އޮޅިގެން ނުބައި ޓެސްޓް ކަރުދާހެއް ބެހުނު މައްސަލައެއް ފެންމަތިވެއްޖެ

ކުދިންތަކެއް ޓެސްޓް ހެދުމަށް ތައްޔާރުވެ: އޮޅިގެން ދިވެހި ޕޭޕަރު ބެހި މައްސަލައެއް ވަނީ ފެންމަތިވެފައި-- ފޮޓޯ: ހުސައިން ވަހީދު/ އަދަދު

ކުދިންތަކެއް ޓެސްޓް ހެދުމަށް ތައްޔާރުވެ: އޮޅިގެން ދިވެހި ޕޭޕަރު ބެހި މައްސަލައެއް ވަނީ ފެންމަތިވެފައި-- ފޮޓޯ: ހުސައިން ވަހީދު/ އަދަދު

މިހާރު ކުރިއަށްދާ އޯލެވެލް އިމްތިހާނުގެ އިސްލާމް ޓެސްޓް އޮތް ދުވަހު، އެ މާއްދާގެ ޓެސްޓް ކަރުދާހުގެ ބަދަލުގައި އޮޅިގެން ދިވެހި ޓެސްޓް ކަރުދާސް ބެހުނު މައްސަލައެއް ފެންމަތިވެއްޖެ އެވެ.

ދިވެހި މާއްދާ ކިޔަވައިދޭ ބައެއް ޓީޗަރުން "އަދަދު"އަށް މިއަދު ކިޔައިދިން ގޮތުގައި މިދިޔަ އާދިއްތަ ދުވަހު އިސްލާމް ޓެސްޓަށް ގޮސް ދިޔަ ގާޒީ ސްކޫލްގެ ބައެއް ދަރިވަރުންގެ އަތަށް ފުރަތަމަ ދީފައިވަނީ ދިވެހި ޓެސްޓް ކަރުދާހެވެ.

އޯލެވެލް އިމްތިހާނުގެ ދިވެހި ޓެސްޓް އޮތީ އަންނަ އާދިއްތަ ދުވަހު އެވެ.

"ޕޭޕަރު ކުދިންގެ އަތަށް ދިންތާ 15 މިނެޓް ފަހުން އެނގުނީ ނުބައި ޕޭޕަރެއްކަން ބެހުނީ، ދެން ފަހުން އަތުލީ، އެކަމަކު ކުދިންނަށް ޕޭޕަރު ފެނިފަތާ ހުންނާނީ،" މާލޭ ސްކޫލުގެ ލީޑިން ޓީޗަރަކު ނަން ނުޖަހަން ޝަރުތުކޮށް ބުންޏެވެ.

ވާހަކަ ދެއްކި ބައެއް ޓީޗަރުން ވަނީ އިމްތިހާނު ބޭއްވުމުގެ ކުރިން ކުދިންގެ އަތަށް ދިވެހި ޓެސްޓް ކަރުދާސް ދީފައިވުމުން އަލުން އާ ކަރުދާހެއް ހަދައިގެން ނޫނީ އިމްތިހާނު ބާއްވައިގެން ނުވާނެ ކަމަށް ބުނެފަ އެވެ. އަދި މިހާތަނަށް އެކަމާ ގުޅިގެން އެޑިއުކޭޝަނުން ވަކި އެއްޗެއް ނާންގާތީ، އެ ޓީޗަރުން ވަނީ ކަންބޮޑުވެފަ އެވެ.

ކަރުދާސް ބެހިޔަސް، ކުދިންނަށް ނުފެނޭ: އެޑިއުކޭޝަން

ހުޅުމާލޭގައި ހުންނަ ގާޒީ ސްކޫލްގައި މިކަން ހިނގާފައިވާކަން އެޑިއުކޭޝަނުން ވެސް ޔަގީންކޮށްދިނެވެ.

ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒަމިނޭޝަން (ޑީޕީއީ) ހިންގުމާ ހަވާލުވެވަޑައިގެން ހުންނެވި އެޑިއުކޭޝަން މިނިސްޓްރީގެ ޑެޕިޔުޓީ މިނިސްޓަރު މުހައްމަދު އިހުސާން ވިދާޅުވި ގޮތުގައި، އޮޅިގެން ދިވެހި ކަރުދާސް ދެވުނީ ދެ ކުއްޖެއްގެ އަތަށް ކަމަށާއި އެ ކުދިން ޓެސްޓް ކަރުދާސް ބެލުމުގެ ކުރިން އަނބުރާ، އެ އަތުލި ކަމަށެވެ.

އޭގެ ތެރެއިން އެއް ކުއްޖަކު ބުނީ ނުބައި ޕޭޕަރެކޭ ތިދިނީ. އެހިސާބުން ވަގުތުން ޕޭޕަރު ނަގައިފި. ޕޭޕަރު ނުފެނޭ އެއްވެސް ކުއްޖަކަށް. އެހެންވެ ޕޭޕަރު އަލުން ބާއްވަން ޖެހޭ ވަރުގެ ކަމެއް ނުހިނގާ،-- އިހުސާން

ހުޅުމާލޭގައި ވެސް ޓެސްޓް ކަރުދާސް ބަހައްޓަނީ ޕޭޕާ ރޫމްތަކުގައި ކަމަށްވާއިރު ކޮންމެ ސްކޫލެއްގައި ވެސް ޓެސްޓް ކަރުދާސްތަކާ ހަވާލުވެ މީހަކު ހުރެ އެވެ.

އިހުސާން ވިދާޅުވީ ގާޒީ ސްކޫލުގައި ޓެސްޓް ކަރުދާސް އޮޅެން މެދުވެރިވީ އެ ސްކޫލުން ޓެސްޓް ކަރުދާސްތަކާ ހަވާލުވެ ހުރި މީހާ ކޮވިޑަށް ޕޮޒިޓިވްވުމުން، އެހެން މީހަކާ އެ ޒިންމާ ހަވާލު ކުރި ފަހުން ކަމަށެވެ.

ދިވެހި ޓެސްޓް ކަރުދާސް އިމްތިހާނުގެ ކުރިން ބަހާފައިވާއިރު އޭލެވެލް ބައެއް ޓެސްޓް ކަރުދާސްތައް ރާއްޖޭން ބޭރުން ލީކް ވުމާ ގުޅިގެން ގްރޭޑް 12ގެ ޓެސްޓް ވަނީ އޮކްޓޫބަރު މަހަށް ފަސްކޮށްފަ އެވެ.

މިދިޔަ މަހު 14ގައި އޯލަވެލް ޓެސްޓް ހަދަން ރާއްޖޭގައި ފަށާފައިވާއިރު މިއީ މިދިޔަ އަހަރު ގްރޭޑް 10 ނިމޭ ކުދިންނެވެ. އޯލެވެލް އިމްތިހާނު ނުހެދި އެ ކުދިންނަށް ލަސްވީ ކޮވިޑްގެ ސަބަބުންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox