އެމްއައިބީގެ ހިދުމަތް މި ހަފުތާގެ ތިން ދުވަހު ދޭނެ

 މޯލްޑިވްސް އިސްލާމިކް ބޭންކް: މި ހަފުތާގައި އެ ބޭންކުގެ ހިދުމަތް ދޭ ދުވަސްތައް ވަނީ އިތުރުކޮށްފައި. -- ފޮޓޯ: ހުސެއިން ވަހީދު / އަދަދު

މޯލްޑިވްސް އިސްލާމިކް ބޭންކް: މި ހަފުތާގައި އެ ބޭންކުގެ ހިދުމަތް ދޭ ދުވަސްތައް ވަނީ އިތުރުކޮށްފައި. -- ފޮޓޯ: ހުސެއިން ވަހީދު / އަދަދު

މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ)ން މި ހަފުތާގައި ތިން ދުވަހު ހިދުމަތްދޭ ގޮތަށް ހަމަޖައްސައިފި އެވެ.

މާލޭގައި ހަލުވިކަމާ އެކު ކޮވިޑް19 ފެތުރެމުންދާތީ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ބޭންކުތަކުގެ ހިދުމަތް ހަފުތާއަކު ދެ ދުވަހު ދޭ ގޮތަށް ހަމަޖެއްސީ މިދިޔަ ހަފުތާގެ ތެރޭގަ އެވެ. އެމްއެމްއޭ އިން އެ ނިންމުން މުރާޖާ ކުރީ ބޭންކުތަކުން ހިދުމަތް ނުލީބޭތީ އާންމުންނާއި ވިޔަފާރިތަކުން ޝަކުވާ ކުރުމާއި ގުޅިގެންނެވެ.

މި ބަދަލާ ގުޅިގެން އެމްއައިބީން ވަނީ ހޯމަ، އަންގާރަ އަދި ބުރާސްފަތި ދުވަހުގެ ހެނދުނު 09:30 އިން 12:00 އަށް ހިދުމަތްދޭ ގޮތަށް ބަދަލުގެނެސްފަ އެވެ.

އެމްއައިބީން ބުނީ މި ދުވަސްތަކުގެ ތެރޭގައި ބޭންކަށް އައިސްގެން ލިބޭނީ އޮންލައިންކޮށް ނުލިބޭ ހިދުމަތްތައް އެކަނި ކަމަށެވެ. އެ ހިދުމަތްތައް ދޭ ގޮތަށް ހަމަޖައްސާފައި ވަނީ އެޕޮއިންޓްމަންޓް އުސޫލުންނެވެ. އެޕޮއިންޓްމަންޓް ހައްދަން ބޭނުންވާ ފަރާތްތަކަށް އޭންޓްކިއު އެޕްލިކޭޝަން މެދުވެރިކޮށް އެމްއައިބީގެ ޓޯކަން ނަމްބަރު ލިބޭނެ އެވެ.

ބޭންކު ހުޅުވައިގެން ހިދުމަތް ދިން ނަމަވެސް، އެމްއައިބީން ވަނީ އޮންލައިންކޮށް ލިބެން ހުރި ހިދުމަތްތަކުގެ ބޭނުން ހިފުމަށް އެ ބޭންކުގެ ކަސްޓަމަރުންގެ ކިބައިން އެދިފަ އެވެ.

މާލެ ސަރަހައްދުގައި ނުރައްކާތެރި މިންވަރަކަށް ކޮވިޑް-19 ފެތުރެމުން ދިޔުމާ ގުޅިގެން މާލީ އިދާރާތަކާއި ބޭންކުތަކުން ހިދުމަތްދޭ ގަޑިތަކަށް ގެނައި ބަދަލު ދެމިގެންދާނީ މި ހަފުތާގެ ނިޔަލަށެވެ. އަދި ހަފުތާ ނިމުމުން ބަލިމަޑުކަމުގެ ހާލަތަށް ރިއާޔަތްކޮށް އެންގުން ދައްމާލުމަށް ނުވަތަ މުރާޖާކުރުމާ މެދު ގޮތެއް ނިންމާނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

"ގައުމީ ރުކުނަކަށް އުނިކަން އަންނަ އެއްވެސް ކަމެއް ނުކުރާނަން"

ރާއްޖޭގެ އިސްލާމްވަންތަކަމާއި، މިނިވަންކަމާއި، އަމިއްލަވަންތަކަން ފަދަ ގައުމީ އެއްވެސް ރުކުނަކަށް އުނިކަން އަންނާނެ ފަދަ ކަމެއް ނުކުރައްވާނެ ކަމުގެ ފުރިހަމަ ޔަގީންކަން މުއިއްޒު ދެއްވި. އެމަނިކުފާނު ވިދާޅުވީ ސަރުކާރުން ނިންމަވާ ކޮންމެ ނިންމެވުމެއް ނިންމަވާނީ ގައުމީ ބަހާތަކަށް ރައްކާތެރިކަން ދީގެން ކަމަށް.

"ރަސްމާލެ ޔަހޫދީންނަށް ދޭން މުއިއްޒަށް އެއްވެސް ހައްގެއް ނެތް"

ރަސްމާލެ މަޝްރޫއު ޔަހޫދީންނާ ގުޅުންހުރި ފަރާތްތަކަށް ދިނުމަށް ރައީސް މުއިއްޒު ނިންމެވި ނިންމެވުމަކީ ރައްޔިތުންގެ ބަހެއް ނެތި ނިންމޭނެ ކަމެއް ނޫން ކަމަށް އިސްމާއީލް ޒަރިޔަންދު ވިދާޅުވެއްޖެ. މި މަޝްރޫއު ހުއްޓުވުމަށް ނޮވެމްބަރު 6 ގައި ބާއްވާ އެއްވުމަށް ހުރަސްނޭޅުމަށް އޭނާ ވަނީ ސަލާމަތީ ބާރުތަކަށް ގޮވާލައްވާފަ.

ސައީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ މާދަމާއަށް އެޖެންޑާކޮށްފި

އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު މަސްއޫލިއްޔަތު އަދާނުކުރައްވާ ކަމަށް ބުނެ އެމްޑީޕީން ހުށަހެޅި އިތުބާރު ނެތްކަމުގެ މައްސަލަ މާދަމާގެ މަޖިލީހަށް ވަނީ އެޖެންޑާކޮށްފައި. މި މައްސަލަ ހުށަހެޅީ ޑޮލަރުގެ ރޭޓު ދަށްކުރުމަށް ވީ ވައުދާ ހިލާފުވުމާއި، ޑިވެލޮޕްމަންޓް ބޭންކުގެ މަސައްކަތް ނުފެށި ދައުލަތުގެ ފައިސާ އިސްރާފުވާ ކަމަށް ބުނޭ.

"ގައުމުގެ ސިޔާދަތަށް އުނިކަން އަންނަ ހިއްސާތަކަށް ޖާގަ ނުދީ"

ގައުމުގެ މިނިވަންކަމާއި ސިޔާދަތަށް އުނިކަން އަތުވެދާނެ އެއްވެސް އިންވެސްޓްމަންޓަކަށް ޖާގަ ނުދިނުމަށް ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް ސަރުކާރަށް ގޮވާލައްވައިފި. މިގޮތުން ރަސްމާލެ މަޝްރޫއު ފަދަ ކަންކަމުގައި ދެފުށް ފެންނަ އުސޫލަކުން މައުލޫމާތު ހާމަކުރުމަށާއި، އިގްތިސާދީ މަންފާއަށްވުރެ ގައުމުގެ މިނިވަންކަން އިސްކުރުމަށް ފައިސަލް ބާރުއެޅުއްވި.

ޖިންސީގޯނާގެ މައްސަލައެއްގައި ކުރީގެ ކައުންސިލަރު ހައްޔަރުކޮށްފި

ޖިންސީ ގޯނާގެ ތުހުމަތުގައި މާފަންނު ދެކުނު ދާއިރާގެ ކުރީގެ ކައުންސިލަރު މުހައްމަދު އައިމަން އިސްމާއިލް ފުލުހުން މިއަދު ވަނީ ހައްޔަރުކޮށްފައި. އޭނާ ހައްޔަރުކޮށްފައިވަނީ މި މައްސަލައިގެ ތަހުގީގު ލަސްވާތީ އޭނާގެ ކުރީގެ އަނބިމީހާ ކަންބޮޑުވުން ފާޅުކޮށްފައިވަނިކޮށް ކަމަށާއި، މިހާރު މައްސަލައިގެ ބޮޑުބައެއް ތަހުގީގުކޮށް ނިމިފައިވާ ކަމަށް ފުލުހުން ބުނޭ.

ސަރުކާރުން މޯލްޑިވްސް ޓާޝަރީ ހޮސްޕިޓަލްސް ގްރޫޕް އުފައްދައިފި

ސަރުކާރުގެ ހުރިހާ ޓާޝަރީ ހޮސްޕިޓަލްތަކެއް އެއް ފުރާޅެއްގެ ދަށުން ހިންގުމަށް "މޯލްޑިވްސް ޓާޝަރީ ހޮސްޕިޓަލްސް ގްރޫޕް" (އެމްޓީއެޗްޖީ) އުފައްދައިފި. މި ބަދަލާއެކު ކުރިން ހޮސްޕިޓަލްތަކުގައި އޮތް ވަކިވަކި ބޯޑުތައް އުވާލައި، 10 ހޮސްޕިޓަލާއި ތެލެސީމިއާ ސެންޓަރު ހިންގާނީ މި ބޯޑުން.

ރިވެލި ބީޗު އަތުލުން މަޑުޖައްސާލަން ކޯޓުން އަމުރުކޮށްފި

ހުޅުމާލޭ ރިވެލި ބީޗް ރެސްޓޯރަންޓް ހިންގުން ހުއްޓުވޭނެ ފަދަ އެއްވެސް އަމަލެއް ނުކުރުމަށް ސިވިލް ކޯޓުން އެޗްޑީސީގެ މައްޗަށް ވަގުތީ އަމުރެއް ނެރެފައި. ނަމަވެސް، ކުލި ނުދައްކާ އޮތް މައްސަލައިގައި އެޗްޑީސީން ވަނީ އެ ރެސްޓޯރަންޓާއެކު ވެފައިވާ އެއްބަސްވުން ބާތިލުކޮށް، އެ ބިން ނަގަން ނިންމާފައިވާކަން އިއްޔެ އިއުލާންކޮށްފައި.

Newsletter

Get the latest news delivered straight to your inbox