އެހީ ފޯރުކޮށްދޭން ތައްޔާރަށް ތިބިކަން ހާމަކޮށް އިދިކޮޅުގެ ސިޓީއެއް ރައީސްއަށް

May 6, 2021, 2:27 PM
މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް: ރައީސް ސޯލިހަށް ވަނީ ސިޓީއެއް ފޮނުވައްފާއި - ހުސެއިން ވަހީދު \ އަދަދު

މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް: ރައީސް ސޯލިހަށް ވަނީ ސިޓީއެއް ފޮނުވައްފާއި - ހުސެއިން ވަހީދު \ އަދަދު

ކޮވިޑްގެ ހާލަތު ރާއްޖޭގައި ގޯސްވެފައިވާތީ، ފަންނީ ގޮތުންނާއި އެހެން ވެސް ގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދޭން ތައްޔާރަށް ތިބިކަން ހާމަކޮށް އިދިކޮޅު ކޯލިޝަނުން، ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ސިޓީއެއް ފޮނުވައިފި އެވެ.

ކޮވިޑްގެ ހާލަތު އިތުރަށް ގޯސްވެ، އިއްޔެ އެކަނި ވެސް 700 އަށްވުރެ ގިނަ މީހުން ވަނީ ޕޮޒިޓިވްވެފަ އެވެ. އެއާއެކު، މާލޭ ސަރަހައްދަށް ވަނީ ފިޔަވަޅުތަކެއް އަޅައި، ކާފިއު ވެސް އިއުލާންކޮށްފަ އެވެ. މި ހާލަތުން އަރައިގަތުމަށް ސަރުކާރުން ވަނީ އެޗްއީއޯސީގެ އޮޕަރޭޝަންތައް ފުޅާކޮށްފަ އެވެ.

އިދިކޮޅު ކޯލިޝަންގެ ހިމެނޭ ޕީއެންސީގެ ނައިބު ރައީސް، މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް ވިދާޅުވި ގޮތުގައި ގައުމު އޮތް ހާލަތުން އަރައިގަތުމަށް ސަރުކާރާއެކު ޕޮޒިޓިވް ނޯޓެއްގައި މަސައްކަތް ކުރުމަށް އިދިކޮޅު އޮތީ ތައްޔާރަށެވެ.

"އަޅުގަނޑުމެންގެ އެހީތެރިކަން ބޭނުންވާ ދާއިރާތަކާއި ކޮށްދޭންވީ ކަންކަން އަންގަވައި ދެއްވައިފިނަމަ އެކަމެއް އަޅުގަނޑުމެން ކުރާނަން،" އާދަމް ޝަރީފް ވިދާޅުވި އެވެ.

އާދަމް ޝަރީފް ވަނީ މާލޭގައި އެންމެ ފުރަތަމަ ކޮވިޑް ފެތެރެން ފެށުމާއެކު ވެސް އިދިކޮޅު އެހީތެރިކަން ލިބޭނެކަން ހާމަކޮށް ރައީސްއަށް ދަންނަވާފަ އެވެ. އެފަހަރު ވޮލެންޓިއަރުންގެ ގޮތުގައި މަސައްކަތް ކުރެވޭނެ މީހުންގެ ލިސްޓެއް ވެސް ފޮނުވި ކަމާއި ނަމަވެސް، ރައީސްގެ ފަރާތުން އެއްވެސް ޖަވާބެއް ނުލިބުނުކަން އޭނާ ފާހަގަ ކުރެއްވި އެވެ.

ކުރީގެ ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް ވިދާޅުވީ މިހާރު ވެސް އިދިކޮޅުން ތިބީ، ހާއްސަ ގޮތެއްގައި އިންސާނީ ވަސީލަތްތައް ފޯރުކޮށްދިނުމަށް ތައްޔާރަށް ކަމަށެވެ.

މާލޭގައި ހާލަތު ގޯސްވެފައިވާއިރު، ސިއްހީ އެހީތެރިން މަދުވެ ވޮލެންޓިއަރުން ހޯދުމަށް ހެލްތު މިނިސްޓްރީން ވަނީ އިއުލާންކޮށްފަ އެވެ. އެއަށްފަހު، ފަސްޓްލޭޑީ ފަޒުނާ އަހުމަދު ވެސް ވަނީ ވީހާވެސް ގިނަ ބަޔަކު ވޮލެންޓަރީކޮށް ހިދުމަތްކޮށް ދިނުމަށް އިސްނެގުމަށް ބާރު އަޅުއްވާފަ އެވެ.

އާދަމް ޝަރީފް ވިދާޅުވި ގޮތުގައި އިދިކޮޅުގެ އެންމެ ބޮޑު ކަންބޮޑުވުމަކީ، ކޮވިޑްގައި އުޅޭތާ އެއް އަހަރުވެގެން ދިޔައިރު ވެސް ސަރުކާރަށް ވަސީލަތްތައް އިތުރު ކުރެވިފައި ނެތުމެވެ. އިންސާނީ ވަސީލަތްތަކާއި އެހެން ގޮތްގޮތުން ވެސް ކުރިއެރުމެއް ލިބިފައިނުވާކަން އޭނާ ކަންބޮޑުވުމާއެކު ފާހަގަ ކުރެއްވި އެވެ.

ދަރުމަވަންތަ ހޮސްޕިޓަލްގެ އައިސީޔޫ އާއި ފަރުކޮޅުފުށި ކޮވިޑް ފެސިލިޓީ ވެސް މިހާރު ފުރިފައިވާއިރު އިތުރު ފެސިލިޓީތައް އޮޕަރޭޝަނަށް ގެނައުމުގެ މަސައްކަތް މިހާރު ސަރުކާރުން ވަނީ ފަށާފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox