އާ އިމްތިހާނެއް ބާއްވަން ގޮވާލައި ބެލެނިވެރިންތަކެއް އަޑުއުފުލައިފި

ވެލާނާގޭ ދޮށަށް އެއްވެ ބެލެނިވެރިން މުޒާހަރާ ކުރަނީ: ޑިމާންޑް ކުރަނީ އާ އިމްތިހާނެއް ބޭއްވުމަށް-- ފޮޓޯ: ހުސައިން ޝަޔާހް/ އަދަދު

ވެލާނާގޭ ދޮށަށް އެއްވެ ބެލެނިވެރިން މުޒާހަރާ ކުރަނީ: ޑިމާންޑް ކުރަނީ އާ އިމްތިހާނެއް ބޭއްވުމަށް-- ފޮޓޯ: ހުސައިން ޝަޔާހް/ އަދަދު

ރާއްޖެ އާއި ދުނިޔޭގައި މިހާރު ކުރިއަށްދާ އެޑެކްސެލް އޭ ލެވެލްސް އިމްތިހާނުގެ ޕޭޕަރުތައް ލީކް ވެފައިވާތީ މި އިމްތިހާނު ކެންސަލްކޮށް އާ އިމްތިހާނެއް ބާއްވައިދޭން ގޮވާލައި ބެލެނިވެރިން މިއަދު އަޑުއުފުލައިފި އެވެ.

އެޑިއުކޭޝަން މިނިސްޓްރީ ހިމެނޭގޮތަށް ސަރުކާރުގެ ގިނަ އޮފީސްތަކެއް ހިންގާ ވެލާނާގެ ކައިރިއަށް އެއްވި 10 ވަރަކަށް ބެލެނިވެރިން ތިބީ އެކި ޝުއޫރުފާޅުކޮށްފައިވާ ލިއުންތައް ހިފައިގެންނެވެ. އެ ގަނޑުތަކުގައި އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ އާއި ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒަމިނޭޝަން (ޑީޕީއީ) ހިންގުމާ ހަވާލުވެވަޑައިގެން ހުންނެވި މުހައްމަދު އިހުސާންގެ އިސްތިއުފާއަށް ގޮވާލައިފައިވެ އެވެ.

އިމްތިހާން އަލުން ބާއްވަން ގޮވާލައި މުޒާހަރާ ކުރަނީ: އެޑިއުކޭޝަން މިނިސްޓަރުގެ އިސްތިއުފާއަށް ވެސް ވަނީ ގޮވާލައިފައި-- ފޮޓޯ: ހުސައިން ޝަޔާހް/ އަދަދު
އިމްތިހާން އަލުން ބާއްވަން ގޮވާލައި މުޒާހަރާ ކުރަނީ: އެޑިއުކޭޝަން މިނިސްޓަރުގެ އިސްތިއުފާއަށް ވެސް ވަނީ ގޮވާލައިފައި-- ފޮޓޯ: ހުސައިން ޝަޔާހް/ އަދަދު

އިމްތިހާން އަލުން ބާއްވަން ގޮވާލައި މުޒާހަރާ ކުރަނީ: އެޑިއުކޭޝަން މިނިސްޓަރުގެ އިސްތިއުފާއަށް ވެސް ވަނީ ގޮވާލައިފައި-- ފޮޓޯ: ހުސައިން ޝަޔާހް/ އަދަދު

މިއަދު 1:30ގައި އޮންނަ ކެމިސްޓްރީ ޕޭޕަރު އިންޓަނެޓްގައި މިއަދު ހެނދުނު ލީކް ކޮށްލާފައިވާއިރު މިދިޔަ ހަފުތާގައި ވަނީ ފިޒިކްސް ޕޭޕަރާއި ބައޮލޮޖީ ޕޭޕަރު ވެސް ލީކް ކޮށްލައިފަ އެވެ. ޕޭޕަރުތައް ލީކް ކުރަނީ ރާއްޖޭން ބޭރުންނެވެ.

މިނިސްޓްރީ ދޮށަށް އެއްވި ބެލެނިވެރިން "އަދަދު" އަށް ބުނީ ގިނަ ޓެސްޓް ޕޭޕަރުތަކެއް ލީކް ވެފައި ވަނިކޮށް ކުދިން ލައްވައި އެ ޕޭޕަރުތައް ހެދުވުމަކީ ގަބޫލު ކުރެވޭ ކަމެއް ނޫން ކަމަށެވެ. އަދި ޕޭޕަރުތައް ލީކްވުމުން ވެސް އެޑިއުކޭޝަނުން އިމްތިހާނު ފަސް ނުކުރާތީ ކަންބޮޑު ވާ ކަމަށް އެ ބެލެނިވެރިން ބުންޏެވެ.

"މި ޕޭޕަރުތައް ހަދަން ވީމައި ކުދިން ސްޓްރެސްވޭ. ކޮންފިޑެންސް ދަށްވޭ. މި ޕޭޕަރުތައް ހަދައިގެން އަޅުގަނޑުމެން ކުދިންނަށް ފަސްކޮށް ދޭންވީ ޗީޓް ކުރަން ތޯ؟" ބެލެނިވެރިއަކު ބުންޏެވެ.

ޕޭޕަރުތައް ލީކްވުމާ ގުޅިގެން ސްރީ ލަންކާ އާއި ޕާކިސްތާނުން މި އިމްތިހާނު ކެންސަލް ކޮށްފައިވާއިރު ރާއްޖޭން ކެންސަލް ނުކުރަންވީ ސަބަބެއް ނުވިސްނޭ ކަމަށް ބެލެނިވެރިން ބުންޏެވެ. ބެލެނިވެރިންގެ ޑިމާންޑަކީ އޮކްޓޫބަރު/ނޮވެމްބަރުގައި އަލުން މި އިމްތިހާނު ބޭއްވުމެވެ.

މީގެ ކުރިން ބާއްވާ އެޑެކްސެލް އިމްތިހާނުތަނުގައި ގްރޭޑް ދެނީ ބޭރުން ކަމަށް ވިނަމަވެސް މި އިމްތިހާނުގެ ގްރޭޑް ދެނީ ރާއްޖޭން ކަމަށް ބުނެ ވެސް ބެލެނިވެރިން ވަނީ ކަންބޮޑުވުން ފާޅު ކޮށްފަ އެވެ. އެފަދަ ބަދަލު ތަކާއެކު އިމްތިހާނު ބޭއްވިއިރު އެކަން އެޑިއުކޭޝަން މިނިސްޓްރީން ކުދިންނާއި ބެލެނިވެރިންނަށް ނާންގާ ކަމަށް ވެސް ބުންޏެވެ.

11346
11346

ވެލާނާގޭ ދޮށުގައި ބެލެނިވެރިން މުޒާހަރާ ކުރަނީ: ޑިމާންޑް ކުރީ އާ އިމްތިހާނެއް ބޭއްވުމަށް-- ފޮޓޯ: ހުސައިން ޝަޔާހް/އަދަދު

ޑީޕީއީ ހިންގުމާ ހަވާލުވެވަޑައިގެން ހުންނެވި އިހުސާން ރޭ ރާއްޖެ ޓީވީގައި ވިދާޅުވީ ޕޭޕަރު ލީކްވާ މައްސަލައިގައި އިނގިރޭސިވިލާތުގެ އެ އިމްތިހާނު ދޭ އެގްޒެމިނޭޝަން ބޯޑާ މަޝްވަރާ ކުރަމުން އަންނަ ކަމަށެވެ. ރާއްޖޭގެ ހުށަހެޅުމަކީ ލީކްވި ޓެސްޓްތައް އަލުން ދިނުން ކަމަށް އޭނާ ވިދާޅުވި އެވެ.

އެޑިއުކޭޝަން މިނިސްޓަރު އައިޝަތު އަލީ މިދިޔަ ހަފްތާގައި ވިދާޅުވީ އެޑެކްސެލްއިން ގޮތެއް ނިންމަންދެން ރާއްޖޭގައި އިންތިހާނު ކުރިއަށް ގެންދާނެ ކަމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިކުއިޓީ ހިލޭ ކުރާ ޕްރޮގްރާމުގެ އެއްބަސްވުމުގައި ސޮއިކޮށްފި

އެ ޕްރޮގްރާމުގެ ދަށުން މާލޭގައި ގެދޮރު އިމާރާތް ކުރަން ބޭނުންވާ ނަމަ އެއް މިލިއަން ރުފިޔާއާ ހަމައަށް ސަރުކާރުން ހިލޭ ފައިސާ ދޭނެ އެވެ. އަދި ރަށެއްގައި ނަމަ ދެ ލައްކަ ރުފިޔާއާ ހަމައަށް ހިލޭ ފައިސާ ދޭނެ އެވެ.

ބީއެމްއެލްގެ ހައުސިން ލޯނުގެ އިކުއިޓީ ކުޑަކޮށްފި

ތިން މިލިއަން ރުފިޔާ ނުވަތަ އެއަށް ވުރެ ދަށުގެ ލޯނުތަކަށް ނަގާ އިކުއިޓީ ފަސް ޕަސެންޓަށް ކުޑަކުރުމުގެ އިތުރުން ލޯނު ދޫކުރާއިރު ރަހުނެއް ވެސް ބަހައްޓާކަށް ނުޖެހޭނެ އެވެ. މީގެ ކުރިން އިކުއިޓީއަށް ލޯނުގެ 20 ޕަސެންޓު ނަގަ އެވެ.

ރަސްމާލެ ހާއްސަ ވެފައި އޮންނަންވާނީ ދިވެހިންނަށް: ޔާމީން

ރަސްމާލެ މަޝްރޫއަކީ ދިވެހިންގެ ބޯހިޔާވަހިކަމަށް އަމާޒުކޮށްފައިވާ ކަމަކަށްވާތީ، އެ ބިންތައް ބޭރުގެ ފަރާތްތަކަށް ވިއްކާލުމާ ކުރީގެ ރައީސް ޔާމީން ދެކޮޅު ހައްދަވައި ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. ދިވެހިންގެ ފައިސާއިން ހިންގާ މަޝްރޫއަކުން ބޭރު ބަޔަކަށް ފުރުސަތު ދިނުމަކީ ދިވެހިން ދެވަނަ ދަރަޖައިގެ ރައްޔިތުންނަށް ވެގެންދާނެ ކަމެއް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އަދި ރަސްމާލެއިން ބޮޑު ސަރަހައްދެއް ބޭރު ކުންފުންޏަކަށް ދޫކޮށްލުމަށް ސަރުކާރުން ނިންމާފައިވާ ނިންމުމަށް ޔާމީން ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.

މިއަހަރު ސަބްސިޑީއަށް ޖެހީ 2.9 ބިލިއަން، މިހާރު 4.3 ހަރަދުވެއްޖެ

"އެގޮތުން އަޅުގަނޑުމެން މި އަހަރަށް ބަޖެޓުކޮށްފައި ވަނީ 2.9 ބިލިއަން. އެހެން ނަމަވެސް މިހާތަނަށް 4.3 ބިލިއަން ސަބްސިޑީޒްގެ ގޮތުގައި އަޅުގަނޑުމެންނަށް ހަރަދު ކުރަންޖެހިފައިވޭ،" ޒަރީރު ވިދާޅުވި އެވެ.

ސުކޫކަށް ފައިސާ ދެއްކި ގޮތުގެ ތަފްސީލު މިނިސްޓަރު ހާމަކޮށްފި

"އަޅުގަނޑުމެން ސުކޫކަށް ފައިސާ ދެއްކުމަށް މި ބޭނުން ކުރީ 350 މިލިއަން ޑޮލަރު ސޮވަރިން ޑިވެލޮޕްމަންޓް ފަންޑުގެ ތެރެއިން. އަދި ހަމަ އެއާއެކު ދައުލަތުގެ ރިޒާވުން 175 މިލިއަން ޑޮލަރު އެކަމުގައި ބޭނުން ކުރެވިފައިވޭ،" ޒަރީރު ވިދާޅުވި އެވެ.

ރައީސްގެ ދަތުރުގައި ބޮޑުވަޒީރު ޝެހެބާޒްއާ ބައްދަލު ކުރައްވާނެ

ރައީސް އޮފީހުން ބުނީ ރައީސް މުއިއްޒު ޕާކިސްތާނަށް ކުރައްވާ ދަތުރަކީ ބޮޑުވަޒީރު ޝެހެބާޒްގެ ދައުވަތަކަށް ކުރައްވާ ދަތުރެއް ކަމަށެވެ. ޕާކިސްތާނުގެ ރައީސް އާއި ބޮޑުވަޒީރުގެ އިތުރުން އެ ގައުމުގެ އިސް އެހެން ބައެއް އޮފިޝަލުންނާ ވެސް މުއިއްޒު ބައްދަލު ކުރައްވާނެ ކަމަށް ވެސް ރައީސް އޮފީހުން ބުންޏެވެ.

ރަސްމާލެ ޕްރޮޖެކްޓު ހުއްޓާލަންޖެހޭ ކަމަށް ދިރާސާގައި ބުނެފި

"ގާނޫނީ ގޮތުން މި ޕްރޮޖެކްޓު މަޑުޖައްސާލުމުގެ ބާރު ސަރުކާރަށް އަދިވެސް އެބަ އޮތް. އަދި މި ޕްރޮޖެކްޓު މަޑުޖައްސާލުމަކީ ސަރުކާރަށް ގާނޫނީ ގޮތުން ލާޒިމް ކަމެއް. ޕްރޮޖެކްޓު އިތުރަށް ކުރިއަށްގެންދަންޖެހޭނީ އަލުން ނެގޯޝިއޭޓްކޮށްގެން،" އެ ދިރާސާގައި ބުނެފައިވެ އެވެ.

Newsletter

Get the latest news delivered straight to your inbox