ވާހަކަ: އަހަރެންގެ ދުއާ

ވާހަކަ: އަހަރެންގެ ދުއާ

(ފުރަތަމަ ބައި)

ތުންފަތް ހިކިއްޖެ އެވެ. ދޫދަށުގެ ތެތްކަން ކެނޑޭ ގޮތްވި އެވެ. އަރުތެރެ ހިކެމުންދިޔަ އެވެ. ހިންދިރުވައިލަން އުނދަގޫ ވެއްޖެ އެވެ. ނޭވާ ކުރުވެ، އަނގަ ހުޅުވޭ މިންވަރު އިތުރުވެއްޖެ އެވެ. ނޯށުން އެތެރެވާ ނޭވާ ހަށިތެރެއަށް ފޯރަން ހުރަސް އެޅޭ ކަހަލަ އެވެ. ދެ ލޯ ބޮޑުވަމުން ދިޔަ އެވެ. ކަރުނަ ހިލޭ މިންވަރު އިތުރުވި އެވެ. އެންމެފަހުން އަނގަ ހުޅުވުނެވެ. މޭދަށަށް ހުރީ ތަދެއް އަރައި ފިތިފަ އެވެ. ނޭވާ ބޭރު ނުވެ ތާށިވެފަ އެވެ. ދެ އަތަށް ބާރުކޮށްލެވުނެވެ. ހަރު އެއްޗެއްގައި ހިފުނެވެ. ހޫނުކަން އިހުސާސްވި އެވެ. ޔަގީންވި އެވެ. މީހެއްގެ އަތްތިލަ ކަމެވެ. ބާރުކޮށްލެވުނީ އެހެންވީމަ އެވެ.

އިސާހިތަކު ހަށީގެތެރެއަށް ނޭވާ ދިޔަ ކަމުގެ އިހުސާސްކުރެވުނެވެ. ހަށިގަނޑަށް ބޭނުންވާ ތާސީރުތައް ނޭވާގެ ޒަރިއްޔާއިން ފޯރި ކަހަލައެވެ. ދެ ލޮލަށް އަރައިފަ ހުރި ބާރުގަނޑު ކެނޑެންފެށި އެވެ. ދޫދަށުން ތެތްކަމުގެ އިހުސާސް ކުރެވޭން ފެށި އެވެ. މަޑުމަޑުން ހިންދިރުވާލެވުނެވެ. ދެ ލޮލުގެ ވާންކަން ކެނޑުނެވެ. ހަށިފުރައި ނޭވާއެއް ބޭރުކޮށްލެވުނެވެ.

Advertisement

އަނެއްކާ ވެސް ބާރުކޮށްލެވުނެވެ. މިފަހަރު އިހުސާސް ކުރެވެން ފެށުނެވެ. އެއީ ފިރިހެނެއްކަން ޔަގީންކުރެވުނެވެ. ހަށިހެޔޮ މީހެއްގެ އަތްކަން ކަށަވަރުވިއެވެ. އަހަންނަށް ބާރަށް އަތަށް ފިތައިލެވުނެވެ. ހީވީ ރަނގަޅަށެވެ. އެ އަތުގައި ޖަހަނީ އެއް ވިންދެކެވެ. އެ ވިންދުން ކިޔައިދޭނީ އެއް ރާގެކެވެ. އެއީ ދަންނަ ރާގެކެވެ.

އަހަންނަށް ލޯ މަރައިލެވުނެވެ. މާޒީގެ ކުލަ މަންޒަރުތަކަށް ފީނެން ފެށުނެވެ. އެ ހަނދާންތައް ފިލްމީ މަންޒަރުތަކެއް ފަދައިން ތަކުރާރުވާން ފެށި އެވެ.

"ހަރީރާ." އިބްރާހިމު ގޮވާލިއެވެ.

އިބްރާހިމުގެ އަޑަކީ ޖާޒުބީ އަޑެކެވެ. އަހަރެންގެ ހިތް އެ ހިތަށް މެހުނީ އެހެންވެއެވެ. ބޮޑުބޭބެގެ ރުހުމާއެކު އާނބަސް މިލްކުވީ އިބްރާހިމްގެ ހީވާގިކަމުންނެވެ.

އަހަރެންގެ މަގަތުގައި އިބްރާހިމް އިށީނެވެ. އުނގުގައި ހުރި ބަތްޕޮޅިން ކެޔޮކޮޅެއް ނަގައި ހަފައިލި އެވެ. ބޫން އަޅަމުން ދިޔަ މެއްސާއި މާބުރަށް އިބްރާހިމް އަތް މަޅައިލިއެވެ. އަހަންނަށް ބަލައިލެވުނީ އޭނާގެ ނިޔަނެތި ހަރަކާތަށެވެ.

"ވިހަންވާއިރަށް މާލެ ދަތުރެއް ނިންމައިލެވޭނެ. ވިހޭގޭތެރެއަށް ސާމާނުކޮޅެއް ގަންނަން ވާނެއްނު." އަހަރެންގެ މޫނަށް އިބްރާހިމް ބަލައިލިއެވެ.

ބަތްޕޮޅި ނަގައި އަމިއްލަ އުނގަށް ބަދަލުކޮށްލިއެވެ. އޭނާގެ އަތް ދިއްކޮށްލިއެވެ. އަތުގައި އޮތް ކެޔޮވަކާއި ކަށިކެޔޮލިޔާވަޅި ދިއްކޮށްލީމެވެ. އިބްރާހިމްގެ ގައިގައި ލެނގިލެވުނެވެ. އޭނާގެ ވައަތު ކޮނޑާދިމާއަށް ބޯއަރިކޮށްލެވުނެވެ.

"ލިބާސްތަކެއް ހޯދަންވާނެ ދޯ! ލައިގެން ތިއިން ލިބާސް ހީވަނީ ފަޅައިގެން ދާން އުޅޭހެން." ކަށިކެޔޮ ލިޔަމުން އިބްރާހިމް ބުނެލިއެވެ.

އަހަންނަށް ހިނިތުންވެވުނެވެ. އަހަރުމެންނަކީ މާތަނަވަސް ބަޔެއް ނޫނެވެ. ލިބޭ އެއްޗަކުން ފުދެނީއެވެ. ނާލު ބައްތެލިން އިބްރާހިމަށް ލިބޭ އެއްޗެއް އިތުރުވޭތޯ އަހަރެން ވެސް މަސައްކަތްކުރަމެވެ. ފަންގިވިންނަމެވެ. ބޮނބިތަޅާ ރޯނު ވަށަމެވެ. ނަމަވެސް، މިހާރު އެއްވެސް ކަމެއް ނުކުރެވެއެވެ. ބަނޑަށް އަށް މަހަށް އެޅުނު ފަހުން މީހާ ހުންނަނީ ފޮފަރުވެ، ކަންނެތް ވެފައެވެ. ހީކަރުވާފަ އެވެ.

"ފައިސާކޮޅެއް ހުންނާނެ." ނޭވާ ކުރުވުމުން ބުނަން އުޅުނު ވާހަކަ ހުއްޓައިލީމެވެ.

"ހަރީރާ ދެން މަސައްކަތް ކުރާނެ ކަމެއް ނެތް. ވިހާ ގަދަވެގެން ވެސް ކޮއިބަލަން ހުރީމަވާނެ. އިރާދަކުރެއްވިއްޔާ އަހަންނަށް ދެމައިން ބެލެނޭ. އެ ހިތްވަރު އަހަރެންގެ ހުންނާނެ." އިބްރާހިމް އަޒުމާއެކު ބުނެލި އެވެ.

