ރެފިއުޖީ ކޭމްޕަށް ބޮން އެޅުމުން އެއް އާއިލާއެއްގެ 8 ކުދިން މަރުވެއްޖެ

ރެފިއުޖީން ކޭމްޕަށް ބޮން އެޅުމުން އަނިޔާވި ކުއްޖަކަށް ނަރުހުން ފަރުވާ ދެނީ.-- ފޮޓޯ: އޭއެފްޕީ

ރެފިއުޖީން ކޭމްޕަށް ބޮން އެޅުމުން އަނިޔާވި ކުއްޖަކަށް ނަރުހުން ފަރުވާ ދެނީ.-- ފޮޓޯ: އޭއެފްޕީ

އިއްޔެ ހެނދުނު އިޒްރޭލުން ގާޒާގެ ރެފިއުޖީ ކޭމްޕަކަށް ބޮން އެޅުމުން އަށް ކުޑަކުދިން ހިމެނޭހެން އެއް އާއިލާއެއްގެ 10 މީހުން މަރުވެއްޖެ އެވެ.

އެ އާއިލާއިން މަރުވެފައިވަނީ އަށް ކުދިންނާއި ދެ އަންހެނުންނެވެ. އިޒްރޭލުން ބޮން އަޅާފައިވަނީ ޝާތީ ރެފިއުޖީ ކޭމްޕުގައި އެ މީހުން ދިރިއުޅޭ ގެޔަށެވެ.

މިދިޔަ ހޯމަ ދުވަހުން ފެށިގެން މެދުކެނޑުމެއް ނެތި އިޒްރޭލުން ގާޒާއަށް ބޮން އަޅަމުން ދާތީ މަރުވި މީހުންގެ ޖުމްލަ އަދަދު ވަނީ 140 އަށް އަރާފަ އެވެ. އޭގެ ތެރޭގައި 40 ކުދިން ހިމެނެ އެވެ.

މިއަދު ހެނދުނު ދިން ހަމަލާއާ ގުޅިގެން އަބޫ ހަތާބް އާއިލާ ރެފިއުޖީ ކޭމްޕުގައި ދިރިއުޅެމުން ދިޔަ ގެ ބިމާ ހަމަވި އެވެ. އެ ތަނުގެ އަޑީގައި އިތުރު މީހުންގެ މަރުވެފައިވާ ހަށިގަނޑުތައް ފޮރުވިފައިވުން އެކަށީގެންވެ އެވެ.

ރެފިއުޖީ ކޭމްޕަށް ދިން ހަމަލާގައި މަދުވެގެން 15 މީހުން ޒަހަމްވި އެވެ. އޭގެ ތެރޭގައި ކުޑަ ކުއްޖަކު ހިމެނެ އެވެ. އަލް ޝިފާ ހޮސްޕިޓަލުގެ ޑރ. ނަބީލް އަބޫ އަލް ރީޝް ވިދާޅުވީ މިއީ ގަތުލުއާއްމެއް ކަމަށެވެ.

އަބޫ ހަތާބް އާއިލާއާ ގުޅުން ހުރި މީހަކު ބުނީ ބޮން އަޅާފައިވަނީ އެއްވެސް އިންޒާރެއް ދިނުމެއް ނެތި ކަމަށެވެ. އަޑު އިވިގެން ގޮސް ބެލިއިރު، ހަތަރު ބުރީގެ އެ އިމާރާތް ބިމާ ހަމަވެފައި އޮތް މަންޒަރު ފެނުނު ކަމަށް އޭނާ ބުންޏެވެ.

އދ. އިން ބުނެފައިވާ ގޮތުގައި ޝާތީ ރެއިފުޖީ ކޭމްޕަކީ ގާޒާގައި ތިން ވަނައަށް އެންމެ ބޮޑު ރެފިއުޖީ ކޭމްޕެވެ. ގާތްގަނޑަކަށް 0.52 އަކަ ކިލޯމީޓަރުގެ އެ ތަނުގައި 85،000 މީހުން ދިރިއުޅެ އެވެ.

އިޒްރޭލުން ބުނެފައިވަނީ ބޮން އަޅަނީ އާއްމުންނަށް އަމާޒުކޮށްގެން ނޫން ކަމަށާއި ގާޒާގައި ވެރިކަން ކުރާ ހަމާސްގެ މެމްބަރުންނަށް އަމާޒުކޮށް ކަމަށެވެ. ނަމަވެސް އެއީ ދޮގު ވާހަކައެއް ކަމަށް ގިނަ ފަރާތްތަކުން ގަބޫލުކުރެ އެވެ.

އެގޮތުން އދ. އިން ހިންގާ ރެފިއުޖީ ކޭމްޕެއްގައި ހަމާސްގެ މެމްބަރުން ފިލައިގެން ނޫޅޭނެ ކަމަށް އެތައް ބަޔަކު އެއްބަސްވެ އެވެ. އެ ތަނުގެ އިތުރުން ގާޒާގެ ބޭންކަކާއި އިންޓީރިއާ މިނިސްޓްރީގެ އިމާރާތާއި އިތުރު ގެޔަކަށް ވެސް މިއަދު ބޮން އަޅާފައި ވެއެވެ.

ރެފިއުޖީ ކޭމްޕަށް ދިން ހަމަލާގެ ރައްދުގައި ހަމާސްއިން ރޮކެޓު ހަމަލާތައް ފޮނުވީ އިޒްރޭލުގެ އަޝްކެލޯން އަދި އަޝްދޯދް އަވަށަށެވެ. ނަމަވެސް އެއްވެސް މީހަކު މަރުވި ކަމަށް ހަބަރުތަކުން ނުބުނެ އެވެ.

އިޒްރޭލާއި ފަލަސްތީނާ ދެމެދު ހަމަލާ ބަދަލު ކުރަން ފެށީ އިރުމަތީ ގުދުސްގެ މައްސަލަ ހޫނުވެފައި ވަނިކޮށް މިދިޔަ ހޯމަ ދުވަހު އެވެ. އެ ދުވަހުން ފެށިގެން ހުއްޓުމެއް ނެތި ދަނީ ހަމަލާދެމުންނެވެ.

އިރުމަތީ ގުދުސްގެ މައްސަލަ މި އަހަރު އެންމެ ފުރަތަމަ ހޫނުވީ އަލް އަގްސާ މިސްކިތަށް ނަމާދު ކުރަން ދާ ފަލަސްތީނު މީހުންނަށް އިޒްރޭލުން ހުރަސްއަޅާ ކަމުގެ ތުހުމަތާއެކު އެވެ. ނަމަވެސް އިޒްރޭލުން އެކަން ދޮގުކޮށް ބުނީ ފިޔަވަޅު އަޅަނީ ކޮވިޑާ ގުޅިގެން ކަމަށެވެ.

އޭގެ ފަހުން އިރުމަތީ ގުދުސްގެ ޝެއިހް ޖައްރާ ސަރަހައްދުގައި އުޅޭ ފަލަސްތީނު މީހުން ގެތަކުން ނެރެން ނިންމާފައިވާ މައްސަލައާ ގުޅިގެން ވެސް ހަމަނުޖެހުން އުފެދުނެވެ. އެ މައްސަލާގައި ބޮޑެތި އެއްވުންތައް ބާއްވަމުން ދިޔައިރު އަލް އަގްސާ މިސްކިތުގައި ވެސް ހަމަނުޖެހުން ހިނގި އެވެ.

އިޒްރޭލުން ގާޒާއަށް ހަމަލާ ދޭން ފެށީ ޝެއިހް ޖައްރާ މައްސަލާގައި އިޒްރޭލުގެ ސުޕްރީމް ކޯޓުން ގޮތެއް ނިންމަން މިދިޔަ އާދީއްތަ ދުވަހަށް ތާވަލު ކުރި އަޑުއެހުން ފަސްކުރުމާއެކު އެވެ. އާދީއްތަ ދުވަހުގެ ރޭ ގުދުސްގައި ހަމަނުޖެހުން ހިންގުމަށް ފަހު ހޯމަ ދުވަހުގެ ފަތިހު އިޒްރޭލުގެ ޖެޓުތަކުން ގާޒާއަށް ބޮން އަޅަން ފެށި އެވެ. އަދި ގާޒާގައި ވެރިކަން ކުރާ ހަމާސްއިން ރައްދުގައި ރޮކެޓު ހަމަލާ ދޭން ފެށި އެވެ.

ހަމާސްގެ ރޮކެޓުތައް އިޒްރޭލަށް ފޯރުމުގެ ކުރިން އެ ގައުމުން ގެންގުޅޭ "އަޔަން ޑޯމް" ދިފާއީ ނިޒާމުން ރޮކެޓުތައް ބިމަށް ވައްޓާލަ އެވެ. ނަމަވެސް ބައެއް ރޮކެޓުތައް ވައްޓާނުލެވުމުގެ ސަބަބުން އިޒްރޭލުގެ އަށް މީހުން މިހާތަނަށް މަރުވެފައި ވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އަޒަރުބައިޖާންގެ ސްކޫލްތަކުގައި ބުރުގާ އެޅުން މަނާކޮށްފި

އަޒަރުބައިޖާންގެ ސްކޫލްތަކުގައި "ސެކިއުލާ އުސޫލުތަކަށް" ފެތޭ ޔުނިފޯމް މިންގަނޑެއް ކަނޑައަޅައި، ނުސީދާ ގޮތެއްގައި ބުރުގާ އެޅުން މަނާކުރުމާ ގުޅިގެން އެ ގައުމުގައި ބޮޑެތި އިހުތިޖާޖުތަކެއް ވަނީ ފެށިފަ އެވެ. މި ނިންމުމުގެ ސަބަބުން ގިނަ ބަޔަކު ދަނީ މިއީ ދީނީ މިނިވަންކަމަށް އަރައިގަތުން ކަމަށް ބުނެ ނުރުހުން ފާޅުކުރަމުން.

"ކުރަފި" ހަރަކާތުގެ އިސް ލީޑަރުން ހައްޔަރުކޮށްފި

އިންޑިއާގެ ވޯޓާ ލިސްޓަށް ގެނައި އިސްލާހުތަކާ ގުޅިގެން ޗީފް އިލެކްޝަން ކޮމިޝަނަރު އިސްތިއުފާ ދެއްވުމަށް ގޮވާލައި، މުޒާހަރާކުރި "ކޮކްރޯޗް" ޒުވާނުންގެ ހަރަކާތުގެ އިސް ލީޑަރުންތަކެއް ފުލުހުން ހައްޔަރުކޮށްފި މި ހަރަކާތުގެ ބައިވެރިން ހައްޔަރުކުރީ މުޒާހަރާކުރުން މަނާ ސަރަހައްދެއް ކަމަށްވާ ޖަންތަރު މަންތަރަށް ފުލުހުންގެ ބެރިކޭޑްތައް މަތިން ފުންމާލުމުން.

ސިންގަޕޫރުން ހާއްސަ ސަބްސިޑީއެއް، މެލޭޝިއާ ސްކޫލުތައް ބަންދު

އިންޑޮނޭޝިއާގެ ޖަންގަލިތަކުގައި ރޯވި އަލިފާނުގެ ދުމުގެ ސަބަބުން ވައި ނުސާފުވެ، ސިންގަޕޫރުން ސިއްހީ ފަރުވާގެ ސަބަބްސިޑީއެއް ތައާރަފުކޮށް މެލޭޝިއާގެ ބައެއް ސްކޫލްތައް ވަނީ ބަންދުކޮށްފައެވެ. މި ހާލަތާ ގުޅިގެން ސިންގަޕޫރުގެ ރައްޔިތުންނަށް ނޭވާލާ ނިޒާމުގެ ބަލިތަކަށް އަގުހެޔޮކޮށް ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސާފައިވާއިރު، މިއީ "އެލް ނީނޯ" މޫސުމީ ހާލަތުގެ ސަބަބުން ކުރިމަތިވި ކަމެކެވެ.

ފްލައިޓެއްގައި ތަތްމަކުނު އުޅޭތީ ދަތުރު ކެންސަލްކޮށްފި

އޮސްޓްރޭލިއާގެ ކުއަންޓަސް އެއާވޭސްގެ ފްލައިޓެއްގައި ތަތްމަކުނު އުޅޭކަން ފާހަގަވެ، ފަސިންޖަރުންނަށް އުނދަގޫތަކެއް ކުރިމަތިވުމާ ގުޅިގެން އެ ބޯޓުގެ ދަތުރު ކެންސަލްކޮށް ބޯޓު ގްރައުންޑުކޮށްފިއެވެ. މި ހާދިސާއާ ގުޅިގެން ބޯޓު ސާފުކުރުމުގެ މަސައްކަތް ފަށާފައިވާއިރު، ދަތުރު މެދުކެނޑުނު ފަސިންޖަރުންނަށް އެއާލައިނުން ވަނީ ބަދަލު އިންތިޒާމުތައް ހަމަޖައްސައިދީފައެވެ.

ސުޕަމާކެޓްތަކުގެ ފިނިކުރާ ނިޒާމުތަކަށް ސައިބާ ހަމަލާއެއް

ފްރާންސްގެ އެތައް ސަތޭކަ ސުޕަމާކެޓެއްގެ ފިނިކުރާ ނިޒާމުތަކަށް ދިން ސައިބާ ހަމަލާއެއްގައި، ކާބޯތަކެތި ހަލާކުވެ މިލިއަނުން ޔޫރޯގެ ގެއްލުން ވެއްޖެއެވެ. މި ހަމަލާ އަމާޒުކޮށްފައިވަނީ ފިނިކުރާ ނިޒާމުތައް ކޮންޓްރޯލްކުރާ ސޮފްޓްވެއާއަކަށް ކަމަށްވާއިރު، މީގެ ސަބަބުން އައިސްއަލަމާރިތަކުގެ ހޫނުމިން އިންތިހާއަށް މަތިވެ ގިނަ އަދަދެއްގެ މުދާ ވަނީ އުކާލަން ޖެހިފައެވެ.

ހޫތީންނަށް "ހަރުކަށި" ރައްދެއް ދޭނެ ކަމުގެ އިންޒާރު ދީފި

ސައުދީގެ އެއާޕޯޓުތަކަށާއި ތެޔޮ އުފައްދާ މަރުކަޒުތަކަށް ހޫތީން ދެމުންދާ ހަމަލާތަކަށް ވަރުގަދަ ރައްދެއް ދޭނެ ކަމުގެ އިންޒާރު އެ ގައުމުގެ އެނާޖީ މިނިސްޓަރު ދެއްވައިފިއެވެ. މި ހަމަލާތަކުގައި މީހުން މަރުވެ އާންމު ޚިދުމަތްތަކަށް ބުރޫއަރާފައިވާއިރު، ހޫތީން ބުނަނީ މިއީ ސައުދީން ޔަމަނަށް ދޭ ހަމަލާތަކުގެ ބަދަލު ހިފުން ކަމަށެވެ. މި މައްސަލައިގައި ދެފަރާތުގެ ދެމެދުގައި ހަމަލާ ބަދަލުކުރުން ވަނީ އިތުރަށް ވަރުގަދަވެފައެވެ.

އިދިކޮޅު ސަޕޯޓަރުން ސުޕްރީމް ކޯޓާ ހަމައަށް ހިނގާލުމެއް ބާއްވައިފި

އިންތިޚާބީ ލިސްޓުގައި މަކަރު ހަދާފައިވާ ކަމަށް ބުނެ، އިންޑިއާގެ އިލެކްޝަންސް ކޮމިޝަނުގެ އިސްވެރިޔާ އިސްތިއުފާ ދިނުމަށް ގޮވާލައި އިދިކޮޅު ސަޕޯޓަރުން ދިއްލީގައި ބޮޑު ހިނގާލުމެއް ބާއްވައިފިއެވެ. މި މައްސަލަ ބަލައިދިނުމަށް އެދި ކޮންގްރެސް ޕާޓީން ސުޕްރީމް ކޯޓަށް ޕެޓިޝަނެއް ހުށަހަޅާފައިވާއިރު، ސަލާމަތީ ބާރުތަކުން ވަނީ މުޒާހަރާގެ ބައިވެރިން ހުއްޓުވައި ގިނަ ބަޔަކު ހައްޔަރުކޮށްފައެވެ.

Newsletter

Get the latest news delivered straight to your inbox