ކޮވިޑުގެ އުނދަގޫ މި ހާލަތުގައި އިސްކުރަންވީ އަޅާލުމާއި އޯގާތެރިކަން: މިނިސްޓްރީ

މާލޭ މަގެއްގައި އުމުރުން ދުވަސްވީ މީހަކު ހިނގާފައި ދަނީ: ކޮވިޑާ ހެދި އާއިލާތަކަށް ކުރިމަތިވި ގޮންޖެހުންތަކުން އަރައިގަތުމުގައި އާއިލާތަކަށް އެހީވަމުން އަންނަ ކަމަށް ޖެންޑާ މިނިސްޓްރީން ބުނޭ. -- ފޮޓޯ / އަދަދު

މާލޭ މަގެއްގައި އުމުރުން ދުވަސްވީ މީހަކު ހިނގާފައި ދަނީ: ކޮވިޑާ ހެދި އާއިލާތަކަށް ކުރިމަތިވި ގޮންޖެހުންތަކުން އަރައިގަތުމުގައި އާއިލާތަކަށް އެހީވަމުން އަންނަ ކަމަށް ޖެންޑާ މިނިސްޓްރީން ބުނޭ. -- ފޮޓޯ / އަދަދު

ކޮވިޑް-19 ގެ ހާލަތު އަނެއްކާވެސް ރާއްޖޭގައި ގޯސްވެ އާއިލާތަކަށް ނުތަވަނަސްކަން ވެރިވެފައިވާ އިރު އެންމެ އިސްކަންދޭން ޖެހެނީ އެކަކު އަނެކަކަށް އަޅާލައި އޯގާތެރިކަން ކުރިއަށް ނެރެން ކަމަށް ޖެންޑާ މިނިސްޓްރީން މިއަދު ބުނެފި އެވެ.

ބައިނަލްއަގުވާމީ އާއިލާތަކުގެ ދުވަހާ ގުޅިގެން ނެރުނު ބަޔާނުގައި މިނިސްޓްރީން ބުނީ ކޮވިޑުގެ ސަބަބުން ކުރިމަތިވާ ސިއްހީ އުނދަގޫތަކުގެ އިތުރުން އިޖުތިމާއީ ގޮތުންނާއި ނަފްސާނީ ގޮތުން އަދި ގޮތުން ގިނަ ގޮންޖެހުންތަކަކާ ކުރިމަތިލާން ޖެހިފައިވާ ކަމަށެވެ. މިފަދަ އުނދަގޫ ދަނޑިވަޅެއްގައި އެންމެ ބޭނުންވާ އެއް ކަމަކީ އާއިލީ ގުޅުން ބަދަހިކޮށް އޮތުން ކަމަށް ވިދާޅުވި އެވެ.

އާއިލާގެ އެކަކު އަނެކެއްގެ ހާލު އޮޅުންފިލުވައި އެހީތެރިކަން ފޯރުކޮށްދީ ޒިންމާ ފުރިހަމައަށް އަދާކުރުމަށް ޖެންޑާ މިނިސްޓްރީން އިލްތިމާސްކުރެ އެވެ.

މިނިސްޓްރީން ބުނި ގޮތުގައި ކޮވިޑް19ގެ ސަބަބުން މާލޭގައި ދިރިއުޅެން ދަތިވެފައިވާ އާއިލާތަކަށް ރަށްރަށުގައި ދިރިއުޅެވޭނެ އިންތިޒާމް އަންނަނީ ހަމަޖައްސައިދެމުންނެވެ. އެގޮތުން އަހުލު ނަމުގައި މިދިޔަ އަހަރު ޕްރޮގްރާމެއް ފެށީ ކޮވިޑާއި ގުޅިގެން މާލޭގައި ދިރިއުޅެން ދަތި ވެފައިވާ އާއިލާތައް ރަށްރަށަށް ބަދަލުވާން އެހީ ފޯރުކޮށް ދިނުމަށެވެ. އެ ޕްރޮގްރާމްގެ ދަށުން 9 އާއިލާއަކަށް އަތޮޅުތެރޭގައި ދިރިއުޅެވޭނެ އިންތިޒާމް ހަމަޖައްސާފައިވާ ކަމަށް ޖެންޑާ މިނިސްޓްރީން ބުނެ އެވެ.

މިދިޔަ އަހަރުގެ ކުރީކޮޅު ރާއްޖޭގައި ކޮވިޑް ފެތުރެން ފެށުމާ ގުޅިގެން މާލެ ފުރަބަންދަކަށް ދިއުމުން ގިނަ ބައެއްގެ ވަޒީފާ ގެއްލި މާލޭގައި ދިރިއުޅުމަށް ދަތިވި އެވެ. ވަގުތީ ބޯހިޔާވަހިކަން ފޯރުކޮށްދޭން ޖެހުނު އާއިލާތަކަށާއި ކާބޯތަކެތީގެ އެހީތެރިކަން ފޯރުކޮށްދޭންޖެހުނު ފަރާތްތަކަށް އެ ކަންކަން ފުރިހަމަކޮށް ދިނުމަށް ގިނަ މަސައްކަތްތަކެއް ކޮށްފައިވާ ކަން ބަޔާނުގައި ފާހަގަކޮށްފައިވެ އެވެ.

މިނިސްޓްރީގެ ބަޔާނުގައި އާއިލާގެ ފަރާތުން ރައްކާތެރިކަމާއި އަޅާލުމާއި ލޯބި ނުލިބި މިނިސްޓްރީގެ ބެލުމުގެދަށުގައި ބަޔަކު ތިބުމުގެ ކަންބޮޑުވުން ފާޅުކޮށްފައިވެ އެވެ. ކުޑަކުދިންނާއި ދުވަސްވީ މީހުންނާއި ނަފްސާނީ ބޮޑެތި މައްސަލަތައް ކުރިމަތިވެފައިވާ މީހުންނަށް އެފަރާތްތަކުގެ އާއިލާގެ އަޅާލުމެއް ނެތި މަރުކަޒެއްގައި ދިރިއުޅެންޖެހުމަކީ ނަފްސާނީ ދުޅަހެޔޮކަން އިތުރަށް ގޯސްވުމަށް މަގުފަހިކޮށްދޭ ކަމެއް ކަމަށް ބަޔާނުގައި ހަނދާންކޮށްދީފައިވެ އެވެ.

އުމުރުން ދުވަސްވީ މީހުން މަރުކަޒުތަކަށް ފޮނުވުމަކީ އެންމެ ފަހުގެ ހައްލު ކަމުގައި ނުބަލައި އާއިލާ އެކު ދިރިއުޅުމުގެ ފުރުސަތު ކޮންމެ މީހަކަށްވެސް ހޯއްދައި ދިނުމަށް ފަރުދީ ފެންވަރުގަ އާއި ޖަމާއަތުގެ ފެންވަރުގައި ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކޮށްދެއްވުމަށް މިނިސްޓްރީން އިލްތިމާސްކުރެ އެވެ.

ޖެންޑާ މިނިސްޓްރީން ބުނިގޮތުގައި އާއިލާގެ ތެރޭގައި ދިމާވާ މައްސަލަތައް މަދު ކުރުމަށާއި ކުރިމަތިވާ މައްސަލަތަކުގެ ސަބަބުން ލިބޭ ގެއްލުން ކުޑަކުރުމުގެ ގޮތުން އާއިލާއާ ބެހޭ ގާނޫނަށް ގެންނަންޖެހޭ ބަދަލުތައް ގެނައުމަށް ކުރަންޖެހޭ މަސައްކަތްތައް ދަނީ ކުރަމުންނެވެ. އަދި ގެވެށި އަނިޔާ ހުއްޓުވުމަށްޓަކައި "ގެވެށި ގުޅުން" ނަމުގައި ގައުމީ ފެންވަރުގެ ކެމްޕެއިނެއް ފަށައި އެ ކެމްޕެއިންގެ ދަށުން މުޅި ރާއްޖޭގައި ހާއްސަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށް ވެސް ބުނެފައިވެ އެވެ.

މިނިސްޓްރީން ބުނި ގޮތުގައި ގެވެށި އަނިޔާ ލިބޭ ފަރާތްތަކަށް ބޭނުންވާ ހިދުމަތްތައް އިތުރުކޮށް ހަރުދަނާ ކުރުމުގެ ގޮތުން ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ހުރި ވަގުތީ ރައްކާތެރިކަން ފޯރުކޮށްދޭ މަރުކަޒުތައް ތަރައްގީކުރުމުގެ މަސައްކަތް ވެސް އަންނަނީ ކުރަމުންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

"ގައުމީ ރުކުނަކަށް އުނިކަން އަންނަ އެއްވެސް ކަމެއް ނުކުރާނަން"

ރާއްޖޭގެ އިސްލާމްވަންތަކަމާއި، މިނިވަންކަމާއި، އަމިއްލަވަންތަކަން ފަދަ ގައުމީ އެއްވެސް ރުކުނަކަށް އުނިކަން އަންނާނެ ފަދަ ކަމެއް ނުކުރައްވާނެ ކަމުގެ ފުރިހަމަ ޔަގީންކަން މުއިއްޒު ދެއްވި. އެމަނިކުފާނު ވިދާޅުވީ ސަރުކާރުން ނިންމަވާ ކޮންމެ ނިންމެވުމެއް ނިންމަވާނީ ގައުމީ ބަހާތަކަށް ރައްކާތެރިކަން ދީގެން ކަމަށް.

"ރަސްމާލެ ޔަހޫދީންނަށް ދޭން މުއިއްޒަށް އެއްވެސް ހައްގެއް ނެތް"

ރަސްމާލެ މަޝްރޫއު ޔަހޫދީންނާ ގުޅުންހުރި ފަރާތްތަކަށް ދިނުމަށް ރައީސް މުއިއްޒު ނިންމެވި ނިންމެވުމަކީ ރައްޔިތުންގެ ބަހެއް ނެތި ނިންމޭނެ ކަމެއް ނޫން ކަމަށް އިސްމާއީލް ޒަރިޔަންދު ވިދާޅުވެއްޖެ. މި މަޝްރޫއު ހުއްޓުވުމަށް ނޮވެމްބަރު 6 ގައި ބާއްވާ އެއްވުމަށް ހުރަސްނޭޅުމަށް އޭނާ ވަނީ ސަލާމަތީ ބާރުތަކަށް ގޮވާލައްވާފަ.

ސައީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ މާދަމާއަށް އެޖެންޑާކޮށްފި

އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު މަސްއޫލިއްޔަތު އަދާނުކުރައްވާ ކަމަށް ބުނެ އެމްޑީޕީން ހުށަހެޅި އިތުބާރު ނެތްކަމުގެ މައްސަލަ މާދަމާގެ މަޖިލީހަށް ވަނީ އެޖެންޑާކޮށްފައި. މި މައްސަލަ ހުށަހެޅީ ޑޮލަރުގެ ރޭޓު ދަށްކުރުމަށް ވީ ވައުދާ ހިލާފުވުމާއި، ޑިވެލޮޕްމަންޓް ބޭންކުގެ މަސައްކަތް ނުފެށި ދައުލަތުގެ ފައިސާ އިސްރާފުވާ ކަމަށް ބުނޭ.

"ގައުމުގެ ސިޔާދަތަށް އުނިކަން އަންނަ ހިއްސާތަކަށް ޖާގަ ނުދީ"

ގައުމުގެ މިނިވަންކަމާއި ސިޔާދަތަށް އުނިކަން އަތުވެދާނެ އެއްވެސް އިންވެސްޓްމަންޓަކަށް ޖާގަ ނުދިނުމަށް ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް ސަރުކާރަށް ގޮވާލައްވައިފި. މިގޮތުން ރަސްމާލެ މަޝްރޫއު ފަދަ ކަންކަމުގައި ދެފުށް ފެންނަ އުސޫލަކުން މައުލޫމާތު ހާމަކުރުމަށާއި، އިގްތިސާދީ މަންފާއަށްވުރެ ގައުމުގެ މިނިވަންކަން އިސްކުރުމަށް ފައިސަލް ބާރުއެޅުއްވި.

ޖިންސީގޯނާގެ މައްސަލައެއްގައި ކުރީގެ ކައުންސިލަރު ހައްޔަރުކޮށްފި

ޖިންސީ ގޯނާގެ ތުހުމަތުގައި މާފަންނު ދެކުނު ދާއިރާގެ ކުރީގެ ކައުންސިލަރު މުހައްމަދު އައިމަން އިސްމާއިލް ފުލުހުން މިއަދު ވަނީ ހައްޔަރުކޮށްފައި. އޭނާ ހައްޔަރުކޮށްފައިވަނީ މި މައްސަލައިގެ ތަހުގީގު ލަސްވާތީ އޭނާގެ ކުރީގެ އަނބިމީހާ ކަންބޮޑުވުން ފާޅުކޮށްފައިވަނިކޮށް ކަމަށާއި، މިހާރު މައްސަލައިގެ ބޮޑުބައެއް ތަހުގީގުކޮށް ނިމިފައިވާ ކަމަށް ފުލުހުން ބުނޭ.

ސަރުކާރުން މޯލްޑިވްސް ޓާޝަރީ ހޮސްޕިޓަލްސް ގްރޫޕް އުފައްދައިފި

ސަރުކާރުގެ ހުރިހާ ޓާޝަރީ ހޮސްޕިޓަލްތަކެއް އެއް ފުރާޅެއްގެ ދަށުން ހިންގުމަށް "މޯލްޑިވްސް ޓާޝަރީ ހޮސްޕިޓަލްސް ގްރޫޕް" (އެމްޓީއެޗްޖީ) އުފައްދައިފި. މި ބަދަލާއެކު ކުރިން ހޮސްޕިޓަލްތަކުގައި އޮތް ވަކިވަކި ބޯޑުތައް އުވާލައި، 10 ހޮސްޕިޓަލާއި ތެލެސީމިއާ ސެންޓަރު ހިންގާނީ މި ބޯޑުން.

ރިވެލި ބީޗު އަތުލުން މަޑުޖައްސާލަން ކޯޓުން އަމުރުކޮށްފި

ހުޅުމާލޭ ރިވެލި ބީޗް ރެސްޓޯރަންޓް ހިންގުން ހުއްޓުވޭނެ ފަދަ އެއްވެސް އަމަލެއް ނުކުރުމަށް ސިވިލް ކޯޓުން އެޗްޑީސީގެ މައްޗަށް ވަގުތީ އަމުރެއް ނެރެފައި. ނަމަވެސް، ކުލި ނުދައްކާ އޮތް މައްސަލައިގައި އެޗްޑީސީން ވަނީ އެ ރެސްޓޯރަންޓާއެކު ވެފައިވާ އެއްބަސްވުން ބާތިލުކޮށް، އެ ބިން ނަގަން ނިންމާފައިވާކަން އިއްޔެ އިއުލާންކޮށްފައި.

Newsletter

Get the latest news delivered straight to your inbox