ޗައިނާގެ ރޮކެޓަކުން ބަޔެއް ދުނިޔެއަށް ވެއްޓެނީ

ޗައިނާގެ ރޮކެޓު ދުނިޔެއިން ބޭރަށް ދަތުރު ކުރީ ޖައްވުގައި ސްޕޭސް ސްޓޭޝަނެއް ގާއިމް ކުރުމުގެ މަސައްކަތުގައި.-- ފޮޓޯ: ގެޓީ އިމޭޖަޒް

ޗައިނާގެ ރޮކެޓު ދުނިޔެއިން ބޭރަށް ދަތުރު ކުރީ ޖައްވުގައި ސްޕޭސް ސްޓޭޝަނެއް ގާއިމް ކުރުމުގެ މަސައްކަތުގައި.-- ފޮޓޯ: ގެޓީ އިމޭޖަޒް

ޗައިނާއިން ޖައްވަށް ފޮނުވި ރޮކެޓަކުން ބޭނުން ނުވާ ބަޔެއް މި ހަފްތާ ބަންދުގައި ދުނިޔެއަށް ވެއްޓޭނެ ކަމަށް ލަފާކޮށްފި އެވެ.

ލޯންގް މާޗް-5ބީ ރޮކެޓް މިދިޔަ މަހު ޖައްވަށް ފޮނުވީ ޖައްވުގައި ސްޕޭސް ސްޓޭޝަނެއް ހަދަން ބޭނުންވާ ފުރަތަމަ މޮޑިއުލްއާ އެކު އެވެ.

އެ ރޮކެޓުން ބޭނުން ނުވާ ބައި އެއާ ވަކިވެ، ދުނިޔެއަށް ވެއްޓެން ކައިރިވެފައި ވާއިރު އޭގެ ބަރުދަނުގައި 18 ޓަނު އެބަ ހުއްޓެވެ.

އެމެރިކާއިން ބުނީ ދުނިޔެއަށް ވެއްޓެން ކައިރިވެފައިވާ އެތި ދަތުރު ކުރަމުންދާ ގޮތް ބަލަމުންދާ ކަމަށެވެ. އަދި އެއަށް ބަޑި ޖަހާ ވައްޓާލަން ނުވިސްނާ ކަމަށް ބުންޏެވެ.

"އަޅުގަނޑުމެންނަށް މި ބެލެވެނީ އޭތި ވެއްޓޭނީ އެއްވެސް މީހަކަށް ގެއްލުން ނުވާނެ ފަދަ ތަނަކަށް ކަމަށް. އުއްމީދަކީ ކަނޑު ނުވަތަ އެކަހަލަ ކޮންމެވެސް ތަނަކަށް އެ ވެއްޓުން،" އެމެރިކާގެ ޑިފެންސް ސެކެޓްރީ ލޮއިޑް އޯސްޓިން ވިދާޅުވި އެވެ.

ތަޖުރިބާކާރުން ބުނާ ގޮތުގައި އޭތި ދުނިޔެއަށް ވެއްޓޭނެ ކަމަށް ބެލެވެނީ ޖީއެމްޓީ ގަޑިން ހޮނިހިރު ދުވަހު ދަންވަރު ނުވަތަ އާދީއްތަ ދުވަހުގެ ފަތިހު އެވެ.

ގިނަ ފަހަރަށް ރޮކެޓުތައް ޖައްވަށް ފޯރުމުގެ ކުރިން އޭގެ ބޭނުން ނުވާ ބައި އެޓްމޮސްފިއާ ތެރޭގައި ވިރިގެން ދެ އެވެ. ނަމަވެސް ބައެއް ފަހަރު ދަގަނޑު ފަދަ ބައެއް ތަކެތި ހަލާކުނުވެ ހުރެ އެވެ.

މީގެ އަހަރެއްހާ ދުވަސް ކުރިން ވެސް ރޮކެޓެއްގެ ބޭކާރު ބައި ދުނިޔެއަށް ވެއްޓުނެވެ. އޭތި ވެއްޓުނީ އެފްރިކާގެ ގައުމެއް ކަމަށްވާ އައިވޮރީ ކޯސްޓަށެވެ.

ޖައްވުން ދުނިޔެއަށް ވެއްޓޭ ކުނީގެ ސަބަބުން މީހަކަށް ގެއްލުންވުމުގެ ފުރުސަތު ކުޑަ ކަމަށް ތަޖުރިބާކާރުން ބުނެ އެވެ. އެއީ ދުނިޔޭގެ ބޮޑު ބަޔަކީ ކަނޑަށް ވެފައި، މީހުން އުޅޭ ހިސާބުތަކަށް ވުރެ ފަޅު ހިސާބުތައް ބޮޑުވުމުންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޑިމޮކްރެޓް އޮފިޝަލަކު ރިޕަބްލިކަން ކެންޑިޑޭޓަށް ތާއީދުކޮށްފި

މިޝިގަންގެ ސެނެޓް އިންތިޚާބަށް ދެ ދުވަހަށް ވެފައި ވަނިކޮށް، ޑިމޮކްރެޓިކް ޕާޓީގެ އިސް މެންބަރު ހޭލީ ސްޓީވަންސް ވަނީ އަމިއްލަ ޕާޓީގެ ކެންޑިޑޭޓާ އުފެދުނު ޚިޔާލުތަފާތުވުންތަކާ ހުރެ ރިޕަބްލިކަން ކެންޑިޑޭޓް މައިކް ރޮޖާސްއަށް ތާއީދުކުރަން ނިންމާފައެވެ. ސްޓީވަންސްގެ މި ކުއްލި ނިންމުމާ ގުޅިގެން ޑިމޮކްރެޓިކް ޕާޓީގެ ތެރޭގައި ބޮޑު ސިހުމެއް އުފެދިފައިވާއިރު، ބައެއް މެންބަރުން މިކަން ސިފަކުރަނީ ޕާޓީއަށް ވީ ބޮޑު ޚިޔާނާތެއްގެ ގޮތުގައެވެ.

އިންތިހާބު ވަގަށް ނެގީ ގަތަރުން ރާވައިގެން: ނަތަންޔާހޫ

އިސްރާއީލުގެ އިންތިޚާބަށް ބޭރުގެ ނުފޫޒު ފޯރުވި ކަމަށް ބުނެ ނަތަންޔާހޫގެ ޕާޓީން ކުރާ ތުހުމަތުތަކުން އިންތިޚާބުގެ ނަތީޖާއަށް ބަދަލެއް ނާންނާނެ ކަމަށް އެ ގައުމުގެ އިލެކްޝަންސް ކޮމިޝަނުން ބުނެފިއެވެ. ނަތަންޔާހޫގެ ޕާޓީން ގަތަރާއި އަރަބި ޕާޓީތަކަށް ވޯޓު އޮޅުވާލުމުގެ ތުހުމަތު ކުރާއިރު، ގަތަރާއި އަރަބި ލީޑަރުން ވަނީ އެ ވާހަކަތައް ދޮގުކޮށް އެއީ ސިޔާސީ ނުފޫޒު ފޯރުވުމެއް ކަމަށް ބުނެފައެވެ.

ވޯލް ސްޓްރީޓް ޖާނަލްއާ ދެކޮޅަށް ހުށަހެޅި ދައުވާ ބޭރުކޮށްފި

ޖެފްރީ އެޕްސްޓީންއާ ގުޅުވައި ވޯލް ސްޓްރީޓް ޖާނަލްއިން ޝާއިއުކުރި ރިޕޯޓަކާ ގުޅިގެން ޓްރަމްޕް ހުށަހެޅުއްވި 10 ބިލިއަން ޑޮލަރުގެ އަބުރުގެ ދައުވާ އެމެރިކާގެ ކޯޓަކުން ބޭރުކޮށްލައިފިއެވެ. ފަނޑިޔާރު މި މައްސަލަ ބޭރުކޮށްލެއްވީ ނޫސްވެރިކަމުގެ މިނިވަންކަމާ ފުށުއަރާ ކަމަށް ނިންމަވައި، ދެން ދުވަހަކުވެސް މި މައްސަލަ ހުށަނޭޅޭނެ ގޮތަށެވެ.

ޕަލެސްޓައިން އެކްޝަންއަށް ތާއީދުކޮށް އެއްވި 300 މީހުން ހައްޔަރު

ލަންޑަނުގައި ހުންނަ އެމެރިކާ އެމްބަސީ ކައިރީގައި، މަނާކޮށްފައިވާ "ޕަލެސްޓައިން އެކްޝަން" ގްރޫޕަށް ތާއީދުކޮށް މުޒާހަރާކުރި 300 އަށްވުރެ ގިނަ މީހުން ޓެރަރިޒަމްގެ ގާނޫނުގެ ދަށުން އިނގިރޭސި ފުލުހުން ވަނީ ހައްޔަރުކޮށްފައެވެ. މި ޖަމާއަތް މަނާކުރި މައްސަލަ ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރުމުގެ ފުރުސަތު ލިބިފައިވާއިރު، އެމްނެސްޓީ އިންޓަނޭޝަނަލް އިން ވަނީ މި ހައްޔަރުކުރުންތަކަށް ފާޑުކިޔައި އެ ގްރޫޕް މަނާކޮށްފައި އޮތް އޮތުން ނިމުމަކަށް ގެނައުމަށް ގޮވާލާފައެވެ.

ގަލްފު ސަރަހައްދުގައި ގަތަރުގެ ތެޔޮ ބޯޓަކަށް ހަމަލާ ދީފި

ގަލްފު ސަރަހައްދުން ދަތުރުކުރި ގަތަރުގެ "އަލް މައިދާ" ނަމަކަށް ކިޔާ ގޭސް ބޯޓަކަށް ހަމަލާއެއް ދީފި އެވެ. މި ހަމަލާގައި އެއްވެސް މީހަކަށް އަނިޔާއެއް ނުވާ އިރު، ބޯޓުގެ އޮޕަރޭޝަންތައް ހުއްޓުމެއް ނެތި ކުރިއަށްދާ ކަމަށް ގަތަރު ގޭސް ޓްރާންސްޕޯޓް ކޮމްޕެނީން ބުނެއެވެ. މިއީ އީރާނާއި އެމެރިކާ އަދި އިސްރާއީލާ ދެމެދު ހިނގަމުންދާ ހަމަނުޖެހުންތަކާ ގުޅިގެން ވިޔަފާރި އުޅަނދުތަކަށް އަމާޒުކޮށް ދެމުންދާ ހަމަލާތަކުގެ ތެރެއިން ހިނގި ހާދިސާއެކެވެ.

އިގްތިސާދީ މަޖުބޫރުކުރުންތަކާ މެދު "ކުއަޑް"ގެ ކަންބޮޑުވުން

އިތުބާރު ހުރި ސަޕްލައި ޗެއިންތަކެއް ބިނާކުރުމަށާއި، މާކެޓް އުސޫލުތަކާ ޚިލާފަށް ކުރިމަތިވާ އިގްތިސާދީ މަޖުބޫރުކުރުންތަކާ މެދު "ކުއަޑް" އިއްތިހާދުގެ ގައުމުތަކުން ކަންބޮޑުވުން ފާޅުކޮށްފިއެވެ. މި ބައްދަލުވުމުގައި މިނިވަން އިންޑޯ-ޕެސިފިކް ސަރަހައްދަކަށް ތާއީދުކޮށް، އެ ސަރަހައްދުގެ އޭއައި ޓެކްނޮލޮޖީ ކުރިއެރުވުމަށް 85 މިލިއަން ޑޮލަރުގެ އެހީ ދިނުމަށް ވަނީ އެއްބަސްވެފައެވެ.

ކޮޕް17 ގައި އެއްބަސްވުމަކާ ހަމައަށް، ފައިސާގެ މައްސަލަ ބޮޑު

އަރްމީނިއާގައި ބޭއްވި ކޮޕް17 ކޮންފަރެންސްގައި ދުނިޔޭގެ ދިރުންތަކުގެ ނަސްލު ހިމާޔަތްކުރުމުގެ މަސައްކަތް ވަރުގަދަކުރުމަށް "ޔެރެވަން ޕާތުވޭ" ގެ ނަމުގައި އެއްބަސްވުމެއް އެކުލަވާލައިފިއެވެ. ނަމަވެސް، މި މަސައްކަތްތަކަށް ބޭނުންވާ ފައިސާ ހޯދާނެ ގޮތަކާ މެދު ގައުމުތަކުގެ މެދުގައި އަދިވެސް ވަނީ ގޮތެއް ނުނިންމި ހިޔާލުތަފާތުވުންތަކެއް އުފެދިފައެވެ.

Newsletter

Get the latest news delivered straight to your inbox