އެމެރިކާގައި 12 އަހަރުން މަތީގެ ކުދިންނަށް ފައިޒާ ވެކްސިން ޖެހުމުގެ ހުއްދަ ދީފި

އެމެރިކާގައި 16 އަހަރުގެ ކުއްޖަކަށް ކޮވިޑް ވެކްސިން ދެނީ.--

އެމެރިކާގައި 16 އަހަރުގެ ކުއްޖަކަށް ކޮވިޑް ވެކްސިން ދެނީ.--

ކޮވިޑާ ދެކޮޅަށް ފައިޒާއިން އުފެއްދި ވެކްސިން އުމުރުން 12 އަހަރުން މަތީގެ ކުދިންނަށް ޖެހުމުގެ ހުއްދަ އެމެރިކާގައި ދީފި އެވެ. ހުއްދަ ދީފައި ވާތީ އަންނަ ބުރާސްފަތި ދުވަހު އެ އުމުރުގެ ކުދިންނަށް ވެކްސިން ދޭން ފަށާނެ ކަމަށް ބެލެވެ އެވެ.

ކޮވިޑާ ދެކޮޅަށް ހެދި ގިނަ ވެކްސިންތައް ޖަހަނީ ހަމައެކަނި ބޮޑެތި މީހުންގެ ގަޔަށެވެ. ނަމަވެސް ފައިޒާ ވެކްސިން މީގެ ކުރިން 16 އަހަރުން މަތީގެ ކުދިންގެ ގަޔަށް ޖެހި އެވެ. އެމެރިކާއިން މި ވެކްސިން 12 އަހަރުން މަތީގެ ކުދިންނަށް ދޭން ނިންމި އިރު ކެނެޑާއިން ވެސް އަމަލު ކުރަނީ އެ ގޮތަށެވެ.

އުމުރުން 12 އަހަރުން މަތީގެ ކުދިންނަށް ވެކްސިން ޖެހުމުގެ ހުއްދަ ދިނުމުން ރައީސް ޖޯ ބައިޑެން އެކަމަށް މަރުހަބާ ވިދާޅުވި އެވެ. މިއީ "ވައިރަހާ ދެކޮޅަށް ކުރާ ހަނގުރާމައިގައި ލިބުނު ކުރިއެރުމެއް"ގެ ގޮތުގައި ސިފަކުރެއްވި އެވެ.

ކޮވިޑް ޖެހޭ ގިނަ ކުޑަކުދިންގެ އެއްވެސް އަލާމާތެއް ނުފެނެ އެވެ. އަލާމާތް ފެންނަ ކުދިން ވެސް މާ ބޮޑަކަށް ބައްޔެއް ނުވެ އެވެ. ނަމަވެސް ކުދިންގެ ގައިން އެހެން މީހުން ގަޔަށް ފަސޭހަކަމާއެކު ވައިރަސް ވާސިލްވެ އެވެ. އަދި ބައެއް ހާލަތްތަކުގައި ބޮޑަށް ބަލިވުމުގެ ފުރުސަތު އޮވެ އެވެ.

ސިއްހީ އިދާރާތަކުން ބުނެފައިވާ ގޮތުގައި މި ބަލިމަޑުކަން ނިމުމަކަށް ގެނެސް އާއްމު ދިރިއުޅުމަށް ރުޖޫއަވުމަށް ކުޑަކުދިންނަށް ވެކްސިން ދިނުން މުހިއްމެވެ.

އުމުރުން 12 އަހަރުގެ ކުދިންނަށް ފައިޒާ ވެކްސިން ޖެހުމުގެ ހުއްދަ އެމެރިކާގެ ފުޑް އެންޑް ޑްރަގް އެޑްމިނިސްޓްރޭޝަން (އެފްޑީއޭ) އިން ދިނީ 2000 އަށް ވުރެ ގިނަ ކުދިން ބައިވެރިވި ދިރާސާއަކަށް ފަހު އެވެ.

ދިރާސާއިން ދެއްކި ގޮތުގައި ވެކްސިން ފުރިގަމަ ކުރި އެއްވެސް ކުއްޖަކަށް ކޮވިޑް ޖެހިފައެއް ނުވެ އެވެ. އޭގެ އިތުރުން ކުދިންނަށް ވެކްސިން ޖެހުމުން ބޮޑެތި މީހުންގެ ގައިގައި އުފެދޭ އެންޓިބޮޑީޒް އަށް ވުރެ ވަރުގަދަ އެންޓިބޮޑީޒް އެ ކުދިންގެ ގައިގައި އުފެދިފައި ވެއެވެ.

ވެކްސިނުން ކުދިންނަށް ދިމާވީ ބޮޑެތި މީހުންނަށް ވެސް ދިމާވާ ސައިޑް އިފެކްޓެވެ. އެއީ ވެކްސިން ޖެހި ސަރަހައްދަށް ތަދުވުމާއި، ހުން އައިމާއި، ފިނިވުމާއި ގައިގައި ރިއްސުން ފަދަ ކަންކަމެވެ.

ފައިޒާއިން ވަނީ ޔޫރަޕުގައި ވެސް 12 އަހަރުން މަތީގެ ކުދިންނަށް ވެކްސިން ޖެހުމުގެ ހުއްދައަށް އެދިފަ އެވެ. އެ ކުންފުނީގެ އިތުރުން މޮޑާނާއިން ވެސް އަންނަނީ ކުޑަކުދިންނަށް ވެކްސިން ދިނުމުގެ ހުއްދަ ހޯދަން މަސައްކަތް ކުރަމުންނެވެ.

އުމުރުން 12 އަހަރާއި 17 އަހަރާ ދެމެދުގ ކުދިން ބައިވެރިވެގެން މޮޑާނާއިން ކުރި ދިރާސާއިން ކުދިންނަށް ރައްކާތެރިކަން ލިބޭ ކަމަށާއި މާ ބޮޑު ސައިޑް އިފެކްޓެއް ދިމާނުވާ ކަމަށް ދައްކާފައި ވެއެވެ.

އޭގެ އިތުރުން އެމެރިކާގެ ނޮވަވެކްސް ކުންފުނިން ވެސް އަންނަނީ އުމުރުން 12 އަހަރާއި 17 އަހަރާ ދެމެދުގެ ކުދިން ބައިވެރިކޮށްގެން ދިރާސާއެއް ކުރަމުންނެވެ.

ބޮޑެތި ކުންފުނިތަކުގެ ކުރިއަށް އޮތް ފިޔަވަޅަކީ އެއަށް ވުރެ ވެސް ކުޑަ ކުދިންނަށް ވެކްސިން ރަނގަޅުތޯ ބެލުމެވެ. އެގޮތުން ފައިޒާ އާއި މޮޑާނާއިން އަންނަނީ އުމުރުން ހަ މަހާއި 11 އަހަރާ ދެމެދުގެ ކުދިންގެ ދިރާސާތައް ކުރަމުންނެވެ.

އެސްޓްރަޒެނެކާގެ ދިރާސާގައި ބައިވެރިވަނީ އުމުރުން ހަ އަހަރާއި 17 އަހަރާ ދެމެދުގ ކުދިންނެވެ. އޭގެ އިތުރުން ޗައިނާގެ ސިނޮވެކުން ދާދި ފަހުން ބުނީ އުމުރުން ތިން އަހަރުން މަތީގެ ކުދިންނަށް އެ ވެކްސިން ރައްކާތެރިކަން އަންގައިދޭ ދިރާސާތައް ކަމާ ބެހޭ އިދާރާއަށް ހުށަހަޅާފައިވާ ކަމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އީސްޓާ ސަންޑޭ ހަމަލާ: 15 މީހެއްގެ މައްޗަށް ކުށް ސާބިތު

2019 ވަނަ އަހަރު ސްރީލަންކާގައި ދިން އީސްޓާ ސަންޑޭ ބޮމުގެ ހަމަލާތަކާ ގުޅިގެން ދައުވާ އުފުލި 15 މީހެއްގެ މައްޗަށް ކުށް ސާބިތުވާ ކަމަށް އެ ގައުމުގެ ހައިކޯޓުން ވަނީ ކަނޑައަޅާފަ އެވެ. ކުށް ސާބިތުވި މީހުންގެ ތެރޭގައި ހަމަލާ ރޭވުމުގައި އިސްކޮށް ހުރި ނައުފަރު މައުލަވީ ހިމެނޭއިރު، މި މައްސަލާގައި ދައުވާކުރި އިތުރު 9 މީހެއްގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށް ކޯޓުން ވަނީ ނިންމާފަ އެވެ.

ވައިޓް ހައުސްއަށް ވަނުން މަނާކުރުމުން ނޫސްތަކުން ކޯޓަށް

ސީއެންއެން އާއި ޕޮލިޓިކޯ ފަދަ މީޑިއާތައް ވައިޓް ހައުސްއަށް ވަނުން ރައީސް ޓްރަމްޕްގެ ސަރުކާރުން މަނާކުރުމާ ގުޅިގެން، އެ މުއައްސަސާތަކުން ސަރުކާރާ ދެކޮޅަށް ދައުވާކުރަން ނިންމައިފިއެވެ. ނޫސްވެރިކަމުގެ މިނިވަންކަން ދިފާއުކުރުމަށް މި ފިޔަވަޅު އެޅި ނަމަވެސް، ޓްރަމްޕް ވަނީ އެއީ ދޮގު ޚަބަރު ފަތުރާ މީޑިއާތަކެއް ކަމަށް ބުނެ އެ ނިންމުމަށް ތާއީދުކުރައްވާފައެވެ.

ދެކުނު ކޮރެއާގަ 5 އަހަރުން ދަށުގެ ކުދިން ވިޔަފާރި މަންދޫބުންނަށް

ދެކުނު ކޮރެއާގައި ކޮންމެ އަހަރަކު އެތައް ސަތޭކަ ކުޑަކުދިންނެއް ވިޔަފާރިތަކުގެ މަންދޫބުންގެ ގޮތުގައި ރަޖިސްޓްރީކޮށް، ބޮޑެތި އާމްދަނީތައް ހޯދަމުންދާކަން ތަފާސްހިސާބުތަކުން ވަނީ ހާމަވެފައެވެ. މީގެ ތެރޭގައި ފަސް އަހަރުން ދަށުގެ ކުދިންވެސް ހިމެނޭއިރު، ބައެއް ކުދިންނަށް އަހަރަކު 100 މިލިއަން ވޮންއަށްވުރެ ގިނައިން އާމްދަނީ ލިބޭކަމަށް ރިޕޯޓުތަކުން ދައްކައެވެ. މިކަމަކީ އެ ގައުމުގެ މުޖުތަމައުގައި އޮތް އިގްތިސާދީ ނުހަމަހަމަކަން ހާމަކޮށްދޭ ކަމެއް ކަމަށް މަސްއޫލުވެރިން ފާހަގަކުރައްވައެވެ.

410 މިލިއަން ޑޮލަރުގެ ޑީލްތަކުގައި 25000 މީހުން ޑީޕޯޓުކޮށްފި

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ސަރުކާރުން 410 މިލިއަން ޑޮލަރުގެ ސިއްރު އެއްބަސްވުންތަކެއްގެ ދަށުން، 25،000 އަށްވުރެ ގިނަ ހިޖުރަވެރިން އެމީހުންނާ ގުޅުމެއް ނެތް ތިންވަނަ ގައުމުތަކަށް ޑީޕޯޓްކޮށްލާފައިވާކަން ތަހުގީގީ ރިޕޯޓަކުން ހާމަވެއްޖެއެވެ. މި އެއްބަސްވުންތަކަށް އެއްބަސްވުމަށް ބައެއް ގައުމުތަކަށް މަޖުބޫރުކުރުވާފައިވާއިރު، ގާނޫނީ އެއްވެސް ހިމާޔަތެއް ނެތި މި މީހުން ފޮނުވާލަނީ ނުރައްކާތެރި ހާލަތަކަށް ކަމަށް ވަކީލުން ބުނެއެވެ.

ދެކުނު އެފްރިކާގައި ނުވަ އަންހެނެއްގެ ހަށިގަނޑު ފެނިއްޖެ

ދެކުނު އެފްރިކާގެ ޖޯހަނަސްބާގުން ނުވަ އަންހެނެއްގެ ހަށިގަނޑު ފެނުނު މައްސަލައިގެ ތަހުގީގަށް ފިރިހެނަކާއި ދެ އަންހެނުން މިހާރު ވަނީ ހައްޔަރުކޮށްފައެވެ. މި މަރުތަކަކީ ސިލްސިލާ ގާތިލެއްގެ އަމަލުތަކެއްކަން އަދި ކަށަވަރުނުވި ނަމަވެސް، މިއީ އެ ގައުމުގައި އަންހެނުންނަށް ކުރާ އަނިޔާ އިންތިހާއަށް އިތުރުވެފައިވާކަން ހާމަވާ ކަމެކެވެ.

އޮސްޓްރޭލިއާގައި އާބާދީ މުސްކުޅިވުމުގެ މައްސަލަ ބޮޑުވަނީ

އޮސްޓްރޭލިއާގައި އުފަންވާ މީހުންނަށް ވުރެ މަރުވާ މީހުންގެ އަދަދު 2060 ގެ އަހަރުތަކުގައި އިތުރުވެ، އާބާދީ މުސްކުޅިވުމުގެ މައްސަލަ ބޮޑުވާނެ ކަމަށް އެ ގައުމުން ލަފާކޮށްފިއެވެ. މިއީ އުފަންވާ މިންވަރު ދަށްވުމާއި ހިޖުރަކުރާ މީހުން މަދުވުމުގެ ސަބަބުން ކުރިމަތިވާ ބަދަލެއް ކަމަށާއި، މީގެ ސަބަބުން ކުރިއަށް އޮތް 40 އަހަރު ދުވަހުގެ ތެރޭގައި އެ ގައުމުގެ އިގްތިސާދަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވާނެއެވެ.

އިމްރާން ޚާންގެ ކޮއްކޯފުޅު ހައްޔަރުކޮށްފި

ޕާކިސްތާނުގެ ކުރީގެ ބޮޑުވަޒީރު އިމްރާން ޚާން މިނިވަންކުރުމަށް ގޮވާލައި ބާއްވާ މުޒާހަރާތަކުގެ ކުރިން، އޭނާގެ ކޮއްކޮ އަލީމާ ޚާނަމް 30 ދުވަހުގެ މުއްދަތަށް ހައްޔަރުކޮށްފިއެވެ. ކަމާބެހޭ އިދާރާތަކުން ބުނާގޮތުގައި އޭނާ ހައްޔަރުކުރީ ގައުމުގެ އަމަންއަމާންކަން ގެއްލުވާލުމަށް މީހުން އެއްކޮށް، ސަރުކާރާ ދެކޮޅަށް މަސައްކަތް ކުރަމުންދާތީއެވެ.

Newsletter

Get the latest news delivered straight to your inbox