އެމްއެމްޕީއާރުސީގެ ފައިސާ ލިބުނު ކަމަށް ފެތުރީ ދޮގެއް: ޝަމީމް

ހިޔާނާތުގެ ފައިސާއާ ގުޅުވައި ފަތުރަނީ ދޮގެއް ކަމަށް ޝަމީމް ވިދާޅުވި. -- ފޮޓޯ / އަދަދު

ހިޔާނާތުގެ ފައިސާއާ ގުޅުވައި ފަތުރަނީ ދޮގެއް ކަމަށް ޝަމީމް ވިދާޅުވި. -- ފޮޓޯ / އަދަދު

އެމްއެމްޕީއާރުސީގެ ހިޔާނާތުން ޕްރޮސިކިއުޓަ ޖެނެރަލް ހުސެއިން ޝަމީމަށް މަންފާވި ކަން ލިސްޓުން ފެންނަން އެބައޮތް ކަމަށް ފަތުރަމުންދާ ވާހަކަ އޭނާ މިރޭ ދޮގުކުރައްވައިފި އެވެ.

ޝަމީމް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އޭނާ އަށް އެމްއެމްޕީއާރުސީގެ ފައިސާ ލިބިވަޑައިގެންފައި ނުވާ ކަމަށެވެ.

ޕްރޮސިކިއުޓަ ޖެނެރަލަށް އަމާޒުކޮށްފައިވާ ތުހުމަތަށް އެ އޮފީހުން ވެސް މިރޭ ވަނީ ރައްދުދީފަ އެވެ.

ޕަބްލިކް ޕްރޮސިކިއުޓަރު އަދި މީޑިއާ އޮފިޝަލް އަހްމަދު ޝަފީއު މީޑިއާތަކަށް ފޮނުއްވި މެސެޖުގައި ވިދާޅުވީ އެމްއެމްޕީއާރުސީއާ ގުޅުން ހުރި ފައިސާ ޕްރޮސިކިއުޓަ ޖެނެރަލަށް ލިބިވަޑައިގެންނެވި ކަމަށް މީޑިއާއަކުން ރިޕޯޓްކުރި ވާހަކަތަކަކީ ހަގީގަތާ ހިލާފު ކަނޑައެޅިގެން ދޮގެއް ކަމަށެވެ.

"އެމްއެމްޕީއާރުސީގެ ހިޔާނާތާ ގުޅުން ހުރި އެއްވެސް ފައިސާއެއް އެއްވެސް އިރެއްގައި ޕްރޮސިކިއުޓަ ޖެނެރަލް އަލްއުސްތާޒު ހުސެއިން ޝަމީމަށް ލިބިވަޑައިނުގަންނަވާ ކަމުގެ ޔަގީންކަން އަރުވަމެވެ،" އެ މެސެޖުގައިވެ އެވެ.

ކުރީގެ ސަރުކާރުގައި ހިންގި ބޮޑު ހިޔާނާތުގެ ލިސްޓު ކަމަށް ބުނެ ސޯޝަލް މީޑިއާގައި ލިސްޓެއް ދައުރުކުރަނީ ތަހުގީގީ އިދާރާތަކުން ރައްޔިތުންގެ މަޖިލީހަށް މައުލޫމާތުތަކެއް ފޮނުވާފައި ވަނިކޮށެވެ. ތަހުގީގީ އިދާރާތަކުގައި މަޖިލީހުން އެދުނީ ހިޔާނާތުން މަންފާވި މީހުންނާއި ތަހުގީގު ލަސްވާ ސަބަބެއް ސާފުކޮށްދިނުމަށެވެ.

އެސެޓް ރިކަވަރީ ކޮމިޝަނުން މަޖިލީހަށް ހިޔާނާތާ ގުޅޭ ލިސްޓު ފޮނުވައި އެ އާއްމުނުކުރަން އެދުމުން ކޮމިޓީން ފުރަތަމަ ނިންމީ އެ ވަގުތަަށް ލިސްޓު އާއްމުނުކުރާށެވެ. އެކަމަކު ނަންތައް ހާމަކުރަން ގޮވާލަމުން ދަނިކޮށް މިރޭ ވަނީ ބައެއް މީހުންގެ ނަންތަކާ އެކު ބޮޑެތި ތުހުމަތުތަކެއް ސޯޝަލްމީޑިއާގައި ކޮށްފަ އެވެ.

އެކަމަކު ދައުރުވަމުންދާ ވާހަކަތަކާ ގުޅޭ ގޮތުން މަޖިލީހުން ވަކި އެއްޗެއް އަދި ނުބުނެ އެވެ.

އެސެޓް ރިކަވަރީ ކޮމިޝަނާއި އޭސީސީ އާއި ފުލުހުން ހިންގާ ޖޮއިންޓް އިންވެސްޓިގޭޝަންގައި އާއްމުކުރި ގޮތުގައި ލިސްޓުގައި ހިމެނެނީ 267 ނަމެކެވެ. އެކަމަކު މި ފަހުން މަޖިލީހަށް ފޮނުވި ލިސްޓަށް 14 ނަން އިތުރުވެ 281 ނަމެއް އެބައޮތް ކަމަށް މަޖިލީހުން ވަނީ ބުނެފަ އެވެ.

މަޖިލީހުން މި މައްސަލަ ބަލަން ފެށީ ތަހުގީގީ އިދާރާތަކުގައި ދިގުލައިގެން ގޮސް ނަތީޖާއެއް ނުނެރެވޭ ކަމުގެ ތުހުމަތާ އެކުގަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސައިކަލުގައި އިން އެކަކު މުއްދަތު ހަމަނުވަނީސް ބަންދުން ދޫކޮށްލި

ހުޅުމާލޭގައި ތިން މީހުން އަރުވައިގެން ވަންވޭއާ ދެކޮޅަށް ދުއްވި ސައިކަލެއް އެކްސިޑެންޓްވިއިރު، އޭގައި އިން އެކަކީ ކުށުގެ ރެކޯޑު އޮތް، ބަންދުގެ މުއްދަތު ހަމަނުވަނީސް ދޫކޮށްލާފައިވާ މީހެއް. މި ހާދިސާގައި ފަސް މީހަކަށް އަނިޔާވެ ދެ މީހަކަށް ވެންޓިލޭޓަރުގައި ފަރުވާދެމުންދާއިރު، އެ ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ.

އެމްޓީސީސީގައި 6،700 މުވައްޒަފުން، ކޮންޓްރެކްޓް މުވައްޒަފުން ގިނަ

އާރްޑީސީ އާއި އެމްޓީސީސީ އެއްކޮށްލުމުގެ ކުރިން އެމްޓީސީސީގައި 6،700 މުވައްޒަފުން ތިބިއިރު، އޭގެ ތެރެއިން ގިނައީ ކޮންޓްރެކްޓް މުވައްޒަފުން. ދެ ކުންފުނި އެއްކޮށްލުމުން އާރްޑީސީގެ 4،000 އެއްހާ މުވައްޒަފުން އެމްޓީސީސީއާ ގުޅޭނެ ކަމަށާއި، މިއާއެކު ރާއްޖޭގެ ހުރިހާ ރަށެއްގައި އެ ކުންފުނީގެ މުވައްޒަފުން ތިބޭނެ ކަމަށް އެމްޓީސީސީން ބުނޭ.

ހުޅުމާލޭ ސިންތެޓިކް ޓްރެކް މަރާމާތު ކުރުމުގެ މަސައްކަތް ފަށައިފި

ހުޅުމާލޭ ސިންތެޓިކް ޓްރެކް ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެއްތުމަށްޓަކައި މަރާމާތުކުރުމުގެ އަމަލީ މަސައްކަތް ޔޫތު މިނިސްޓްރީން މިހާރު ވަނީ ފަށާފައި. މި މަޝްރޫއުގެ ދަށުން ޓްރެކް ޕީޔޫއަށް ބަދަލުކޮށް، އެތުލީޓުން ހަދާ ރެކޯޑުތައް ބަލައިގަނެވޭ ފެންވަރަށް ތަރައްގީކޮށް އަންނަ އަހަރުގެ ޖެނުއަރީއަށް ނިންމުމަށް ވަނީ އަމާޒު ހިފާފައި.

ހުޅުމާލެ އެކްސިޑެންޓުގައި އަނިޔާވި ދެ މީހުން ދޫކޮށްލައިފި

ހުޅުމާލޭގައި ފުލުހުންނަށް ފިލަން އުޅުނު ސައިކަލެއް އެހެން ސައިކަލެއްގައި ޖެހި ހިނގި އެކްސިޑެންޓުގައި އަނިޔާވި ފަސް މީހުންގެ ތެރެއިން ދެ މީހަކަށް އަދިވެސް ފަރުވާދެނީ ވެންޓިލޭޓަރުގައި. މި ހާދިސާގައި އަނިޔާވި ދެ މީހަކު ފަރުވާއަށްފަހު ދޫކޮށްލާފައިވާއިރު، އެކްސިޑެންޓުވި އެއް ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ ކަމަށް ފުލުހުން ބުނޭ.

އީގަލް ހިލްސްއިން ހައުސިން ޔުނިޓުތައް އަޅަނީ އާބަން އައިލްގައި

ޔޫއޭއީގެ އީގަލް ހިލްސް ކުންފުނިން ހުޅުމާލޭ އާބަން އައިލްގައި ތަރައްގީކުރާ 5000 ހައުސިން ޔުނިޓުގެ އަގު ދައްކަނީ ސަރުކާރަށް މުސްތަގުބަލުގައި ލިބޭނެ ކަަމަށް ބުނާ ކޮމިޝަނުން.

ނޮވެމްބަރުގެ ތިން ދުވަސް: ނަވީ ޕިއްލޭ އަދި ދިވެހިރާއްޖެ

އދ. ގައި ފަހުން ބޭއްވި ރިވިއުއެއްގައި، ރާއްޖޭގެ އޮފިޝަލުން ވަނީ ހައްދު ޖެހުމަކީ އިސްލާމީ ޝަރީއަތުގެ ތެރެއިން ކުރާ ކަމެއް ކަމަށް ބުނެ އެކަން ދިފާއުކޮށްފަ އެވެ. ނަމަވެސް ޕިއްލޭ އާއި އެމްނެސްޓީ އިންޓަނޭޝަނަލް ފަދަ ޖަމާއަތްތަކުން ދިޔައީ އެކަން ހުއްޓާލުމަށް ގޮވާލަމުންނެވެ.

"މެދުއިރުމަތީ ހަނގުރާމަ ރާއްޖެއާ ގާތަށް އައުމުގެ ބިރު އެބައޮތް"

ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އިންޑިއާ ފަދަ ބޭރުގެ ބާރުތަކުގެ އަސްކަރީ އެހީތެރިކަން ހޯދުމަކީ މުހިންމު ކަމެއް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

Newsletter

Get the latest news delivered straight to your inbox