ޔުވެންޓަސް ބަލިކޮށް މިލާން ތިން ވަނަ އަށް

May 9, 2021, 9:16 PM
ލަނޑު ޖެހުމަށް ފަހު މިލާން ކުޅުންތެރިން އުފާފާޅުކުރަނީ.-- ފޮޓޯ: އޭއެފްޕީ

ލަނޑު ޖެހުމަށް ފަހު މިލާން ކުޅުންތެރިން އުފާފާޅުކުރަނީ.-- ފޮޓޯ: އޭއެފްޕީ

ޓިއުރިން (މެއި 10) - އިޓާލިއަން ލީގުގައި މިރޭ ޔުވެންޓަސް އަތުން 3-0 އިން މޮޅުވެ އޭސީ މިލާނުން ލީގުގެ ތިން ވަަނަ އަށް ޖެހިލައިފި އެވެ.

މެޗަށް ނުކުތްއިރު ފަސް ވަނައިގައި އޮތް މިލާނުން ހޯދި މޮޅާ އެކު ތިން ވަނަ އަށް ޖެހިލިއިރު، ޔުވެންޓަސް ވެއްޓުނީ ފަސް ވަނަ އަށެވެ. ލީގުގެ އެއް ވަނައިގައި ޗެމްޕިއަންކަން ކަށަވަރުކޮށްފައިވާ އިންޓަ މިލާން އޮތީ 35 މެޗުން 85 ޕޮއިންޓް ހޯދައިގެންނެވެ. ދެ ވަނައިގައި އޮތީ މިރޭ ޕާމާ އަތުން 5-2 އިން މޮޅުވި އެޓަލަންޓާ އެވެ. އެޓަލަންޓާ އާއި މިލާނަށް 35 މެޗުން 72 ޕޮއިންޓް ލިބިފައިވާއިރު، އެޓަލަންޓާ އަށް ކުރި ލިބެނީ ހެޑް ޓު ހެޑް ގަވާއިދުންނެވެ. ނަޕޯލީ ހަަތަރެއްގައި އޮތީ 35 މެޗުން 70 ޕޮއިންޓާ އެކު އެވެ.

ޗެމްޕިއަންސް ލީގުގެ ޖާގަތަކުން ބޭރުގައި، ލީގުގެ ފަސް ވަނައިގައި މި ވަގުތު އޮތް ޔުވެންޓަސް އަށް 35 މެޗުން ވަނީ 69 ޕޮއިންޓް ލިބިފަ އެވެ. ގަދަ ފަސް ޓީމު ތެރޭގައި އޮތް ޓީމުތަކަށް ލީގުގައި ބާކީ އޮތީ ކޮންމެ ޓީމަކަށް ވެސް ތިން މެޗެވެ.

ޔުވެންޓަސް ދަނޑުގައި ކުޅުނު މެޗު ފަށައިގެން ދެ ޓީމުގެ ފަރާތުން ރަނގަޅު ކުޅުމެއް ފެނިގެންދިޔަ މި މެޗުގައި މިލާނުން ލީޑުނެގީ ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި ބްރާހިމް ޑިއާޒް ޖެހި ގޯލުންނެވެ. އޭނާ ފޮނުވާލި ބޯޅަ އަމާޒުވީ ގޯލުގެ މަތީ ކަނަށެވެ. މެޗުގެ 58 ވަނަ މިނިޓްގައި މިލާނަށް ލީޑުނަގައިދޭން ފްރޭންކް ކެސިއޭ ޖެހި ޕެނަލްޓީ ޔުވެންޓަސް ކީޕަރު ވޮޒްޝިއޭ ޝެޒްނީ ވަނީ މަތަކޮށްފަ އެވެ.

މިލާންގެ ކީޕަރު ޖިއަންލުއީޖީ ޑޮންނަރުންމާ ވަނީ ޔުވެންޓަސްގެ ކުޅުންތެރިން ފޮނުވާލި ނުރައްކާތެރި ހަމަލާތައް ހުއްޓުވައިފަ އެވެ. އެ ގޮތުން ރޮޑްރީގޯ ބެންޓަންކޫރް ނަތީޖާ ހަމަހަމަކުރަން ޖެހި ޝޮޓެއް މަތަކުރި އެވެ. މެޗުގެ 78 ވަނަ މިނިޓްގައި މިލާނުން ލިބުނު ފުރުސަތުގެ ބޭނުން ހިފައި ލީޑުފުޅާކުރި އެވެ. އިސްމާއިލް ބެނަޝީއޭ ތަަނަވަސްކޮށްދިން ފުރުސަތަކުން އަންޓޭ ރެބިޗް ފޮނުވާލި ބޯޅަ އަމާޒުވީ މަތީ ކަނަށެވެ. ރެބިޗް ކުޅެން އެރީ ޒަލަޓާން އިބްރަހިމޮވިޗްގެ ބަދަލުގަ އެވެ. އިބްރަހިމޮވިޗް ބަދަލުކުރީ ކަކުލަށް ލިބުނު އަނިޔާއެއްގެ ސަބަބުންނެވެ.

މިލާނުން ދެ ވަނަ ގޯލު ޖެހިތާ ހަތަރު މިނިޓް ފަހުން ހިލޭ ޖެހުމަކުން ހަކަން ޗަނޮނޮގްލޫ ނަގައިދިން ބޯޅަ ފިކާޔޯ ޓޮމޯރީ ވަނީ ބޮލުން ގޯލުގެ ތެރެއަށް ފޮނުވާލައި އެ ޓީމަށް ތިން ވަނަ ގޯލެއް ޖަހައިދީފަ އެވެ. މި ގޯލު ޖެހިއިރު ޗެލްސީގެ ލޯން އެއްބަސްވުމެއްގެ ދަށުން ކުޅެމުން އަންނަ ޓޮމޯރީ ހުއްޓުވަން ޔުވެންޓަސް ޑިފެންޑަރުންނަށް މާ ބޮޑު ކަމެއް ނުކުރެވުނެވެ.

ޔުވެންޓަސްގެ ކުރިއަށް ކުޅޭ ކްރިސްޓިއާނޯ ރޮނާލްޑޯ އާއި އަލްވާރޯ މޮރާޓާ އަށް މި މެޗުގައި މާ އެދެވޭ ކުޅުމެއް ނުދެއްކުނެވެ.

އެންމެ ފަހުން ލީގުގައި ޔުވެންޓަސް ދަނޑުގައި މިލާނާ ދެކޮޅަށް ކުޅުނު ނުވަ މެޗުން ޔުވެންޓަސް މޮޅުވި އެވެ. އެކަމަކު މިރޭ މިލާނުން މިވަނީ ޔުވެންޓަސްގެ މައްޗަށް ފުރިހަމަ މޮޅެއް ހޯދައިފަ އެވެ. ދިހަ އަހަރު ތެރޭ ފުރަތަމަ ފަހަރަށް ޔުވެންޓަސް އަށް ލީގު ގެއްލުމުން އެ ޓީމުގެ ކޯޗު އަންދްރެއާ ޕިރްލޯ އަށް ކޯޗުގެ މަގާމު ދެމެހެއްޓޭނެ ކަމާ މެދު ވަނީ ވަރަށް ބޮޑަށް ސުވާލު އުފެދިފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox