ފާޑުކިޔުންތަކާއެކު އިންޑިއާގައި ތިބި އޮސްޓްރޭލިއާ މީހުން ގައުމަށް ގެންދަން ނިންމައިފި

އޮސްޓްރޭލިއާ އެއާލައިނެއްގެ ފްލައިޓެއް. އިންޑިއާގައި އެ ގައުމުގެ 9000 މީހުން ތާށިވެފައި އެބަ ތިބި.-- ފޮޓޯ: ގެޓީ އިމޭޖަޒް

އޮސްޓްރޭލިއާ އެއާލައިނެއްގެ ފްލައިޓެއް. އިންޑިއާގައި އެ ގައުމުގެ 9000 މީހުން ތާށިވެފައި އެބަ ތިބި.-- ފޮޓޯ: ގެޓީ އިމޭޖަޒް

އިންޑިއާގައި ތިބި އޮސްޓްރޭލިއާ މީހުން ގައުމަށް އެތެރެވެއްޖެ ނަމަ ޖަލަށް ލާނެ ކަމަށް އިއުލާނު ކުރުމުން އަމާޒުވި ފާޑުކިޔުންތަކާ ގުޅިގެން އިންޑިއާގަައި ތާށިވެފައި ތިބި ރައްޔިތުން އަނބުރާ ގައުމަށް ގެންނަން އޮސްޓްރޭލިއާއިން ނިންމައިފި އެވެ.

އޮސްޓްރޭލިއާއިން އަލަށް އެކުލަވާލި އުސޫލެއްގެ ދަށުން މޭ 15 އާ ހަމައަށް އެއްވެސް މީހަކަށް އިންޑިއާއިން އެ ގައުމަށް ނާދެވޭނެ އެވެ. އުސޫލާ ހިލާފަށް އެތެރެވެއްޖެ ނަމަ، އަދަބެއްގެ ގޮތުގައި ބޮޑެތި ޖޫރިމަނާ އަދި ޖަލަށް ދާން ޖެހޭނެ ކަމަށް އަންގާފައި ވެއެވެ.

ނަމަވެސް އެއީ ރޭސިސްޓް އުސޫލެއް ކަމަށް ބުނެ ވަރަށް ބޮޑަށް ފާޑުކިޔުން އަމާޒުވި އެވެ. އެއާއެކު ސަރުކާރުން މިހާރު ނިންމާފައި ވަނީ މޭ 15 އަށް ފަހު އިންޑިއާގައި ތިބި އޮސްޓްރޭލިއާގެ މީހުން ގައުމަށް ގެނައުމަށް ހާއްސަ ފްލައިޓްތަކެއް ބޭއްވުމަށެވެ.

އިންޑިއާގައި 9000 އަށް ވުރެ ގިނަ އޮސްޓްރޭލިއާ މީހުން އެބަ ތިއްބެވެ. އޭގެ ތެރެއިން ކޮވިޑުގެ ނުރައްކާ އެންމެ ބޮޑު ކަމަށް ފާހަގަވާ 900 މީހުން އެބަ އުޅެ އެވެ. އޮސްޓްރޭލިއާގެ ބޮޑު ވަޒީރު ސްކޮޓް މޮރިސަން ވިދާޅުވީ އެންމެ ފުރަތަމަ އިސްކަން ދޭނީ އެމީހުން ގެންނަން ކަމަށެވެ.

ބާކީ ތިބި މީހުން ގައުމަށް އަންނަން ޖެހޭނީ ކޮމާޝަލް ފްލައިޓުތަކަށް ހުއްދަ ދިނުމުން ޓިކެޓު ގަނެގެން ކަމުގައި ބެލެވެ އެވެ. ބައެއް މީހުން ބުނެފައިވަނީ ޓިކެޓުގެ އަގުތައް ހުންނާނެ ގޮތަކާ މެދު ކަންބޮޑުވާ ކަމަށާއި ސީޓެއް ލިބޭނެ ކަމުގެ ޔަގީންކަމެއް ވެސް ނެތް ކަމަށެވެ.

އޮސްޓްރޭލިއާއިން އިންޑިއާއަށް ކުރާ ދަތުރުތައް ކެންސަލްކޮށް ވަރުގަދަ ފިޔަވަޅުތަކެއް ތަންފީޒު ކުރަން ފެށީ އޭޕްރިލް 27 ގައެވެ. އެ ހަފްތާގައި އޮސްޓްރޭލިއާ މީހުން ގައުމަށް ގެނައުމަށް ތާވަލު ކުރި ދެ އިވެކުއޭޝަން ދަތުރު ކެންސަލް ވެސް ކުރި އެވެ.

އިންޑިއާއާ މެދު ހަރުކަށި ފިޔަވަޅުތަކެއް އެޅީ ކޮވިޑުގެ ދެ ވަނަ ރާޅެއްގައި އެ ގައުމުގެ ހާލަތު ވަރަށް ބޮޑަށް ގޯސްވުމާ ގުޅިގެންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސިންގަޕޫރު ކައިރިން ކާގޯ ބޯޓަކާއި މަސްބޯޓެއް ޖެހިއްޖެ

މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއްވި ކަމުގެ ނުވަތަ މީހަކު މަރުވި ކަމުގެ ރިޕޯޓެއް މިހާތަނަށް ލިބިފައެއް ނުވެ އެވެ. ކަމާބެހޭ އިދާރާތަކުން މި ހާދިސާއާ ގުޅޭ ރަސްމީ މައުލޫމާތެއް އަދި ހާމަކޮށްފައި ނުވާއިރު، ދެ އުޅަނދު ޖެހެން މެދުވެރިވި ސަބަބެއް ކަށަވަރެއް ނުވެ އެވެ.

ސްކޫލުގައި މޫނުބުރުގާ މަނާކޮށް، ބޭރު ދަރިވަރުން މަދުކުރަނީ

އިޓަލީގެ ސްކޫލްތަކުގައި މޫނުބުރުގާ އެޅުން މަނާކުރުމަށާއި، ކޮންމެ ކްލާހެއްގައި ތިބެވޭނެ ބޭރު ދަރިވަރުންގެ އަދަދު ވަކި މިންވަރަކަށް ކަނޑައެޅުމަށް އެ ގައުމުގެ ސަރުކާރުން ދަނީ ތައްޔާރުވަމުންނެވެ. ބޮޑުވަޒީރު ޖޯޖިއާ މެލޯނީ އިޢުލާންކުރެއްވި މި ސިޔާސަތުގެ ދަށުން، ބޭރު ދަރިވަރުންގެ ބެލެނިވެރިން އިޓަލީ ބަސް ދަސްކުރުން ލާޒިމުކުރުމާއި، ހިޖުރަވެރިން މުޖުތަމައަށް ލާމެހުމަށް ބާރުއެޅުން ހިމެނެއެވެ.

އެމެރިކާއިން ހާލަތު ގޯސްކޮށްފި ނަމަ ބަދަލުހިފާނަން: އީރާން

އެމެރިކާއިން އީރާނަށް ހަމަލާއެއް ދީފިނަމަ، އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށް ބަދަލުހިފުމުގެ ހަމަލާދޭނެ ކަމުގެ އިންޒާރު އީރާނުން ދީފިއެވެ. މި ނުތަނަވަސްކަމާ ގުޅިގެން އެމެރިކާއިން ވަނީ އެ ސަރަހައްދުގައި ތިބި އެ ގައުމުގެ ރައްޔިތުން ސަމާލުވުމަށް އަންގައި ސަލާމަތީ އިންޒާރު ނެރެފައެވެ. ސަރަހައްދީ މަސްރަހު ގޯސްވަމުންދާއިރު، މީގެ ނޭދެވޭ އަސަރު ދުނިޔޭގެ ހަކަތައިގެ ބާޒާރަށް ވެސް ދަނީ ކުރަމުންނެވެ.

ހެރީ އާއި މޭގަންއަށް ކުރިމަތިވަނީ ޑަޔާނާގެ ހިތްދަތި ތަޖުރިބާ

އަމީރު ހެރީ އާއި މޭގަންއާ މެދު މީޑިއާއިން އަމަލުކުރަމުންދަނީ ޑަޔާނާއާ މެދު ވެސް އަމަލުކުރި ފަދަ އިހާނެތި ގޮތަކަށް ކަމަށް ވިދާޅުވެ، ޑަޔާނާގެ ކޮއްކޯފުޅު އާލް ޗާލްސް ސްޕެންސާ ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. އޭނާ ވިދާޅުވީ ޑަޔާނާގެ ހިތްދަތި ހާދިސާއިން މީޑިއާތަކުން އިބުރަތް ހާސިލުކުރަންޖެހޭ ކަމަށާއި، މިފަދަ ނުރައްކާތެރި އަމަލުތަކުގެ ސަބަބުން އިންސާނުންގެ ދިރިއުޅުން ހަލާކުވަމުންދާ ކަމަށެވެ.

ހޫތީންގެ ހަމަލާތަކުން ސައުދީ ދިފާއުކުރަން ތުރުކީ އޮތީ ތައްޔާރަށް

ޔަމަނުގެ ހޫތީން ސައުދީ އަރަބިއްޔާއަށް ދެމުންދާ ހަމަލާތަކުން އެ ގައުމު ދިފާއުކުރުމަށް އަސްކަރީ އެހީތެރިކަން ފޯރުކޮށްދޭން ތުރުކީ އޮތީ ތައްޔާރަށް ކަމަށް އެ ގައުމުގެ ފޮރިން މިނިސްޓަރު ވިދާޅުވެއްޖެއެވެ. މި އެހީތެރިކަން ފޯރުކޮށްދެނީ ތުރުކީ، ސައުދީ އަދި ޕާކިސްތާނުގެ މެދުގައި ސޮއިކޮށްފައިވާ "މައްކާ ޖޮއިންޓް ޑިފެންސް އެގްރީމަންޓް" ގެ ދަށުންނެވެ. ހޫތީންގެ ހަމަލާތަކުގެ ސަބަބުން ދުނިޔޭގެ ތެލުގެ ސަޕްލައިއަށާއި ވިޔަފާރިއަށް ނުރައްކާވަމުންދާއިރު، އެމެރިކާއިން ވަނީ ސައުދީއަށް އަސްކަރީ އެހީ ދިނުމަށް އިންކާރުކޮށްފައެވެ.

ރިޔާދަށް ބެލިސްޓިކް މިސައިލް ފޮނުވި ކަމަށް ހޫތީން ބުނެފި

ޔަމަނުގެ ހޫތީން ސައުދީ އަރަބިއްޔާގެ ވެރިރަށް ރިޔާދަށާއި ތެޔޮ މަރުކަޒުތަކަށް އަމާޒުކޮށް ބެލިސްޓިކް މިސައިލާއި ޑްރޯން ހަމަލާތަކެއް ދީފި އެވެ. މި ހަމަލާތަކުގެ ތެރެއިން ބައެއް މިސައިލްތައް ސައުދީން ވައިގެ ތެރޭގައި ގޮއްވާލާފައިވާއިރު، މި ހާދިސާއާ ގުޅިގެން ރިޔާދުގެ ވައިގެ ދަތުރުފަތުރަށް ބުރޫއަރައި އެމެރިކާއިން ވަނީ އެ ސަރަހައްދުގައި ތިބި އެ ގައުމުގެ ރައްޔިތުން ސަމާލުވުމަށް އިލްތިމާސްކޮށްފަ އެވެ.

އެޑް ޝީރަން އާއްމުންގެ ކިބައިން މައާފަށް އެދެފި

ފަލަސްތީނަށް ތާއީދުކޮށް ވާހަކަދެއްކި މެކްލްމޯ ޓުއާއިން ވަކިކުރުމާ ގުޅިގެން ކުރިމަތިވި ފާޑުކިޔުންތަކާ ހެދި، އެޑް ޝީރަން އާންމުންގެ ކިބައިން މައާފަށް އެދިއްޖެއެވެ. ޝީރަން ބުނީ މެކްލްމޯ ވަކިކުރީ ޕްރޮމޯޓަރުން ކަމަށާއި، މި މައްސަލައިގައި އޭނާއަށް ގޯސްތަކެއް ހެދިފައިވާ ކަމަށް ގަބޫލުކުރާ ކަމަށެވެ. މީގެ އިތުރުން، އޭނާގެ މިއުޒިކަކީ ސިޔާސީ ކަމަކަށް ވުރެ ބޮޑަށް އެއްބައިވަންތަކަން ރަމްޒުކޮށްދޭ އެއްޗަކަށް ހަދަން ބޭނުންވާ ކަމަށްވެސް އޭނާ ހާމަކުރިއެވެ.

Newsletter

Get the latest news delivered straight to your inbox