯސްކީ ވަނީ ކޮންމެ 58 މިނިޓުން ގޯލެއް ޖަހައިފަ އެވެ.

އުމުރުން 32 އަހަރުގެ ލެވަންޑޯސްކީ މިރޭގެ މެޗުގެ 26 ވަނަ މިނިޓްގައި ބަޔާނަށް ލީޑުނަގައިދިނީ ޕެނަލްޓީ އަކުންނެވެ. ލަނޑަށް ފަހު އުފާފާޅުކުރުމުގެ ތެރޭގައި ލެވަންޑޯސްކީ ވަނީ މުލާ އަށް ހާއްސަކޮށްފައިވާ ޓީޝާޓެއް ދައްކާލައިފަ އެވެ. އެ ޓީޝާޓުގައި ޖަހާފައިވަނީ "4އެވާގާޑް" މިހެނެވެ. ލެވަންޑޯސްކީގެ އުފާފާޅުކުރުމުގައި ބަޔާންގެ ބެންޗުގައި ތިބި ކުޅުންތެރިންނާއި އޮފިޝަލުން ބައިވެރިވި އެވެ.

ލެވަންޑޯސްކީ ލީޑުނަގައިދިންތާ ދެ މިނިޓް ފަހުން ލީގުގެ 10 ވަނައިގައި އޮތް ފްރެއިބާގްގެ މެނުއަލް ގޫލްޑާ ވަނީ ގޯލެއް ޖަހައި ނަތީޖާ ހަމަހަަމަކޮށްފަ އެވެ. ދެ ވަނަ ހާފް ފެށިގެން އަށް މިނިޓް ތެރޭ ލެރޯއި ސާނޭ ބަޔާނަށް އަލުން ލީޑުނަގައިދިނެވެ. އަދި މެޗު ނިމެން ނުވަ މިނިޓަށް ވެފައި ވަނިކޮށް ފްރެއިބާގަށް އެއްވަރުކޮށްދިނީ ކްރިސްޓިއަން ގަންޓާ އެެވެ. ބަޔާން މޮޅުކޮށްދޭން ލެވަންޑޯސްކީ އަށް ލިބުނު ފުރުސަތުގެ ބޭނުމެއް ނުހިފުނެވެ.

މިދިޔަ ހަފްތާގައި ލީގު ޗެމްޕިއަންކަން ކަށަވަރުކުރި ބަޔާން އެއް ވަނައިގައި އޮތީ 33 މެޗުން 75 ޕޮއިންޓާ އެކު އެވެ. ދެ ވަނައިގައި އޮތް އާރްބީ ލައިޕްޒިގާއި ތިނެއްގައި އޮތް ވުލްފްސްބާގާއި ހަތަރެއްގައި އޮތް ޑޯޓްމަންޑް ކުޅެފައިވަނީ 32 މެޗެވެ. ލައިޕްޒިގަށް 64 ޕޮއިންޓް ލިބިފައިވާއިރު، ވުލްފްސްބާގްގެ އޮތީ 60 ޕޮއިންަޓެވެ. އަދި ޑޯޓްމަންޑްގެ ވަނީ 58 ޕޮއިންޓް ހޯދައިފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox