އިޒްރޭލުގެ ބޮންތައް ފުލުފުލުގައި ގާޒާއަށް، ހަމާސްގެ ރައްދު ރޮކެޓު ހަމަލާތަކުން!

ގާޒާއިން އިޒްރޭލަށް ފޮނުވި ރޮކެޓު ހަމަލާއެއް.-- ފޮޓޯ: އޭއެފްޕީ

ގާޒާއިން އިޒްރޭލަށް ފޮނުވި ރޮކެޓު ހަމަލާއެއް.-- ފޮޓޯ: އޭއެފްޕީ

އިޒްރޭލާއި ހަމާސްއިން ހޯމަ ދުވަހުން ފެށިގެން މެދުކެނޑުމެއް ނެތި ބަދަލުކުރަމުންދާ ހަމަލާތަކުގެ ސަބަބުން ކުޑަކުދިން ހިމެނޭ ގޮތަށް ގިނަ ބަޔަކު މަރުވެއްޖެ އެވެ.

ހަމާސްއިން އެތައް ސަތޭކަ ރޮކެޓު ހަމަލާއެއް އިޒްރޭލަށް ދެމުން ދާއިރު، އިޒްރޭލުން އަންނަނީ އެއްވެސް ބެލުމެއް ނެތި ގާޒާއަށް ބޮން އަޅަމުންނެވެ.

ރޭގެ ހަމަލާތަކަށް ހުއްޓުމެއް ނައިސް މިއަދު ހެނދުނު ވެސް ކުރިއަށް އެބަ ދެ އެވެ. މިއީ 2014 ވަނަ އަހަރަށް ފަހު އިޒްރޭލާއި ހަމާސްއާ ދެމެދު ހިނގާ އެންމެ ބޮޑު ކުރިމަތިލުމެވެ.

ހަމަލާތަކުގައި ގާޒާއިން ފަލަސްތީނުގެ 35 މީހުން މަރުވި ކަމަށް އަރަބް ނިއުސްގައި ވެއެވެ. އޭގެ ތެރޭގައި 10 ކުޑަ ކުދިން ހިމެނެ އެވެ. އޭގެ އިތުރުން 200 އަށް ވުރެ ގިނަ މީހުން ޒަހަމްވި އެވެ.

އިޒްރޭލުން މަރުވީ ފަސް މީހުންނެވެ. އޭގެ ތެރޭގައި ތިން އަންހެނުންނާއި ކުޑަ ކުއްޖަކު ހިމެނެ އެވެ. އެ ގައުމުގައި ވެސް ގިނަ ބަޔަކަށް ޒަހަމްވެފައި ވެއެވެ.

ރޯދަ މަސް ފެށުނު ފަހުން ދެމުން އަންނަ ހަމަލާތައް އިޒްރޭލުން ރޭ ވަނީ ވަރުގަދަކޮށްފަ އެވެ. އެގޮތުން ބޮން އަޅާ ގާޒާގެ އުސް ޓަވަރެއް ބިމާ ހަމަކޮށްލި އެވެ.

ރައްދުގައި ހަމާސްއިން ދިޔެއީ ދެކުނު އިޒްރޭލުގެ އަޝްކެލޯން އަވަށަށް ރޮކެޓަކަށް ފަހު ރޮކެޓެއް ފޮނުވަމުންނެވެ.

އަޝްކެލޯން އަވަށުގެ ތެޔޮ ރައްކާ ކުރާ ފެސިލިޓީއެއްގައި ރޯވެ އަނދަނީ.-- ފޮޓޯ: އޭއެފްޕީ
އަޝްކެލޯން އަވަށުގެ ތެޔޮ ރައްކާ ކުރާ ފެސިލިޓީއެއްގައި ރޯވެ އަނދަނީ.-- ފޮޓޯ: އޭއެފްޕީ

އަޝްކެލޯން އަވަށުގެ ތެޔޮ ރައްކާ ކުރާ ފެސިލިޓީއެއްގައި ރޯވެ އަނދަނީ.-- ފޮޓޯ: އޭއެފްޕީ

ދެ ފަރާތުގައި ވެސް މަރުވާ މީހުންގެ އަދަދުތައް އިތުރުވަމުން ދާތީ ހަމަނުޖެހުން ނިމުމަކަށް ގެންނަން މިސްރުން ހުށަހެޅި ހުށަހެޅުމެއް ބަލައިނުގަންނާނެ ކަމަށް އިޒްރޭލުން ވަނީ ބުނެފަ އެވެ.

"މިސްރުން ވަނީ އިޒްރޭލާއި މިކަމުގައި ހިމެނޭ އެހެން ގައުމުތަކަށް ގުޅައިގެން ހާލަތު އިތުރަށް ގޯސްވިޔަ ނުދިނުމަށް ކުރެވޭނެ ކަންތައްތަކެއް ހުށަހަޅާފައި،" މިސްރުގެ ފޮރިން މިނިސްޓަރު ސާމިހު ޝުކްރީ ވިދާޅުވި އެވެ.

އެކަމަކު އަޅުގަނޑުމެން ބޭނުންވި ޖަވާބެއް ނުލިބުނު. -- ސާމިހް ޝުކްރީ

މިސްރުގެ ހުށަހެޅުން ގަބޫލު ނުކޮށް، އިޒްރޭލުގެ ބޮޑު ވަޒީރު ބެންޖަމިން ނަތަންޔާހޫ ވައުދުވެ ވަޑައިގެންނެވީ ގާޒާއަށް އިތުރަށް ބޮން އެޅުމަށެވެ.

"ހަމަލާތަކުގެ ބާރުގަދަކޮށް ހަމަލާތަކުގެ އަދަދު ވެސް އިތުރު ކުރާނަން،" ނަތަންޔާހޫ ވިދާޅުވި އެވެ.

އިޒްރޭލު އަސްކަރިއްޔާގެ ތަރުޖަމާނު ލެފްޓިނެންޓް ކާނަލް ޖޮނަތަން ކޮންރިކަސް ވިދާޅުވީ ގާޒާގެ ބޯޑަރު ކައިރިއަށް އިތުރު ސިފައިން ފޮނުވާނެ ކަމަށެވެ.

އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން ވަނީ އިޒްރޭލާއި ހަމާސްއިން ވެސް ހަމަލާތައް ހުއްޓާލުމަށް ގޮވާލާފަ އެވެ.

އަރަބި ލީގުގެ ޗީފް އަހްމަދު އަބުލް ގެއިތް ވިދާޅުވީ ގާޒާއަށް ދެމުންދާ ހަމަލާތަކަކީ "ކުޑަ ކުދިންގެ ލޭ އޮހޮރުވައިގެން ކުޅޭ ޑްރާމާއެއް" ކަމަށެވެ.

މި މައްސަލާގައި ކުއްލި ބައްދަލުވުމެއް ބޭއްވުމަށް ފަހު އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަނުން ވަނީ ގުދުސްގައި ތިބި ފަލަސްތީނު ރައްޔިތުންގެ ހިތްވަރަށް ތައުރީފުކޮށްފަ އެވެ.

ގާޒާގެ އިމާރާތަކަށް ބޮން އަޅާފައި.-- ފޮޓޯ: ނިއު ޔޯކް ޓައިމްސް
ގާޒާގެ އިމާރާތަކަށް ބޮން އަޅާފައި.-- ފޮޓޯ: ނިއު ޔޯކް ޓައިމްސް

ގާޒާގެ އިމާރާތަކަށް ބޮން އަޅާފައި.-- ފޮޓޯ: ނިއު ޔޯކް ޓައިމްސް

ގާޒާއަށް ދޭ ހަމަލާތައް އިތުރުވީ އިޒްރޭލުން ވެރިވެ ގަނެގެން އުޅޭ އިރުމަތީ ގުދުސްގައި ގިނަ ދުވަސްތަކެއް ވަންދެން ހަމަނުޖެހުން ހިނގުމަށް ފަހު އެވެ.

އެގޮތުން އަލް އަގްސާ މިސްކިތުގައި ހަމަނުޖެހުން ހިންގާ 200 އަށް ވުރެ ގިނަ ފަލަސްތީނު މީހުންނަށް އަނިޔާވި އެވެ. ގުދުސްގެ ހަމަނުޖެހުން ގުޅިފައި ވަނީ އެ ތަނުގައި ދިރިއުޅޭ ފަލަސްތީނު މީހުން ގެތަކުން ނެރެން އިޒްރޭލުން މަސައްކަތް ކުރުމާ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގްރީންލޭންޑުގައި އެމެރިކާގެ އަސްކަރީ ދެ މަރުކަޒެއް ބިނާކުރަނީ

އާކްޓިކް ސަރަހައްދުގައި އެމެރިކާގެ ދެ އަސްކަރީ މަރުކަޒު ގާއިމުކުރުމަށް އެމެރިކާ، ޑެންމާކް އަދި ގްރީންލޭންޑުން އާ ދިފާއީ އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ. މި އެއްބަސްވުމުގެ ސަބަބުން އެ ސަރަހައްދާ ގުޅޭގޮތުން އުފެދިފައިވާ ނުތަނަވަސްކަމަށް ނިމުމެއް އައިސް، ޑެންމާކުގެ ސިޔާދަތީ ބާރު ކަށަވަރުވެގެންދާނެއެވެ. މިއީ 1951 ވަނަ އަހަރުގެ އެއްބަސްވުމަށް ގެނައި އިސްލާހެއްގެ ދަށުން، ގްރީންލޭންޑުގެ ދެ ސަރަހައްދެއްގައި ދިފާއީ މަރުކަޒުތައް ބިނާކުރުމަށް ލިބުނު ހުއްދައެކެވެ.

ޖޫން މަހަށް ފަހު އެމެރިކާ އާއި އީރާނުގެ ފުރަތަމަ ބައްދަލުވުން

އެމެރިކާ އާއި އީރާނުގެ މެދުގައި އުފެދިފައިވާ ހަމަނުޖެހުންތަކަށް ހައްލެއް ހޯދުމަށް، ޖޫން މަހަށްފަހު ފުރަތަމަ ފަހަރަށް ދެ ގައުމުގެ އިސް އޮފިޝަލުން އދ. ގައި ބައްދަލުކުރައްވައިފިއެވެ. ގަތަރު މެދުވެރިއެއްގެ ދައުރު އަދާކުރި މި ބައްދަލުވުމުގައި، އީރާނުގެ ފޮރިން މިނިސްޓަރާއި ޓްރަމްޕްގެ މަންދޫބު ބައިވެރިވެވަޑައިގެންނެވި ނަމަވެސް، މާބޮޑު ކުރިއެރުމެއް ލިބުނުކަމުގެ ރިޕޯޓެއް އަދި ލިބިފައެއް ނުވެއެވެ. މި މަޝްވަރާތައް ބާއްވާފައިވަނީ ދެ ގައުމުގެ އަސްކަރީ ކުރިމަތިލުންތަކުގެ ސަބަބުން ދުނިޔޭގެ ތެލުގެ ބާޒާރަށް ބޮޑެތި ލޮޅުންތަކެއް އަރާފައިވާ ދަނޑިވަޅެއްގައެވެ.

170،000 އަށް ވުރެ ގިނަ މީހުންނަށް ސިއްހީ މައްސަލަތައް ދިމާވެއްޖެ

އިންޑޮނޭޝިއާގެ ޖަންގަލިތަކުގައި ރޯވި އަލިފާނުގެ ސަބަބުން އުފެދުނު ވިހަ ދުމުގެ އަސަރުކޮށް، 175،000 އަށް ވުރެ ގިނަ މީހުންނަށް ނޭވާލާ ނިޒާމުގެ ބަލިތައް ޖެހި ސިއްހީ ނުރައްކަލަކާ ވަނީ ކުރިމަތިލާން ޖެހިފައެވެ. މި އަލިފާންގަނޑުތައް ނިއްވާލުމަށް ގިނަ އަދަދެއްގެ އޮފިޝަލުންނާއި ވަސީލަތްތައް ބޭނުންކޮށްގެން މަސައްކަތް ކުރަމުންދާއިރު، ބިމުގެ ހާލަތު ހުރިގޮތުން އެކަމަށް ބޮޑެތި ގޮންޖެހުންތަކެއް ވަނީ ކުރިމަތިވެފައެވެ.

ޗާގޯސް އެއްބަސްވުން މުރާޖައާކުރަން ޔޫކޭއިން ނިންމައިފި

ޗާގޯސް ޖަޒީރާތައް މޮރިޝަސްއާ ހަވާލުކުރުމަށް ވެފައިވާ އެއްބަސްވުމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ފާޑުވިދާޅުވުމާ ގުޅިގެން، އެ އެއްބަސްވުން މުރާޖައާކުރަން އިނގިރޭސިވިލާތުން ވަނީ ނިންމާފައެވެ. މި ނިންމުމާއެކު، އިންޑިއާ ކަނޑުގައި އޮންނަ އަސްކަރީ މަރުކަޒުގެ ސަލާމަތާއި ދެ ގައުމުގެ ގުޅުމަށް ރިއާޔަތްކޮށް އެ މައްސަލައިގައި އަލުން ވިސްނާނެކަމުގެ ޔަގީންކަން އިނގިރޭސި ސަރުކާރުން ވަނީ ދީފައެވެ.

ޔޫކޭއިން ވައިގެ މަގުން ސައުދީއަށް އަސްކަރީ އެހީތެރިކަން ދެނީ

ޔަމަނުގެ ހޫތީން ސައުދީ އަރަބިއްޔާއަށް ދެމުންދާ ހަމަލާތަކުން ދިފާއުވުމަށް އެހީތެރިވުމުގެ ގޮތުން، ވައިގެ މަގުން ތެޔޮ އެޅުމުގެ އަސްކަރީ އެހީތެރިކަން ދިނުމަށް އިނގިރޭސިވިލާތުން ނިންމައިފިއެވެ. ސައުދީ ސަރުކާރުގެ އެދުމުގެ މަތިން ދޭ މި އެހީތެރިކަމުގައި އިނގިރޭސި ރޯޔަލް އެއާ ފޯސްގެ "ވޮޔޭޖާ" މަރުކާގެ ބޯޓެއް ބޭނުންކޮށްގެން ކުރިއަށް އޮތް ހަފުތާތަކުގައި މަސައްކަތް ކުރިއަށްދާނެއެވެ.

ކުރީގެ ފަސްޓް ލޭޑީގެ ޖަލު ހުކުމް ފަސް އަހަރަށް ކުޑަކޮށްފި

ދެކުނު ކޮރެއާގެ ކުރީގެ ފަސްޓް ލޭޑީ ކިމް ކިއޮން ހީ ރިޝްވަތު ހިފި މައްސަލައިގައި އިއްވާފައިވާ 7 އަހަރުގެ ޖަލު ހުކުމް، އެ ގައުމުގެ އިސްތިއުނާފީ ކޯޓުން ވަނީ 5 އަހަރަށް ކުޑަކޮށްފައެވެ. ނަމަވެސް ކިމްގެ ފަރާތުން މި މައްސަލަ ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރަން ނިންމާފައިވާއިރު، އޭނާގެ ފިރިކަލުން އަދި ކުރީގެ ރައީސް ޔޫން ސުކް ޔޯލް މިހާރު ގެންދަވަނީ ބަޣާވާތުގެ ކުށުގައި އުމުރު ދުވަހުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުންނެވެ.

ދެ ކުދިންނަށް ފުރައްސާރަ ކުރާ ވީޑިއޯއަކާއެކު ކަންބޮޑުވުން

އިންޑިއާގެ ބިހާރުގައި ފުރާވަރުގެ ދެ ކުދިންނަށް ބަޔަކު ޖިންސީ ފުރައްސާރަކޮށް އަނިޔާކުރާ ވީޑިއޯއެއް އާންމުވުމާ ގުޅިގެން، އެ ގައުމުގެ ރައްކާތެރިކަމާ މެދު އާންމުންގެ ބޮޑު ކަންބޮޑުވުމެއް ވަނީ އުފެދިފައެވެ. މި މައްސަލައިގައި ތުހުމަތުކުރެވޭ ތިން މީހަކު ހައްޔަރުކޮށްފައިވާއިރު، މި ހާދިސާއާ ގުޅިގެން ސަރުކާރުގެ އިސްވެރިން ދެއްކެވި ވާހަކަތަކަށް ގިނަ ބައެއްގެ ފާޑުކިޔުން ވަނީ އަމާޒުވެފައެވެ.

Newsletter

Get the latest news delivered straight to your inbox