ރެނެސްއާ އެއްވަރުވެ ޕީއެސްޖީ ރޭހުގައި ފަހަތަށް

May 9, 2021, 10:09 PM
ރެނެސްއާ އެއްވަރުވެ ޕީއެސްޖީ ރޭހުގައި ފަހަތަށް

ޕެރިސް (މެއި 10) - ފްރެންޗް ލީގުގައި މިރޭ ރެެނެސްއާ 1-1 އިން އެއްވަރުވެ، ލީގު ދިފާއުކުރަން ޕީއެސްޖީން ކުރާ މަސައްކަތުގައި ވަރަށް ބޮޑު އުނދަލަކާ ކުރިމަތިލާން ޖެހިއްޖެ އެވެ.

އެންމެ ފަހުގެ ޗެމްޕިއަން ޕީއެސްޖީ މިރޭ އެއްވަރުވުމުން ލީގުގެ އެއް ވަަނައިގައި ލިލް އަށް ވަނީ ތިން ޕޮއިންޓުގެ ލީޑެއް ލިބިފަ އެވެ. ލީގުގައި ބާކީ ދެ މެޗު އޮތްއިރު، ލިލް އެއް ވަނައިގައި އޮތީ 36 މެޗުން 79 ޕޮއިންޓާ އެކު އެވެ. ދެ ވަނައިގައި އޮތް ޕީއެސްޖީ އަށް 36 މެޗުން 76 ޕޮއިންޓް ލިބިފައިވާއިރު، ތިން ވަނައިގައި އޮތީ މިރޭ ރެއިމްސް އަތުން 1-0 އިން މޮޅުވި މޮނާކޯ އެވެ. މޮނާކޯ އަށް 36 މެޗުން ވަނީ 74 ޕޮއިންޓް ލިބިފަ އެވެ. ލިޔޯން ހަތަރެއްގައި އޮތީ 36 މެޗުން 73 ޕޮއިންޓާ އެކު އެވެ.

ރެނެސް ދަނޑުގައި މިރޭ ކުޅުނު މެޗުގެ ފުރަތަމަ ހަމަލާ އުފެއްދީ ޕީއެސްޖީންނެވެ. އެންޑަ ހެރޭރާ ޖެހި ބޯޅަ ދިޔައީ ގޯލާ ސީދާނުވެ ބޭރުންނެވެ. މެޗުގެ 29 ވަނަ މިނިޓްގައި ރެނެސް އިން ޖެހި ގޯލެއް ވަނީ އޮފްސައިޑް ކަމަށް ނިންމައިފަ އެވެ. އޭގެ ފަހުން ކޮލިން ޑަގްބާ ނަގައިދިން ބޯޅައަކުން ޕީއެސްޖީގެ މޮއިސް ކީން އެ ޓީމަށް ޖަހައިދިން ގޯލު ބަލައިނުގަތީ ޑަގްބާ އެ ހުރަސް ނެގުމުގެ ކުރިން ބޯޅަ ބޭރުވެފައިވާތީ އެވެ.

ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި ޕީއެސްޖީ އަށް ލީޑުނަގައިދިނީ ޕެނަލްޓީ އަކުން ނޭމާ އެވެ. މިއީ ރެނެސްގެ ކުޅުންތެރިއަކު ޕީއެސްޖީގެ ލަވިން ކުރްޒާވާ އަށް ކުރި ފައުލަކަށް ރެފްރީ ދިން ޕެނަލްޓީއެކެވެ. މެޗުގެ 70 ވަނަ މިނިޓްގައި ރެނެސް އަށް އެއްވަރުކޮށްދިން ގޯލު ޖެހީ ސޭރިހޫ ގިރާސީ އެވެ. ބެންޖަމިން ބޯރިގާޑް ކޯނަރަކުން ނަގައިދިން ބޯޅަ ގިރާސީ ވަނީ ބޮލުން ގޯލުގެ ތެރެއަށް ފޮނުވާލައިފަ އެވެ.

ޕީއެސްޖީން މެޗު ނިންމާލީ އެއް ކުޅުންތެރިއަކު މަދުކޮށެވެ. އެއީ މެޗުގެ 87 ވަނަ މިނިޓްގައި އެ ޓީމުގެ ޑިފެންޑަރު ޕްރެސްނެލް ކިމްޕެމްބޭ އަށް ރަތް ކާޑެއް ދެއްކުމުންނެވެ. އޭނާ އަށް ސީދާ ރަތް ކާޑެއް ދައްކަން ރެފްރީ ނިންމީ ރެނެސްގެ ބެލްޖިއަމް ވިންގް ޖެރެމީ ޑޮކޫ އަށް ކުރި ނުރައްކާތެރި ފައުލަކަށެވެ.

ތޯމަސް ޓުޗެލްގެ ކޯޗުކަމުގައި ސީޒަނުގެ ކުރީކޮޅުގައި ކުޅުނު ޕީއެސްޖީ އަށް އޭރު ނަތީޖާ ނެރުމުގައި ގިނަ މައްސަލަތަކެއް ދިމާވި އެވެ. އެހެންވެ ޓުޗެލް ވަކިކޮށް ޖެނުއަރީ މަހު މައުރީސިއޯ ޕޮޗެޓީނޯއާ ޕީއެސްޖީ ހަވާލުކުރި ފަހުން އެ ޓީމުގެ ނަތީޖާތައް ރަނގަޅުވި ނަމަވެސް މުހިއްމު ބައެއް މެޗުތަކުގައި ޕޮއިންޓްތަކެއް ގެއްލުނެވެ. ލީގު ހޯދުމުގެ ރޭހުގައި ފަހަތަށް ދިޔަ ސަބަަބަކީ ވެސް އެއީ އެވެ.

ބާކީ ދެ މެޗުން މޮޅުވެގެން ލިލް އަށް ލީގު ޗެމްޕިއަންކަން ހޯދޭނެ އެވެ. އެހެންވެއްޖެނަމަ މިއީ ފާއިތުވި އަށް އަހަރު ތެރޭ ޕީއެސްޖީ ނޫން ޓީމަކުން ފްރެންޗް ލީގު ހޯދާނެ ދެ ވަނަ ފަހަރެވެ. ޕީއެސްޖީ ނޫން ޓީމަކަށް މިދިޔަ އަހަރުތަކުގައި ލީގު ހޯދުނީ 2017 ވަނަ އަހަރު މޮނާކޯ އަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖަރުމަނުގެ ޒްވެރެވް އަށް ދުނިޔޭގެ ރޭންކިން އެއް ވަނަ ޔަގީންވެއްޖެ

ޝަންހާއީ މާސްޓާސްއިން ކާލޯސް އަލްކަރާޒް ބަލިވުމާ ގުޅިގެން، މި އަހަރުގެ ޓެނިސް ސީޒަން ނިމޭއިރު ދުނިޔޭގެ ރޭންކިން އެއްވަނަ ޖަރުމަނުގެ ޒްވެރެވަށް ވަނީ ކަށަވަރުވެފައި. މިއީ ޖަރުމަނުގެ ކުޅުންތެރިއަކު މި ޝަރަފު ހޯދާ ފުރަތަމަ ފަހަރު ކަމަށްވާއިރު، އޭނާ މި މަގާމަށް އަންނަ މަހު އަންނާނީ މުޅިން އަލަށް އެއް ވަނަ ހޯދާ އެންމެ ދޮށީ ކުޅުންތެރިޔާގެ ގޮތުގައި

ފުޓްސަލްގައި ރާއްޖޭން ޗައިނާ، ހޮންގް ކޮންގް އަދި ކޮރެއާއާ ކުޅެނީ

އަންނަ މަހު ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތެއްގައި ރާއްޖޭގެ ގައުމީ ޓީމުން ވާދަކުރާ ގޮތަށް ހަމަޖެހި، އެ މުބާރާތަށް ތައްޔާރުވުމުގެ ފަރިތަކުރުންތައް ފަށައިފި. މި މުބާރާތުގައި ރާއްޖޭގެ އިތުރުން ޗައިނާ، ހޮންގް ކޮންގް އަދި ދެކުނު ކޮރެއާ ވާދަކުރާއިރު، ރާއްޖޭގެ ފުރަތަމަ މެޗު އޮންނާނީ އަންނަ މަހުގެ ފަސް ވަނަ ދުވަހު

އޯޕަން ވޯޓާ ގައުމީ ޗެމްޕިއަންކަން ޝައިމް އާއި އަލްޔާ އަށް

ކުޑަގިރީގައި ބޭއްވި 17 ވަނަ ގައުމީ އޯޕަން ވޯޓާ މުބާރާތުގެ 5 ކިލޯމީޓަރުގެ ފިރިހެން ޗެމްޕިއަންކަން ޝައިމް ހުސެއިން އިބްރާހިމް އަދި އަންހެން ޗެމްޕިއަންކަން އަލްޔާ އަޝްރަފް ހޯދައިފި. މި މުބާރާތުގައި ތަފާތު އުމުރުފުރާތަކުންނާއި ކެޓަގަރީތަކުން ގިނަ ފެތުންތެރިންތަކެއް ވާދަކޮށް ވަނަތައް ހާސިލްކުރި، މިއީ ކުޑަގިރީގައި މި މުބާރާތް ބޭއްވި ހަތަރު ވަނަ ފަހަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

Newsletter

Get the latest news delivered straight to your inbox