އިންޑިއާގެ ކޮވިޑް ކާރިސާއަށް އޮތް ހައްލަކީ ވެކްސިން: ޑރ. ފައުޗީ

އުމުރުން 80 އަހަރުގެ ޑރ. އެންތަނީ ފައުޗީއަކީ އެމެރިކާގެ ރައީސްގެ ޗީފް މެޑިކަލް އެޑްވައިޒަރު.-- ފޮޓޯ: އޭޕީ

އުމުރުން 80 އަހަރުގެ ޑރ. އެންތަނީ ފައުޗީއަކީ އެމެރިކާގެ ރައީސްގެ ޗީފް މެޑިކަލް އެޑްވައިޒަރު.-- ފޮޓޯ: އޭޕީ

އިންޑިއާއަށް ދިމާވެފައިވާ ކޮވިޑު ކާރިސާއަށް އޮތް ހަމައެކަނި ދިގު ރާސްތާގެ ހައްލަކީ ވެކްސިން ޖެހުން ކަމަށް އެމެރިކާގެ އެންމެ އިސް ސިއްހީ އޮފިޝަލް ޑރ. އެންތަނީ ފައުޗީ ވިދާޅުވެއްޖެ އެވެ.

"މިކަން ނިމެން އޮތް ގޮތަކީ މީހުން ވެކްސިން ޖެހުން. އިންޑިއާއަކީ ދުނިޔޭގެ އެންމެ ބޮޑު ވެކްސިން އުފައްދާ ގައުމު. އެ މީހުންނާ ބޭނުންވާ ތަކެތި އިންޑިއާ ތެރެއިން ވެސް އަދި ބޭރުން ވެސް ލިބެން އެބަ ޖެހޭ،" އެމެރިކާގެ ރައީސް ޖޯ ބައިޑެންގެ ޗީފް މެޑިކަލް އެޑްވައިޒަރު އޭބީސީ ނިއުސްއަށް ވިދާޅުވި އެވެ.

ފައުޗީ ވިދާޅުވީ އެހެން ގައުމުތަކުން ވެކްސިން އުފައްދަން ބޭނުންވާ ރިސޯސް ނުވަތަ ވެކްސިން އިންޑިއާއަށް ފޯރުކޮށްދޭން ޖެހޭ ކަމަށެވެ. އެންމެ މުހިއްމީ ބޮޑެތި ކުންފުނިތަކުގެ ކެޕޭސިޓީ އިތުރުކޮށް މިލިއަނުން ވެކްސިން ޑޯޒް އުފެއްދޭނެ ގޮތް ހެދުން ކަމުގައި އޭނާ ފާހަގަކުރެއްވި އެވެ.

އޭގެ އިތުރުން ބަލިމަޑުކަން ފެތުރުން ފެށުމުގެ މީގެ އަހަރެއްހާ ދުވަސް ކުރިން ޗައިނާއިން އެޅި ފަދަ އެމެޖެންސީ ހޮސްޕިޓަލްތައް އިންޑިއާއަގައި އަޅަން ފައުޗީ ގޮވާލެއްވި އެވެ.

އެކަން އެބަ ކުރަން ޖެހޭ. ހޮސްޕިޓަލް އެނދެއް ނުލިބިގެން މީހުން މަގުމަތީގައި މަރުވިޔަ ދީގެން ނުވާނެ. އޮކްސިޖަން ހާލަތު ވަރަށް ކްރިޓިކަލް. މީހުންނަށް ނޭވާ ނުލެވޭއިރު އޮކްސިޖަން ނުލިބުމަކީ ހިތްދަތި މަންޒަރެއް. -- ޑރ. އެންތަނީ ފައުޗީ

އުމުރުން 80 އަހަރުގެ ފައުޗީ ވިދާޅުވީ އިންޑިއާއަށް ދިމާވެފައިވާ އަނެއް މައްސަލައަކީ ބަލި ފެތުރުން ހުއްޓުވާނެ ގޮތެއް ނޭނގުން ކަމަށެވެ. އޭނާ ގޮވާލެއްވީ މުޅި އިންޑިއާ ލޮކްޑައުނަކަށް ގޮސްގެން ހާލަތު ކޮންޓްރޯލް ކުރުމަށެވެ.

"ވެކްސިނަކީ އެއް ގޮތް. އެކަމަކު އެހެން ގޮތްތައް ވެސް އެބަ ހުރި. މިސާލަކަށް ސަރުކާރު ބަންދު ކުރުން. މީގެ ކުރިން ވެސް އަޅުގަނޑު އިންޑިއާއަށް ލަފާ ދިނީ މިގޮތަށް،" ފައުޗީ ފާހަގަކުރެއްވި އެވެ.

އިންޑިއާއަށް ކުރިމަތިވެފައިވާ ކޮވިޑުގެ ދެ ވަނަ ރާޅުގައި ދުވާލެއްގައި ހަތަރު ލައްކަ މީހުން ޕޮޒިޓިވްވެ ތިން ހާހެއްހާ މީހުން ދަނީ މަރުވަމުންނެވެ. މި ހާލަތު ބަދަލުވުމުގެ ނިޝާނެއް އަދިވެސް ނުފެނެ އެވެ.

ގިނަ ގައުމުތަކުން މެދުކެނޑުމެއް ނެތި އިންޑިއާއަށް އެހީތެރިކަން ފޯރުކޮށްދެމުން ދާއިރު، ޑުބާއީއިން ވަނީ ބޮޑެތި ސިޓީތަކަށް ގަވާއިދުން ސީދާ ފްލައިޓުތައް ބާއްވާ އެހީ ފޯރުކޮށްދޭން ފަށާފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އަޒަރުބައިޖާންގެ ސްކޫލްތަކުގައި ބުރުގާ އެޅުން މަނާކޮށްފި

އަޒަރުބައިޖާންގެ ސްކޫލްތަކުގައި "ސެކިއުލާ އުސޫލުތަކަށް" ފެތޭ ޔުނިފޯމް މިންގަނޑެއް ކަނޑައަޅައި، ނުސީދާ ގޮތެއްގައި ބުރުގާ އެޅުން މަނާކުރުމާ ގުޅިގެން އެ ގައުމުގައި ބޮޑެތި އިހުތިޖާޖުތަކެއް ވަނީ ފެށިފަ އެވެ. މި ނިންމުމުގެ ސަބަބުން ގިނަ ބަޔަކު ދަނީ މިއީ ދީނީ މިނިވަންކަމަށް އަރައިގަތުން ކަމަށް ބުނެ ނުރުހުން ފާޅުކުރަމުން.

"ކުރަފި" ހަރަކާތުގެ އިސް ލީޑަރުން ހައްޔަރުކޮށްފި

އިންޑިއާގެ ވޯޓާ ލިސްޓަށް ގެނައި އިސްލާހުތަކާ ގުޅިގެން ޗީފް އިލެކްޝަން ކޮމިޝަނަރު އިސްތިއުފާ ދެއްވުމަށް ގޮވާލައި، މުޒާހަރާކުރި "ކޮކްރޯޗް" ޒުވާނުންގެ ހަރަކާތުގެ އިސް ލީޑަރުންތަކެއް ފުލުހުން ހައްޔަރުކޮށްފި މި ހަރަކާތުގެ ބައިވެރިން ހައްޔަރުކުރީ މުޒާހަރާކުރުން މަނާ ސަރަހައްދެއް ކަމަށްވާ ޖަންތަރު މަންތަރަށް ފުލުހުންގެ ބެރިކޭޑްތައް މަތިން ފުންމާލުމުން.

ސިންގަޕޫރުން ހާއްސަ ސަބްސިޑީއެއް، މެލޭޝިއާ ސްކޫލުތައް ބަންދު

އިންޑޮނޭޝިއާގެ ޖަންގަލިތަކުގައި ރޯވި އަލިފާނުގެ ދުމުގެ ސަބަބުން ވައި ނުސާފުވެ، ސިންގަޕޫރުން ސިއްހީ ފަރުވާގެ ސަބަބްސިޑީއެއް ތައާރަފުކޮށް މެލޭޝިއާގެ ބައެއް ސްކޫލްތައް ވަނީ ބަންދުކޮށްފައެވެ. މި ހާލަތާ ގުޅިގެން ސިންގަޕޫރުގެ ރައްޔިތުންނަށް ނޭވާލާ ނިޒާމުގެ ބަލިތަކަށް އަގުހެޔޮކޮށް ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސާފައިވާއިރު، މިއީ "އެލް ނީނޯ" މޫސުމީ ހާލަތުގެ ސަބަބުން ކުރިމަތިވި ކަމެކެވެ.

ފްލައިޓެއްގައި ތަތްމަކުނު އުޅޭތީ ދަތުރު ކެންސަލްކޮށްފި

އޮސްޓްރޭލިއާގެ ކުއަންޓަސް އެއާވޭސްގެ ފްލައިޓެއްގައި ތަތްމަކުނު އުޅޭކަން ފާހަގަވެ، ފަސިންޖަރުންނަށް އުނދަގޫތަކެއް ކުރިމަތިވުމާ ގުޅިގެން އެ ބޯޓުގެ ދަތުރު ކެންސަލްކޮށް ބޯޓު ގްރައުންޑުކޮށްފިއެވެ. މި ހާދިސާއާ ގުޅިގެން ބޯޓު ސާފުކުރުމުގެ މަސައްކަތް ފަށާފައިވާއިރު، ދަތުރު މެދުކެނޑުނު ފަސިންޖަރުންނަށް އެއާލައިނުން ވަނީ ބަދަލު އިންތިޒާމުތައް ހަމަޖައްސައިދީފައެވެ.

ސުޕަމާކެޓްތަކުގެ ފިނިކުރާ ނިޒާމުތަކަށް ސައިބާ ހަމަލާއެއް

ފްރާންސްގެ އެތައް ސަތޭކަ ސުޕަމާކެޓެއްގެ ފިނިކުރާ ނިޒާމުތަކަށް ދިން ސައިބާ ހަމަލާއެއްގައި، ކާބޯތަކެތި ހަލާކުވެ މިލިއަނުން ޔޫރޯގެ ގެއްލުން ވެއްޖެއެވެ. މި ހަމަލާ އަމާޒުކޮށްފައިވަނީ ފިނިކުރާ ނިޒާމުތައް ކޮންޓްރޯލްކުރާ ސޮފްޓްވެއާއަކަށް ކަމަށްވާއިރު، މީގެ ސަބަބުން އައިސްއަލަމާރިތަކުގެ ހޫނުމިން އިންތިހާއަށް މަތިވެ ގިނަ އަދަދެއްގެ މުދާ ވަނީ އުކާލަން ޖެހިފައެވެ.

ހޫތީންނަށް "ހަރުކަށި" ރައްދެއް ދޭނެ ކަމުގެ އިންޒާރު ދީފި

ސައުދީގެ އެއާޕޯޓުތަކަށާއި ތެޔޮ އުފައްދާ މަރުކަޒުތަކަށް ހޫތީން ދެމުންދާ ހަމަލާތަކަށް ވަރުގަދަ ރައްދެއް ދޭނެ ކަމުގެ އިންޒާރު އެ ގައުމުގެ އެނާޖީ މިނިސްޓަރު ދެއްވައިފިއެވެ. މި ހަމަލާތަކުގައި މީހުން މަރުވެ އާންމު ޚިދުމަތްތަކަށް ބުރޫއަރާފައިވާއިރު، ހޫތީން ބުނަނީ މިއީ ސައުދީން ޔަމަނަށް ދޭ ހަމަލާތަކުގެ ބަދަލު ހިފުން ކަމަށެވެ. މި މައްސަލައިގައި ދެފަރާތުގެ ދެމެދުގައި ހަމަލާ ބަދަލުކުރުން ވަނީ އިތުރަށް ވަރުގަދަވެފައެވެ.

އިދިކޮޅު ސަޕޯޓަރުން ސުޕްރީމް ކޯޓާ ހަމައަށް ހިނގާލުމެއް ބާއްވައިފި

އިންތިޚާބީ ލިސްޓުގައި މަކަރު ހަދާފައިވާ ކަމަށް ބުނެ، އިންޑިއާގެ އިލެކްޝަންސް ކޮމިޝަނުގެ އިސްވެރިޔާ އިސްތިއުފާ ދިނުމަށް ގޮވާލައި އިދިކޮޅު ސަޕޯޓަރުން ދިއްލީގައި ބޮޑު ހިނގާލުމެއް ބާއްވައިފިއެވެ. މި މައްސަލަ ބަލައިދިނުމަށް އެދި ކޮންގްރެސް ޕާޓީން ސުޕްރީމް ކޯޓަށް ޕެޓިޝަނެއް ހުށަހަޅާފައިވާއިރު، ސަލާމަތީ ބާރުތަކުން ވަނީ މުޒާހަރާގެ ބައިވެރިން ހުއްޓުވައި ގިނަ ބަޔަކު ހައްޔަރުކޮށްފައެވެ.

Newsletter

Get the latest news delivered straight to your inbox