މާރިޔާގެ ވަރުގަދަ އިންޒާރެއް: ޓެރަރިސްޓުންނަށް ފިލައި ނުތިބެވޭނެ، ސިފައިން އަރާ ހަމަކުރާނެ

ރައީސް ނަޝީދަށް ރޭ ދިން ހަމަލާއާ ގުޅިގެން ޑިފެންސް މިނިސްޓަރު މާރިޔާ މިރޭ ނޫސްވެރިންނަށް މައުލޫމާތު ދެއްވަނީ. -ފޮޓޯ: ހުސެއިން ވަހީދު/ އަދަދު

ރައީސް ނަޝީދަށް ރޭ ދިން ހަމަލާއާ ގުޅިގެން ޑިފެންސް މިނިސްޓަރު މާރިޔާ މިރޭ ނޫސްވެރިންނަށް މައުލޫމާތު ދެއްވަނީ. -ފޮޓޯ: ހުސެއިން ވަހީދު/ އަދަދު

ދިވެހި ރައްޔިތުން ބިރުވެރިކަމެއްގެ ތެރެއަށް ވައްޓާލަން ރާއްޖޭގައި ޓެރަރިސްޓު ހަމަލާދިނުމަށްފަހު ފިލައިނުތިބެވޭނެ ކަމަށާއި އެ މީހުންނާ ސިފައިން އަރާ ހަމަކުރާނެ ކަމަށް ވިދާޅުވެ ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ މިރޭ ވަރުގަދަ އިންޒާރެއް ދެއްވައިފި އެވެ.

ރައީސް ނަޝީދު ދިރިއުޅުއްވާ ގެކޮޅުން ރޭ ނުކުންނަވައިގެން ކާރަށް އަރައިވަޑައިގަންނަވަނިކޮށް، ސައިކަލެއްގައި ހަރުކޮށްފައި އިން އައިއީޑީ އެއް ގޮއްވާލާފައި ވަނީ މަސައްކަތް ކޮށްފައިވަނީ އެމަނިކުފާނު އަވަހާރަކޮށްލަން ކަމަށް ފުލުހުންގެ އިތުރުން މިރޭ އެމްއެންޑީއެފުން ވެސް ވަނީ ބުނެފަ އެވެ.

އެ ހަމަލާގައި ނަޝީދުގެ އިތުރުން އެމަނިކުފާނުގެ ތިން ބޮޑީގާޑުންނަށް ވެސް އެކި ވަރުގެ އަނިޔާ ލިބިފައިވާއިރު، އެ ހާދިސާ ހިނގިތާ 24 ގަޑިއިރު ފާއިތުވި ފަހުން އެމްއެންޑީއެފުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މާރިޔާ ވިދާޅުވީ އަނިޔާވި ސިފައިންގެ ތިން އޮފިސަރުން ދެއްކި ހިތްވަރަށް ތައުރީފު ކުރައްވާ ކަމަށެވެ.

މާރިޔާ ވިދާޅުވީ ނަޝީދުގެ ބޮޑީގާޑުން ޒަހަމްވެފައިވާ ހާލަތުގައި ވެސް ކުޑައިރުކޮޅެއްގެ ތެރޭގައި ރައީސް ނަޝީދު ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށާއި ގާޑުން މަސައްކަތްކޮށްފައި ވަނީ ވަރަށް ޕްރޮފެޝަނަލްކޮށް ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ ރައީސް ނަޝީދަށް ދިން އެ ހަމަލާގެ އަޑުއިވުމާއެކު ރައްޔިތުންގެ ހިތްތަކުގައި ބިރުވެރިކަމެއް އުފެދިފައިވާ ކަމަށެވެ. އަދި ހުރިހާ ރައްޔިތުން ވެސް އެފަދަ ކަންކަމަށް ހުޝިޔާރުވާންޖެހޭ ކަން މި ހަމަލާއިން ހާމަވެގެން ގޮސްފައިވާ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

އެއާއެކު މާރިޔާ ވަނީ އެ ހަމަލާގެ ފަހަތުގައި ތިބި މީހުންނަށް ވަރުގަދަ އިންޒާރެއް ދެއްވައިފަ އެވެ.

"ޓެރަރިސްޓް ހަމަލާއެއް ދޭން އުޅޭނަމަ ކުރިމަތިލާން ޖެހޭނީ ދިވެހި ސިފައިންނާކަން ކަނޑައެޅިގެން އަންގަން. މި ރާއްޖޭގައި ޓެރަރިސްޓުންނަށް އެއްވެސް ފުރުސަތެއް ނޯންނާނެ ކަމުގެ ޔަގީންކަން އަރުވަން،" މާރިޔާ ހަރުއަޑުން ވިދާޅުވި އެވެ.

ސިފައިން އަމަލުކުރީ ޕްރޮޓޮކޯލްއާ އެއް ގޮތަށް

އެ ބައްދަލުވުމުގައި ޗީފް އޮފް ޑިފެންސް ފޯސް އަބްދުﷲ ޝަމާލް ވެސް ވިދާޅުވީ އެ ހަމަލާއާ ގުޅިގެން ނަޝީދުގެ ބޮޑީގާޑުންގެ ގޮތުގައި ތިބި ސިފައިންގެ އޮފިސަރުން އަމަލު ކުރީ އެފަދަ ހާލަތްތަކުގައި އަމަލުކުރަން އޮންނަ އުސޫލުތަކާއި ތަމްރީނުތަކާ އެއް ގޮތަށް ކަމަށެވެ.

އެ ހަމަލާ ދިނުމުގައި ސިފައިންގެ އިހުމާލެއް އޮތް ކަމަށް ދެކެވޭ ވާހަކަތަކަށް ވެސް ޝަމާލް މިރޭ ޖަވާބު ދެއްވި އެވެ.

މިގޮތުން، ދައުލަތުގެ އެހެން އިސް ބޭފުޅުންނަށް އަރުވާ ސެކިއުރިޓީއަށްވުރެ އެތައް ގުނައެއް މަތީ ސެކިއުރިޓީއެއް ރައީސް ނަޝީދަށް ދެމުންދާ ކަމަށާއި ހަނގުރާމަ މަތީ ހަތިޔާރާއެކު އަބަދުވެސް ރައީސް ނަޝީދާއެކު ސިފައިން ހަރަކާތްތެރިވާ ކަމަށް އޭނާ ހާމަކުރެއްވި އެވެ.

ފފފ
ފފފ

މިރޭގެ ބައްދަލުވުމުގައި ޗީފް އޮފް ޑިފެންސް ފޯސް އަބްދުﷲ ޝަމާލް ނޫސްވެރިންނަށް މައުލޫމާތު ދެއްވަނީ. -ފޮޓޯ: ހުސެއިން ވަހީދު/ އަދަދު

"އިއްޔެގެ ހާލަތުގައި ވެސް ފާލަން ކައިރީގައި އެޑްވާންސް ޓީމުގެ ބަޔަކު ތިބިއިރު ވަޑައިގަންނަވަން އޮތް ރަށުގައި ވެސް ސިފައިންގެ ޓީމެއް ފޮނުވިފައި އޮތް. 24 ގަޑިއިރު އެމަނިކުފާނުގެ ގޭގައި ވެސް ސެކިއުރިޓީ ބެލެހެއްޓެމުންދޭ،" ޝަމާލް ވިދާޅުވި އެވެ.

އިތުރަށް ވިދާޅުވީ އެލާޓް ލެވެލް މިހާރު ވަނީ ޓެރަރިޒަމްގެ ހަމަލާއެއް ދިނުމުން އެންމެ މަތި ކުރެވޭނެ މިންވަރަށް މަތިކޮށް، ހަތިޔާރާއެކު ސިފައިންގެ ދައުރު ފުޅާކުރެވިފައި ކަމަށެވެ.

އިންޓެލް ފެއިލްވި ކަމަށް ގަބޫލެއް ނުކުރި

ރޭގެ ހަމަލާއާ ގުޅިގެން ސިފައިންގެ އިންޓެލިޖެންސް ފެއިލްވެފައިވާ ކަމަށް ކުރެވޭ ތުހުމަތުތަކަށް ވެސް މިރޭގެ ނޫސްވެރިންގެ ބައްދަލުވުމުގައި މާރިޔާގެ އިތުރުން ވައިސް ޗީފް އަބްދުއްރަހީމް އަބްދުލް ލަތީފް ވެސް ރައްދު ދެއްވި އެވެ.

