އިޒްރޭލު ސިފައިންގެ ހަމަލާއެއްގައި ފަލަސްތީނުގެ ކުއްޖަކު މަރުވެއްޖެ

އިޒްރޭލު ސިފައިންތަކެއްގެ ތެރެއިން ފަލަސްތީނު ކުއްޖަކު ބިން މައްޗަށް ވެއްޓިފައި.-- ފޮޓޯ: ރޮއިޓާޒް

އިޒްރޭލު ސިފައިންތަކެއްގެ ތެރެއިން ފަލަސްތީނު ކުއްޖަކު ބިން މައްޗަށް ވެއްޓިފައި.-- ފޮޓޯ: ރޮއިޓާޒް

އިޒްރޭލު ސިފައިންނާއި ފަލަސްތީނު ރައްޔިތުންނާ ދެމެދު ހުޅަނގު އައްސޭރިގައި ހިނގި ކުރިމަތިލުމެއްގައި އުމުރުން 16 އަހަރުގެ ފަލަސްތީނު ކުއްޖެއްގެ ގަޔަށް ބަޑި ޖަހައި މަރާލައިފި އެވެ.

އެ ކުއްޖާ މަރުވަފައި ވާއިރު، ފަލަސްތީނު މީހަކު ދިން ބަޑީގެ ހަމަލާއެއްގައި މި ހަފްތާގައި ޒަހަމްވި އިޒްރޭލުގެ 19 އަހަރުގެ ޒުވާނަކު ވެސް ވަނީ ފަރުވާދެމުން ދަނިކޮށް މަރުވެފަ އެވެ.

ރޭގެ ކުރިމަތިލުންތަކުގައި ބުރަކައްޓަށް ވަޒަން އެރި އިތުރު ފަލަސްތީން ކުއްޖަކަށް ދަނީ ހޮސްޕިޓަލުގައި ފަރުވާ ދެމުންނެވެ.

ގާޒާއިން އަންނަނީ ކޮންމެ ރެޔަކު ވެސް އިޒްރޭލަށް ގިނަ ރޮކެޓު ހަމަލާތަކެއް ދެމުންނެވެ. ރައްދުގައި އިޒްރޭލުން ދަނީ ގާޒާ ކޮންޓްރޯލް ކުރާ ހަމާސް ގްރޫޕުގެ ޓާގެޓުތަކަށް ހަމަލާދެމުންނެވެ.

ހަމަލާ ބަދަލު ކުރަން ފަށާފައި މި ވަނީ ގިނަ މަސްތަކަކަށް ފަހު ގުދުސްގައި ހަމަނުޖެހުން ހިނގަން ފެށި ފަހުންނެވެ. އެގޮތުން އިރުމަތީ ގުދުސްގައި ފަލަސްތީނުގެ އެތައް ސަތޭކަ މީހުންނާއި އިޒްރޭލު ފުލުހުންނާ ކުރިމަތިލުންތައް ދަނީ ހިނގަމުންނެވެ.

ރިޕޯޓުތައް ބުނާ ގޮތުން ގުދުސްގައި ރޯދަ މަހުގެ ކޮންމެ ރެޔަކު ވެސް ހަމަނުޖެހުން ހިނގަ އެވެ. މައްސަލަ ބޮޑުވެފައި ވަނީ އަގްސާ މިސްކިތުގައި ފަލަސްތީނު މީހުން އަޅުކަން ކުރަން އިޒްރޭލުން ހުރަސް އަޅާތީ އެވެ.

ނަމަވެސް އިޒްރޭލުގެ ބޮޑު ވަޒީރު ބެންޖަމިން ނަތަންޔާހޫ ވިދާޅުވެފައި ވަނީ ގުދުސްގައި އަޅުކަން ކުރުމުގެ މިނިވަންކަމަށް ހުރަސް ނާޅާނެ ކަމަށެވެ. ފިޔަވަޅުތައް އަޅަނީ ކޮވިޑާ ގުޅިގެން ރައްކާތެރިކަން އިސްކުރުމުގެ ގޮތުން ކަމަށް އިޒްރޭލުން ބުނެ އެވެ.

