ޗައިނާގެ ޖައްވީ އުޅަނދެއް މާސްގައި ޖައްސައިފި

މާސްގައި ޖެއްސި ޗައިނާގެ ޖައްވީ އުޅަނދުގެ އާޓްވޯކެއް.-- ފޮޓޯ: ސީއެންއެސްއޭ

މާސްގައި ޖެއްސި ޗައިނާގެ ޖައްވީ އުޅަނދުގެ އާޓްވޯކެއް.-- ފޮޓޯ: ސީއެންއެސްއޭ

ޗައިނާގެ ޖައްވީ އުޅަނދެއް ކާމިޔާބުކަމާ އެކު މާސްގެ ބިމަށް ތިރިކޮށްފައިވާ ކަމަށް އެ ގައުމުގެ ދައުލަތުގެ މީޑިއާއިން ރިޕޯޓުކޮށްފި އެވެ.

ހަ ފުރޮޅުލީ ޝުރޮންގް ރޮބޮޓް ތިރި ކުރީ މާސްގެ އުތުރުގައިވާ ޔޫޓޯޕިއާ ޕްލެނީޝިއާ ކިޔާ ހިސާބަކަށެވެ. އޭތި މާސްގެ ބިމުގައި ޖެއްސީ ކެޕްސޫލަކާއި، ޕެރެޝޫޓެއް އަދި ރޮކެޓް ޕްލެޓްފޯމެއްގެ އެހީ ގަ އެވެ.

މާސްގެ ބިމަށް ތިރި ކުރުމަކީ ވަރަށް އުނދަގޫ ކަމަކަށް ވާތީ މިއީ ޗައިނާގެ ޖައްވީ އޮޕަރޭޝަންތަކަށް ލިބުނު ބޮޑު ކާމިޔާބެއްގެ ގޮތުގައި އަންނަނީ ފާހަގަކުރަމުންނެވެ.

މީގެ ކުރިން މާސްގެ ބިމުގައި އުޅަނދެއް ޖައްސާފައިވަނީ އެމެރިކާއިން އެކަންޏެވެ. އެހެންކަމުން ޗައިނާ މިއީ މާސްއަށް އުޅަނދެއް ފޮނުވި ދެ ވަނަ ގައުމެވެ.

އެކަން ކާމިޔާބުވުމުން ރައީސް ޝީ ޖިންޕިން ވަނީ އެ މަސައްކަތުގައި އުޅޭ ޓީމަށް މަރުހަބާ ވިދާޅުވެ، ގައުމަށް ހޯދައިދިން ރީތި ނަމަށް ތައުރީފު ކުރައްވައިފަ އެވެ.

ޗައިނާއިން މާސްއަށް ފޮނުވި އޯބިޓާއިން ނަގާފައިވާ އެ ޕްލެނެޓުގެ ބިމުގެ މަންޒަރެއް.-- ފޮޓޯ: ސީއެންއެސްއޭ
ޗައިނާއިން މާސްއަށް ފޮނުވި އޯބިޓާއިން ނަގާފައިވާ އެ ޕްލެނެޓުގެ ބިމުގެ މަންޒަރެއް.-- ފޮޓޯ: ސީއެންއެސްއޭ

ޗައިނާއިން މާސްއަށް ފޮނުވި އޯބިޓާއިން ނަގާފައިވާ އެ ޕްލެނެޓުގެ ބިމުގެ މަންޒަރެއް.-- ފޮޓޯ: ސީއެންއެސްއޭ

ޗައިނާގެ ދައުލަތުގެ މީޑިއާއިން ބުނީ އުޅަނދު މާސްގެ ބިމަށް ޖެއްސީ މިއަދު ހެނދުނު ޗައިނާ ގަޑިން 07:18 ގައި ކަމަށެވެ. ބިމަށް ތިރި ކުރުމަށް ފަހު އުޅަނދުގައިވާ ސޯލާ ޕެނަލްތައް ހުޅުވާލައި، ދުނިޔެއަށް ސިގްނަލެއް ފޮނުވަން ނެގީ 17 މިނެޓެވެ.

