ސުޕަ ލީގުން ވަކިވާން ޔުވެންޓަސް އަށް ފަހު އިންޒާރު

May 11, 2021, 8:27 AM
ޔުވެންޓަަސްގެ ރައީސް އަންދެއާ އަގްނެލީ.-- ފޮޓޯ: އޭއެފްޕީ

ޔުވެންޓަަސްގެ ރައީސް އަންދެއާ އަގްނެލީ.-- ފޮޓޯ: އޭއެފްޕީ

ޓިއުރިން (މެއި 11) - ޔޫރަޕިއަން ސުޕަ ލީގުން ވަކިވާން ޔުވެންޓަސް އަށް ދީފައިވާ މުއްދަތުގެ ތެރޭގައި އެ ޓީމުން އެ ގޮތަށް އަމަލުނުކޮށްފިނަމަ އަންނަ ސީޒަނުގައި އިޓާލިއަން ލީގުން އެ ޓީމަށް ފުރުސަތެއް ނޯންނާނެ ކަމަށް ބުނެ އިޓަލީގެ ފުޓްބޯޅަ ފެޑެރޭޝަނުން އިންޒާރެއް ދީފި އެވެ.

މިދިޔަ މަހު 18 ވަނަ ދުވަހު ޔޫރަޕްގެ ނަން މަޝްހޫރު 12 ކްލަބް އަޑީގައި އޮވެގެން އިއުލާނުކުރި ސުޕަ ލީގުން މި ވަގުތު ވަކިނުވެ އޮތީ ތިން ކްލަބެކެވެ. އެއީ ޔުވެންޓަސްގެ އިތުރުން ސްޕެއިނުގެ ބާސެލޯނާ އާއި ރެއާލް މެޑްރިޑް އެވެ. ސުޕަ ލީގުން ވަކިވި ޓީމުތަކަކީ އިންގްލެންޑްގެ މެންޗެސްޓާ ޔުނައިޓެޑް، މެންޗެސްޓާ ސިޓީ، ލިވަޕޫލް، އާސެނަލް، ޗެލްސީ، ޓޮޓެންހަމް އަދި ސްޕެއިނުގެ އެތުލެޓިކޯ މެޑްރިޑާއި އިޓަަލީގެ އޭސީ މިލާން އަދި އިންޓަ މިލާން އެވެ.

އިޓަލީގެ މީޑިއާ ރިޕޯޓްތައް ބުނާގޮތުން އަންނަ ސީޒަނަށް އިޓާލިއަން ލީގުގައި ޓީމުތައް ރަޖިސްޓްރީ ކުރާ މުއްދަތު އަންނަ މަހުގެ 20 އަށް ހަމަވާނެ އެވެ. އިޓާލީގެ ފެޑެރޭޝަނުން ޔުވެންޓަސް އަށް ސުޕަ ލީގުން ވަކިވާން ދީފައިވާ މުއްދަތު އެ ތާރީހުގައި ހަމަވާނެ އެވެ.

"ޔުވެންޓަސް އިން ގަވާއިދަށް އިހުތިރާމް ނުކުރާނަމަ އެ މީހުންނަށް ވެސް ފުރުސަތެއް ނޯންނާނެ. އަހަރެން ތަކުރާރުކޮށް ބުނާނެ އެއްޗަކީ އަންނަ ސީޒަނަށް ލީގުގެ ޓީމުތައް ރަޖިސްޓްރީ ކުރާއިރު ސުޕަ ލީގުން ވަކިނުވާ ޓިމުތަކަށް އިޓާލިއަން ލީގުން ވެސް ފުރުސަތެއް ނެތް،" އިޓަލީ ފުޓްބޯޅަ ފެޑެރޭޝަންގެ ރައީސް ގަބްރިއެލް ގްރަވީނާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ސުޕަ ލީގުން ޔުވެންޓަސް ވަކިވާން ކުރާ މަސައްކަތުގައި އެ ޓީމުން ޔުއެފާއާ ގެންދަން ބޭނުންވާ މަޝްވަރާތަކުގައި މެދުވެރިއެއްގެ ދައުރު އަދާކުރަން އިޓަލީގެ ފުޓްބޯޅަ ފެޑެރޭޝަން ތައްޔާރަށް އޮތް ކަމަށެވެ.

"ޔުއެފާ އާއި އިޓަލީ ފުޓްބޯޅަ ފެޑެރޭޝަނުން ބަލައިނުގަންނަ މުބާރާތެއްގައި ޔުވެންޓަސް އަށް ވާދަނުކުރެވޭނެ. މި މުބާރާތް އިންޓަނޭޝަނަލް ފުޓްބޯޅަ އަށް ރަނގަޅެއް ނޫން. އިޓަލީ ފުޓްބޯޅަ އަށް ވެސް. އަދި ޔުވެންޓަސް އަށް ވެސް ރަނގަޅެއް ނުވާނެ،" ގްރަވީނާ ވިދާޅުވި އެވެ.

ސުޕަ ލީގު ކުރިއަށް ގެންދަން ބޭނުންވި ކަމުގައި ވިޔަސް ފައުންޑާ މެމްބަރުންގެ ތެރެއިން ގިނަ ކްލަބްތަކެއް ލީގުން ވަކިވެފައިވުމުން ދެން މި ލީގު އިތުރަށް ކުރިއަށް ނުދާނެ ކަމަށް ޔުވެންޓަސްގެ ރައީސް އަންދްރެއާ އަގްނެލީ މީގެ ކުރިން ވަނީ ވިދާޅުވެފަ އެވެ. އެކަމަކު ފަހުން އަނެއްކާ ވެސް އޭނާ ވަނީ ސުޕަ ލީގު ދިފާއުކޮށް ވާހަކަ ދައްކަަވައިފަ އެވެ.

ސުޕަ ލީގުން ވަކިވެ ކުރެވުނު ކުށަށް މައާފަށް އެދެން ޔުއެފާ އިން އެންގި އެންގުމާ އެއްގޮތަށް އަމަލުނުކުރަން ރެއާލާއި ބާސެލޯނާ އަދި ޔުވެންޓަސް އިން ވަނީ ނިންމައިފަ އެވެ. ޔުއެފާ އިން ވަނީ ސުޕަ ލީގުން ވަކިވި ޓީމުތަކަށް ސަސްޕެންޝެނެއް ނުދީ ޖޫރިމަނާކޮށްފަ އެވެ. ސުޕަ ލީގުގައި މި ވަގުތު އޮތް ރެއާލާއި ބާސެލޯނާ އަދި ޔުވެންޓަސް އަށް ޔުއެފާގެ ސަސްޕެންޝަނެއް އައުމުގެ ފުރުސަތު އެބައޮތެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ދިއްދޫ ކައިރިން އީގަލްސް އަށް ލިބުނީ ޕޮއިންޓެއް

ދިވެހި ޕްރިމިއާ ލީގުގައި ދިއްދޫއާ ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވެ، ތާވަލުގެ އެއްވަނައަށް އެރުމަށް ލިބުނު ފުރުސަތު އީގަލްސް އަށް ވަނީ ގެއްލިފައި. މި ނަތީޖާއާއެކު އީގަލްސް ތާވަލުގެ ދެވަނައިގައި އޮތީ އެއްވަނައިގައިވާ ވިކްޓަރީއާ އެއް އަދަދަކަށް ޕޮއިންޓް ލިބި، ލަނޑުގެ ތަފާތުން ފަހަތަށް ޖެހިގެން

ފީފާގެ ރައީސަކަށް ޔުއެފާގެ ކެންޑިޑޭޓަކީ ވެންގާ؟

ފީފާގެ މިހާރުގެ ރައީސް ޖިއާނީ އިންފަންޓީނޯއާ ވާދަކުރުމަށް ޔުއެފާ އިން ނެރޭ ކެންޑިޑޭޓަކީ މަޝްހޫރު ކޯޗު އާސެން ވެންގާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފި. އަންނަ އަހަރު ބާއްވާ އިންތިހާބަށް ވެންގާ ނެރުމާ ގުޅޭގޮތުން ޔުއެފާގެ އިސް އޮފިޝަލުން މަޝްވަރާ ކުރަމުންދާއިރު، އިންފަންޓީނޯ ވަނީ ހަތަރު ވަނަ ދައުރަކަށް ކުރިމަތިލައްވާނެކަން އިއުލާނުކުރައްވާފައި

ފީފާ ކައުންސިލް ބައްދަލުވުމުގައި ނޭޕާލަށް ލުޔެއް ނެތް

ފީފާގެ އެންގުންތަކަށް ބޯނުލެނބުމުގެ ސަބަބުން ނޭޕާލަށް ކުރި ސަސްޕެންޝަން، އެންމެ ފަހުން ބޭއްވި ފީފާ ކައުންސިލް ބައްދަލުވުމުގައި ވެސް އުވާލާފައެއް ނުވޭ. މި ސަސްޕެންޝަނާ ގުޅިގެން، އަންނަ މަހު ބާއްވާ ސާފް ޗެމްޕިއަންޝިޕްގައި ވާދަކުރުމުގެ ފުރުސަތު ނޭޕާލަށް ވަނީ ގެއްލިފައި

ރިސޯޓް ސުޕަ ލީގުގައި އޮޅުވެލި އަށް ބަރޮސް އަތުން ތަފާތު މޮޅެއް

ރިސޯޓް ސުޕަ ލީގުގައި ބަރޮސް އަތުން 7-2 ގެ އެގްރިގޭޓް ނަތީޖާއަކުން މޮޅުވެ، ސަން ސިޔާމް އޮޅުވެލިން ތަފާތު ބޮޑު ކާމިޔާބީއެއް ހޯދައިފި. މި މުބާރާތުގެ ކުރިއަށް ހުރި މެޗުތަކަށްފަހު އެގްރިގޭޓުން އެންމެ ރަނގަޅު ނަތީޖާ ހޯދާ ޓީމުތަކުގެ މެދުގައި ސެމީ ފައިނަލާއި ފައިނަލް މެޗުތައް މި މަހުގެ ފަހުކޮޅު ކުޅުމަށް ވަނީ ތާވަލުކުރެވިފައި

ޔުނައިޓެޑްގެ ވެރިންނަށް ފާޑުކިޔުމުން މާޓިނޭޒް ހޫނު ފެނަށް

މެންޗެސްޓާ ޔުނައިޓެޑްގެ މެނޭޖްމަންޓަށް ފާޑުކިޔައި އިންޓަވިއު ދިނުމާ ގުޅިގެން، ލިސަންޑްރޯ މާޓިނޭޒްއަށް ފިޔަވަޅު އަޅަން ނިންމައި އޭނާ ކްލަބުން ދޫކޮށްލުމުގެ ވިސްނުން ގެންގުޅެން ފަށައިފި. މާޓިނޭޒް ފަހުން އެކަމަށް މައާފަށް އެދުނު ނަމަވެސް، ކްލަބްގެ ކޯޗުން ބަދަލުކުރުމާއި ސްކޮޑުގެ ފެންވަރާ މެދު އޭނާ ދެއްކި ވާހަކަތަކުގެ ސަބަބުން ހާލަތު ވަނީ ގޯސްވެފައި

މައާފަށް އެދުމުން ވެސް އިންފަންޓީނޯ އަށް ތާއީދެއް ނެތް!

ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ އަށް ހެދުނު ގޯސްތަކަށް މައާފަށް އެދިވަޑައިގެންނެވި ނަމަވެސް، އޭނާ ފީފާ ލީޑުކުރުމަށް ކައުންސިލްގެ ގިނަ މެމްބަރުންގެ ތާއީދެއް ނެތް. މީގެ މައިގަނޑު ސަބަބަކީ މަޝްވަރާނުކޮށް ވޯލްޑް ކަޕްގެ ރައިޓްސް ވިއްކާލަން އުޅުމާއި، ސިޔާސީ ނުފޫޒުން ކުޅުންތެރިއެއްގެ ސަސްޕެންޝަނަށް ލުއިދިނުން

ދިއްދޫ އާއި ގައްދޫ އަށް އެފްއޭއެމް ދާއިމީ މެމްބަރުކަން ދީފި

ދިވެހި ޕްރިމިއާ ލީގުގައި ވާދަކުރާ ހއ. ދިއްދޫ އަދި ގދ. ގައްދޫ ފުޓްބޯޅަ ޓީމަށް އެފްއޭއެމްގެ ދާއިމީ މެމްބަރުކަން ދިނުމަށް އެ އެސޯސިއޭޝަނުގެ ކޮންގްރެސްއިން އިއްތިފާގުން ފާސްކޮށްފި. މިއީ ރާއްޖޭގެ ފުޓްބޯޅަ ލާމަރުކަޒީކޮށް އަތޮޅުތަކުގެ ޓީމުތަކަށް ފުރުސަތު ފަހިކޮށްދިނުމަށް އެޅުނު ފިޔަވަޅެއް ކަމަށް

Newsletter

Get the latest news delivered straight to your inbox