ފަލަސްތީނު މީހުން ގެތަކުން ނެރުމާ މެދު ގޮތެއް ނިންމުން ފަސްކޮށްފި

ޝެއިހް ޖައްރާގައި އުޅޭ ފަލަސްތީނު މީހުން ގެތަކުން ނެރުމާ ދެކޮޅަށް ބޭއްވި އެއްވުމެއް.-- ފޮޓޯ: އޭއެފްޕީ

ޝެއިހް ޖައްރާގައި އުޅޭ ފަލަސްތީނު މީހުން ގެތަކުން ނެރުމާ ދެކޮޅަށް ބޭއްވި އެއްވުމެއް.-- ފޮޓޯ: އޭއެފްޕީ

އިރުމަތީ ގުދުސްގެ ޝެއިހް ޖައްރާ ހިސާބުގަނޑުގައި އުޅޭ ފަލަސްތީނު މީހުން ގެތަކުން ނެރުމާ މެދު އިޒްރޭލު ސުޕްރީމް ކޯޓުން ގޮތެއް ނިންމުން ފަސްކޮށްފި އެވެ.

މިއަދު ބޭއްވުމަށް ހަމަޖެހިފައި އޮތް އަޑުއެހުމާ ދިމާކޮށް ލޭއޮހޮރުވުން ހިނގާނެ ކަމުގެ ބިރު ހީވެފައި ވަނިކޮށް އަޑުއެހުން ފަސްކުރީ އިޒްރޭލުގެ ބަންޑާރަ ނައިބުގެ އެދުމުގެ މަތިންނެވެ.

އެކަމާ މެދު ގޮތެއް ނިންމާނެ ދުވަހުގެ ތާރީހު ކުރިއަށް އޮތް 30 ދުވަސް ތެރޭ އަލުން އިއުލާނު ކުރާނެ އެވެ.

ޝެއިހް ޖައްރާގައި އުޅޭ ފަލަސްތީނު މީހުން ގެތަކުން ނެރެން މަސައްކަތް ކުރާތީ ފާއިތުވި ހަފްތާއިން ފެށިގެން ކޮންމެ ރެޔަކު ވެސް އިރުމަތީ ގުދުސްގައި އަންނަނީ ހަމަނުޖެހުން ހިނގަމުންނެވެ.

ހަމަނުޖެހުންތަކުގައި އިޒްރޭލު ފުލުހުން ހާލަތާ ނުބައްދަލު ބާރުގެ ބޭނުންކޮށް އެތައް ސަތޭކަ ބަޔަކަށް އަނިޔާވަމުން ދާތީ ބޭރުގެ ފަރާތްތަކުގެ ފާޑުކިޔުން އިޒްރޭލަށް ވަނީ އަމާޒުވެފަ އެވެ.

އެމެރިކާ އާއި ޔޫރަޕިއަން ޔޫނިއަން (އީޔޫ) އަދި އދ. އިން ވެސް އިއްޔެ ވަނީ މި މައްސަލާގައި ކަންބޮޑުވުން ފާޅުކޮށްފަ އެވެ.

ނަމަވެސް ބޮޑު ވަޒީރު ބެންޖަމިން ނަތަންޔާހޫ ވަނީ ފުލުހުންގެ އަމަލުތައް ދިފާއުކުރައްވާ ވާހަކަދައްކަވާފަ އެވެ. އަދި ފަލަސްތީނު މީހުންނަކީ ހަރުކަށި މީހުންގެ ގޮތުގައި ސިފަކުރެއްވި އެވެ.

އިޒްރޭލުން 1967 ގައި އިރުމަތީ ގުދުސް ކާމިޔާބު ކަމާއެކު ހިފުމާ ދިމާކޮށް ޔަހޫދީން މިއަދު ފާހަގަކުރާ "ޖެރުސެލަމް ޑޭ" އާ ދިމާކޮށް ވެސް ހަމަނުޖެހުން ބޮޑުވެދާނެ ކަމުގެ ބިރު އެބަ އޮތެވެ.

ޔަހޫދީންގެ ކަނާއަތު ފިޔައިގެ ހަރުކަށި ގްރޫޕުތަކުން އާއްމު ގޮތެއްގައި މި ދުވަސް ފާހަގަކުރަނީ އިރުމަތީ ގުދުސްގައި ފަލަސްތީނު މީހުން ދިރިއުޅޭ ހިސާބުތަކުގައި ޕެރޭޑް ބާއްވައިގެންނެވެ.

ޝެއިހް ޖައްރާ މައްސަލައިގެ ތާރީހް

ޝެއިހް ޖައްރާގެ މައްސަލަ އުފެދުނީ 19 ވަނަ ގަރުނުގެ ތެރޭގަ އެވެ. އޭރު ފަލަސްތީނުގެ ވެރިންނަކީ އުސްމާނީ ރަސްކަމުގެ ވެރިންނެވެ. ދެ ޔަހޫދީ ޓްރަސްޓަކުން ޝެއިހް ޖައްރާގެ ހިސާބުގަނޑެއް ގަތީ 1876 ގައި ކަމަށް ވެއެވެ.

އޭގެ ފަހުން 1948 ގެ އަރަބި އިޒްރޭލް ހަނގުރާމައިގައި އުރުދުންއިން ވަނީ އިރުމަތީ ގުދުސް ހިފާފަ އެވެ. އެއާއެކު ޝެއިހް ޖައްރާގައި ގިނަ ގެތަކެއް އެޅި އެވެ. އެ ގެތައް ހާއްސަ ކުރީ އިޒްރޭލުން ހަނގުރާމައިގެ ތެރޭގައި ފަލަސްތީނުގެ ބިންތަކަށް ވެރިވެގަތުމުން ރެފިއުޖީންނަށް ވި އެތައް ހާސް ފަލަސްތީނު ރައްޔިތުންނަށެވެ.

އަހަރުތަކެއް ފަހުން 1967 ގައި އިޒްރޭލުން އަނެއްކާ ވެސް އިރުމަތީ ގުދުސްއަށް ވެރިވެ ގަތެވެ. އަދި ޝެއިހް ޖައްރާގެ ގެތަކަކީ ޔަހޫދީންގެ މުދާ ކަމުގައި ކަނޑައެޅި އެވެ. މިހާރު އިޒްރޭލުން ރަސްމީކޮށް ދެކޭ ގޮތުގައި އެ ގެތަކުގެ ވެރިންނަކީ ކަނާއަތުގެ ފިޔައިގެ ގްރޫޕުތަކެވެ. ގެތަކުގައި އުޅޭ ފަލަސްތީނު މީހުން ބޭރު ކުރަން އުޅެނީ އެ ގްރޫޕުތަކުން ކޯޓަށް ގޮސްގެންނެވެ.

އޭގެ ފަހުން 1982 ގައި ފަލަސްތީނުގެ މީހުން ވަނީ އެއީ ޔަހޫދީންގެ މުދާ ކަމަށް ބުނާ އެއްބަސްވުމެއްގައި ސޮއިކޮށްފަ އެވެ. އެ އެއްބަސްވުމުގެ ދަށުން ފަލަސްތީނު މީހުންނަށް އެ ތަނުގައި އުޅުމުގެ ހުއްދަ ލިބެ އެވެ. ނަމަވެސް ފަލަސްތީނު މީހުން މިހާރު ބުނަނީ އެއްބަސްވުމުގައި ސޮއިކުރުވީ އޮޅުވާލައިގެން ކަމަށެވެ.

ފަލަސްތީނު މީހުން ދެކޭ ގޮތުގައި ގެތަކަކީ ޔަހޫދީންގެ މުދަލެއް ނޫނެވެ. އަދި އުސްމާނީ ވެރިކަމުގައި އެ ގެތަކުގެ ވެރިންގެ ގޮތުގައި އެންމެ ކުރިން އުޅުނީ ފަލަސްތީން މީހުންކަން ބަޔާން ކުރާ ލިޔުންތައް ވެސް އެމީހުން ހޯދާފައި ވެއެވެ.

އެކަމަކު ޔަހޫދީން ބުނަނީ އޭގެ ފަހުން އެ ބިންތައް ގަތީ އެ މީހުންނަށް ވުމުން އެއީ އެ މީހުންގެ މުދާ ކަމަށެވެ. މިހާރު ވެސް ޝެއިހް ޖައްރާގެ ބައެއް ގެތަކުން ފަލަސްތީނު މީހުން ވަނީ ބޭރުކޮށްފަ އެވެ. އެއް ގޭގައި 2009 ވަނަ އަހަރުން ފެށިގެން ފަލަސްތީނު މީހުން ދިރިއުޅެން ޖެހެނީ ޔަހޫދީ އާއިލާއަކާ އެކު އެވެ.

ޕީސް ނައު ގްރޫޕުން އަންދާޒާ ކުރާ ގޮތުގައި 3000 އަށް ވުރެ ގިނަ ފަލަސްތީނު މީހުން ދިރިއުޅޭ 200 އެއްހާ ގެއިން މީހުން ނުކުންނަ ޖެހުމުގެ ބިރު އެބަ އޮތެވެ. އޭގެ އިތުރުން ފަލަސްތީނު މީހުން ދިރިއުޅޭ 20،000 ގެ ސުންނާފަތިކޮށްލުމުގެ ބިރު ވެސް އެބަ އޮތެވެ.

ފަލަސްތީނާއި އިންސާނީ ހައްގުތަކަށް މަސައްކަތް ކުރާ މީހުން ބުނާ ގޮތުގައި މި ގެތަކުން މީހުން ނެރުމުގެ ހަގީގީ މަގްސަދަކީ މުޅި ގުދުސްގައި އިޒްރޭލުގެ ބާރު ހިންގުމެވެ. ފަލަސްތީނުން ބޭނުން ވަނީ އިރުމަތީ ގުދުސްއަކީ އެ ދައުލަތުގެ ވެރިރަށަށް ހެދުމަށެވެ. އެކަމަކު އިޒްރޭލުން ދެކެނީ މުޅި ގުދުސް އަކީ އެ މީހުންގެ ވެރިރަށް ކަމަށެވެ.

އެހެންވެ އެ ތަނުގައި ޔަހޫދީން އާބާދު ކުރުމުގެ މަސައްކަތް ފެށީ 2001 ގައެވެ. އިޒްރޭލުން ބޭނުންވަނީ ގުދުސްގެ އާބާދީގެ 70 ޕަސަންޓަކީ ޔަހޫދީންނަށް ހެދުމަށެވެ. އަދި އާބާދީގައި ފަލަސްތީނު ރައްޔިތުންގެ ނިސްބަތް އެންމެ ގިނަވެގެން 30 ޕަސަންޓަށް ކުޑަ ކުރުމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގްރީންލޭންޑުގައި އެމެރިކާގެ އަސްކަރީ ދެ މަރުކަޒެއް ބިނާކުރަނީ

އާކްޓިކް ސަރަހައްދުގައި އެމެރިކާގެ ދެ އަސްކަރީ މަރުކަޒު ގާއިމުކުރުމަށް އެމެރިކާ، ޑެންމާކް އަދި ގްރީންލޭންޑުން އާ ދިފާއީ އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ. މި އެއްބަސްވުމުގެ ސަބަބުން އެ ސަރަހައްދާ ގުޅޭގޮތުން އުފެދިފައިވާ ނުތަނަވަސްކަމަށް ނިމުމެއް އައިސް، ޑެންމާކުގެ ސިޔާދަތީ ބާރު ކަށަވަރުވެގެންދާނެއެވެ. މިއީ 1951 ވަނަ އަހަރުގެ އެއްބަސްވުމަށް ގެނައި އިސްލާހެއްގެ ދަށުން، ގްރީންލޭންޑުގެ ދެ ސަރަހައްދެއްގައި ދިފާއީ މަރުކަޒުތައް ބިނާކުރުމަށް ލިބުނު ހުއްދައެކެވެ.

ޖޫން މަހަށް ފަހު އެމެރިކާ އާއި އީރާނުގެ ފުރަތަމަ ބައްދަލުވުން

އެމެރިކާ އާއި އީރާނުގެ މެދުގައި އުފެދިފައިވާ ހަމަނުޖެހުންތަކަށް ހައްލެއް ހޯދުމަށް، ޖޫން މަހަށްފަހު ފުރަތަމަ ފަހަރަށް ދެ ގައުމުގެ އިސް އޮފިޝަލުން އދ. ގައި ބައްދަލުކުރައްވައިފިއެވެ. ގަތަރު މެދުވެރިއެއްގެ ދައުރު އަދާކުރި މި ބައްދަލުވުމުގައި، އީރާނުގެ ފޮރިން މިނިސްޓަރާއި ޓްރަމްޕްގެ މަންދޫބު ބައިވެރިވެވަޑައިގެންނެވި ނަމަވެސް، މާބޮޑު ކުރިއެރުމެއް ލިބުނުކަމުގެ ރިޕޯޓެއް އަދި ލިބިފައެއް ނުވެއެވެ. މި މަޝްވަރާތައް ބާއްވާފައިވަނީ ދެ ގައުމުގެ އަސްކަރީ ކުރިމަތިލުންތަކުގެ ސަބަބުން ދުނިޔޭގެ ތެލުގެ ބާޒާރަށް ބޮޑެތި ލޮޅުންތަކެއް އަރާފައިވާ ދަނޑިވަޅެއްގައެވެ.

170،000 އަށް ވުރެ ގިނަ މީހުންނަށް ސިއްހީ މައްސަލަތައް ދިމާވެއްޖެ

އިންޑޮނޭޝިއާގެ ޖަންގަލިތަކުގައި ރޯވި އަލިފާނުގެ ސަބަބުން އުފެދުނު ވިހަ ދުމުގެ އަސަރުކޮށް، 175،000 އަށް ވުރެ ގިނަ މީހުންނަށް ނޭވާލާ ނިޒާމުގެ ބަލިތައް ޖެހި ސިއްހީ ނުރައްކަލަކާ ވަނީ ކުރިމަތިލާން ޖެހިފައެވެ. މި އަލިފާންގަނޑުތައް ނިއްވާލުމަށް ގިނަ އަދަދެއްގެ އޮފިޝަލުންނާއި ވަސީލަތްތައް ބޭނުންކޮށްގެން މަސައްކަތް ކުރަމުންދާއިރު، ބިމުގެ ހާލަތު ހުރިގޮތުން އެކަމަށް ބޮޑެތި ގޮންޖެހުންތަކެއް ވަނީ ކުރިމަތިވެފައެވެ.

ޗާގޯސް އެއްބަސްވުން މުރާޖައާކުރަން ޔޫކޭއިން ނިންމައިފި

ޗާގޯސް ޖަޒީރާތައް މޮރިޝަސްއާ ހަވާލުކުރުމަށް ވެފައިވާ އެއްބަސްވުމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ފާޑުވިދާޅުވުމާ ގުޅިގެން، އެ އެއްބަސްވުން މުރާޖައާކުރަން އިނގިރޭސިވިލާތުން ވަނީ ނިންމާފައެވެ. މި ނިންމުމާއެކު، އިންޑިއާ ކަނޑުގައި އޮންނަ އަސްކަރީ މަރުކަޒުގެ ސަލާމަތާއި ދެ ގައުމުގެ ގުޅުމަށް ރިއާޔަތްކޮށް އެ މައްސަލައިގައި އަލުން ވިސްނާނެކަމުގެ ޔަގީންކަން އިނގިރޭސި ސަރުކާރުން ވަނީ ދީފައެވެ.

ޔޫކޭއިން ވައިގެ މަގުން ސައުދީއަށް އަސްކަރީ އެހީތެރިކަން ދެނީ

ޔަމަނުގެ ހޫތީން ސައުދީ އަރަބިއްޔާއަށް ދެމުންދާ ހަމަލާތަކުން ދިފާއުވުމަށް އެހީތެރިވުމުގެ ގޮތުން، ވައިގެ މަގުން ތެޔޮ އެޅުމުގެ އަސްކަރީ އެހީތެރިކަން ދިނުމަށް އިނގިރޭސިވިލާތުން ނިންމައިފިއެވެ. ސައުދީ ސަރުކާރުގެ އެދުމުގެ މަތިން ދޭ މި އެހީތެރިކަމުގައި އިނގިރޭސި ރޯޔަލް އެއާ ފޯސްގެ "ވޮޔޭޖާ" މަރުކާގެ ބޯޓެއް ބޭނުންކޮށްގެން ކުރިއަށް އޮތް ހަފުތާތަކުގައި މަސައްކަތް ކުރިއަށްދާނެއެވެ.

ކުރީގެ ފަސްޓް ލޭޑީގެ ޖަލު ހުކުމް ފަސް އަހަރަށް ކުޑަކޮށްފި

ދެކުނު ކޮރެއާގެ ކުރީގެ ފަސްޓް ލޭޑީ ކިމް ކިއޮން ހީ ރިޝްވަތު ހިފި މައްސަލައިގައި އިއްވާފައިވާ 7 އަހަރުގެ ޖަލު ހުކުމް، އެ ގައުމުގެ އިސްތިއުނާފީ ކޯޓުން ވަނީ 5 އަހަރަށް ކުޑަކޮށްފައެވެ. ނަމަވެސް ކިމްގެ ފަރާތުން މި މައްސަލަ ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރަން ނިންމާފައިވާއިރު، އޭނާގެ ފިރިކަލުން އަދި ކުރީގެ ރައީސް ޔޫން ސުކް ޔޯލް މިހާރު ގެންދަވަނީ ބަޣާވާތުގެ ކުށުގައި އުމުރު ދުވަހުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުންނެވެ.

ދެ ކުދިންނަށް ފުރައްސާރަ ކުރާ ވީޑިއޯއަކާއެކު ކަންބޮޑުވުން

އިންޑިއާގެ ބިހާރުގައި ފުރާވަރުގެ ދެ ކުދިންނަށް ބަޔަކު ޖިންސީ ފުރައްސާރަކޮށް އަނިޔާކުރާ ވީޑިއޯއެއް އާންމުވުމާ ގުޅިގެން، އެ ގައުމުގެ ރައްކާތެރިކަމާ މެދު އާންމުންގެ ބޮޑު ކަންބޮޑުވުމެއް ވަނީ އުފެދިފައެވެ. މި މައްސަލައިގައި ތުހުމަތުކުރެވޭ ތިން މީހަކު ހައްޔަރުކޮށްފައިވާއިރު، މި ހާދިސާއާ ގުޅިގެން ސަރުކާރުގެ އިސްވެރިން ދެއްކެވި ވާހަކަތަކަށް ގިނަ ބައެއްގެ ފާޑުކިޔުން ވަނީ އަމާޒުވެފައެވެ.

Newsletter

Get the latest news delivered straight to your inbox