އެކަމާ ގުޅިގެން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން މާރިޔާ ވިދާޅުވީ ރޭގެ ހަމަލާއާ ގުޅިގެން ސީދާ އިންޓެލިޖެންސް މައުލޫމާތެއް ލިބިފައިނެތް ނަމަވެސް އިންޓެލް މައުލޫމާތު ހޯދަން އަބަދުވެސް މަސައްކަތް ކުރެވޭ ކަމަށެވެ.

"އިންޓެލް މައުލޫމާތު ލިބެން ވެސް ލިބޭ، އެފަދަ މައުލޫމާތު ލިބުމުން ކުރަން ޖެހޭ ކަންކަން ވެސް ކުރަން، އަޅުގަނޑުމެން ކުރަން ޖެހޭ ހުރިހާ ކަމެއް ވެސް ކުރަމުން ދިޔަކަން ދަންނަވަން،" މާރިޔާ ވިދާޅުވި އެވެ.

އެމްއެންޑީއެފްގެ އިންޓަލިޖެންސްގެ ވެރިޔާ އަބްދުއްރަހީމް ވިދާޅުވީ އެކުވެރި ގައުމުތަކުން ވެސް އިންޓެލިޖެންސްގެ އެކި މައުލޫމާތުތައް ލިބޭ ކަމަށާއި، އެ މައުލޫމާތުތައް ހިއްސާ ކުރަން ޖެހޭ ފަރާތްތަކާއެކު ހިއްސާ ވެސް ކުރާ ކަމަށެވެ.

"އެގޮތަށް ލިބޭ މައުލޫމާތުތަކުގެ މައްޗަށް އެތައް ކަމެއް ހުއްޓުވިފަ ވެސް ހުންނާނެ،" އޭނާ ވިދާޅުވި އެވެ.

އެ ހަމަލާދިން ކަމަށް ޝަައްކު ކުރެވޭ ހަތަރު މީހަކު މިހާރު ފާހަގަކުރެވިފައިވާ ކަމަށާއި އެމީހުން ހައްޔަރުކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް މިއަދު ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ފުލުހުން ވަނީ ބުނެފަ އެވެ.

ހަމަލާގެ ތަހުގީގުގައި ސިފައިން އެހީތެރިކަން ފޯރުކޮށް ދެމުންދިޔަ ނަމަވެސް އެކަމުގެ ޖިނާއީ ތަހުގީގު ކުރިއަށް ގެންދާނީ ފުލުހުން ކަމަށް އެމްއެންޑީފުން މިރޭ ބުންޏެވެ.

ރޭގެ ހަމަލާގައި ރައީސް ނަޝީދަށް ލިބުނު ޒަހަމްތަކަށް އަދިވެސް އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާދެމުންދާއިރު، އެމަނިކުފާނުގެ ހާލު އަދިވެސް ސީރިއަސް ކަމަށާއި އޮންނެވީ އައިސީޔޫގައި ކަމަށް ވެސް ހޮސްޕިޓަލުން އޭޑީކޭއިން ބުނެފައިވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ރަސްމާލެ ޕްރޮޖެކްޓާ ދެކޮޅު ހަދަން އެމްޑީޕީ އިން ފާސްކޮށްފި

ކޮލަމާފުށީ ދާއިރާގެ މެންބަރު މަހްފޫޒް ހުށަހެޅުއްވި އެ ގަރާރު ފާސްވީ ހާޒިރުވެވަޑައިގެންނެވި 58 މެންބަރުންގެ ތެރެއިން 57 މެންބަރުންގެ ވޯޓާއެކު އެވެ. ގަރާރާ އިދިކޮޅަށް ވޯޓު ދިނީ އެންމެ މެންބަރެކެވެ.

ރަސްމާލެ ޕްރޮޖެކްޓަށް ފުރިހަމައަށް ތާއީދު ކުރަން: ނަޝީދު

ކޮލަމާފުށީ ދާއިރާގެ ރައީސް މަހްފޫޒް ސައީދު ހުށަހެޅުއްވި އެ ގަރާރުގައި ގޮވާލާފައި ވަނީ ރަސްމާލެ މަޝްރޫއުއާމެދު ދެކޭ ގޮތް ބަލަން އާންމުންގެ މެދުގައި ވޯޓެއް ނެގުމަށާއި އެފަދަ ވޯޓަކަށް ސަރުކާރު އެއްބަސްނުވެއްޖެ ނަމަ މަޝްރޫއު ހުއްޓުވުމަށް މުޒާހަރާ ކުރުމަށެވެ.

ރިފަރެންޑަމަކަށް ނުދާނަމަ އިހުތިޖާޖުކުރަންޖެހޭ: ފައްޔާޒް

ރަސްމާލެ މަޝްރޫޢުގެ ދަށުން ފުށިދިއްގަރުފަޅުން ބައެއް ބޭރު ކުންފުންޏަކަށް ދޫކޮށްލުމާ ގުޅޭގޮތުން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ނުގޮސްފިނަމަ، މަގުތަކަށް ނުކުމެ އިހުތިޖާޖުކުރަން ޖެހޭނެ ކަމަށް ފައްޔާޒް ވިދާޅުވި. ފައްޔާޒް އޭނާ ވިދާޅުވީ މި ޑީލުގެ ސަބަބުން ރާއްޖޭގެ އިސްތިގުލާލަށާއި އިޖުތިމާއީ ފޭރާމަށް ނުރައްކާވާނެ ކަމަށް.

އިބްރާގެ ރައްދު ނަޝީދަށް: ރަސްމާލެ ޑީލުން ބައިބައިވުން އުފެދޭނެ

އީގަލް ހިލްސް މަޝްރޫއުގެ ސަބަބުން މުޖުތަމައުގައި ބައިބައިވުން ބޮޑުވެ، ގައުމުގެ މިނިވަންކަމަށް ނުރައްކާވެދާނެ ކަމަށް ވިދާޅުވެ އިބްރާ، ކުރީގެ ރައީސް ނަޝީދަށް ރައްދު ދެއްވި. އިބްރާ ވިދާޅުވީ އެމްޑީޕީގެ އަސާސަކީ ހަމަހަމަކަން ގާއިމުކުރުން ކަމަށާއި، ބޭރުގެ ފަރާތްތަކަށް ރާއްޖޭގައި ވަޒަންވެރިވުމުގެ ފުރުސަތު ދިނުމަކީ ޕާޓީގެ ސިޔާސަތެއް ނޫން ކަމަށް.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޝާހިދު ގޮވާލައްވައިފި

ޝާހިދު އެގޮތަށް ގޮވާލެއްވީ މިރޭ ކުރިއަށްދާ އެމްޑީޕީގެ ގައުމީ މަޖިލީހުގެ ޖަލްސާއެއްގައި ވާހަކަ ދައްކަވަމުންނެވެ. ރަސްމާލޭ މަޝްރޫއުއަކީ ފެށުމުގައި ވެސް އޮޅުވާލުމެއް ކަމަށެވެ.

ބީއެމްއެލްގެ ސުކޫކަށް ސަރުކާރުން ގެރެންޓީ ދެނީ

ބީއެމްއެލް އިން ބޭރުގެ އިންވެސްޓަރުންނަށް ވިއްކާ 300 މިލިއަން ޑޮލަރުގެ ސުކޫކަށް ސޮވްރިން ގެރެންޓީ ދިނުމަށް ސަރުކާރުން ނިންމުމާ ގުޅިގެން، ދައުލަތުގެ ގެރެންޓީ ދަރަނީގެ އަމާޒުތައް ވަނީ މުރާޖައާކޮށްފަ. މި ފައިސާ މައިގަނޑު ގޮތެއްގައި ބޭނުންކުރުމަށް ހަމަޖެހިފައިވަނީ ރާއްޖޭގެ އުތުރުގައި ފަތުރުވެރިކަން ތަރައްގީކޮށް އިގުތިސޯދީ ފުރުސަތުތައް ފުޅާކުރުމަށް.

ޔޫއޭއީގެ އެމްބަސީއަށް ޑިފެންސް މިނިސްޓަރު ވަޑައިގެންފި

ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހި ކުރަން އެ ބައްދަލުވުމުގައި ވާހަކަ މަޝްވަރާ ކުރެވުނު ކަމަށް ޔޫއޭއީ އެމްބަސީ އިން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވެ އެވެ.

Newsletter

Get the latest news delivered straight to your inbox