ގުދުސްއަކީ މުސްލިމުންނާއި، ޔަހޫދީންނާއި، ނަސާރާއީންނަށް ވެސް މާތްވެގެންވާ ބިމެކެވެ. އެ ތަނުގައިވާ މުސްލިމުންގެ ތަރިކައިގެ ބެލެނިވެރި ފަރާތް ކަމުގައިވާ އުރުދުންއިން ވަނީ އިޒްރޭލުގެ އަމަލުތައް ކުށްވެރިކޮށްފަ އެވެ.

ގުދުސް މައްސަލާގައި އިޒްރޭލާއި ފަލަސްތީނާ ދެމެދު އަބަދުވެސް ހަމަނުޖެހުން ހިނގަ އެވެ. އެގޮތުން 2014 ވަނަ އަހަރު 50 ދުވަހުގެ ހަނގުރާމައެއް ވެސް ކުރި އެވެ. މި ފަހަރުގެ ހަމަނުޖެހުންތައް ފެށުމާއެކު އެމެރިކާއިން ވަނީ ސުލްހައަށް އިސްކަން ދިނުމަށް ގޮވާލާފަ އެވެ.

އޭގެ އިތުރުން އިޒްރޭލުން ވެރިވެގަނެފައިވާ ފަލަސްތީނުގެ އިރުމަތީ ގުދުސްގެ ސަރަހައްދެއްގައި ޔަހޫދީން އާބާދު ކުރުމާ ދެކޮޅަށް ވެސް މިހާރު ދަނީ ހަމަނުޖެހުން ހިނގަމުންނެވެ.

ފަލަސްތީނުގެ ބައެއްގެ ގޮތުގައި އޮތް އިރުމަތީ ގުދުސްއަށް އިޒްރޭލުން ވެރިވެގަތީ 1967 ގައި ހިންގި ހަނގުރާމައަކަށް ފަހު އެވެ. ގިނަ ގައުމުތަކާއި އދ. އިން ވެސް އިޒްރޭލުން އެތަނަށް ވެރިވެގަނެފައި އޮތް އޮތުން ބަލައެއް ނުގަނެ އެވެ.

އިޒްރޭލުން ދެކޭ ގޮތުގައި މުޅި ގުދުސްއަކީ ޔަހޫދީންގެ ވެރިރަށެވެ. ނަމަވެސް ފަލަސްތީނުން ބޭނުންވަނީ އިރުމަތީ ގުދުސްއަކީ ފަލަސްތީނު ދައުލަތުގެ ވެރިރަށުގެ ގޮތަށް ހެދުމަށެވެ.

މިހާރު ޔަހޫދީން އާބާދު ކުރަމުންދާ އިރުމަތީ ގުދުސްގެ ޝެއިހް ޖައްރާގައި 3،000 އަށް ވުރެ ގިނަ ފަލަސްތީނު ރައްޔިތުން ދިރިއުޅެ އެވެ. ނަމަވެސް އިޒްރޭލުގެ ކޯޓުތަކުން އަންނަނީ އެ މީހުން ގެތަކުން ނިކުތުމަށް އަންގަމުންނެވެ.

އެ ތަނުގައި ޔަހޫދީން އާބާދު ކުރުމުގެ މަސައްކަތް ފެށީ 2001 ގައެވެ. އިޒްރޭލުން ބޭނުންވަނީ ގުދުސްގެ އާބާދީގެ 70 ޕަސަންޓަކީ ޔަހޫދީންނަށް ހެދުމަށެވެ. އަދި އާބާދީގައި ފަލަސްތީނު ރައްޔިތުންގެ ނިސްބަތް އެންމެ ގިނަވެގެން 30 ޕަސަންޓަށް ކުޑަ ކުރުމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގްރީންލޭންޑުގައި އެމެރިކާގެ އަސްކަރީ ދެ މަރުކަޒެއް ބިނާކުރަނީ

އާކްޓިކް ސަރަހައްދުގައި އެމެރިކާގެ ދެ އަސްކަރީ މަރުކަޒު ގާއިމުކުރުމަށް އެމެރިކާ، ޑެންމާކް އަދި ގްރީންލޭންޑުން އާ ދިފާއީ އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ. މި އެއްބަސްވުމުގެ ސަބަބުން އެ ސަރަހައްދާ ގުޅޭގޮތުން އުފެދިފައިވާ ނުތަނަވަސްކަމަށް ނިމުމެއް އައިސް، ޑެންމާކުގެ ސިޔާދަތީ ބާރު ކަށަވަރުވެގެންދާނެއެވެ. މިއީ 1951 ވަނަ އަހަރުގެ އެއްބަސްވުމަށް ގެނައި އިސްލާހެއްގެ ދަށުން، ގްރީންލޭންޑުގެ ދެ ސަރަހައްދެއްގައި ދިފާއީ މަރުކަޒުތައް ބިނާކުރުމަށް ލިބުނު ހުއްދައެކެވެ.

ޖޫން މަހަށް ފަހު އެމެރިކާ އާއި އީރާނުގެ ފުރަތަމަ ބައްދަލުވުން

އެމެރިކާ އާއި އީރާނުގެ މެދުގައި އުފެދިފައިވާ ހަމަނުޖެހުންތަކަށް ހައްލެއް ހޯދުމަށް، ޖޫން މަހަށްފަހު ފުރަތަމަ ފަހަރަށް ދެ ގައުމުގެ އިސް އޮފިޝަލުން އދ. ގައި ބައްދަލުކުރައްވައިފިއެވެ. ގަތަރު މެދުވެރިއެއްގެ ދައުރު އަދާކުރި މި ބައްދަލުވުމުގައި، އީރާނުގެ ފޮރިން މިނިސްޓަރާއި ޓްރަމްޕްގެ މަންދޫބު ބައިވެރިވެވަޑައިގެންނެވި ނަމަވެސް، މާބޮޑު ކުރިއެރުމެއް ލިބުނުކަމުގެ ރިޕޯޓެއް އަދި ލިބިފައެއް ނުވެއެވެ. މި މަޝްވަރާތައް ބާއްވާފައިވަނީ ދެ ގައުމުގެ އަސްކަރީ ކުރިމަތިލުންތަކުގެ ސަބަބުން ދުނިޔޭގެ ތެލުގެ ބާޒާރަށް ބޮޑެތި ލޮޅުންތަކެއް އަރާފައިވާ ދަނޑިވަޅެއްގައެވެ.

170،000 އަށް ވުރެ ގިނަ މީހުންނަށް ސިއްހީ މައްސަލަތައް ދިމާވެއްޖެ

އިންޑޮނޭޝިއާގެ ޖަންގަލިތަކުގައި ރޯވި އަލިފާނުގެ ސަބަބުން އުފެދުނު ވިހަ ދުމުގެ އަސަރުކޮށް، 175،000 އަށް ވުރެ ގިނަ މީހުންނަށް ނޭވާލާ ނިޒާމުގެ ބަލިތައް ޖެހި ސިއްހީ ނުރައްކަލަކާ ވަނީ ކުރިމަތިލާން ޖެހިފައެވެ. މި އަލިފާންގަނޑުތައް ނިއްވާލުމަށް ގިނަ އަދަދެއްގެ އޮފިޝަލުންނާއި ވަސީލަތްތައް ބޭނުންކޮށްގެން މަސައްކަތް ކުރަމުންދާއިރު، ބިމުގެ ހާލަތު ހުރިގޮތުން އެކަމަށް ބޮޑެތި ގޮންޖެހުންތަކެއް ވަނީ ކުރިމަތިވެފައެވެ.

ޗާގޯސް އެއްބަސްވުން މުރާޖައާކުރަން ޔޫކޭއިން ނިންމައިފި

ޗާގޯސް ޖަޒީރާތައް މޮރިޝަސްއާ ހަވާލުކުރުމަށް ވެފައިވާ އެއްބަސްވުމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ފާޑުވިދާޅުވުމާ ގުޅިގެން، އެ އެއްބަސްވުން މުރާޖައާކުރަން އިނގިރޭސިވިލާތުން ވަނީ ނިންމާފައެވެ. މި ނިންމުމާއެކު، އިންޑިއާ ކަނޑުގައި އޮންނަ އަސްކަރީ މަރުކަޒުގެ ސަލާމަތާއި ދެ ގައުމުގެ ގުޅުމަށް ރިއާޔަތްކޮށް އެ މައްސަލައިގައި އަލުން ވިސްނާނެކަމުގެ ޔަގީންކަން އިނގިރޭސި ސަރުކާރުން ވަނީ ދީފައެވެ.

ޔޫކޭއިން ވައިގެ މަގުން ސައުދީއަށް އަސްކަރީ އެހީތެރިކަން ދެނީ

ޔަމަނުގެ ހޫތީން ސައުދީ އަރަބިއްޔާއަށް ދެމުންދާ ހަމަލާތަކުން ދިފާއުވުމަށް އެހީތެރިވުމުގެ ގޮތުން، ވައިގެ މަގުން ތެޔޮ އެޅުމުގެ އަސްކަރީ އެހީތެރިކަން ދިނުމަށް އިނގިރޭސިވިލާތުން ނިންމައިފިއެވެ. ސައުދީ ސަރުކާރުގެ އެދުމުގެ މަތިން ދޭ މި އެހީތެރިކަމުގައި އިނގިރޭސި ރޯޔަލް އެއާ ފޯސްގެ "ވޮޔޭޖާ" މަރުކާގެ ބޯޓެއް ބޭނުންކޮށްގެން ކުރިއަށް އޮތް ހަފުތާތަކުގައި މަސައްކަތް ކުރިއަށްދާނެއެވެ.

ކުރީގެ ފަސްޓް ލޭޑީގެ ޖަލު ހުކުމް ފަސް އަހަރަށް ކުޑަކޮށްފި

ދެކުނު ކޮރެއާގެ ކުރީގެ ފަސްޓް ލޭޑީ ކިމް ކިއޮން ހީ ރިޝްވަތު ހިފި މައްސަލައިގައި އިއްވާފައިވާ 7 އަހަރުގެ ޖަލު ހުކުމް، އެ ގައުމުގެ އިސްތިއުނާފީ ކޯޓުން ވަނީ 5 އަހަރަށް ކުޑަކޮށްފައެވެ. ނަމަވެސް ކިމްގެ ފަރާތުން މި މައްސަލަ ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރަން ނިންމާފައިވާއިރު، އޭނާގެ ފިރިކަލުން އަދި ކުރީގެ ރައީސް ޔޫން ސުކް ޔޯލް މިހާރު ގެންދަވަނީ ބަޣާވާތުގެ ކުށުގައި އުމުރު ދުވަހުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުންނެވެ.

ދެ ކުދިންނަށް ފުރައްސާރަ ކުރާ ވީޑިއޯއަކާއެކު ކަންބޮޑުވުން

އިންޑިއާގެ ބިހާރުގައި ފުރާވަރުގެ ދެ ކުދިންނަށް ބަޔަކު ޖިންސީ ފުރައްސާރަކޮށް އަނިޔާކުރާ ވީޑިއޯއެއް އާންމުވުމާ ގުޅިގެން، އެ ގައުމުގެ ރައްކާތެރިކަމާ މެދު އާންމުންގެ ބޮޑު ކަންބޮޑުވުމެއް ވަނީ އުފެދިފައެވެ. މި މައްސަލައިގައި ތުހުމަތުކުރެވޭ ތިން މީހަކު ހައްޔަރުކޮށްފައިވާއިރު، މި ހާދިސާއާ ގުޅިގެން ސަރުކާރުގެ އިސްވެރިން ދެއްކެވި ވާހަކަތަކަށް ގިނަ ބައެއްގެ ފާޑުކިޔުން ވަނީ އަމާޒުވެފައެވެ.

Newsletter

Get the latest news delivered straight to your inbox