ސިޓީއާ ދެކޮޅަށް އެމްބާޕޭ ކުޅުވުމާ މެދު ގޮތެއް ނިންމާނީ ފަހު ވަގުތު

May 4, 2021, 4:54 AM
ސިޓީގެ ދެ ކުޅުންތެރިން ކައިރިން އެމްބާޕޭ (މ) ބޯޅަ ހިފައިގެން.-- ފޮޓޯ: އޭއެފްޕީ

ސިޓީގެ ދެ ކުޅުންތެރިން ކައިރިން އެމްބާޕޭ (މ) ބޯޅަ ހިފައިގެން.-- ފޮޓޯ: އޭއެފްޕީ

މެންޗެސްޓާ (މެއި 4) - ޔުއެފާ ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލުގެ ދެ ވަނަ ލެގުގައި މިރޭ ރަށުންބޭރުގައި މެންޗެސްޓާ ސިޓީއާ ދެކޮޅަށް ކުޅޭ މެޗުގެ ފުރަތަމަ އެގާރައިގައި ކީލިއަން އެމްބާޕޭ ބޭނުންކުރުމާ މެދު ގޮތެއް ނިންމާނީ ފަހު ވަގުތު ކަމަށް ޕީއެސްޖީ ކޯޗު މައުރީސިއޯ ޕޮޗެޓީނޯ ބުނެފި އެވެ.

އުމުރުން 22 އަހަރުގެ އެމްބާޕޭ މިދިޔަ ހޮނިހިރު ދުވަހު ލެންސާ ދެކޮޅަށް ޕީއެސްޖީ ކުޅުނު މެޗުގައި އަނިޔާގެ ސަބަބުން ކުޅެފައެއް ނުވެ އެވެ. އަނިޔާވެފައިވަނީ އެމްބާޕޭގެ ކުޑަކަޅުވާ އަށެވެ. ޕޮޗެޓީނޯ ބުނީ އެމްބާޕޭގެ އަނިޔާގެ ކަންތައްތައް ވަރަށް ގާތުން މޮނިޓާ ކުރަމުން އަންނަ ކަމަށާއި ގޮތެއް ނިންމާނީ ފަހު ވަގުތު ކަމަށެވެ.

"އަހަރެމެން މި އަންނަނީ އެމްބާޕޭގެ ހާލަތު ވަރަށް ކައިރިން ބަަލަމުން. އޭނަ އަށް ނުވާ ވަރުގެ ކަމެއް އަހަރެމެން ނުކުރާނަން،" މެޗުގެ ކުރިން އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ޕޮޗެޓީނޯ ބުންޏެވެ.

Advertisement

ފައިނަލްގެ ޖާގައެއް ހޯދަން ސިޓީ ދަނޑުގައި މިރޭ ކުޅޭ މެޗުން ޕީއެސްޖީ އަށް މޮޅުވުން މަޖުބޫރެވެ. މިދިޔަ ހަފްތާގައި ޕީއެސްޖީ ދަނޑުގައި ސިޓީ އޮތީ 2-1 އިން މޮޅުވެފަ އެވެ. މިދިޔަ އަހަރުގެ ފައިނަލުގައި ބަޔާން މިއުނިކް އަތުން ބަލިވި ޕީއެސްޖީ އަށް މި ފަހަރުގެ ފައިނަލުން ފުރުސަތު ހޯދަން ކުރަން ޖެހޭ މަސައްކަތް އުނދަގޫވިޔަސް ޕޮޗެޓީނޯ އުއްމީދު ދޫކޮށެއް ނުލަ އެވެ.

"އަހަރެމެން ކޮންމެހެން ބެލިޔަސް ރަނގަޅުކުރަން ޖެހޭ އެއް ކަމަކީ ލަނޑު ޖަހަން ލިބޭ ފުރުސަތުގެ ބޭނުން ހިފުން. އެކަން ރަނގަޅުކުރަން ކޮންމެ ހެނެއް ވެސް ޖެހޭ،" ޓޮޓެންހަމް ގޮވައިގެން 2019 ވަަނަ އަހަރުގެ ޗެމްޕިއަންސް ލީގުގެ ފައިނަލުގައި ކުޅުނު ޕޮޗެޓީނޯ ބުންޏެވެ.

ގާޑިއޯލާ (ކ) އާއި ޕޮޗެޓީނޯ.-- ފޮޓޯ: އޭއެފްޕީ

ސިޓީން އެ ކްލަބް ތާރީހުގައި މީގެ ކުރިން ޗެމްޕިއަންސް ލީގުގެ ފައިނަލުގައި ވާދަކޮށްފަ އެއް ނުވެ އެވެ. މީގެ 51 އަހަރު ކުރިން އެ ޓީމު ކުޅެފައިވަނީ ޔުއެފާ ކަޕް ވިނާސް ކަޕްގެ ފައިނަލުގަ އެވެ. މިއީ ސިޓީން ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލުގައި ކުޅޭ ދެ ވަނަ ފަހަރެވެ. މި ފަހަރުގެ ޗެމްޕިއަންސް ލީގުގައި އަދި މެޗަކުން ބަލިނުވެ އޮތް ސިޓީ މިރޭ ޕީއެސްޖީއާ އެއްވަރުކޮށްލައިގެން ވެސް ފައިނަލުން ފުރުސަތު ލިބޭނެ އެވެ. އެކަމަކު ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާގެ ވިސްނުން ހުރީ އެއްވަރުކޮށްލައިގެން އެކަން ކުރާ ގޮތަކަށް ނޫނެވެ.

"ވަރަށް ކުޑަ އެޑްވާންޓޭޖެއް އޮތީ. އެ އަށް ފޯކަސް ކޮށްގެން އަހަރެމެން ފަރުޖައްސާލައިގެން ނުވާނެ. އަހަރެން ކުޅުންތެރިންނަށް ދޭނީ ހަމައެއް މެސެޖެއް. އެއީ ހަމަ މީގެ ހަ މަސް ކުރިން ވެސް ދެއްކި ވާހަކަ. މޮޅެއް ހޯދަން ނޫން ގޮތަށް މެޗަށް ނުކުތުމުގެ ވިސްނުމެއް ނެތް. މިއީ ހަމަ މުޅިން ތަފާތު މެޗެއް،" ގާޑިއޯލާ ބުންޏެވެ.

ސިޓީގެ ކޯޗުކަމާ ގާޑިއޯލާ 2016 ވަނަ އަހަރު ހަވާލުވި ފަހުން މިއީ އެ ޓީމު ސެމީ ފައިނަލުގައި ކުޅޭ ފުރަތަމަ ފަހަރެވެ. މީގެ ކުރިން ބާސެލޯނާ ގޮވައިގެން ޗެމްޕިއަންސް ލީގު ތަށި ދެ ފަހަރު އުފުލާލާފައިވާ ގާޑިއޯލާ އެންމެ ފަހުން ފައިނަލަކަށް ނުކުތީ 2011 ވަަނަ އަހަރު ބާސެލޯނާއާ އެކު އެވެ. އޭގެ ފަހުން ބަޔާން މިއުނިކާ ހަވާލުވުމަށް ފަހު މިހާރު ސިޓީގައި ހުރި ގާޑިއޯލާ އަށް އަދި ފައިނަލެއްގައި ވާދަކުރުމުގެ ފުރުސަތު ނުލިބެ އެވެ.

ސިޓީގެ އިއްތިހާދު ސްޓޭޑިއަމްގައި ޕީއެސްޖީއާ ދެކޮޅަށް ކުޅޭ މެޗު ފަށާނީ ރާއްޖެ ގަޑިން 00:00 ގަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ބްރައިޓަން އިން މި ފަހަރު މެންޗެސްޓާ ސިޓީ އަށް ލަނޑުދީފި

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުން މެންޗެސްޓާ ސިޓީގެ މައްޗަށް 1-0 އިން ކުރިހޯދައި ބްރައިޓަން އިން މުހިންމު މޮޅެއް ހޯދައިފި. މިއީ ލީގުގައި ސިޓީ ޖެހިޖެހިގެން ބަލިވި ދެވަނަ މެޗަށް ވާއިރު، މި ނަތީޖާއާއެކު ތާވަލުގެ އެއްވަނައިގައި އޮތް ސިޓީއަށް މަގާމު ދިފާއުކުރުމުގެ ފުރުސަތު ވަނީ ހަނިވެފައި

ޗެލްސީ އަތުން ބަލިވެ ޔުނައިޓެޑްގެ ހާލަތު އިތުރަށް ގޯސް

އިނގިރޭސި ޕްރިމިއާ ލީގުގައި ޗެލްސީ އަތުން 2-0 އިން ބަލިވެ، މެންޗެސްޓާ ޔުނައިޓެޑް ތާވަލުގެ 16 ވަނައަށް ވެއްޓި އެ ޓީމުގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެއްޖެ. މިއީ ފާއިތުވި 40 އަހަރު ތެރޭގައި ޔުނައިޓެޑުން ލީގު ފެށި އެންމެ ދަށް ފެށުން ކަމަށްވާއިރު، މި ނަތީޖާއާއެކު ޗެލްސީ ވަނީ ތާވަލުގެ ހަތަރުވަނައަށް ކުރިއަށް ޖެހިލާފައި

15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖެ އަށް ތާރީހީ މޮޅެއް

އަޒަރުބައިޖާންގައި ބޭއްވި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގެ ޗެމްޕިއަންކަން ސްޕެއިނުން ހޯދިއިރު، ރާއްޖެއިން ބްރިޓިޝް ވާޖިން އައިލެންޑްސް ބަލިކޮށް ވޯލްޑް ކަޕް ލެވަލްގެ މުބާރާތެއްގައި ފުރަތަމަ ފަހަރަށް ތާރީޚީ މޮޅެއް ހޯދައިފި. ޖުމްލަ 189 ޓީމު ވާދަކުރި މި މުބާރާތުގެ 159 ވަނަ ރާއްޖެއަށް ލިބުނު

އިންޓަނޭޝަަނަލް މާސްޓާސް ޓީޓީ މުބާރާތް އަންނަ އަހަރު ކެޔޮދޫގައި

އިހާ ޓޭބަލް ޓެނިސް އެކަޑަމީ އާއި ކެޔޮދޫ ކައުންސިލް ގުޅިގެން ބާއްވާ "މޯލްޑިވްސް އިންޓަނޭޝަނަލް މާސްޓާސް ޓީޓީ މުބާރާތް 2027" އަންނަ އަހަރުގެ ސެޕްޓެމްބަރު މަހު ވ. ކެޔޮދޫގައި ބޭއްވުމަށް ނިންމައިފިއެވެ. 40 އަހަރުން މަތީގެ ކުޅުންތެރިންނަށް އަމާޒުކޮށްގެން ބާއްވާ މި މުބާރާތުގައި 120 ކުޅުންތެރިން ބައިވެރިވާނެ ކަމަށް ލަފާކުރެވޭއިރު، މީގެ ސަބަބުން ރާއްޖޭގެ ސްޕޯޓްސް ޓޫރިޒަމަށާއި ކެޔޮދޫގެ އިގްތިސާދަށް ބޮޑު ފައިދާއެއް ކުރާނެއެވެ.

ލިވަޕޫލުން އަރައުހޯގެ އެއްބަސްވުން ދާއިމީ ކުރަނީ

ލޯނު އެއްބަސްވުމެއްގެ ދަށުން ލިވަޕޫލަށް ކުޅެމުންދާ ބާސެލޯނާގެ ޑިފެންޑަރު ރޮނާލްޑް އަރައުހޯގެ ކޮންޓްރެކްޓް ދާއިމީކުރުމަށް އެ ދެ ކްލަބުން މިހާރު އަންނަނީ މަޝްވަރާ ކުރަމުން. ލިވަޕޫލްގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ އަރައުހޯ ގަތުމަށް 60 މިލިއަން ޑޮލަރު ހޭދަވާނެ ކަމަށް ބެލެވޭއިރު، ބާސެލޯނާއިން ބޭނުންވަނީ މި ޑީލް އަވަހަށް ނިންމަން

ހުރާ ބަލިކޮށް އެމްޓީސީސީ އަށް ފައިނަލުގެ ފަހު ޖާގަ

ގައުމީ އަންހެން ވޮލީބޯޅަ މުބާރާތުގެ ތިން ވަނަ ސެމީގައި ހުރާ ކޮމިއުނިޓީ ކްލަބް 3-2 ސެޓުން ބަލިކޮށް، ކްލަބް އެމްޓީސީސީން ފައިނަލުގެ ފަހު ޖާގަ ކަށަވަރުކޮށްފި. ފޯރިގަދަ ކުޅުމަކަށްފަހު ހޯދި މި މޮޅާއެކު، މާދަމާރޭ ކުޅޭ ފައިނަލް މެޗުގައި އެމްޓީސީސީ ނުކުންނާނީ ކްލަބް ވެމްކޯއާ ދެކޮޅަށް

ހަކީމީގެ ފަސް ތަރީގެ ކުޅުމަކުން ޕީއެސްޖީ މޮޅުކޮށްދީފި

ފްރެންޗް ލީގުގައި ރޭ ލެ ހާވްރޭ އަތުން 5-1 އިން ޕީއެސްޖީ މޮޅުވިއިރު، އަޝްރަފް ހަކީމީ ވަނީ އޭނާގެ ފުރަތަމަ ހެޓްރިކް ފުރިހަމަކޮށް އިތުރު ދެ ލަނޑު ޖަހަން ފުރުސަތު ތަނަވަސްކޮށްދީފައި. މި މޮޅާއެކު ޕީއެސްޖީ ތާވަލުގެ އެއްވަނައިގައި އޮތްއިރު، ކޯޗު ލުއިސް އެންރީކޭ ވަނީ އެ ކްލަބުގެ ތާރީހުގައި އެންމެ ގިނަ މެޗުން މޮޅުވި ކޯޗުގެ ޝަރަފް ހޯދާފައި

Newsletter

Get the latest news delivered straight to your inbox