ދިގުވާހަކަ: އޮލިމްޕަސް

ދިގުވާހަކަ: އޮލިމްޕަސް

(އާދީއްތަ ދުވަހުގެ ބަޔާ ގުޅޭ)

ޝިމާނާގެ ލޮލާ ނިންޖާ ގުޅުން ކެނޑިގެން މި އުޅެނީ، މި ފަދަ ޚިޔާލުތަކެއް އޭނާ ފިއްތަމުން ގުޅަވަށަމުން ގެންދާތީއެވެ. އެހެންކަމުން އެ ރޭ އޭނާއަށް ނިދުނީ ވަރަށް ދަންވިފަހުންނެވެ. ފަތިހު ހޭލިިއރު، ބޮލަށް ވަނީ ބަރުވެފައެވެ. އޮފީހަށް ދާން ތައްޔާރުވެގެން ނިކުތްއިރު ބަދޫރާ އުޅެނީ ބަދިގޭގައި ސައިތައްޔާރުކުރާށެވެ.

ޝިމާނާ ސައިހަދަން ހުއްޓާ، ބަދޫރާ އައިސް އޭނާގެ ގާތަށް ހުއްޓުނީ، ބޮޑު ވާހަކައެއް ބުނާން ބޭނުންވެެގެން ހުއްޓޭ ކަހަލަ ގޮތަކަށެވެ. އޭނާ އެ އުޅެނީ ޝިމާނާގެ ގާތުގައި ކައިވެނީގެ ވާހަކަ ދައްކާށެވެ. އެއީ އޭނާ ދައްކާން ބޭނުންވާ ވާހަކައެއް ނޫނެވެ. ޝިމާނާ މީހަކާ ދެވާން އަތުކުރި އޮޅާލައިގެން ނިކުުތުމަކީ، އޭނާ ކުރާން ބޭނުންވާ ކަމެއް ނޫނެވެ. ޝިމާނާގެ ކައިވެންޏަކީ ޝިމާނާގެ ޙައްޤެކެވެ. އެކަން ކުރާނެ ދުވަހަކާއި ވަގުތެއް ކަނޑައަޅާނީ، ޝިމާނާއާއި އޭނާގެ ބައިވެރިޔާއެވެ. އެހެންނަމަވެސް ބަދޫރާގެ އެ ގަބޫލުކުރުމާ ދެކޮޅަށް މިއަދު ފިޔަވަޅު އަޅާން މަޖުބޫރުކުރީ، އިޤުބާލުގެ ވިސްނުމާއި ފިކުރެވެ. އޭނާގެ އަމަލުތަކެވެ. އެހެންކަމުން މިހާރު ބަދޫރާ ވެސް ބޭނުންވަނީ ވިހައިވެސް އަވަހަށް ޝިމާނާއާއި ނަޖާހުގެ ކައިވެނި ކުރުވާށެވެ.

"މަންމަ އެއްޗެއް ބުނާން އުޅޭހެން ހާދަ ހީވޭ."

"އެއްޗެއް ބުނާށޭ މި އުޅެނީ." ކާމޭޒުކައިރީގައި އިށީންނަމުން ބަދޫރާ ބުންޏެވެ. "ތި ސައިތަށި ހިފައިގެން އައިސް މިތާ އިށީނދެބަލަ!"

ތެޅިތެޅި އޮތް ހިތަކާ ޝިމާނާ އައިސް ގޮނޑިއެއް ދަމާލައިފައި މޭޒުކައިރީގައި އިށީނދެއްޖެއެވެ. އޭނާގެ ހިތް ބުނަމުން ދަނީ، މަންމަ ދައްކަން އެ އުޅެނީ، ރޭގެ ވާހަކަ ކަމަށެވެ. ރޭ ނަޖާހާއެކު ބޭރަށް ނުދިޔައިމާ، ބައްޕަ ކޮންމެވެސް އެއްޗެއް ކިޔައިގެން އެ ވާހަކަ ކަމަށެވެ.

"މީ މަންމައާއި ބައްޕަގެ ފަރާތުން ބުނާ ވާހަކައެއް! އެނގޭ ދަރިފުޅުމެންގެ އަމިއްލަ ކަމެއްގެ ތެރެއަށް ވަދެވެނީކަން ވެސް. އެހެންނަމަވެސް މިހާލަތަށް ބަލާއިރު، މި ނޫންގޮތެއް ވާކަށް ނެތް. ވީ އެންމެ އަވަހަކަށް ދަރިފުޅާއި ނަޖާހާ ކައިވެނިކުރަން އުޅޭ!"

މަންމަގެ ފަހު ޖުމުލަ އިވިފައި، ޝިމާނާއަށް ލިބުނު ކުއްލި ސިހުމާއެކު ފުންމައިގެން ތެދުވެވުނެވެ. އަތުން ޖެހިފައި ކައިރީގައި ހުރި ސައިތަށި ނުވެެއްޓުނީ ވެސް ކިރިޔާއެވެ. މަންމަގެ ދުލުން ބޭރުވި އެ ޖުމުލައަކީ، މަންމަ ބުނެފާނޭކަމަށް އޭނާ ހީކުރި ޖުމުލައެއް ނޫނެވެ. އޭނާއަށް ބުނާނޭ އެއްޗެއް ނޭގިފައި ހުއްޓާ، މަންމަ ދައްކަންވި ވާހަކައެއް ދައްކާފައި ގޮސް ކޮޓަރިއަށް ވަދެއްޖެއެވެ.

ސައިތަށިން އެންމެ ކޯވަރެއް ވެސް ޝިމާނާއަކަށް ނުބޮވުނެވެ. އެ ހުރި ފިޔަވަޅުމަތީގައި ހުރެހުރެފައި، އެންމެފަހުން ސައިތަށި ގެންގޮސް ސިންކަށް އަޅައިލުމަށްފަހު ގެއިން ނިކުތީއެވެ. އޭނާގެ ބޯހާސްވެ، ސިކުނޑިއަށް ވަނީ ބަރުވެފައެވެ. އޮފީހަށް ގޮސް ވަންއިރު، އޭނާގެ ބޯމަތީގައި ހައެއްކަ ހަންދަރު ބަހައްޓާފައި ހުރި ކަހަލައެވެ.

އޮފީހުގައި ވެސް ޝިމާނާއަށް އިނދެވުނީ ހުއްޓުން އަރާފައެވެ. ކަމެއް ކުރާހިތް ނުވެފައެވެ. ވިސްނެނީ މަންމަ ދެއްކި ވާހަކައާ މެދުގައެވެ. ނަޖާހާ އޭނާ ކައިވެނިކުރާނީ ކިހިނެއް ހެއްޔެވެ؟ ނަޖާހުދެކެ އޭނާ ލޯބިނުވާތާނގައި އިންތިހާއަށް ފޫހިވެއެވެ. އަނެއްކޮޅުން ފައިރޫޒާ ނުލައި އޭނާއަކަށް ދިރިއެއް ނުހުރެވޭނެއެވެ. ފަރިރޫޒުގެ އެއްވެސް ކުށެއްެނެތި އޭނާ ދޫކޮށްލާފައި އެހެން މީހަކާ ކައިވެނިކުރާނީ ކިހިނެއް ހެއްޔެވެ؟ އަމިއްލަ ހިތުގައި ކޮޅުފައިން ޖަހާފައި، އެހެން މީހެއްގެ ހިތުގައި ފިރުމައިލަ ފިރުލައިމަ އިނުމަކީ އިންސާފެއް ނޫނެވެ.

މޭޒުދޮށުގައި ހުއްޓުން އަރާފައި ޝިމާނާ އިންދާ، އޭނާގެ ފޯނު ރިންގުވާން ފަށައިފިއެވެ. ޝިމާނާ ފޯނުނެގިއެވެ.

"ކޮން ދުނިޔެއެއްގަ ތި އުޅެނީ؟" ޝިމާނާ ހަލޯއޭ ބުނުމާއެކު އިވުނީ ފަރީޙާގެ އަޑެވެ.

"އޮފީހުގަ މި އިނީ. ފަރީޙާ ކޮންތާކު؟"

"ގޭގަ. ކަންތައް ވަރަށް ގޯސްވެގެން އުޅޭ ވާހަކަ އައިޝާ ބުނި. ތެދެއްތަ؟"

އާނ، ގޯސްވާނީ ދެން މިހައިކަންހައި ވަރަށް." ޝިމާނާއަށް ފުން ނޭވާއެއް ދޫކޮށްލެވުނެވެ.

"ކިޔައިދީބަލަ!" ފަރީހާ ބޭނުންވަނީ ޝިމާނާގެ ފުށުން އޮޅުންފިލުވާށެވެ.

"ކީކޭ ކިޔާނީ ވެސް. މިއަދު އެންމެފަހުން މަންމަ ބުނެފި ނަޖާހާ އިންނާށޭ!"

"އެން؟ ކީކޭ؟ ނަޖާހާ އިންނާށޭ؟ ސަމާސާކުރަނީތަ؟" ފަރީޙާއަކަށް ގަބޫލެއް ވެސް ނުކުރެވުނެވެ.

"ސަމާސާއެއް ނޫން! ހަމަ ހުވާކޮށްފަ މި ބުނި." ޝިމާނާގެ އަޑުގައި ވަނީ ރިހުން އުފެދިފައެވެ.

"ދެން؟ ދެން ފައިރޫޒު؟" ފަރީހާއަށް ވެސް ހުރެވުނީ ބުނާނެ އެއްޗެއް ނުވިސްނިފައެވެ.

"ނޭނގެ ދެން ހަދާނެ ގޮތެއް ވެސް." ޝިމާނާގެ އަޑު ތުރުތުރު އަޅަންފެށިއެވެ.

"ކީއްވެތަ ކުއްލިއަކަށް ކައިވެންޏާހަމައަށް ތި ދިޔައީ؟"

"މަށަށް ހީވަނީ މީ ބައްޕަގެ ކަންތައްހެން. ނަޖާހާ ހެދި ބައްޕަ ހުންނަނީ ފާޑަކަށް މޮޔަވެފަ. މަށަކަށް ނޭނގެ އެ ނަޖާހަކު، އެ އުޅެނީ ބައްޕައަށް ކޮން ފަދަ ސިހުރެއް ހަދައިގެން ކަމެއް ވެސް."

"ބައްޕަގާތުގައި ބުނެބަލަ ނަޖާހުދެކެ ލޯތްބެއް ނުވެއޭ!"

"ލާހިކެއް ނޫން! ބައްޕަ ބޭނުންވާ ކަމަކާ ދެކޮޅު ހަދައިފިއްޔާ ކަންތައް ވަރަށް ބޮޑުކޮށްލާނެ!"

"ދެން މަންމައަށް ޙަޤީޤަތް ކިޔައިދޭންވީނު."

"ފާޑުފާޑުގެ ޑްރާމާކުޅެފަ ކެރޭތަ ކިޔައިދޭން. އެ ކަހަލަ ކަމެއް މަ ކުރިކަން އެނގިއްޖެއްޔާ މަންމަ ވަރަށް ރުޅި އަންނާނެ. އެންމެފަހުން ކިހައި ބޮޑު ކެއްސެއް މަށަށް މި ލިބުނީ!"

"އެކަމަކު ތިހެން ތިކަން ވެގެން ނުވާނެ!" ފަރީޙާއަކަށް ވެސް އެކަން ބަލައެއް ނުގަނެވެއެވެ.

"ދެން ކިހިނެއްތަ ހަދާނީ؟"

"ނަޖާހު އާންމުކޮށް ގުޅާ ގަޑިއަށް ފޯނު ނިވާލާފައި ބާއްވަންވީނު."

"ފޯނު ނިވާލައިފައި އޮތިއްޔާ ދެން އަންނާނީ ގެއަށް. ބައްޕަ ހުންނާނީ އޭނާއަށް މަރުހަބާ ކިޔަން ތައްޔާރަށް."

"ހަމަޖެހޭ! މަ މޮޅު ގޮތެއް ވިސްނާނަން! އެއްގޮތަކަށް ވެސް ނަޖާހާ ކައިވެނިކޮށްގެން ނުވާނެ! އެއޮއް ފަދަ ފައިރޫޒު ހުއްޓާ ތި ކަހަލަ ކަމެއް ކުރެވިގެން ނުވާނެ!"

ފަރީހާ ފޯނު ބޭއްވީ ނަޖާހުގެ ކިބައިން ސަލާމަތްވެވޭނެ މަގެއް ހޯދައިދޭނެ ކަމަށް ބުނެފައެވެ. އެހެންކަމުން އެ ކޯލު ނިންމާފައި ފޯނު ބޭއްވިއިރު، ޝިމާނާގެ ބޮލަށް ވަނީ ކޮންމެވެސް މިންވަރަކަށް ލުއިވެފައެވެ. ހިތަށް ހަމަޖެހުމެއް ލިބިފައެވެ. އޭނާ އޮފީހުގެ މަސައްކަތަށް އެނބުރުނީ އުއްމީދަކާއެކުގައެވެ.

