19 އަހަރަށް ފަހު ސްޕޯޓިން އަށް ޕޯޗުގަލްގެ ޗެމްޕިއަންކަން

May 11, 2021, 11:01 PM
ސްޕޯޓިން ކުޅުންތެރިން ލަނޑު ޖެހުމަށް ފަހު އުފާފާޅުކުރަނީ.-- ފޮޓޯ: އޭއެފްޕީ

ސްޕޯޓިން ކުޅުންތެރިން ލަނޑު ޖެހުމަށް ފަހު އުފާފާޅުކުރަނީ.-- ފޮޓޯ: އޭއެފްޕީ

ލިޒްބަން (މެއި 11) - މަޝްހޫރު ގިނަ ތަރިންތަކެއް ނެރުނު ސްޕޯޓިން ލިޒްބަން އިން މެޗަކުން ބަލިނުވެ، 19 އަހަރަށް ފަހު ޕޯޗުގީސް ލީގުގެ ޗެމްޕިއަންކަން ކަށަވަރުކޮށްފި އެވެ.

މިރޭ ބޮއަވިސްޓާ އަތުން 1-0 އިން ހޯދި މޮޅާ އެކު ޕޯޗުގީސް ލީގުގެ ޗެމްޕިއަންކަން ސްޕޯޓިން އިން މި ހޯދީ ބާކީ ދެ މެޗު އޮއްވަ އެވެ. މިއީ އެ ޓީމުން ލީގު ހޯދި 19 ވަނަ ފަަހަރެވެ. ސްޕޯޓިން އިން ލީގު ކާމިޔާބުކުރުމާ އެކު ފާއިތުވި 18 އަހަރަށް ފަހު ޕޯޗުގަލްގައި ބެންފީކާ އާއި ޕޯޓޯ ނޫން ޓީމަކަށް ލީގު ޗެމްޕިއަންކަން ހޯދީ އެވެ. މިދިޔަ އަހަރުތަކުގައި ޕޯޓޯ އިން 11 ފަހަރު ލީގު ހޯދި އެވެ. ބެންފީކާ އިން ހަތް ފަހަރު ތަށި އުފުލާލި އެވެ.

ސްޕޯޓިން އެއް ވަނައިގައި އޮތީ 32 މެޗުން 82 ޕޮއިންޓާ އެކު އެވެ. ދެ ވަނައިގައި އޮތް ޕޯޓޯ އަށް 32 މެޗުން ވަނީ 74 ޕޮއިންޓް ލިބިފަ އެވެ. އެ ޓީމުން ދެން އޮތް ދެ މެޗުން މޮޅުވިޔަސް ސްޕޯޓިންއާ ހަމަނުކުރެވޭނެ އެވެ. ތިން ވަނައިގައި އޮތް ބެންފީކާ އަށް ވަނީ 32 މެޗުން 70 ޕޮއިންޓް ލިބިފަ އެވެ.

މިރޭގެ މެޗުގައި ފެނިގެންދިޔަ ހަމައެކަނި ގޯލު ސްޕޯޓިން އަށް މެޗުގެ 36 ވަނަ މިނިޓްގައި ކާމިޔާބު ކޮށްދިނީ ޕައުލީނިއޯ އެވެ. މި ސީޒަނުގައި ސްޕޯޓިން އިން ޓީމެއްގެ ގޮތުގައި އަންނަނީ ތަފާތު މޮޅު ކުޅުމެއް ދައްކަމުންނެވެ. ސްޕޯޓިންގެ އެއް ތަރިއަކީ އެ ޓީމުގެ އެޓޭކްގައި މުހިއްމު ދައުރެއް އަދާކުރަމުން އަންނަ ޕެޑްރޯ ގޮންކާލްވޭސް އެވެ. އުމުރުން 22 އަހަރުގެ ޕެޑްރޯ ވަނީ 18 ގޯލު ޖަހައި ފަސް ގޯލު ޖަހަން ފުރުސަތު ތަނަވަސްކޮށްދީފަ އެވެ.

ލީގުގެ މެޗެއްގެ ތެރެއިން ޕެޑްރޯ ގޮންކާލްވޭސް ބޯޅަ ހިފައިގެން.-- ފޮޓޯ: އޭއެފްޕީ

މެޗު ފެށުމުގެ ކުރިން ސްޕޯޓިންގެ ގިނަ ސަޕޯޓަރުންތަކެއް ވަނީ އެ ޓީމުގެ ދަނޑު ކައިރިއަށް ޗެމްޕިއަން ޖަހާފައިވާ ބެނާތަކެއް ހިފައިގެން އެއްވެފަ އެވެ. އެ ސަޕޯޓަރުންތަކުގެ އެއްވުންތައް ރޫޅާލީ ފުލުހުންނެވެ.

ފާއިތުވި 20 ވަރަކަށް އަހަރު ސްޕޯޓިން މަޝްހޫރު ވެފައި އޮތީ ފެންވަރު ރަނގަޅު ކުޅުންތެރިން އުފައްދާ ކްލަބެއްގެ ގޮތުގަ އެވެ. އެ ޓީމުން 2001 ވަނަ އަހަރު ލީގު ކާމިޔާބުކުރި ފަހުން ޕްރޮފެޝަނަލް ފުޓްބޯޅަ އަށް ނެރެދިން ކުޅުންތެރިންނަށް ބަލާއިރު ކްރިސްޓިއާނޯ ރޮނާލްޑޯ، ބްރޫނޯ ފެނާންޑޭސް، ވިލިއަމް ކަވާލިއޯ، ރުއީ ޕެޓްރީޝިއޯ، އެރިކް ޑަޔާ، ސެޑްރިކް ސޮއާރޭސް، ނާނީ، މިގޭލް ވެލޯސޯ، ރަފީނިއާ ފަދަ ކުޅުންތެރިން ހިމެނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ދިއްދޫ ކައިރިން އީގަލްސް އަށް ލިބުނީ ޕޮއިންޓެއް

ދިވެހި ޕްރިމިއާ ލީގުގައި ދިއްދޫއާ ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވެ، ތާވަލުގެ އެއްވަނައަށް އެރުމަށް ލިބުނު ފުރުސަތު އީގަލްސް އަށް ވަނީ ގެއްލިފައި. މި ނަތީޖާއާއެކު އީގަލްސް ތާވަލުގެ ދެވަނައިގައި އޮތީ އެއްވަނައިގައިވާ ވިކްޓަރީއާ އެއް އަދަދަކަށް ޕޮއިންޓް ލިބި، ލަނޑުގެ ތަފާތުން ފަހަތަށް ޖެހިގެން

ފީފާގެ ރައީސަކަށް ޔުއެފާގެ ކެންޑިޑޭޓަކީ ވެންގާ؟

ފީފާގެ މިހާރުގެ ރައީސް ޖިއާނީ އިންފަންޓީނޯއާ ވާދަކުރުމަށް ޔުއެފާ އިން ނެރޭ ކެންޑިޑޭޓަކީ މަޝްހޫރު ކޯޗު އާސެން ވެންގާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފި. އަންނަ އަހަރު ބާއްވާ އިންތިހާބަށް ވެންގާ ނެރުމާ ގުޅޭގޮތުން ޔުއެފާގެ އިސް އޮފިޝަލުން މަޝްވަރާ ކުރަމުންދާއިރު، އިންފަންޓީނޯ ވަނީ ހަތަރު ވަނަ ދައުރަކަށް ކުރިމަތިލައްވާނެކަން އިއުލާނުކުރައްވާފައި

ފީފާ ކައުންސިލް ބައްދަލުވުމުގައި ނޭޕާލަށް ލުޔެއް ނެތް

ފީފާގެ އެންގުންތަކަށް ބޯނުލެނބުމުގެ ސަބަބުން ނޭޕާލަށް ކުރި ސަސްޕެންޝަން، އެންމެ ފަހުން ބޭއްވި ފީފާ ކައުންސިލް ބައްދަލުވުމުގައި ވެސް އުވާލާފައެއް ނުވޭ. މި ސަސްޕެންޝަނާ ގުޅިގެން، އަންނަ މަހު ބާއްވާ ސާފް ޗެމްޕިއަންޝިޕްގައި ވާދަކުރުމުގެ ފުރުސަތު ނޭޕާލަށް ވަނީ ގެއްލިފައި

ރިސޯޓް ސުޕަ ލީގުގައި އޮޅުވެލި އަށް ބަރޮސް އަތުން ތަފާތު މޮޅެއް

ރިސޯޓް ސުޕަ ލީގުގައި ބަރޮސް އަތުން 7-2 ގެ އެގްރިގޭޓް ނަތީޖާއަކުން މޮޅުވެ، ސަން ސިޔާމް އޮޅުވެލިން ތަފާތު ބޮޑު ކާމިޔާބީއެއް ހޯދައިފި. މި މުބާރާތުގެ ކުރިއަށް ހުރި މެޗުތަކަށްފަހު އެގްރިގޭޓުން އެންމެ ރަނގަޅު ނަތީޖާ ހޯދާ ޓީމުތަކުގެ މެދުގައި ސެމީ ފައިނަލާއި ފައިނަލް މެޗުތައް މި މަހުގެ ފަހުކޮޅު ކުޅުމަށް ވަނީ ތާވަލުކުރެވިފައި

ޔުނައިޓެޑްގެ ވެރިންނަށް ފާޑުކިޔުމުން މާޓިނޭޒް ހޫނު ފެނަށް

މެންޗެސްޓާ ޔުނައިޓެޑްގެ މެނޭޖްމަންޓަށް ފާޑުކިޔައި އިންޓަވިއު ދިނުމާ ގުޅިގެން، ލިސަންޑްރޯ މާޓިނޭޒްއަށް ފިޔަވަޅު އަޅަން ނިންމައި އޭނާ ކްލަބުން ދޫކޮށްލުމުގެ ވިސްނުން ގެންގުޅެން ފަށައިފި. މާޓިނޭޒް ފަހުން އެކަމަށް މައާފަށް އެދުނު ނަމަވެސް، ކްލަބްގެ ކޯޗުން ބަދަލުކުރުމާއި ސްކޮޑުގެ ފެންވަރާ މެދު އޭނާ ދެއްކި ވާހަކަތަކުގެ ސަބަބުން ހާލަތު ވަނީ ގޯސްވެފައި

މައާފަށް އެދުމުން ވެސް އިންފަންޓީނޯ އަށް ތާއީދެއް ނެތް!

ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ އަށް ހެދުނު ގޯސްތަކަށް މައާފަށް އެދިވަޑައިގެންނެވި ނަމަވެސް، އޭނާ ފީފާ ލީޑުކުރުމަށް ކައުންސިލްގެ ގިނަ މެމްބަރުންގެ ތާއީދެއް ނެތް. މީގެ މައިގަނޑު ސަބަބަކީ މަޝްވަރާނުކޮށް ވޯލްޑް ކަޕްގެ ރައިޓްސް ވިއްކާލަން އުޅުމާއި، ސިޔާސީ ނުފޫޒުން ކުޅުންތެރިއެއްގެ ސަސްޕެންޝަނަށް ލުއިދިނުން

ދިއްދޫ އާއި ގައްދޫ އަށް އެފްއޭއެމް ދާއިމީ މެމްބަރުކަން ދީފި

ދިވެހި ޕްރިމިއާ ލީގުގައި ވާދަކުރާ ހއ. ދިއްދޫ އަދި ގދ. ގައްދޫ ފުޓްބޯޅަ ޓީމަށް އެފްއޭއެމްގެ ދާއިމީ މެމްބަރުކަން ދިނުމަށް އެ އެސޯސިއޭޝަނުގެ ކޮންގްރެސްއިން އިއްތިފާގުން ފާސްކޮށްފި. މިއީ ރާއްޖޭގެ ފުޓްބޯޅަ ލާމަރުކަޒީކޮށް އަތޮޅުތަކުގެ ޓީމުތަކަށް ފުރުސަތު ފަހިކޮށްދިނުމަށް އެޅުނު ފިޔަވަޅެއް ކަމަށް

Newsletter

Get the latest news delivered straight to your inbox