ޝުރޮންގް ރޮބޮޓް މާސްއަށް ފޮނުވީ މިދިޔަ ފެބްރުއަރީ މަހު އެ ޕްލެނެޓުގެ އޯބިޓަށް ޗައިނާއިން ފޮނުވި ޓިއަންވެން-1 އޯބިޓާ ގަ އެވެ. މިދިޔަ ފެބްރުއަރީ މަހުން ފެށިގެން މާށް ވަށާ ބުރު ޖަހަމުންދާ އެ އޯބިޓާއިން އަންނަނީ އެ ޕްލެނެޓުގެ ގިނަ ފޮޓޯތަކެއް ނަގައި، ދުނިޔެއަށް ފޮނުވަމުންނެވެ.

ފޮޓޯތަކުގެ ބޭނުމަކީ ޝުރޮންގް ރޮބޮޓު މާސްގެ ބިމަށް ތިރި ކުރަން އެންމެ ރައްކާތެރި ހިސާބެއް ދެނެގަތުމެވެ.

ޝުރޮންގް ރޮބޮޓުގެ ކުޑަ މޮޑެލްއެއް.-- ފޮޓޯ: ގެޓީ އިމޭޖަޒް
ޝުރޮންގް ރޮބޮޓުގެ ކުޑަ މޮޑެލްއެއް.-- ފޮޓޯ: ގެޓީ އިމޭޖަޒް

ޝުރޮންގް ރޮބޮޓުގެ ކުޑަ މޮޑެލްއެއް.-- ފޮޓޯ: ގެޓީ އިމޭޖަޒް

ޝުރޮންގް ރޮބޮޓް މާސްގެ ބިމުގައި ހަރަކާތްތެރިވާންވީ ގޮތުގެ ކޮމާންޑް ދިނުމަކީ ވެސް ގޮންޖެހުންތައް ހުރި ކަމެކެވެ. އެއީ މާސް އާއި ދުނިޔެއާ ދެމެދުގައި 320 މިލިއަން ކިލޯމީޓަރު ހުރުމުން ރޭޑިއޯ މެސެޖު އެ ފޯރަން 18 މިނެޓު ނަގާތީ އެވެ.

ނަމަވެސް ޗައިނާއިން އަންނަނީ ޖައްވީ އޮޕަރޭޝަންތަކުގައި ގޮންޖެހުންތައް ގިރާކޮށް ގިނަ ކުރިއެރުންތައް ހޯދަމުންނެވެ. އެގޮތުން މާސްގެ ބިމުގައި އުޅަނދެއް ޖައްސާފައި ވާއިރު، މީގެ ކުރިން ވަނީ ހަނދުގެ ބިމަށް ވެސް ދެ އުޅަނދު ޖައްސާފަ އެވެ.

މާސްގެ ބިމަށް ތިރި ކުރި ޝުރޮންގް ރޮބޮޓު ބޭނުންކޮށްގެން ސައިންޓިސްޓުން މަސައްކަތް ކުރާނީ މަދުވެގެން 90 ދުވަސް ވަންދެން އެ ތަނުގައި އޭތި ދުއްވާ، މާސްގެ ބިމާ ގުޅޭ މައުލޫމާތު އެއް ކުރުމަށެވެ. މާސްގައި އެއް ދުވަހުގެ ދިގުމިނަކީ 24 ގަޑިއިރާއި 39 މިނެޓެވެ.

ޗައިނާއިން މާސްއަށް ފޮނުވި ރޮބޮޓާއި އެމެރިކާގެ ޖައްވީ އިދާރާ، ނާސާއިން މީގެ ކުރިން މާސްއަށް ފޮނުވި އުޅަނދުތަކާ ދާދި އެއް ގޮތެވެ. ޝުރޮންގްގެ ބަރުދަނުގައި 240 ކިލޯ ހުރެ އެވެ. އެއަށް ހަކަތަ ލިބެނީ ސޯލާ ޕެނެލް ބޭނުންކޮށްގެންނެވެ.

އޭގައި ހަރުކޮށްފައިވާ ދިގު ދަނޑިއެއް ކަހަލަ އެއްޗެއްގައި ކެމެރާއެއް އިނދެ އެވެ. ކެމެރާއިން އެހީވާނީ އުޅަނދު ދުއްވުމަށާއި ފޮޓޯ ނެގުމަށެވެ. މާސްގެ ބިމުގައިވާ ވެއްޔާއި ގާ އަދި ފެން ނުވަތަ ގަނޑުފެން ފަދަ ތަކެތި ދިރާސާ ކުރަން އިތުރު ފަސް އާލާތް އޭގައި ހިމެނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޑިމޮކްރެޓް އޮފިޝަލަކު ރިޕަބްލިކަން ކެންޑިޑޭޓަށް ތާއީދުކޮށްފި

މިޝިގަންގެ ސެނެޓް އިންތިޚާބަށް ދެ ދުވަހަށް ވެފައި ވަނިކޮށް، ޑިމޮކްރެޓިކް ޕާޓީގެ އިސް މެންބަރު ހޭލީ ސްޓީވަންސް ވަނީ އަމިއްލަ ޕާޓީގެ ކެންޑިޑޭޓާ އުފެދުނު ޚިޔާލުތަފާތުވުންތަކާ ހުރެ ރިޕަބްލިކަން ކެންޑިޑޭޓް މައިކް ރޮޖާސްއަށް ތާއީދުކުރަން ނިންމާފައެވެ. ސްޓީވަންސްގެ މި ކުއްލި ނިންމުމާ ގުޅިގެން ޑިމޮކްރެޓިކް ޕާޓީގެ ތެރޭގައި ބޮޑު ސިހުމެއް އުފެދިފައިވާއިރު، ބައެއް މެންބަރުން މިކަން ސިފަކުރަނީ ޕާޓީއަށް ވީ ބޮޑު ޚިޔާނާތެއްގެ ގޮތުގައެވެ.

އިންތިހާބު ވަގަށް ނެގީ ގަތަރުން ރާވައިގެން: ނަތަންޔާހޫ

އިސްރާއީލުގެ އިންތިޚާބަށް ބޭރުގެ ނުފޫޒު ފޯރުވި ކަމަށް ބުނެ ނަތަންޔާހޫގެ ޕާޓީން ކުރާ ތުހުމަތުތަކުން އިންތިޚާބުގެ ނަތީޖާއަށް ބަދަލެއް ނާންނާނެ ކަމަށް އެ ގައުމުގެ އިލެކްޝަންސް ކޮމިޝަނުން ބުނެފިއެވެ. ނަތަންޔާހޫގެ ޕާޓީން ގަތަރާއި އަރަބި ޕާޓީތަކަށް ވޯޓު އޮޅުވާލުމުގެ ތުހުމަތު ކުރާއިރު، ގަތަރާއި އަރަބި ލީޑަރުން ވަނީ އެ ވާހަކަތައް ދޮގުކޮށް އެއީ ސިޔާސީ ނުފޫޒު ފޯރުވުމެއް ކަމަށް ބުނެފައެވެ.

ވޯލް ސްޓްރީޓް ޖާނަލްއާ ދެކޮޅަށް ހުށަހެޅި ދައުވާ ބޭރުކޮށްފި

ޖެފްރީ އެޕްސްޓީންއާ ގުޅުވައި ވޯލް ސްޓްރީޓް ޖާނަލްއިން ޝާއިއުކުރި ރިޕޯޓަކާ ގުޅިގެން ޓްރަމްޕް ހުށަހެޅުއްވި 10 ބިލިއަން ޑޮލަރުގެ އަބުރުގެ ދައުވާ އެމެރިކާގެ ކޯޓަކުން ބޭރުކޮށްލައިފިއެވެ. ފަނޑިޔާރު މި މައްސަލަ ބޭރުކޮށްލެއްވީ ނޫސްވެރިކަމުގެ މިނިވަންކަމާ ފުށުއަރާ ކަމަށް ނިންމަވައި، ދެން ދުވަހަކުވެސް މި މައްސަލަ ހުށަނޭޅޭނެ ގޮތަށެވެ.

ޕަލެސްޓައިން އެކްޝަންއަށް ތާއީދުކޮށް އެއްވި 300 މީހުން ހައްޔަރު

ލަންޑަނުގައި ހުންނަ އެމެރިކާ އެމްބަސީ ކައިރީގައި، މަނާކޮށްފައިވާ "ޕަލެސްޓައިން އެކްޝަން" ގްރޫޕަށް ތާއީދުކޮށް މުޒާހަރާކުރި 300 އަށްވުރެ ގިނަ މީހުން ޓެރަރިޒަމްގެ ގާނޫނުގެ ދަށުން އިނގިރޭސި ފުލުހުން ވަނީ ހައްޔަރުކޮށްފައެވެ. މި ޖަމާއަތް މަނާކުރި މައްސަލަ ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރުމުގެ ފުރުސަތު ލިބިފައިވާއިރު، އެމްނެސްޓީ އިންޓަނޭޝަނަލް އިން ވަނީ މި ހައްޔަރުކުރުންތަކަށް ފާޑުކިޔައި އެ ގްރޫޕް މަނާކޮށްފައި އޮތް އޮތުން ނިމުމަކަށް ގެނައުމަށް ގޮވާލާފައެވެ.

ގަލްފު ސަރަހައްދުގައި ގަތަރުގެ ތެޔޮ ބޯޓަކަށް ހަމަލާ ދީފި

ގަލްފު ސަރަހައްދުން ދަތުރުކުރި ގަތަރުގެ "އަލް މައިދާ" ނަމަކަށް ކިޔާ ގޭސް ބޯޓަކަށް ހަމަލާއެއް ދީފި އެވެ. މި ހަމަލާގައި އެއްވެސް މީހަކަށް އަނިޔާއެއް ނުވާ އިރު، ބޯޓުގެ އޮޕަރޭޝަންތައް ހުއްޓުމެއް ނެތި ކުރިއަށްދާ ކަމަށް ގަތަރު ގޭސް ޓްރާންސްޕޯޓް ކޮމްޕެނީން ބުނެއެވެ. މިއީ އީރާނާއި އެމެރިކާ އަދި އިސްރާއީލާ ދެމެދު ހިނގަމުންދާ ހަމަނުޖެހުންތަކާ ގުޅިގެން ވިޔަފާރި އުޅަނދުތަކަށް އަމާޒުކޮށް ދެމުންދާ ހަމަލާތަކުގެ ތެރެއިން ހިނގި ހާދިސާއެކެވެ.

އިގްތިސާދީ މަޖުބޫރުކުރުންތަކާ މެދު "ކުއަޑް"ގެ ކަންބޮޑުވުން

އިތުބާރު ހުރި ސަޕްލައި ޗެއިންތަކެއް ބިނާކުރުމަށާއި، މާކެޓް އުސޫލުތަކާ ޚިލާފަށް ކުރިމަތިވާ އިގްތިސާދީ މަޖުބޫރުކުރުންތަކާ މެދު "ކުއަޑް" އިއްތިހާދުގެ ގައުމުތަކުން ކަންބޮޑުވުން ފާޅުކޮށްފިއެވެ. މި ބައްދަލުވުމުގައި މިނިވަން އިންޑޯ-ޕެސިފިކް ސަރަހައްދަކަށް ތާއީދުކޮށް، އެ ސަރަހައްދުގެ އޭއައި ޓެކްނޮލޮޖީ ކުރިއެރުވުމަށް 85 މިލިއަން ޑޮލަރުގެ އެހީ ދިނުމަށް ވަނީ އެއްބަސްވެފައެވެ.

ކޮޕް17 ގައި އެއްބަސްވުމަކާ ހަމައަށް، ފައިސާގެ މައްސަލަ ބޮޑު

އަރްމީނިއާގައި ބޭއްވި ކޮޕް17 ކޮންފަރެންސްގައި ދުނިޔޭގެ ދިރުންތަކުގެ ނަސްލު ހިމާޔަތްކުރުމުގެ މަސައްކަތް ވަރުގަދަކުރުމަށް "ޔެރެވަން ޕާތުވޭ" ގެ ނަމުގައި އެއްބަސްވުމެއް އެކުލަވާލައިފިއެވެ. ނަމަވެސް، މި މަސައްކަތްތަކަށް ބޭނުންވާ ފައިސާ ހޯދާނެ ގޮތަކާ މެދު ގައުމުތަކުގެ މެދުގައި އަދިވެސް ވަނީ ގޮތެއް ނުނިންމި ހިޔާލުތަފާތުވުންތަކެއް އުފެދިފައެވެ.

Newsletter

Get the latest news delivered straight to your inbox