އިރާކޮޅުގެ ވަގުތެވެ. އިޤުބާލު މިސްކިތުން ފައިބައިގެން އައިސް ގެއަށް ވަދެ، ސިޓީންރޫމުގައި ޖައްސާލިއެވެ. މާ ގިނައިރެއް ނުވެ، ދޮރޯށި ހުޅުވާލައިފައި ވަންތަން ފެނުނީ ނަޖާހެވެ. ނަޖާހު ފެނުމާއެކު އިޤުބާލު ހިނިތުންވެލިއެވެ. އަވަހަށް އަންނާށޭ ކިޔައި، އަތުން އިޝާރާތްކޮށްލިއެވެ.

ނަޖާހު އައިސް އިށީންނުމާއެކު، އިޤުބާލު ފެށީ ކައިވެނީގެ ވާހަކައެވެ. މާ ގިނަ ދުވަސް ނުކޮށް ކައިވެނިކުރަން އެދޭ ވާހަކައެވެ. މި ވާހަކަތައް އަޑުއަހަން ނަޖާހު އިނީ، އުފަލުން ފޮޅިފައިވާ ހިތަކާއެކުގައެވެ. އެއީ އޭނާ ވެސް ބޭނުންވާ ގޮތެވެ. ކައިވެނި ނުކޮށް ގިނަ ދުވަސްކުރާކަށް ބޭނުމެއް ނޫނެވެ. އެހެންނަމަވެސް އެ ވާހަކަ އިސްވެ ފަށާން ނުކެރިފައި ހުއްޓާ، އިޤުބާލު އެ ވާހަކަ ފެށުމުން އޭނާއަށް ލިބުނީ، ވަރަށް ބޮޑު ހިތްހަމަޖެހުމެކެވެ.

"އަހަރެން ވެސް ބޭނުންވާ ގޮތަކީ ތީ. އެކަމަކު ޝިމާގެ ޚިޔާކެއް ވެސް ހޯދަންވާނެ!" އިޤުބާލުގެ ވާހަކަތައް އަޑުއަހާން އިނދެފައި ނަޖާހު ބުންޏެވެ.

"މަންމަ ލައްވާ އެ މަންޖެއާ މިއަދު ވާހަކަ ދައްކައިފިން. ދަރިފުޅުގެ ގޭ މީހުންނާ ވާހަކަ ދައްކާފަ މި މަހުގެ ކޮންމެވެސް ތާރީޚެއް ހަމަޖައްސާ!"

"ޝިމާ ކޮބާ؟" ލިބުނު އުފަލެއްގެ ބޮޑުކަމުން ނަޖާހަށް އަހައިލެވުނެވެ. އޭނާ މިހާރު ބޭނުންވަނީ، އެ އުފާވެރި މޫނާއެކު ޝިމާނާއާ ބައްދަލުވެލާށެވެ. ހަތަރުކަޅި ހަމަކޮށްލާށެވެ. ހިނިތުންވެލައިގެން ހުރެ ވާހަކަ ދައްކައިލާށެވެ.

"އެބަ އުޅޭ! ގުޅައިލަބަލަ!"

"ފޯނު ނިވާލައިފަ އޮތީ."

"އެހެންތަ؟ ކޮޓަރީގައި ހެން ހީވަނީ. ގޮވައިލާންވީ ދޯ!"

އިޤުބާލު ތެދުވެގެން ހިނގައިގަތީ، ޝިމާނާގެ ކޮޓަރިއާ ދިމާއަށެވެ. ކޮޓަރީގެ ދޮރުގައި ދެ ފަހަރަކު ޓަކި ޖަހައިލުމާއެކު ދޮރު ހުޅުވައިފިއެވެ. އޭރު ޝިމާނާގެ މޫނުމަތީން ފެންނާން ހުރީ މާޔޫސްކަމެވެ. ކަންބޮޑުވުމެވެ. އެހެންނަމަވެސް މިއިން އެއްވެސް ކުލައެއް އަސަރެއް އިޤުބާލަކަށް ފާހަގައެއް ނުކުރެވެއެވެ.

"ދަރިފުޅާ! ކީއް ތި ކުރަނީ؟"

"ނަމާދުކޮށްލައިގެން އޮތީ." އޭނާ އެ އޮތީ ބޮލުގައި ރިއްސާތީއެވެ.

"ނަޖާހު އެބަ އިން އައިސް. ރީތިވެލައިގެން އަވަހަށް ނިކުމޭ!"

އިޤުބާލު ދިޔުމާއެކު ޝިމާނާއަށް ރޮވުނެވެ. އޭނާ ކޮޓަރީ ދޮރުލައްޕާފައި، ގޮސް އެނދުމަތީގައި ބަނޑުވަތަށް އޮށޯތެވެ. ބޭނުންވަނީ ހިތް ފުރޭންދެން ރޮއިލާށެވެ. (ނުނިމޭ)

ކޮމެންޓް

ފަހުގެ ޚަބަރު

އެޒްޓެކް ލިޔުމެއް 186 އަހަރަށްފަހު މެކްސިކޯއަށް

ސްޕޭނުގެ އިސްތިއުމާރީ ދުވަސްވަރުގެ އެޒްޓެކް ހަޟާރަތުގެ ތާރީޚު ކިޔައިދޭ "ކޯޑެކްސް އަޒްކަޓިޓްލާން" ކުރެހުން، 186 އަހަރަށްފަހު ފަރަންސޭސިވިލާތުން މެކްސިކޯއަށް ގެންގޮސްފިއެވެ. މި ލިޔުން މެކްސިކޯއަށް ދޫކުރީ ދެ ގައުމުގެ ދެމެދުގައި އޮތް ސިޔާސީ ގުޅުމަށް 200 އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން، ދެ ގައުމުގެ އާސާރީ ދެ ލިޔުމެއް ވަގުތީގޮތުން ބަދަލުކުރުމަށް ވި އެއްބަސްވުމެއްގެ ދަށުންނެވެ.

ކޮއްކޯފުޅުގެ ފޮތުގައިވާ ތުހުމަތުތައް ގަނޑުވަރުން ދޮގުކޮށްފި

ޕްރިންސަސް ޑަޔާނާގެ ކޮއްކޯފުޅު އާލް ޗާލްސް ސްޕެންސާ ނެރުއްވާ ފޮތެއްގައި، ޑަޔާނާގެ ޖަނާޒާގެ ކުރިން ރަސްގެފާނު ޗާލްސް ދެއްކެވި ކަމަށް ބުނާ ވާހަކަތަކެއް ބަކިންހަމް ޕެލެސްއިން ދޮގުކޮށްފިއެވެ. ގަނޑުވަރުން ނެރުނު ބަޔާނުގައި ބުނެފައިވަނީ އާއިލާގެ މީހަކު ވަކިވުމުން ލިބޭ ހިތާމައިގެ ސަބަބުން ކަންކަން ހަނދާން ހުންނަ ގޮތަށް ބަދަލު އަތުވެދާނެ ކަމަށް ރަސްގެފާނު ގަބޫލުފުޅު ކުރައްވާ ކަމަށެވެ.

މީދަލުގެ ސިކުނޑީގެ ތެރޭގައި އިންސާނުންގެ ސެލް ހިމަނައިފި

އެމެރިކާގެ ސައިންސްވެރިން މީދަލުގެ ސިކުނޑީގައި އިންސާނުންގެ ސެލްތައް އަށަގަންނުވައިގެން ކާމިޔާބު ތަހުލީލެއް ކޮށްފިއެވެ. މި ދިރާސާގެ މައިގަނޑު ބޭނުމަކީ އިންސާނުންނަށް މެދުވެރިވާ ނަފްސާނީ އަދި ސިކުނޑީގެ ބަލިތައް ދެނެގަނެ، އެފަދަ ބަލިތަކަށް ފަރުވާ ހޯދުމަށް ކުރާ މަސައްކަތްތައް އިތުރަށް ހަރުދަނާކުރުމެވެ.

އެޑް ދިފާއުކުރަން ނުކުތީ ކޮންސެޓް ބާއްވާ ތަނުގެ ޔަހޫދީ ވެރިޔާ

ފަލަސްތީނަށް ތާއީދުކުރާ ރެޕް ލަވަކިޔުންތެރިޔާ މެކްލްމޯ، އެޑް ޝީރަންގެ ކޮންސަޓުން ވަކިކުރުމާ ގުޅިގެން އަމާޒުވި ފާޑުކިޔުންތަކާ އެކު، ސްޓޭޑިއަމްގެ ވެރިޔާ ރޮބަޓް ކްރާފްޓް ވަނީ ޝީރަންގެ ދިފާއުގައި ވާހަކަދައްކާފައެވެ. ކްރާފްޓް ހާމަކުރި ގޮތުގައި ޝީރަން ވަނީ ފަލަސްތީނު ހިމެނޭ ސަރަހައްދަށް އިންސާނީ އެހީގެ ގޮތުގައި ދެ މިލިއަން ޑޮލަރު ހަދިޔާކުރުމަށް އެދިފައެވެ. މީގެ އިތުރުން، މެކްލްމޯ ވަކިކުރީ އޭނާ ނަފުރަތު އުފައްދާ ވާހަކަދައްކާތީ ކަމަށާއި، ޝީރަން އަކީ އެ ސަރަހައްދުގެ ސުލްހައަށް މަސައްކަތްކުރާ ފަރާތެއްކަން ކްރާފްޓް ފާހަގަކުރިއެވެ.

މެކްލްމޯ ވަކިކުރުމުން އެހެން ފަންނާނުން ޓުއާ ބޮއިކޮޓްކޮށްފި

ފަލަސްތީނަށް ތާއީދުކޮށް ވާހަކަދެއްކުމުން ރެޕް ލަވަކިޔުންތެރިޔާ މެކްލްމޯ، އެޑް ޝީރަންގެ ޓުއާ އިން ވަކިކުރުމާ ގުޅިގެން އެ ދަތުރުގައި ބައިވެރިވާ އެހެން ހުރިހާ ފަންނާނުން ޓުއާ ބޮއިކޮޓްކޮށްފިއެވެ. މީގެ ތެރޭގައި ފިނިއަސް އާއި ލޫކަސް ގްރަހަމް ފަދަ މަޝްހޫރު ފަންނާނުން ހިމެނޭއިރު، އެ ފަރާތްތަކުން ބުނެފައިވަނީ މިއީ ހައްގު ބަސް ބުނާ ފަންނާނުންގެ އަޑު ކަނޑުވާލުމާ ދެކޮޅަށް ނިންމި ނިންމުމެއް ކަމަށެވެ.

ޖަޕާނުގައި 100 އަހަރުން މަތީގެ މީހުންގެ އަދަދު އެއްލައްކައަށް

ޖަޕާނުގައި އުމުރުން 100 އަހަރުން މަތީގެ މީހުންގެ އަދަދު ފުރަތަމަ ފަހަރަށް އެއްލައްކައަށް ވުރެ މައްޗަށް އަރާފައިވާއިރު، މީގެ ތެރޭގައި ގިނައީ އަންހެނުންނެވެ. މިގޮތަށް އުމުރު ދިގުވުމުގެ މައިގަނޑު ސަބަބުތަކަކީ އެ ގައުމުގެ މީހުންގެ ދުޅަހެޔޮ ކެއުމުގެ އާދަތަކާއި ހަރަކާތްތެރި ދިރިއުޅުމެވެ. ނަމަވެސް، އާބާދީ މުސްކުޅިވަމުންދާތީ އިޖުތިމާއީ ރައްކާތެރިކަމުގެ ނިޒާމު ދެމެހެއްޓުމުގައި ޖަޕާނަށް ވަނީ ގޮންޖެހުންތަކާ ކުރިމަތިލާން ޖެހިފައެވެ.

ސިންގަޕޫރު މީހުން ހަޔާތުގެ ފަހު 11 އަހަރު ހޭދަކުރަނީ ބަލިހާލުގައި

ދުނިޔޭގެ އެންމެ ދިގު އުމުރެއް އޮންނަ ގައުމުގެ ގޮތުގައި ސިންގަޕޫރު ފާހަގަވި ނަމަވެސް، އެ ގައުމުގެ ރައްޔިތުން ހަޔާތުގެ ފަހު 11 އަހަރު ހޭދަކުރަނީ ބަލިހާލުގައި ކަމަށް އާ ދިރާސާއަކުން ދައްކައިފިއެވެ. ސިންގަޕޫރުގެ ހަރުދަނާ ސިއްހީ ނިޒާމުގެ ސަބަބުން އެވްރެޖް އުމުރު 85 އަހަރަށް ވުރެ މަތިވެފައިވާއިރު، ދުޅަހެޔޮ ސިއްހަތެއްގައި ހުންނަ އުމުރާއި މަރުވާ އުމުރާ ދެމެދު އޮންނަ ފަރަގު ނުވަތަ "މޯބިޑިޓީ ގެޕް" ވަނީ ކުރިއަށްވުރެ ބޮޑުވެފައެވެ.

Newsletter

Get the latest news delivered straight to your inbox