އެމެރިކާގައި 12 އަހަރުން މަތީގެ ކުދިންނަށް ކޮވިޑް ވެކްސިން ދެނީ

އެމެރިކާގައި 16 އަހަރުގެ ކުއްޖަކަށް ފައިޒާ ވެކްސިން ދެނީ.-- ފޮޓޯ: ގެޓީ އިމޭޖަޒް

އެމެރިކާގައި 16 އަހަރުގެ ކުއްޖަކަށް ފައިޒާ ވެކްސިން ދެނީ.-- ފޮޓޯ: ގެޓީ އިމޭޖަޒް

އެމެރިކާގައި އުމުރުން 12 އަހަރާއި 15 އަހަރާ ދެމެދުގެ ކުދިންނަށް ވީ އެންމެ އަވަހަށް ވެކްސިން ދޭން ފެށުމަށާއި ޖުލައި 4 ގެ ކުރިން 18 އަހަރުން މަތީގެ އާބާދީގެ 70 ޕަސެންޓަށް ވެކްސިން ދީ ނިންމާލުމަށް ރައީސް ޖޯ ބައިޑެން އަންގަވައިފި އެވެ.

ޖުލައި 4 ވަނަ ދުވަހަކީ އެމެރިކާގެ މިނިވަން ދުވަހެވެ. ބައިޑެން ނިންމެވީ އެ ދުވަހުގެ ކުރިން 160 މިލިއަން ބޮޑެތި މީހުންގެ ވެކްސިން ފުރިހަމަ ކުރުމަށެވެ. އެއީ އެމެރިކާއަށް ފަސޭހަކަމާއެކު ހާސިލް ކުރެވޭނެ ޓާގެޓެކެވެ.

މިހާރު ވެސް އެ ގައުމުގެ 105 މިލިއަން މީހުން ވެކްސިން ޖަހައި ނިމިއްޖެ އެވެ. އަދި ކޮންމެ ދުވަހަކު ގާތްގަނޑަކަށް މިލިއަނެއްހާ މީހުންނަށް ވެކްސިން ދެ އެވެ. ނަމަވެސް އެއީ މީގެ ތިން ހަފްތާ ކުރިއާ އަޅާ ބަލާއިރު ދެ ބައި ކުޅަ އެއް ބައި މަދު އަދަދެކެވެ.

ބައިޑެންގެ ސަރުކާރުން ބުނީ އެންމެ ބޮޑު ސަމާލުކަމެއް ދެނީ ވެކްސިނަށް އިތުބާރު ނުކުރާ މީހުންގެ ވިސްނުން ބަދަލު ކުރަން ކަމަށެވެ.

އެމެރިކާގެ މިނިވަން ދުވަހުގެ ކުރިން ގިނަ ބަޔަކަށް ވެކްސިން ދީ ނިންމާލުމުގެ ގޮތުން އެކަމަށް ހާއްސަ ވެބްސައިޓެއް ވެސް ވަނީ ލޯންޗުކޮށްފަ އެވެ. މީގެ ކުރިން ގިނަ ބަޔަކު ވަނީ ވެކްސިން ޖަހަން އެޕޮއިންޓްމަންޓް ހޯދަން އުނދަގޫ ކަމަށް ބުނެ ޝަކުވާ ކޮށްފަ އެވެ. އެހެންކަމުން މިއީ އެކަމަށް ގެނައި ހައްލެކެވެ.

އެމެރިކާގެ ފުޑް އެންޑް ޑްރަގް އެޑްމިނިސްޓްރޭޝަނުން ދަނީ ފައިޒާގެ ކޮވިޑް ވެކްސިން އުމުރުން 12 އަހަރުގެ ކުދިންނަށް ދިނުމުގެ ހުއްދަ ދޭން ފެނޭތޯ މަޝްވަރާ ކުރަމުންނެވެ. މިހާރު ވެސް 16 އަހަރުން މަތީގެ ކުދިންނަށް މި ވެކްސިން ދެ އެވެ.

ބައިޑެން ވިދާޅުވީ އެފްޑީއޭގެ ނިންމުމަށް ނުފޫޒު ނުފޯރުވާނެ ކަމަށާއި ހުއްދަ ދީފި ނަމަ ވަގުތުން ވެކްސިން ދިނުމުގެ ކަންކަން ފަށާނެ ކަމަށެވެ.

ހުއްދަ ދީފި ނަމަ އުމުރުން 12 އަހަރާއި 15 އަހަރާ ދެމެދުގެ 17 މިލިއަން ކުދިންނަށް ވަގުތުން ވެކްސިން ދިނުމުގެ މަސައްކަތް ފަށާނެ އެވެ.

އެމެރިކާގެ އެންމެ އިސް މެޑިކަލް އެޑްވައިޒަރު ޑރ. އެންތަނީ ފައުޗީ ކުރިން ވިދާޅުވީ ދިރިއުޅުން "ނޯމަލް" އަށް ދިޔުމަށް ކުދިންނަށް ވެސް ވެކްސިން ދޭން ޖެހޭނެ ކަމަށެވެ.

އެމެރިކާގެ އުމުރުން ދުވަސްވީ މީހުންގެ 75 ޕަސެންޓަށް ވެކްސިން ދިނުމާއެކު ކުޑަކުދިންގެ މެދުގައި ބަލި ފެތުރުން އިތުރު ކަމަށް އެމެރިކަން އެކެޑެމީ އޮފް ޕީޑިއެޓްރިކްސްގެ ދިރާސާއަކުން ދައްކަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އީސްޓާ ސަންޑޭ ހަމަލާ: 15 މީހެއްގެ މައްޗަށް ކުށް ސާބިތު

2019 ވަނަ އަހަރު ސްރީލަންކާގައި ދިން އީސްޓާ ސަންޑޭ ބޮމުގެ ހަމަލާތަކާ ގުޅިގެން ދައުވާ އުފުލި 15 މީހެއްގެ މައްޗަށް ކުށް ސާބިތުވާ ކަމަށް އެ ގައުމުގެ ހައިކޯޓުން ވަނީ ކަނޑައަޅާފަ އެވެ. ކުށް ސާބިތުވި މީހުންގެ ތެރޭގައި ހަމަލާ ރޭވުމުގައި އިސްކޮށް ހުރި ނައުފަރު މައުލަވީ ހިމެނޭއިރު، މި މައްސަލާގައި ދައުވާކުރި އިތުރު 9 މީހެއްގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށް ކޯޓުން ވަނީ ނިންމާފަ އެވެ.

ވައިޓް ހައުސްއަށް ވަނުން މަނާކުރުމުން ނޫސްތަކުން ކޯޓަށް

ސީއެންއެން އާއި ޕޮލިޓިކޯ ފަދަ މީޑިއާތައް ވައިޓް ހައުސްއަށް ވަނުން ރައީސް ޓްރަމްޕްގެ ސަރުކާރުން މަނާކުރުމާ ގުޅިގެން، އެ މުއައްސަސާތަކުން ސަރުކާރާ ދެކޮޅަށް ދައުވާކުރަން ނިންމައިފިއެވެ. ނޫސްވެރިކަމުގެ މިނިވަންކަން ދިފާއުކުރުމަށް މި ފިޔަވަޅު އެޅި ނަމަވެސް، ޓްރަމްޕް ވަނީ އެއީ ދޮގު ޚަބަރު ފަތުރާ މީޑިއާތަކެއް ކަމަށް ބުނެ އެ ނިންމުމަށް ތާއީދުކުރައްވާފައެވެ.

ދެކުނު ކޮރެއާގަ 5 އަހަރުން ދަށުގެ ކުދިން ވިޔަފާރި މަންދޫބުންނަށް

ދެކުނު ކޮރެއާގައި ކޮންމެ އަހަރަކު އެތައް ސަތޭކަ ކުޑަކުދިންނެއް ވިޔަފާރިތަކުގެ މަންދޫބުންގެ ގޮތުގައި ރަޖިސްޓްރީކޮށް، ބޮޑެތި އާމްދަނީތައް ހޯދަމުންދާކަން ތަފާސްހިސާބުތަކުން ވަނީ ހާމަވެފައެވެ. މީގެ ތެރޭގައި ފަސް އަހަރުން ދަށުގެ ކުދިންވެސް ހިމެނޭއިރު، ބައެއް ކުދިންނަށް އަހަރަކު 100 މިލިއަން ވޮންއަށްވުރެ ގިނައިން އާމްދަނީ ލިބޭކަމަށް ރިޕޯޓުތަކުން ދައްކައެވެ. މިކަމަކީ އެ ގައުމުގެ މުޖުތަމައުގައި އޮތް އިގްތިސާދީ ނުހަމަހަމަކަން ހާމަކޮށްދޭ ކަމެއް ކަމަށް މަސްއޫލުވެރިން ފާހަގަކުރައްވައެވެ.

410 މިލިއަން ޑޮލަރުގެ ޑީލްތަކުގައި 25000 މީހުން ޑީޕޯޓުކޮށްފި

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ސަރުކާރުން 410 މިލިއަން ޑޮލަރުގެ ސިއްރު އެއްބަސްވުންތަކެއްގެ ދަށުން، 25،000 އަށްވުރެ ގިނަ ހިޖުރަވެރިން އެމީހުންނާ ގުޅުމެއް ނެތް ތިންވަނަ ގައުމުތަކަށް ޑީޕޯޓްކޮށްލާފައިވާކަން ތަހުގީގީ ރިޕޯޓަކުން ހާމަވެއްޖެއެވެ. މި އެއްބަސްވުންތަކަށް އެއްބަސްވުމަށް ބައެއް ގައުމުތަކަށް މަޖުބޫރުކުރުވާފައިވާއިރު، ގާނޫނީ އެއްވެސް ހިމާޔަތެއް ނެތި މި މީހުން ފޮނުވާލަނީ ނުރައްކާތެރި ހާލަތަކަށް ކަމަށް ވަކީލުން ބުނެއެވެ.

ދެކުނު އެފްރިކާގައި ނުވަ އަންހެނެއްގެ ހަށިގަނޑު ފެނިއްޖެ

ދެކުނު އެފްރިކާގެ ޖޯހަނަސްބާގުން ނުވަ އަންހެނެއްގެ ހަށިގަނޑު ފެނުނު މައްސަލައިގެ ތަހުގީގަށް ފިރިހެނަކާއި ދެ އަންހެނުން މިހާރު ވަނީ ހައްޔަރުކޮށްފައެވެ. މި މަރުތަކަކީ ސިލްސިލާ ގާތިލެއްގެ އަމަލުތަކެއްކަން އަދި ކަށަވަރުނުވި ނަމަވެސް، މިއީ އެ ގައުމުގައި އަންހެނުންނަށް ކުރާ އަނިޔާ އިންތިހާއަށް އިތުރުވެފައިވާކަން ހާމަވާ ކަމެކެވެ.

އޮސްޓްރޭލިއާގައި އާބާދީ މުސްކުޅިވުމުގެ މައްސަލަ ބޮޑުވަނީ

އޮސްޓްރޭލިއާގައި އުފަންވާ މީހުންނަށް ވުރެ މަރުވާ މީހުންގެ އަދަދު 2060 ގެ އަހަރުތަކުގައި އިތުރުވެ، އާބާދީ މުސްކުޅިވުމުގެ މައްސަލަ ބޮޑުވާނެ ކަމަށް އެ ގައުމުން ލަފާކޮށްފިއެވެ. މިއީ އުފަންވާ މިންވަރު ދަށްވުމާއި ހިޖުރަކުރާ މީހުން މަދުވުމުގެ ސަބަބުން ކުރިމަތިވާ ބަދަލެއް ކަމަށާއި، މީގެ ސަބަބުން ކުރިއަށް އޮތް 40 އަހަރު ދުވަހުގެ ތެރޭގައި އެ ގައުމުގެ އިގްތިސާދަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވާނެއެވެ.

އިމްރާން ޚާންގެ ކޮއްކޯފުޅު ހައްޔަރުކޮށްފި

ޕާކިސްތާނުގެ ކުރީގެ ބޮޑުވަޒީރު އިމްރާން ޚާން މިނިވަންކުރުމަށް ގޮވާލައި ބާއްވާ މުޒާހަރާތަކުގެ ކުރިން، އޭނާގެ ކޮއްކޮ އަލީމާ ޚާނަމް 30 ދުވަހުގެ މުއްދަތަށް ހައްޔަރުކޮށްފިއެވެ. ކަމާބެހޭ އިދާރާތަކުން ބުނާގޮތުގައި އޭނާ ހައްޔަރުކުރީ ގައުމުގެ އަމަންއަމާންކަން ގެއްލުވާލުމަށް މީހުން އެއްކޮށް، ސަރުކާރާ ދެކޮޅަށް މަސައްކަތް ކުރަމުންދާތީއެވެ.

Newsletter

Get the latest news delivered straight to your inbox