ޗައިނާއިން ދިން ވެކްސިން އަނބުރާ ގެންދަން ފިލިޕީންސްގެ ރައީސް އެދިވަޑައިގެންފި

ފިލިޕީންސްގެ ރައީސް ރޮޑްރިގޯ ޑުޓާޓޭ ވެކްސިން ޖައްސަވަނީ. -- ފޮޓޯ: އީޕީއޭ

ފިލިޕީންސްގެ ރައީސް ރޮޑްރިގޯ ޑުޓާޓޭ ވެކްސިން ޖައްސަވަނީ. -- ފޮޓޯ: އީޕީއޭ

ހުއްދަ ނުދޭ ވެކްސިނެއް ބަލައިގަތް ކަމަށް ބުނެ ފާޑުކިޔުންތައް އަމާޒުވުމާ ގުޅިގެން، ޗައިނާއިން ހަދިޔާ ކުރި ސިނޮފާމް ވެކްސިނުގެ 1000 ޑޯޒް އަނބުރާ ގެންދަން ފިލިޕީންސްގެ ރައީސް ރޮޑްރިގޯ ޑުޓާޓޭ އެދިވަޑައިގެންފި އެވެ.

ފިލިޕީންސްގައި ހުންނަ ޗައިނާ އެމްބަސީގެ ކިބައިން އެގޮތަށް އެދިވަޑައިގެން ޑުޓާޓޭ ވިދާޅުވީ ކުރިއަށް އޮތް ތަނުގައި ޗައިނާ ހަމައެކަނި ސިނޮވެކް ވެކްސިން ފޮނުވަން އެދޭ ކަމަށެވެ. ޗައިނާގައި އުފެއްދި ސިނޮވެކްއަކީ ފިލިޕީންސްގައި ހުއްދަ ދީފައިވާ ވެކްސިނެކެވެ.

ނަމަވެސް ސިނޮފާމް ވެކްސިނަށް އެ ގައުމުގައި އަދި ހުއްދައެއް ނުދެ އެވެ. ސިނޮފާމާއި ސިނޮވެކަށް ހުއްދަ ދިނުމާ ގުޅޭ ގޮތުން ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އިން މި ހަފްތާގައި ގޮތެއް ނިންމާނެ އެވެ.

މި ދެ ވެކްސިން ވެސް ވައިރަހާ ދެކޮޅަށް ރަނގަޅަށް މަސައްކަތް ކުރި ނަމަވެސް ސައިޑް އިފެކްޓާ ގުޅޭ އިތުރު މައުލޫމާތު ބޭނުންވާ ކަމަށް އިއްޔެ ޑަބްލިއުއެޗްއޯއިން ބުންޏެވެ.

ޗައިނާއިން ދިން ވެކްސިން މައްސަލާގައި ޑުޓާޓޭއަށް ފާޑުކިޔުން އަމާޒުވެފައި ވާއިރު، އެމަނިކުފާނު ޖެއްސެވީ ސިނޮފާމް ވެކްސިނެވެ. އެއީ ޑޮކްޓަރުންގެ ލަފައާ އެއްކޮށް ކަމަށް ޑުޓާޓޭ ވިދާޅުވި އެވެ.

"އަޅުގަނޑުގެ ފިޔަވަޅުތައް ފަހަތުން ނާންނާތި. ދިރާސާއެއް ނެތުމުން މީތި [ސިނޮފާމް] ނުރައްކާތެރި، ހަށިގަނޑަށް ރަނގަޅު ނުވެދާނެ. މި ވެކްސިން ޖެހި ހަމައެކަނި މީހަކީ އަޅުގަނޑު ކަމަށް ހަދަމާ،" ޑުޓާޓޭ ވިދާޅުވި ކަމަށް ފިލިޕީންސްގެ ނޫސްތަކުން ރިޕޯޓުކޮށްފައި ވެއެވެ.

މި ވަގުތު ފިލިޕީންސްގައި ހުއްދަ ދީފައި ވަނީ ހަމައެކަނި އެސްޓްރަޒެނެކާ އާއި ސިނޮވެކް އަށެވެ. މި ދެ ވެކްސިން ވެސް ދެމުން ދަނީ ފްރަންޓްލައިން މަސައްކަތްތެރިންނާއި ބަލީގެ ނުރައްކާ ބޮޑު މީހުންނަށެވެ.

ރެޕްލާ ނޫހުން ބުނި ގޮތުގައި ހުއްދަ ނުދޭ ވެކްސިނެއް ޖައްސަވަން ޑުޓާޓޭ ބޭނުންވެ ވަޑައިގެންނެވި ސަބަބު ސާފެއް ނޫނެވެ.

ދެކުނު އިރުމަތީ އޭޝިއާގައި ކޮވިޑުގެ ހާލަތު އެންމެ ގޯސް އެއް ގައުމަކީ ފިލިޕީންސް އެވެ. އެ ގައުމުގައި މިލިއަނެއްހާ މީހުން ޕޮޒިޓިވްވެ، 18000 މީހުން މަރުވެފައި ވެއެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޑިމޮކްރެޓް އޮފިޝަލަކު ރިޕަބްލިކަން ކެންޑިޑޭޓަށް ތާއީދުކޮށްފި

މިޝިގަންގެ ސެނެޓް އިންތިޚާބަށް ދެ ދުވަހަށް ވެފައި ވަނިކޮށް، ޑިމޮކްރެޓިކް ޕާޓީގެ އިސް މެންބަރު ހޭލީ ސްޓީވަންސް ވަނީ އަމިއްލަ ޕާޓީގެ ކެންޑިޑޭޓާ އުފެދުނު ޚިޔާލުތަފާތުވުންތަކާ ހުރެ ރިޕަބްލިކަން ކެންޑިޑޭޓް މައިކް ރޮޖާސްއަށް ތާއީދުކުރަން ނިންމާފައެވެ. ސްޓީވަންސްގެ މި ކުއްލި ނިންމުމާ ގުޅިގެން ޑިމޮކްރެޓިކް ޕާޓީގެ ތެރޭގައި ބޮޑު ސިހުމެއް އުފެދިފައިވާއިރު، ބައެއް މެންބަރުން މިކަން ސިފަކުރަނީ ޕާޓީއަށް ވީ ބޮޑު ޚިޔާނާތެއްގެ ގޮތުގައެވެ.

އިންތިހާބު ވަގަށް ނެގީ ގަތަރުން ރާވައިގެން: ނަތަންޔާހޫ

އިސްރާއީލުގެ އިންތިޚާބަށް ބޭރުގެ ނުފޫޒު ފޯރުވި ކަމަށް ބުނެ ނަތަންޔާހޫގެ ޕާޓީން ކުރާ ތުހުމަތުތަކުން އިންތިޚާބުގެ ނަތީޖާއަށް ބަދަލެއް ނާންނާނެ ކަމަށް އެ ގައުމުގެ އިލެކްޝަންސް ކޮމިޝަނުން ބުނެފިއެވެ. ނަތަންޔާހޫގެ ޕާޓީން ގަތަރާއި އަރަބި ޕާޓީތަކަށް ވޯޓު އޮޅުވާލުމުގެ ތުހުމަތު ކުރާއިރު، ގަތަރާއި އަރަބި ލީޑަރުން ވަނީ އެ ވާހަކަތައް ދޮގުކޮށް އެއީ ސިޔާސީ ނުފޫޒު ފޯރުވުމެއް ކަމަށް ބުނެފައެވެ.

ވޯލް ސްޓްރީޓް ޖާނަލްއާ ދެކޮޅަށް ހުށަހެޅި ދައުވާ ބޭރުކޮށްފި

ޖެފްރީ އެޕްސްޓީންއާ ގުޅުވައި ވޯލް ސްޓްރީޓް ޖާނަލްއިން ޝާއިއުކުރި ރިޕޯޓަކާ ގުޅިގެން ޓްރަމްޕް ހުށަހެޅުއްވި 10 ބިލިއަން ޑޮލަރުގެ އަބުރުގެ ދައުވާ އެމެރިކާގެ ކޯޓަކުން ބޭރުކޮށްލައިފިއެވެ. ފަނޑިޔާރު މި މައްސަލަ ބޭރުކޮށްލެއްވީ ނޫސްވެރިކަމުގެ މިނިވަންކަމާ ފުށުއަރާ ކަމަށް ނިންމަވައި، ދެން ދުވަހަކުވެސް މި މައްސަލަ ހުށަނޭޅޭނެ ގޮތަށެވެ.

ޕަލެސްޓައިން އެކްޝަންއަށް ތާއީދުކޮށް އެއްވި 300 މީހުން ހައްޔަރު

ލަންޑަނުގައި ހުންނަ އެމެރިކާ އެމްބަސީ ކައިރީގައި، މަނާކޮށްފައިވާ "ޕަލެސްޓައިން އެކްޝަން" ގްރޫޕަށް ތާއީދުކޮށް މުޒާހަރާކުރި 300 އަށްވުރެ ގިނަ މީހުން ޓެރަރިޒަމްގެ ގާނޫނުގެ ދަށުން އިނގިރޭސި ފުލުހުން ވަނީ ހައްޔަރުކޮށްފައެވެ. މި ޖަމާއަތް މަނާކުރި މައްސަލަ ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރުމުގެ ފުރުސަތު ލިބިފައިވާއިރު، އެމްނެސްޓީ އިންޓަނޭޝަނަލް އިން ވަނީ މި ހައްޔަރުކުރުންތަކަށް ފާޑުކިޔައި އެ ގްރޫޕް މަނާކޮށްފައި އޮތް އޮތުން ނިމުމަކަށް ގެނައުމަށް ގޮވާލާފައެވެ.

ގަލްފު ސަރަހައްދުގައި ގަތަރުގެ ތެޔޮ ބޯޓަކަށް ހަމަލާ ދީފި

ގަލްފު ސަރަހައްދުން ދަތުރުކުރި ގަތަރުގެ "އަލް މައިދާ" ނަމަކަށް ކިޔާ ގޭސް ބޯޓަކަށް ހަމަލާއެއް ދީފި އެވެ. މި ހަމަލާގައި އެއްވެސް މީހަކަށް އަނިޔާއެއް ނުވާ އިރު، ބޯޓުގެ އޮޕަރޭޝަންތައް ހުއްޓުމެއް ނެތި ކުރިއަށްދާ ކަމަށް ގަތަރު ގޭސް ޓްރާންސްޕޯޓް ކޮމްޕެނީން ބުނެއެވެ. މިއީ އީރާނާއި އެމެރިކާ އަދި އިސްރާއީލާ ދެމެދު ހިނގަމުންދާ ހަމަނުޖެހުންތަކާ ގުޅިގެން ވިޔަފާރި އުޅަނދުތަކަށް އަމާޒުކޮށް ދެމުންދާ ހަމަލާތަކުގެ ތެރެއިން ހިނގި ހާދިސާއެކެވެ.

އިގްތިސާދީ މަޖުބޫރުކުރުންތަކާ މެދު "ކުއަޑް"ގެ ކަންބޮޑުވުން

އިތުބާރު ހުރި ސަޕްލައި ޗެއިންތަކެއް ބިނާކުރުމަށާއި، މާކެޓް އުސޫލުތަކާ ޚިލާފަށް ކުރިމަތިވާ އިގްތިސާދީ މަޖުބޫރުކުރުންތަކާ މެދު "ކުއަޑް" އިއްތިހާދުގެ ގައުމުތަކުން ކަންބޮޑުވުން ފާޅުކޮށްފިއެވެ. މި ބައްދަލުވުމުގައި މިނިވަން އިންޑޯ-ޕެސިފިކް ސަރަހައްދަކަށް ތާއީދުކޮށް، އެ ސަރަހައްދުގެ އޭއައި ޓެކްނޮލޮޖީ ކުރިއެރުވުމަށް 85 މިލިއަން ޑޮލަރުގެ އެހީ ދިނުމަށް ވަނީ އެއްބަސްވެފައެވެ.

ކޮޕް17 ގައި އެއްބަސްވުމަކާ ހަމައަށް، ފައިސާގެ މައްސަލަ ބޮޑު

އަރްމީނިއާގައި ބޭއްވި ކޮޕް17 ކޮންފަރެންސްގައި ދުނިޔޭގެ ދިރުންތަކުގެ ނަސްލު ހިމާޔަތްކުރުމުގެ މަސައްކަތް ވަރުގަދަކުރުމަށް "ޔެރެވަން ޕާތުވޭ" ގެ ނަމުގައި އެއްބަސްވުމެއް އެކުލަވާލައިފިއެވެ. ނަމަވެސް، މި މަސައްކަތްތަކަށް ބޭނުންވާ ފައިސާ ހޯދާނެ ގޮތަކާ މެދު ގައުމުތަކުގެ މެދުގައި އަދިވެސް ވަނީ ގޮތެއް ނުނިންމި ހިޔާލުތަފާތުވުންތަކެއް އުފެދިފައެވެ.

Newsletter

Get the latest news delivered straight to your inbox