އިބްރާހިމް ފުރާން އޮތް ދުވަހެވެ. ހިތް ނުބައި ގޮތަކަށް ތެޅެންފެށީ ފަތިސްނަމާދަށް ހުއްޓަ އެވެ. ނަމާދު ކުރެވުނީ ވެސް ކިރިޔާ އެވެ. ފާޑެއްގެ ވަހުމުތަކަކުން މީހާ ހިތްބަރުވަނީ އެވެ. ނޭނގޭ ހިޔާލުތަކެއް ވަށައިގެން އެނބުރެނީ އެވެ. ކަންފަތްބުޑުގައި މީހަކު ބޫން އަޅުވާހެން ހީވަނީ އެވެ.

"ތިޔަ ވާނީ އިބިލީސް ޖެހި މަންތަރެއްކަމަށް." އިބްރާހިމް ހީނލި އެވެ.

ސައިތަށީގެ ތެރެއަށް ފާރޮށި ކިބަ ލައިގެން ފޯކުރަން އިން އިބްރާހިމްގެ މޫނަށް އަހަންނަށް ބަލައިލެވުނެވެ. އެ މައުސޫމު މޫނުގައި ފިރުމައިލަން ހިތްއެދުނެވެ.

"މި ދަރިފުޅުގެ ހައްގުގައި އަހަރެން ކޮންމެ ފަދަ ގުރުބާނެއް ވެސް ވާނަން." ދުލުން ބޭރުވީ ބުނަން އުޅުނު ވާހަކައެއް ނޫނެވެ.

ދެ ލޯ ބޮޑުކޮށްލަމުން އަހަރެންގެ މޫނަށް އިބްރާހިމް ބަލައިލި އެވެ. އޭނާގެ ދަތްދޮޅީގައި އަހަރެންގެ ޝަހާދަތް އިނގިލި ޖައްސާލަމުން ހިއްލައިލީމެވެ. އޭނާ ހިނިތުންވެލި އެވެ. އަހަރެންގެ ލޮލަށް ޖަމާވި ކަރުނަތައް ކޯތާފަތް މަތީން އޮހިގަތެވެ. އިބްރާހިމް އެ އިން ގޮތަށް އިނީ އެވެ. އަހަންނަށްވީ ގޮތެއް ނޭނގުނެވެ. އިބްރާހިމްގެ ގައިގައި އޮޅުލައިގަނެވުނީ އެވެ. ވަކިވާން ބޭނުން ނުވާތީ، ކުރެވޭ ކަހަލަ އިހުސާސެއް ކުރެވުނީ އެވެ. ނޭނގޭ ފުން ތަދެއް ހިތުގައި ވިކަންފެށީ އެވެ.

އިބްރާހިމް ފުރީއްސުރެ އިނދެވުނީ ނެގިމަޑުވެފަ އެވެ. ބިތްޖެހިފަ އެވެ. ލޯމަރައިލިޔަސް ފެންނަނީ އެ މޫނެވެ. އޭނާގެ ހަރަކާތްތަކެވެ. ކައިވެނީގެ މަޖިލީހެވެ. ކައިވެނީގެ ކުރިން ތުނޑިމަތީގައި އުޅެވުނު ގޮތެވެ. ދަނޑުތަކުގައި ދުވަމުން ޖެހުނު ސަކަރާތެވެ. ވާރޭ ތެމިގެން ކުރެވުނު މަޖަލެވެ.

އެ ހިޔާލުތަކުގައި އިންދާ ފާތިމާ ގޮވާލި އެވެ. އެއީ މަންމަނެތް ދުނިޔޭގައި މަންމަގެ މަގާމު ފުރައިދޭ ފުރަމިތުރެވެ. އަހަރެންގެ އަވައްޓެރިއެކެވެ. ހިތްހެޔޮ މީހެކެވެ. އޭނާގެ ފިރި، ހަސަންމަނިކަކީ ބައްޕަގެ މަގާމު އަދާކޮށްދޭ މީހާއެވެ.

ފާތިމާ މޫނުމަތިން ފެނުނީ މާޔޫސްކަމެވެ. އޭނާގެ ލުއި ހިނިތުންވުން މިއަދު ފެންނާކަށް ނެތެވެ. ދެ ލޮލަށް ގިނަވެފައިވާ ކަރުނަތައް އަހަންނަށް ފާހަގަވިއެވެ. ބޮޑުކަމެއް ދިމާވެއްޖެކަމަށް ހިތްބުންޏެވެ. އަތުގައި އޮތް މުރަނގަފަތް ކޯޅި ތަށިތެރެއަށް ދޫވި އެވެ. މަޑުމަޑުން ކޮޅަށް ތެދުވެވުނެވެ. އުނގުގައި ހުރި ތަށި ވެއްޓުނެވެ. ފަތްތައް ބުރައިގެން ދިޔަ އެވެ.

ދެ ލޮލަށް ގޮތެއް ހަދައިލެވުނެވެ. ހަސަންމަނިކު ހުރިކަން އަހަންނަށް އެނގުނީ އެހައި ހިސާބުންނެވެ. އިވެމުންދިޔައީ ބަރު އަޑުތަކެކެވެ.

"ކެތްކުރަންވާނެ." ހަސަންމަނިކު ފެށިއެވެ. "އިބްރާ...ހި...މް."

އަހަންނަށް އަޑުއަހަން ފަސޭހައެއް ނުވި އެވެ. ބަޑިފަޅައިގެން ދިޔައީ އެވެ. ހަސަންމަނިކު ބުނާން އުޅުނު ވާހަކަ ނީވުނެވެ. އޭނާގެ ޖުމުލަ ފުރިހަމަ ނުވަނީސް އަހަންނަށް އަހަރެން ގެއްލުނެވެ. މީހާ ފިތެމުންފިތެމުން ގޮސް ފިތުނީއެވެ. މަންޒަރު ގަނޑުވެ، ހަރުވީއެވެ.

ލޯ ހުޅުވާލެވުނު އިރު ހުރިހާ ކަމެއް ބަދަލުވެއްޖެއެވެ. ހާލަތާއި މަންޒަރެވެ. ވަގުތާއި ޒަމާނެވެ. އަހަރެން އެކަނިވީ އެވެ. އިބްރާހިމް ދަތުރުކުރި ބައްތެލީގައި އަލިފާންރޯވެ ކަނޑަށް ގަރަގުވީ އެވެ. ފުރާނައެއް ސަލާމަތްނުވެ އެ މީހުންގެ ވަސް ފޮހެވުނީއެވެ.

އިބްރާހިމް އެ ދިޔައީ ޒިންމާތަކެއް މަތިކޮށްފަ އެވެ. ހަނދާންތަކެއް ހަވާލުކޮށްފަ އެވެ. އަހަންނަށް އޮތީ ކެތްކުރުމެވެ. ޒިންމާތަކަށް ފުރަގަސް ނުދީ އަމާނާތްތެރިވުމެވެ. މި އިމްތިހާނުން ފާސްވުމެވެ. ދުނިޔޭގެ ބުރަ އުފުލުމެވެ. އެކަން ކުރާން އަޒުމު ކަނޑައެޅީމެވެ. އަވައްޓެރިންގެ ބަސްތަކުން ހިތްވަރު ހޯދީމެވެ.

ހަސީނު ގޮވައިގެން ތެދުވީމެވެ. ފާތިމާގެ އެހީގައެވެ. ގޭގެއަށް ގުލާންކޮށްދީގެންނެވެ. ބޮނބިތަޅައި ރޯނުވަށައިގެންނެވެ. ފަންގިވިނދެގެންނެވެ. ކުއްލިއަކަށް ފާތިމާ ވެސް ބަލިވި އެވެ. ވައިބަލީގެ ޝިކާރައަކަށްވި އެވެ. އެހައި ހިސާބުން މަދަދުވެރިވާނެ ޔާރެއްއިޔާރެއް ނެތި، ހަތަރު އަނގޮޅިއަށް ހުއްޓެން މަޖުބޫރުވިއެވެ. ބައެއް ކަންކަން ދޫކޮށްލަން ޖެހުނެވެ. އެގޮތުގައި ފަސް އަހަރު ނިމިދިޔައެވެ.

ހަސީނު ބޮޑުވަމުން ދިޔައީ އެކަނިވެރި ދުނިޔެއެއްގަ އެވެ. އެހެން ކުދީންނާއެކު އުޅުމަކީ އޭނާއަށް ފަސޭހަކަމަކަށް ނުވެ އެވެ. އެހެން ކުދީންގެ ތެރެއަށް ގޮސް ކުޅެ ނުހަދަ އެވެ. ފާތިމާގެ މާމަދަރީންނާއެކު ކުޅެން ބެހެއްޓި ނަމަވެސް އިންނާނީ އެކަނިވެ ބިއްޖެހިފަ އެވެ. ކުޅެނީ އެކަންޏެވެ. އުޅޭނީ އެކަންޏެވެ.

"މުގުބޮނޑިބަތް ކާހިތްވަނީ!" ހަސީނު ސައިބޯން އިނދެ ކުސްތަޅައިގަތެވެ. "އަބަދު ރޮށި."

އަހަންނަށް ހިންދިރުވާލެވުނެވެ. ހަސީނު ބޮޑުވަމުންދާ ވަރަކަށް އޭނާ ކުރާ ޝަކުވާތައް އިތުރުވާތީ އެވެ. ބަލައިލެވުނީ ހަސީނުގެ މޫނަށެވެ. އޭނާ އިނީ މޫނުކުނިކޮށްގެންނެވެ. ސައިނުބޯށެވެ. ބޭނުންވާ އެއްޗެހި ހޯދައިނުދެވޭތީއެވެ.

"އެކޮއި ބޭނުމީ މުގުބޮނޑިބަތްތަ؟" ހަސަންމަނިކު ބަދިގެ ދޮރުމަތީގައި ހުރިކަން އެނގުނީ ވާހަކަ ދެއްކީމަ އެވެ.

"އިއްޔެ ތިގެއިން އޭގެ ރަހަ އެނގުނު ފަހުން އެހެން އެ ކިޔަނީ!" ދެލޯ ފޮހެލަމުން އަހަރެން ބުނެލީމެވެ.

ހަސީނު ގޮވައިގެން ހަސަންމަނިކު ބޭރަށް ނުކުތެވެ. އަހަންނަށް އިނދެވުނީ އެވެ. އޭނާގެ ވާހަކަތަކާމެދު ވިސްނާށެވެ. އަމިއްލަ ހާލާމެދު ފިކުރު ބޮޑުވެފަ އެވެ. މިއަދު އަހަރެން ގެނެސް ބަހައްޓައިފައި މިހުރި ހާލަތާމެދު ފިކުރު ބޮޑުވެފައެވެ. ނިކަމެތި ޖިފުޓިއެއްގައި އެކަނިމާއެކަނި ކުއްޖަކު ގޮވައިގެން އުޅެންޖެހިފައިވާ ދަތިގޮތް އިހުސާސްވެފައެވެ. (ނުނިމޭ)

