އަގްސާ މިސްކިތުގައި ހަމަނުޖެހުން ހިނގާ، ގިނަ ބަޔަކު ޒަހަމްވެއްޖެ

އަގްސާ މިސްކިތުގެ ބޭރުގައި ހަމަނުޖެހުން ހިންގަނީ.-- ފޮޓޯ: ރޮއިޓާޒް

އަގްސާ މިސްކިތުގެ ބޭރުގައި ހަމަނުޖެހުން ހިންގަނީ.-- ފޮޓޯ: ރޮއިޓާޒް

ގުދުސްގެ އަލް އަގްސާ މިސްކިތުގައި ހަމަނުޖެހުން ހިނގައި ފަލަސްތީނުގެ 163 އާއްމު ރައްޔިތަކަށާއި ފުލުހުންގެ ހަ މީހަކަށް އަނިޔާވެއްޖެ އެވެ.

އިޒްރޭލާއި ފަލަސްތީނުގެ މަޝްރަހު ކޮންމެ އަހަރެއްގެ ވެސް ރޯދަ މަހު ގޯސްވެ އެވެ. މި ފަހަރު މައްސަލަ ގޯސްވީ ފަލަސްތީނު މީހުންނަށް އަޅުކަން ކުރުމަށް ހުރަސް އަޅާތީ އެވެ. ނަމަވެސް އިޒްރޭލުން ބުނީ ހުރަސް ނާޅާ ކަމަށާއި، ފިޔަވަޅުތައް އަޅާފައިވަނީ ކޮވިޑާ ގުޅިގެން ކަމަށެވެ.

އިޒްރޭލުން ވެރިވެގަނެފައިވާ ފަލަސްތީނުގެ ބިންތަކުގައި ޔަހޫދީން އާބާދު ކުރުމުގެ ގޮތުން އެ ތަންތަނުގައި ހުރި ގެތަކުން ފަލަސްތީނު މީހުން ނެރެން ތައްޔާރު ވާތީ ވެސް މައްސަލަ އޮތީ ގޯސްވެފަ އެވެ.

މިސްކިތުގެ ބޭރުގައި ފަލަސްތީނުގެ މީހުން ވަނީ އިޒްރޭލު ފުލުހުންނަށް އަމާޒުކޮށް ހިލަ އާއި ބިއްލޫރި ފުޅި އުކާފަ އެވެ. އިޒްރޭލު ފުލުހުން ރައްދު ދިނީ ރަބަރު ބުލެޓާއި ސްޓަން ގްރެނޭޑުންނެވެ.

ރޭގެ ހަމަނުޖެހުމުގައި އަނިޔާވި މީހުންނަށް ފަރުވާ ކުރަން ރެޑް ކްރެސެންޓުން ވަނީ ފީލްޑް ހޮސްޕިޓަލެއް ހުޅުވާފަ އެވެ.

ރޭގެ ހަމަނުޖެހުން ހިނގީ މި ރޯދަ މަހުގެ އެންމެ ފަހު ހުކުރާ ދިމާކޮށް އަޅުކަން ކުރަން އެތައް ހާސް މުސްލިމުންނެއް ޖަމާވެފައި ވަނިކޮށެވެ.

އިޒްރޭލު ފުލުހުން ބުނީ ބާރުގެ ބޭނުންކުރަން ޖެހުނީ ނަމާދަށް ފަހު މުސްލިމުން ހަމަނުޖެހުން ހިންގަން ފެށުމުން ކަމަށެވެ. ހަމަނުޖެހުން ހިނގަން ފެށުމުން މިސްކިތުގެ ލައުޑް ސްޕީކަރުން ވަނީ ފުލުހުން ހަމަލާ ދިނުން ހުއްޓާލުމަށާއި މުސްލިމުން ވެސް ހަމަނުޖެހުން ހިންގުން ހުއްޓާލަން ގޮވާފަ އެވެ.

ފަލަސްތީނުގެ ރެޑް ކްރެސެންޓުން ބުނީ ރަބަރު ބުލެޓުން ޒަހަމްވެ 88 ފަލަސްތީނު މީހުންނަށް ފަރުވާ ދޭން ހޮސްޕިޓަލަށް ގެންދަން ޖެހުނު ކަމަށެވެ. އިޒްރޭލު ފުލުހުންގެ ތެރެއިން އަނިޔާވި ހަ މީހުންނަށް ވެސް ފަރުވާ ދޭން ޖެހުނެވެ.

އަލް އަގްސާ މިސްކިތުގައި އިޒްރޭލު ފުލުހުން.-- ފޮޓޯ: ރޮއިޓާޒް
އަލް އަގްސާ މިސްކިތުގައި އިޒްރޭލު ފުލުހުން.-- ފޮޓޯ: ރޮއިޓާޒް

އަލް އަގްސާ މިސްކިތުގައި އިޒްރޭލު ފުލުހުން.-- ފޮޓޯ: ރޮއިޓާޒް

އިރުމަތީ ގުދުސްގެ ޝެއިހް ޖައްރާ ޑިސްޓްރިކްޓުގައި އުޅޭ ފަލަސްތީނު މީހުން ގެތަކުން ބޭރު ކުރަން އުޅޭތީ އުފެދިފައިވާ ނުތަނަވަސްކަމުގެ ތެރެއިން ރޭ ހަމަނުޖެހުން ބޮޑުވުމުން ބައިނަލްއަގްވާމީ ފަރާތްތަކުން ވެސް ވަނީ ސުލްހަ އިސްކުރަން ގޮވާލާފަ އެވެ.

އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުގެ ތަރުޖަމާނަކު ބުނީ އެ ގައުމުގެ ސަރުކާރުން "މި ހާލަތާ މެދު ވަރަށް ކަންބޮޑުވާ ކަމަށެވެ".

މެދުއިރުމަތީގެ ސުލްހައިގެ މަޝްވަރާއަށް ކަނޑައަޅާފައި ހުންނަ އދ. ގެ ހާއްސަ ކޯޑިނޭޓަރު ޓޯ ވެނެސްލޭންޑް ހުރިހާ ފަރާތްތަކަށް ވެސް ގޮވާލެއްވީ "ގުދުސްގައި އަޅުކަން ކުރަން ހާއްސަ ސައިޓުތަކުގެ ހުރުމަތްތެރިކަން ދަމަހައްޓާ ހަމަޖެހުމާއި ސުލްހަ އިސްކުރުމަށެވެ".

އދ. އިން އިޒްރޭލަށް ގޮވާލީ ފަލަސްތީނު މީހުން ގެތަކުން ބޭރު ކުރުން ހުއްޓާލުމަށާއި، އެކަމާ ދެކޮޅަށް އަޑު އުފުލާ މީހުންނާ މެދު "ބާރުގެ ބޭނުން ކުރުން މަދު ކުރުމަށެވެ".

ފަލަސްތީނުގެ ބައެއްގެ ގޮތުގައި އޮތް އިރުމަތީ ގުދުސްއަށް އިޒްރޭލުން ވެރިވެގަތީ 1967 ގައި ހިންގި ހަނގުރާމައަކަށް ފަހު އެވެ. ގިނަ ގައުމުތަކާއި އދ. އިން ވެސް އިޒްރޭލުން އެތަނަށް ވެރިވެގަނެފައި އޮތް އޮތުން ބަލައެއް ނުގަނެ އެވެ.

އިޒްރޭލުން ދެކޭ ގޮތުގައި މުޅި ގުދުސްއަކީ ޔަހޫދީންގެ ވެރިރަށެވެ. ނަމަވެސް ފަލަސްތީނުން ބޭނުންވަނީ އިރުމަތީ ގުދުސްއަކީ ފަލަސްތީނު ދައުލަތުގެ ވެރިރަށުގެ ގޮތަށް ހެދުމަށެވެ.

މިހާރު ޔަހޫދީން އާބާދު ކުރަމުންދާ އިރުމަތީ ގުދުސްގެ ޝެއިހް ޖައްރާގައި 3،000 އަށް ވުރެ ގިނަ ފަލަސްތީނު ރައްޔިތުން ދިރިއުޅެ އެވެ. ނަމަވެސް އިޒްރޭލުގެ ކޯޓުތަކުން އަންނަނީ އެ މީހުން ގެތަކުން ނިކުތުމަށް އަންގަމުންނެވެ.

އެ ތަނުގައި ޔަހޫދީން އާބާދު ކުރުމުގެ މަސައްކަތް ފެށީ 2001 ގައެވެ. އިޒްރޭލުން ބޭނުންވަނީ ގުދުސްގެ އާބާދީގެ 70 ޕަސަންޓަކީ ޔަހޫދީންނަށް ހެދުމަށެވެ. އަދި އާބާދީގައި ފަލަސްތީނު ރައްޔިތުންގެ ނިސްބަތް އެންމެ ގިނަވެގެން 30 ޕަސަންޓަށް ކުޑަ ކުރުމަށެވެ.

އެ ތަނުގައި ޔަހޫދީން އާބާދު ކުރަން ފަލަސްތީނު މީހުން ގެތަކުން ނެރުމާ ގުޅޭ މައްސަލައެއްގެ އަޑުއެހުން އިޒްރޭލުގެ ސުޕްރީމް ކޯޓުން ހޯމަ ދުވަހު ބާއްވާނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގްރީންލޭންޑުގައި އެމެރިކާގެ އަސްކަރީ ދެ މަރުކަޒެއް ބިނާކުރަނީ

އާކްޓިކް ސަރަހައްދުގައި އެމެރިކާގެ ދެ އަސްކަރީ މަރުކަޒު ގާއިމުކުރުމަށް އެމެރިކާ، ޑެންމާކް އަދި ގްރީންލޭންޑުން އާ ދިފާއީ އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ. މި އެއްބަސްވުމުގެ ސަބަބުން އެ ސަރަހައްދާ ގުޅޭގޮތުން އުފެދިފައިވާ ނުތަނަވަސްކަމަށް ނިމުމެއް އައިސް، ޑެންމާކުގެ ސިޔާދަތީ ބާރު ކަށަވަރުވެގެންދާނެއެވެ. މިއީ 1951 ވަނަ އަހަރުގެ އެއްބަސްވުމަށް ގެނައި އިސްލާހެއްގެ ދަށުން، ގްރީންލޭންޑުގެ ދެ ސަރަހައްދެއްގައި ދިފާއީ މަރުކަޒުތައް ބިނާކުރުމަށް ލިބުނު ހުއްދައެކެވެ.

ޖޫން މަހަށް ފަހު އެމެރިކާ އާއި އީރާނުގެ ފުރަތަމަ ބައްދަލުވުން

އެމެރިކާ އާއި އީރާނުގެ މެދުގައި އުފެދިފައިވާ ހަމަނުޖެހުންތަކަށް ހައްލެއް ހޯދުމަށް، ޖޫން މަހަށްފަހު ފުރަތަމަ ފަހަރަށް ދެ ގައުމުގެ އިސް އޮފިޝަލުން އދ. ގައި ބައްދަލުކުރައްވައިފިއެވެ. ގަތަރު މެދުވެރިއެއްގެ ދައުރު އަދާކުރި މި ބައްދަލުވުމުގައި، އީރާނުގެ ފޮރިން މިނިސްޓަރާއި ޓްރަމްޕްގެ މަންދޫބު ބައިވެރިވެވަޑައިގެންނެވި ނަމަވެސް، މާބޮޑު ކުރިއެރުމެއް ލިބުނުކަމުގެ ރިޕޯޓެއް އަދި ލިބިފައެއް ނުވެއެވެ. މި މަޝްވަރާތައް ބާއްވާފައިވަނީ ދެ ގައުމުގެ އަސްކަރީ ކުރިމަތިލުންތަކުގެ ސަބަބުން ދުނިޔޭގެ ތެލުގެ ބާޒާރަށް ބޮޑެތި ލޮޅުންތަކެއް އަރާފައިވާ ދަނޑިވަޅެއްގައެވެ.

170،000 އަށް ވުރެ ގިނަ މީހުންނަށް ސިއްހީ މައްސަލަތައް ދިމާވެއްޖެ

އިންޑޮނޭޝިއާގެ ޖަންގަލިތަކުގައި ރޯވި އަލިފާނުގެ ސަބަބުން އުފެދުނު ވިހަ ދުމުގެ އަސަރުކޮށް، 175،000 އަށް ވުރެ ގިނަ މީހުންނަށް ނޭވާލާ ނިޒާމުގެ ބަލިތައް ޖެހި ސިއްހީ ނުރައްކަލަކާ ވަނީ ކުރިމަތިލާން ޖެހިފައެވެ. މި އަލިފާންގަނޑުތައް ނިއްވާލުމަށް ގިނަ އަދަދެއްގެ އޮފިޝަލުންނާއި ވަސީލަތްތައް ބޭނުންކޮށްގެން މަސައްކަތް ކުރަމުންދާއިރު، ބިމުގެ ހާލަތު ހުރިގޮތުން އެކަމަށް ބޮޑެތި ގޮންޖެހުންތަކެއް ވަނީ ކުރިމަތިވެފައެވެ.

ޗާގޯސް އެއްބަސްވުން މުރާޖައާކުރަން ޔޫކޭއިން ނިންމައިފި

ޗާގޯސް ޖަޒީރާތައް މޮރިޝަސްއާ ހަވާލުކުރުމަށް ވެފައިވާ އެއްބަސްވުމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ފާޑުވިދާޅުވުމާ ގުޅިގެން، އެ އެއްބަސްވުން މުރާޖައާކުރަން އިނގިރޭސިވިލާތުން ވަނީ ނިންމާފައެވެ. މި ނިންމުމާއެކު، އިންޑިއާ ކަނޑުގައި އޮންނަ އަސްކަރީ މަރުކަޒުގެ ސަލާމަތާއި ދެ ގައުމުގެ ގުޅުމަށް ރިއާޔަތްކޮށް އެ މައްސަލައިގައި އަލުން ވިސްނާނެކަމުގެ ޔަގީންކަން އިނގިރޭސި ސަރުކާރުން ވަނީ ދީފައެވެ.

ޔޫކޭއިން ވައިގެ މަގުން ސައުދީއަށް އަސްކަރީ އެހީތެރިކަން ދެނީ

ޔަމަނުގެ ހޫތީން ސައުދީ އަރަބިއްޔާއަށް ދެމުންދާ ހަމަލާތަކުން ދިފާއުވުމަށް އެހީތެރިވުމުގެ ގޮތުން، ވައިގެ މަގުން ތެޔޮ އެޅުމުގެ އަސްކަރީ އެހީތެރިކަން ދިނުމަށް އިނގިރޭސިވިލާތުން ނިންމައިފިއެވެ. ސައުދީ ސަރުކާރުގެ އެދުމުގެ މަތިން ދޭ މި އެހީތެރިކަމުގައި އިނގިރޭސި ރޯޔަލް އެއާ ފޯސްގެ "ވޮޔޭޖާ" މަރުކާގެ ބޯޓެއް ބޭނުންކޮށްގެން ކުރިއަށް އޮތް ހަފުތާތަކުގައި މަސައްކަތް ކުރިއަށްދާނެއެވެ.

ކުރީގެ ފަސްޓް ލޭޑީގެ ޖަލު ހުކުމް ފަސް އަހަރަށް ކުޑަކޮށްފި

ދެކުނު ކޮރެއާގެ ކުރީގެ ފަސްޓް ލޭޑީ ކިމް ކިއޮން ހީ ރިޝްވަތު ހިފި މައްސަލައިގައި އިއްވާފައިވާ 7 އަހަރުގެ ޖަލު ހުކުމް، އެ ގައުމުގެ އިސްތިއުނާފީ ކޯޓުން ވަނީ 5 އަހަރަށް ކުޑަކޮށްފައެވެ. ނަމަވެސް ކިމްގެ ފަރާތުން މި މައްސަލަ ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރަން ނިންމާފައިވާއިރު، އޭނާގެ ފިރިކަލުން އަދި ކުރީގެ ރައީސް ޔޫން ސުކް ޔޯލް މިހާރު ގެންދަވަނީ ބަޣާވާތުގެ ކުށުގައި އުމުރު ދުވަހުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުންނެވެ.

ދެ ކުދިންނަށް ފުރައްސާރަ ކުރާ ވީޑިއޯއަކާއެކު ކަންބޮޑުވުން

އިންޑިއާގެ ބިހާރުގައި ފުރާވަރުގެ ދެ ކުދިންނަށް ބަޔަކު ޖިންސީ ފުރައްސާރަކޮށް އަނިޔާކުރާ ވީޑިއޯއެއް އާންމުވުމާ ގުޅިގެން، އެ ގައުމުގެ ރައްކާތެރިކަމާ މެދު އާންމުންގެ ބޮޑު ކަންބޮޑުވުމެއް ވަނީ އުފެދިފައެވެ. މި މައްސަލައިގައި ތުހުމަތުކުރެވޭ ތިން މީހަކު ހައްޔަރުކޮށްފައިވާއިރު، މި ހާދިސާއާ ގުޅިގެން ސަރުކާރުގެ އިސްވެރިން ދެއްކެވި ވާހަކަތަކަށް ގިނަ ބައެއްގެ ފާޑުކިޔުން ވަނީ އަމާޒުވެފައެވެ.

Newsletter

Get the latest news delivered straight to your inbox