އައިޕީއެލް މެދުކަނޑާލުމުން އިންޑިއާގައި ތާށިވެފައިތިބި އޮސްޓްރޭލިއާގެ ކުޅުންތެރިން ރާއްޖެއަށް

ޑެލްހީ ކެޕިޓަލްސްއަށް ކުޅޭ އޮސްޓްރޭލިއާގެ ސްޓީވް ސްމިތު އާއި އެ ޓީމުގެ ކޯޗު ރިކީ ޕޮންޓިން. -ފޮޓޯ: ބީސީސީއައި

ޑެލްހީ ކެޕިޓަލްސްއަށް ކުޅޭ އޮސްޓްރޭލިއާގެ ސްޓީވް ސްމިތު އާއި އެ ޓީމުގެ ކޯޗު ރިކީ ޕޮންޓިން. -ފޮޓޯ: ބީސީސީއައި

އިންޑިއާގެ މަޝްހޫރު ކްރިކެޓް ލީގު ކަމަށްވާ އިންޑިއަން ޕްރިމިއާ ލީގު (އައިޕީއެލް)ގައި ވާދަކުރާ ޓީމުތަކުން ގިނަ އަދަދެއްގެ ކޮވިޑް-19 ކޭސްތަކެއް ފެންނަމުންދާތީ ލީގު ސަސްޕެންޑް ކުރުމުން، އެ މުބާރާތުގައި ވާދަކުރާ އޮސްޓްރޭލިއާގެ ގިނަ ކުޅުންތެރިންނާއި ކޯޗިން ސްޓާފްގެ އިތުރުން ކޮމެންޓޭޓަރުން ރާއްޖެ އަންނަން ނިންމައިފި އެވެ.

އައިޕީއެލް މެދުކަނޑާލަން ނިންމީ މިއަދު އިންޑިއަން ޕްރިމިއާ ލީގުގެ ގަވާނިން ކައުންސިލާއި އިންޑިއާގެ ކްރިކެޓް ބޯޑް (ބީސީސީއައި) އިން ބޭއްވި ކުއްލި ބައްދަލުވުމަކަށް ފަހު އެވެ. މުބާރާތް މެދުކަނޑާލިއިރު، މިހާތަނަށް ވަނީ 29 މެޗެއް ކުޅެފަ އެވެ.

އިންޑިއާގައި ކޮވިޑްގެ ނުރައްކާ އިންތިހާ އަށް ބޮޑުވެފައިވާއިރު، ފާއިތުވި 48 ގަޑިއިރު ތެރޭގައި އައިޕީއެލްގައި ވާދަކުރާ ގިނަ ޓީމުތަކަކުން ވަނީ ކޮވިޑްގެ ޕޮޒިޓިވް ކޭސްތަކެއް ރިޕޯޓްކޮށްފަ އެވެ.

މިކަން އެންމެ ބޮޑަށް އައިޕީއެލްގެ ބޯޑުގެ ސަމާލުކަމަށް އައީ ކޮވިޑް ކޭސްތަކުގެ ސަބަބުން ރޯޔަލް ބެންގަލޫރު ޗެލެންޖް (އާރްބީސީ) އާއި ކަލްކަތާ ނައިޓް ރައިޑާސް (ކޭކޭއާރް) މެޗު ފަސްކުރަން ޖެހުމުންނެވެ. މެޗު ފަސްކުރަން ކުރަން ޖެހުނީ ކަލްކަތާ ޓީމުގެ ތެެރެއިން ކްލަސްޓާ އެއް އުފެދުމުންނެވެ. އެ ޓީމުގެ ދެ ކުޅުންތެރިންގެ އިތުރުން ކޯޗާއި ޓީމުގެ އެހެން އެހީތެރިއަކު ވަނީ ޕޮޒިޓިވްވެފަ އެވެ.

މުބާރާތް ސަސްޕެންޑުކުރި އިރު، އެ މުބާރާތުގައި ކުޅޭ ގިނަ އަދަދެއްގެ ކުޅުންތެރިންނަށް އެނބުރި ގައުމަށް ދެވޭނެ ގޮތެއް ނެތެވެ. ސަބަބަކީ ތަފާތު ވޭރިއަންޓުތަކާއެކު އިންޑިއާގައި ބަލި އިންތިހާއަށް ފެތުރުމާ ގުޅިގެން، ގިނަ ގައުމުތަކުން ވަނީ އިންޑިއާއިން ފްލައިޓުތައް ދަތުރުކުރުން މަނާކޮށްފަ އެވެ.

އެ ގައުމުތަކުގެ ތެރޭގައި އޮސްޓްރޭލިއާ ވެސް ހިމެނޭއިރު، އިންޑިއާ އިން އެއްވެސް މީހަކަށް މި މަހުގެ 15 ވަނަ ދުވަހާ ހަމައަށް އޮސްޓްރޭލިއާ އެތެރެވުން ވަނީ މަނާކޮށްފަ އެވެ.

އަދި މުޅި ދުނިޔެއަށް އެންމެ ބޮޑަށް ހުޅުވާލާފައިއޮތް ދުބާއީއިން ވެސް ވަނީ އިންޑިއާ އިން ފްލައިޓުތައް ދަތުުރުކުރުން މަނާކޮށްފަ އެވެ.

އައިޕީއެލްގައި މިފަހަރު ބައިވެރިވެފައިވާ އޮސްޓްރޭލިއާގެ ކުޅުންތެރިންނާއި ކޯޗިން ސްޓާފްގެ އިތުރުން ކޮމެންޓޭޓަރުންގެ އަދަދު 40 އަށް އަރަ އެވެ.

މުބާރާތް ސަސްޕެންޑު ކުރުމުން ޕެޓް ކަމިންސް، ސްޓީވް ސްމިތު، ގްލެން މެކްސްވެލް، ރިކީ ޕޮންޓިން އާއި ސައިމަން ކެޓިޗް ވެސް މިހާރު ވަނީ ރާއްޖެ އަންނަން މިސްރާބު ޖަހައިފަ އެވެ.

އިންޑިއާ އިން އަންނަ ޓޫރިސްޓުން 96 ގަޑިއިރުނުވާ ޕީސީއާރު ޓެސްޓެއް ހަދަންޖެހޭ ގޮތަށް ރާއްޖޭން ފިޔަވަޅު ހަރުކަށިކޮށްފައިވީ ނަމަވެސް، އެ ކުޅުންތެރިންނަށް އެނބުރި ގައުމަށް މިވަގުތު ދެވެން އޮތް އެންމެ ފަސޭހަ މަގަކީ ރާއްޖެ އެވެ.

ޓޫރިސްޓުންގެ ގޮތުގައި އިންޑިއާއިން އަންނަ މީހުން އަދިވެސް ކަރަންޓީނުވާން ނުޖެހެ އެވެ. އެކަމަކު އެމީހުންނަށް މީހުން ދިރިއުޅޭ ސަރަހައްދެއްގައި ހުންނަ ގެސްޓްހައުސެއްގައި މަޑުކުރުން ވަނީ މަނާކޮށްފަ އެވެ.

އައިޕީއެލް ސަސްޕެންޑު ކުރުމުގެ ސަބަބުން އިންޑިއާގައި ތާށިވެފައިވާ އޮސްޓްރޭލިއާ ކުޅުންތެރިންނަށް އެނބުރި ގައުމަށް ދިއުމަށް ހާއްސަ އިންތިޒާމެއް ހަމަޖައްސައިނުދޭތީ، ބައެއް ކުޅުންތެރިން ދަނީ އޮސްޓްރޭލިއާ ސަރުކާރަށް ވަރަށް ބޮޑަށް ފާޑުކިޔަމުންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ބްރައިޓަން އިން މި ފަހަރު މެންޗެސްޓާ ސިޓީ އަށް ލަނޑުދީފި

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުން މެންޗެސްޓާ ސިޓީގެ މައްޗަށް 1-0 އިން ކުރިހޯދައި ބްރައިޓަން އިން މުހިންމު މޮޅެއް ހޯދައިފި. މިއީ ލީގުގައި ސިޓީ ޖެހިޖެހިގެން ބަލިވި ދެވަނަ މެޗަށް ވާއިރު، މި ނަތީޖާއާއެކު ތާވަލުގެ އެއްވަނައިގައި އޮތް ސިޓީއަށް މަގާމު ދިފާއުކުރުމުގެ ފުރުސަތު ވަނީ ހަނިވެފައި

ޗެލްސީ އަތުން ބަލިވެ ޔުނައިޓެޑްގެ ހާލަތު އިތުރަށް ގޯސް

އިނގިރޭސި ޕްރިމިއާ ލީގުގައި ޗެލްސީ އަތުން 2-0 އިން ބަލިވެ، މެންޗެސްޓާ ޔުނައިޓެޑް ތާވަލުގެ 16 ވަނައަށް ވެއްޓި އެ ޓީމުގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެއްޖެ. މިއީ ފާއިތުވި 40 އަހަރު ތެރޭގައި ޔުނައިޓެޑުން ލީގު ފެށި އެންމެ ދަށް ފެށުން ކަމަށްވާއިރު، މި ނަތީޖާއާއެކު ޗެލްސީ ވަނީ ތާވަލުގެ ހަތަރުވަނައަށް ކުރިއަށް ޖެހިލާފައި

15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖެ އަށް ތާރީހީ މޮޅެއް

އަޒަރުބައިޖާންގައި ބޭއްވި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގެ ޗެމްޕިއަންކަން ސްޕެއިނުން ހޯދިއިރު، ރާއްޖެއިން ބްރިޓިޝް ވާޖިން އައިލެންޑްސް ބަލިކޮށް ވޯލްޑް ކަޕް ލެވަލްގެ މުބާރާތެއްގައި ފުރަތަމަ ފަހަރަށް ތާރީޚީ މޮޅެއް ހޯދައިފި. ޖުމްލަ 189 ޓީމު ވާދަކުރި މި މުބާރާތުގެ 159 ވަނަ ރާއްޖެއަށް ލިބުނު

އިންޓަނޭޝަަނަލް މާސްޓާސް ޓީޓީ މުބާރާތް އަންނަ އަހަރު ކެޔޮދޫގައި

އިހާ ޓޭބަލް ޓެނިސް އެކަޑަމީ އާއި ކެޔޮދޫ ކައުންސިލް ގުޅިގެން ބާއްވާ "މޯލްޑިވްސް އިންޓަނޭޝަނަލް މާސްޓާސް ޓީޓީ މުބާރާތް 2027" އަންނަ އަހަރުގެ ސެޕްޓެމްބަރު މަހު ވ. ކެޔޮދޫގައި ބޭއްވުމަށް ނިންމައިފިއެވެ. 40 އަހަރުން މަތީގެ ކުޅުންތެރިންނަށް އަމާޒުކޮށްގެން ބާއްވާ މި މުބާރާތުގައި 120 ކުޅުންތެރިން ބައިވެރިވާނެ ކަމަށް ލަފާކުރެވޭއިރު، މީގެ ސަބަބުން ރާއްޖޭގެ ސްޕޯޓްސް ޓޫރިޒަމަށާއި ކެޔޮދޫގެ އިގްތިސާދަށް ބޮޑު ފައިދާއެއް ކުރާނެއެވެ.

ލިވަޕޫލުން އަރައުހޯގެ އެއްބަސްވުން ދާއިމީ ކުރަނީ

ލޯނު އެއްބަސްވުމެއްގެ ދަށުން ލިވަޕޫލަށް ކުޅެމުންދާ ބާސެލޯނާގެ ޑިފެންޑަރު ރޮނާލްޑް އަރައުހޯގެ ކޮންޓްރެކްޓް ދާއިމީކުރުމަށް އެ ދެ ކްލަބުން މިހާރު އަންނަނީ މަޝްވަރާ ކުރަމުން. ލިވަޕޫލްގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ އަރައުހޯ ގަތުމަށް 60 މިލިއަން ޑޮލަރު ހޭދަވާނެ ކަމަށް ބެލެވޭއިރު، ބާސެލޯނާއިން ބޭނުންވަނީ މި ޑީލް އަވަހަށް ނިންމަން

ހުރާ ބަލިކޮށް އެމްޓީސީސީ އަށް ފައިނަލުގެ ފަހު ޖާގަ

ގައުމީ އަންހެން ވޮލީބޯޅަ މުބާރާތުގެ ތިން ވަނަ ސެމީގައި ހުރާ ކޮމިއުނިޓީ ކްލަބް 3-2 ސެޓުން ބަލިކޮށް، ކްލަބް އެމްޓީސީސީން ފައިނަލުގެ ފަހު ޖާގަ ކަށަވަރުކޮށްފި. ފޯރިގަދަ ކުޅުމަކަށްފަހު ހޯދި މި މޮޅާއެކު، މާދަމާރޭ ކުޅޭ ފައިނަލް މެޗުގައި އެމްޓީސީސީ ނުކުންނާނީ ކްލަބް ވެމްކޯއާ ދެކޮޅަށް

ހަކީމީގެ ފަސް ތަރީގެ ކުޅުމަކުން ޕީއެސްޖީ މޮޅުކޮށްދީފި

ފްރެންޗް ލީގުގައި ރޭ ލެ ހާވްރޭ އަތުން 5-1 އިން ޕީއެސްޖީ މޮޅުވިއިރު، އަޝްރަފް ހަކީމީ ވަނީ އޭނާގެ ފުރަތަމަ ހެޓްރިކް ފުރިހަމަކޮށް އިތުރު ދެ ލަނޑު ޖަހަން ފުރުސަތު ތަނަވަސްކޮށްދީފައި. މި މޮޅާއެކު ޕީއެސްޖީ ތާވަލުގެ އެއްވަނައިގައި އޮތްއިރު، ކޯޗު ލުއިސް އެންރީކޭ ވަނީ އެ ކްލަބުގެ ތާރީހުގައި އެންމެ ގިނަ މެޗުން މޮޅުވި ކޯޗުގެ ޝަރަފް ހޯދާފައި

Newsletter

Get the latest news delivered straight to your inbox