ކޮމެންޓް

ފަހުގެ ޚަބަރު

"ކީއްވެ؟" ޓިކެޓް ވިއްކަން ފަށައިފި

ދިވެހި ފިލްމު "ކީއްވެ؟" ގެ ޓްރެއިލަރ އާންމުކޮށް، އޮލިމްޕަސް ކައުންޓަރާއި ވެބްސައިޓް މެދުވެރިކޮށް ފިލްމުގެ ޓިކެޓް ވިއްކަން މިހާރު ވަނީ ފަށާފައެވެ. ގިނަ ދުވަސްތަކަކަށްފަހު ރީކޯ މޫސާ މަނިކު ލީޑް ރޯލުން ފެންނަ، އީސާ ޝަރީފް ޑައިރެކްޓްކޮށްފައިވާ މި ފިލްމު ޕްރިމިއަރ ކުރުމަށް ހަމަޖެހިފައިވަނީ އަންނަ ނޮވެމްބަރު މަހުގެ 25 ވަނަ ދުވަހުއެވެ. އާއިލީ އަދި ލޯބީގެ މައްސަލަތަކެއްގެ މައްޗަށް ބިނާކޮށްފައިވާ މި ފިލްމުން ދިވެހި ސިނަމާގެ މަޝްހޫރު ގިނަ ތަރިންތަކެއް ފެނިގެންދާނެއެވެ.

ޕެޓްރިކް ސްޓެވާޓް އުމުރުން 86 އަހަރުގައި މަރުވެއްޖެ

'ސްޓާ ޓްރެކް' އަދި 'އެކްސް-މެން' ފަދަ ފިލްމުތަކުން މަގުބޫލުކަން ހޯދި އިނގިރޭސި އެކްޓަރު ސަރ ޕެޓްރިކް ސްޓެވާޓް، އުމުރުން 86 އަހަރުގައި ލޮސް އެންޖެލިސްގައި މަރުވެއްޖެއެވެ. އޭނާ ނިޔާވީ އަލްޒައިމާ އަދި ޑިމެންޝިއާ ބަލީގައި އުޅުމަށްފަހު ކަމަށްވާއިރު، އޭނާއަކީ ފިލްމީ ދާއިރާއަށް ކޮށްދިން ޚިދުމަތްތަކަށް "ސަރ" ގެ ލަގަބުވެސް އަރުވާފައިވާ ފަންނާނެކެވެ.

ހޭޑަން ޕެނެޓިއޭ މަރުވީ މަސްތުވާތަކެތި އޯވަޑޯޒްވެގެން

އެމެރިކާގެ މަޝްހޫރު އެކްޓްރެސް ހޭޑަން ޕެނެޓިއޭ މަރުވީ މަސްތުވާތަކެތި އޯވަޑޯޒްވެގެން ކަމަށް ފުލުހުންގެ ތަހުގީގުން ކަނޑައަޅައިފިއެވެ. މެޑިކަލް ރިޕޯޓުތަކުން ދައްކާގޮތުގައި އޭނާގެ ހަށިގަނޑުން ފެންޓަނީލް އާއި ޒެނެކްސް ފަދަ ނުރައްކާތެރި ބާވަތްތައް ފެނިފައިވާއިރު، އޭނާގެ ހަށިގަނޑަށް އެއްވެސް ޖިސްމާނީ އަނިޔާއެއް ލިބިފައިވާކަމުގެ ނިޝާނެއް ފެންނާކަށް ނެތެވެ.

ޖޯޖް މައިކަލްގެ ތަކެތި ނީލަން ކިޔުމުން ހިޔާލު ތަފާތުވެއްޖެ

މަޝްހޫރު ލަވަކިޔުންތެރިޔާ ޖޯޖް މައިކަލްގެ ބައެއް އަމިއްލަ ތަކެތި ނީލަން ކިޔަން ނިންމުމާ ގުޅިގެން، އޭނާގެ އެސިސްޓެންޓް ސިއޯބާން ބެއިލީގެ އާއިލާއާއި ސިއޯބާންގެ ކުރީގެ ފިރިމީހާއާ ދެމެދު ބޮޑު ހިޔާލުތަފާތުވުމެއް ވަނީ އުފެދިފައެވެ. ސިއޯބާންގެ އާއިލާއިން ބުނާ ގޮތުގައި މި ތަކެތި ވިއްކާލުމަކީ އޭނާގެ ހަނދާނަށް ކުރެވޭ އިހުތިރާމް ކުޑަ އަމަލެއް ކަމަށާއި، ސިއޯބާން ބޭނުންވީ އެ ތަކެތި އާއިލާގެ ކުދިންނަށް ދިނުމަށެވެ.

ހުއްދަނެތި ލަވަ ބޭނުންކުރުމުން ޓްރަމްޕްގެ ޓީމްއާ ދެކޮޅަށް ކޯޓަށް

ޑޮނަލްޑް ޓްރަމްޕްގެ ކެމްޕޭން ރެލީއެއްގައި ފަންނާނު ނީލް ޔަންގްގެ ލަވައެއް ހުއްދަނެތި ބޭނުންކުރި މައްސަލައިގައި، ކޮޕީރައިޓަށް އަރައިގަތްކަމަށް ބުނެ 10 މިލިއަން ޑޮލަރުގެ ދައުވާއެއް ކޯޓަށް ހުށަހަޅައިފިއެވެ. މި ދައުވާގައި ބުނެފައިވަނީ އޯހިއޯގައި ބޭއްވި ސިޔާސީ ހަރަކާތެއްގައި އެ ލަވަ ޖަހާފައިވަނީ ގާނޫނީގޮތުން ހޯދަންޖެހޭ "ޕަބްލިކް ޕާފޯމަންސް ލައިސަންސް" ނުވަތަ ފަންނާނުގެ ހުއްދަ ނެތި ކަމަށެވެ.

އާ ބާވަތެއްގެ ޑައިނަސޯއެއްގެ ކަށިގަނޑު 47 މިލިއަން ޑޮލަރަށް

ކުރިން ޓީ-ރެކްސްގެ ބާވަތެއް ކަމަށް ހީކުރެވުނު، ނަމަވެސް އާ އާއިލާއަކަށް ނިސްބަތްވާ "ޖޯޑީ" ނަމަކަށް ކިޔާ ޑައިނަސޯއެއްގެ ކަށިގަނޑު 47.3 މިލިއަން ޑޮލަރަށް ނިއުޔޯކްގައި ވިއްކާލައިފިއެވެ. މިއީ އަންދާޒާކުރި އަގަށްވުރެ މާ ބޮޑު އަގަކަށް ވިއްކާލި، ސައިންސްވެރިންނަށް މިހާތަނަށް ފެނިފައިވާ "ނެނޯޓައިރަނަސް" އާއިލާގެ މަދު ކަށިގަނޑުތަކުގެ ތެރެއިން އެންމެ ފުރިހަމަ އެކައްޗެވެ. މިފަދަ ތާރީޚީ ތަކެތި އަމިއްލަ ފަރާތްތަކަށް ވިއްކުމާ މެދު ސައިންސްވެރިންގެ މެދުގައި ބަހުސްތަކެއް ކުރެވެމުންދާއިރު، މި ކަށިގަނޑު ގަތް ފަރާތެއް ހާމަކޮށްފައެއް ނުވެއެވެ.

މެކްލްމޯގެ "ފްރީ ޕަލެސްޓައިން" ޝޯތައް ފަށައިފި

ފަލަސްތީނަށް ތާއީދުކޮށް ވާހަކަދެއްކުމުން އެޑް ޝީރަންގެ ޓުއާއިން އުނިކުރި ރެޕް އާޓިސްޓް މެކްލްމޯ، އޭނާގެ އަމިއްލަ "ފްރީ ޕަލެސްޓައިން" ޓުއާ އަޔަލޭންޑްގެ ޑަބްލިންގައި ކާމިޔާބުކަމާއެކު ފަށައިފިއެވެ. ގިނަ ފަންނާނުންތަކަކާއެކު ބޭއްވި މި ޝޯއިން ލިބޭ ހުރިހާ ފައިސާއެއް ފަލަސްތީނުގެ ރައްޔިތުންނަށް ހަދިޔާކުރުމަށް އޭނާ ވަނީ ނިންމާފައެވެ.

Newsletter

Get the latest news delivered straight to your inbox