އޮސްޓްރޭލިއާ އިން އިންޑިއާއާ މެދު އެޅީ "ރޭސިސްޓް" ފިޔަވަޅެއް ކަމުގެ ތުހުމަތު

އިންޑިއާއިން އޮސްޓްރޭލިއާއަށް ދަތުރު ކުރާ މީހުންނަށް ޖަލުގެ އަދަބު ނުވަތަ ޖޫރިމަނާ ވަނީ ކަނޑައަޅާފައި.-- ފޮޓޯ: ގެޓީ އިމޭޖަޒް

އިންޑިއާއިން އޮސްޓްރޭލިއާއަށް ދަތުރު ކުރާ މީހުންނަށް ޖަލުގެ އަދަބު ނުވަތަ ޖޫރިމަނާ ވަނީ ކަނޑައަޅާފައި.-- ފޮޓޯ: ގެޓީ އިމޭޖަޒް

އިންޑިއާއިން އޮސްޓްރޭލިއާއަށް އެތެރެވުން ވަގުތީ ގޮތުން މަނާކޮށް، ވަންނަ މީހުންނަށް ބޮޑު ޖޫރިމަނާއެއް ނުވަތަ ފަސް އަހަރުގެ ޖަލު ހުކުމެއް އަންނަ ގޮތަށް ނިންމި ނިންމުމަކީ "ރޭސިސްޓް" ނިންމުމެއް ކަމަށް ތުހުމަތުކޮށްފި އެވެ.

މިއަދުން ފެށިގެން އޮސްޓްރޭލިއާގެ އެއްވެސް ރައްޔިތަކު އިންޑިއާއިން އެ ގައުމަށް ވަނުން މަނާ ވާނެ އެވެ. އޭގެ ކުރިން އޮސްޓްރޭލިއާއިން ވަނީ މޭ 15 ގެ ނިޔަލަށް ދެ ގައުމުގެ ދެމެދުގައި ކުރާ ހުރިހާ ވައިގެ ދަތުރެއް ކެންސަލްކޮށްފަ އެވެ.

އަލަށް އަމަލު ކުރަން ފެށި އުސޫލުގެ ދަށުން އޮސްޓްރޭލިއާއަށް އަންނަން ކަނޑައަޅާ ތާރީހުގެ 14 ދުވަސް ކުރިން އިންޑިއާއަށް ގޮސްފައިވާ ނަމަ އޮސްޓްރޭލިއާއަށް އެތެރެވުން މަނާ ވާނެ އެވެ.

އެ އުސޫލާ ހިލާފުވެއްޖެ ނަމަ ފަސް އަހަރުގެ ޖަލު ހުކުމެއް ނުވަތަ 51,121 އެމެރިކާ ޑޮލަރުގެ ޖޫރިމަނާއެއް އަންނާނެ އެވެ. ބައެއް ހާލަތްތަކުގައި ޖޫރިމަނާއާ އެކު ޖަލަށް ލެވޭނެ އެވެ. ވަގުތީ ގޮތުން ގެންނަ މި ބަދަލު މޭ 15 ގައި މުރާޖައާ ކުރާނެ އެވެ.

އެއީ "ރޭސިސްޓް" ނުވަތަ ނަސްލީ ތަފާތު ކުރުން ގެންގުޅޭ ނިންމުމެއް ކަމަށް ކުރާ ތުހުމަތުތަކާ ގުޅިގެން ބޮޑު ވަޒީރު ސްކޮޓް މޮރިސަން ވިދާޅުވީ މީގެ އަހަރެއް ކުރިން ޗައިނާއަށް ކުރާ ދަތުރުތައް ހުއްޓާލުމުން ވެސް މިފަދަ ތުހުމަތު ކުރި ކަމަށެވެ.

"ބަލިމަޑުކަމެއްގައި ސިޔާސީ ކަމެއް ނުވަތަ ފިކުރީ ވިސްނުމެއް ނޯންނާނެ. މިއީ ސިޔާސީ ކަމަކާ އެއްވެސް ގުޅުމެއް އޮތް ނިންމުމެއް ނޫން. މި ދައްކަނީ ވައިރަހެއްގެ ވާހަކަ،" ސިޑްނީގެ ރޭޑިއޯއަކަށް އޭނާ ވިދާޅުވި އެވެ.

ތަފާސްހިސާބުތައް ދައްކާ ގޮތުގައި އޮސްޓްރޭލިއާގެ 9000 ރައްޔިތުން އިންޑިއާގައި އެބަ އުޅެ އެވެ. އޭގެ ތެރެއިން 600 މީހުންނަކީ ހައި ރިސްކު މީހުންނެވެ.

އޮސްޓްރޭލިއާގެ މީޑިއާއިން ރިޕޯޓު ކުރާ ގޮތުގައި އެ ގައުމުގެ ރައްޔިތުން ގައުމަށް އެތެރެވެއްޖެ ނަމަ އެއީ ޖިނާއީ ކުށެއްގެ ގޮތުގައި މީގެ ކުރިން ދުވަހަކު ވެސް ބަލާފައެއް ނުވެ އެވެ.

އޮސްޓްރޭލިއާ ސަރުކާރުން ބުނީ އާ އުސޫލު އެކުލަވާލީ ސިއްހީ ފަރާތްތަކުން ދިން ނަސޭހަތަށް ބިނާކޮށް މުޖުތަމައު ރައްކާތެރި ކުރުމަށް ކަމަށެވެ. އިންޑިއާއިން ކޮވިޑުގެ އާ ވޭރިއެންޓެއް ފެނިފައި ވާއިރު، ފާއިތުވި 10 ދުވަހު ވެސް ކޭސްތައް އުޅުނީ ތިން ލައްކައިން މަތީގަ އެވެ.

އިންޑިއާއިން އޮސްޓްރޭލިއާއަށް ވަންނަ މީހުންގެ ތެރޭގައި ވެސް ޕޮޒިޓިވް ކޭސް ގިނަކަން ވަނީ ފާހަގަވެފަ އެވެ. ފޮރިން މިނިސްޓަރު މެރީސް ޕެއިން ވިދާޅުވީ މާޗް މަހުން ފެށިގެން ގައުމަށް އެތެރެވި މީހުންގެ ތެރެއިން ކަރަންޓީނުގައި ތިއްބާ ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ 57 ޕަސެންޓު އައީ އިންޑިއާއިން ކަމަށެވެ.

ނަމަވެސް އޮސްޓްރޭލިއާގެ އާބާދީގެ 2.6 ޕަސެންޓުގެ ގޮތުގައިވާ އިންޑިއާ ދަރިކޮޅު މީހުން ބުނީ މި އުސޫލަކީ އެ މީހުންނާ މެދު ކުށްވެރިންގެ ގޮތުގައި ދެކި "ދެ ވަނަ ދަރަޖައިގެ ރައްޔިތުން" ކަމަށް ކަނޑައަޅާ އުސޫލެއް ކަމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖިބޫޓީ ކައިރިއަށް ބޯޓެއް ބަންޑުންޖަހާލައި 139 މީހުން މަރުވެއްޖެ

ޖިބޫޓީން ފުރައިގެން ޔަމަނަށް ދަތުރުކުރި ހިޖުރަވެރިންގެ ބޯޓެއް ބަންޑުންޖަހާލި ހާދިސާގައި، 15 ކުޑަކުދިން ހިމެނޭހެން 139 މީހުން މަރުވެ އެތައް ބަޔަކު ވަނީ ގެއްލިފައެވެ. ޖުމްލަ 305 މީހުންނާއެކު ދަތުރުކުރި މި ބޯޓުން ސަލާމަތްވި 82 މީހުންނަކީ އިތިއޯޕިއާގެ ރައްޔިތުން ކަމަށާއި، އެމީހުންނަށް މިހާރު ސިއްހީ ފަރުވާ ދެމުންދާ ކަމަށް އދ. ގެ ހިޖުރަވެރިންނާ ބެހޭ އިދާރާއިން ބުނެއެވެ.

ބްރެކްސިޓް ވޯޓަށް ރަޝިއާއިން ނުފޫޒު ފޯރުވި: ޔޫކޭ ބޮޑު ވަޒީރު

2016 ވަނަ އަހަރުގެ ބްރެކްސިޓް ވޯޓަށް ރަޝިއާއިން ނުފޫޒު ފޯރުވާފައިވާ ކަމަށް އިނގިރޭސި ބޮޑުވަޒީރު އެންޑީ ބާންހަމް ވިދާޅުވެއްޖެއެވެ. ބާންހަމް މިހެން ވިދާޅުވި ނަމަވެސް، ބްރެކްސިޓަށް ތާއީދުކުރާ ފަރާތްތަކުން ވަނީ މިއީ ރައްޔިތުންގެ ނިންމުމުގެ ސައްހަކަން ގެއްލުވާލުމަށް ދައްކާ ވާހަކައެއް ކަމަށް ބުނެ އެކަން ދޮގުކޮށްފައެވެ.

"ހަކަތައިގެ ހަނގުރާމަ" ހުއްޓާލަން އެއްބަސްވެއްޖެ: ޓްރަމްޕް

ރަޝިޔާ އާއި ޔޫކްރެއިންގެ ހަކަތައިގެ ވަސީލަތްތަކަށް ހަމަލާދިނުން ހުއްޓާލުމަށް އެއްބަސްވެފައިވާ ކަމަށް ޑޮނަލްޑް ޓްރަމްޕް ވިދާޅުވި ނަމަވެސް، ޔޫކްރެއިންގެ ރައީސް ޒެލެންސްކީ ވަނީ އެފަދަ އެއްބަސްވުމެއްގެ މައުލޫމާތު ކުރިން ލިބިފައިނުވާ ކަމަށް ވިދާޅުވެފައެވެ. އެހެންނަމަވެސް، ރަޝިޔާއިން ހަމަލާތައް ހުއްޓާލާނެ ކަމުގެ ހަގީގީ ޔަގީންކަން ލިބިއްޖެ ނަމަ، އެފަދަ އެއްބަސްވުމަކަށް އަމަލުކުރުމަށް ޔޫކްރެއިން އޮތީ ތައްޔާރަށެވެ.

އަނެއްކާވެސް ރިޔާދްގެ އެއާޕޯޓަށް ހަމަލާދީ ރޯކޮށްލައިފި

އީރާނުގެ މަދަދުލިބޭ ހޫތީން ސައުދީގެ ރިޔާދު އެއާޕޯޓަށް އަމާޒުކޮށް ފޮނުވާލި ކްރޫޒް މިސައިލެއް ވައިގެ ތެރޭގައި ގޮއްވާލާފައިވާ ކަމަށް ސައުދީ ކޯލިޝަނުން ބުނެފިއެވެ. މި ހަމަލާގައި އެއާޕޯޓުގެ ޓާމިނަލް 4 ގައި އަލިފާން ރޯވެފައިވާއިރު، މިއީ ފާއިތުވި ދިހަ އަހަރު ތެރޭގައި އެ ގައުމަށް އަމާޒުވި އެންމެ ނުރައްކާތެރި އެއް ހަމަލާއެވެ.

ލީޑަރުން މިނިވަންކުރުމާއެކު އިތުރު މުޒާހަރާއަށް ތައްޔާރުވަނީ

އިންޑިއާގެ އުއްތަމަ ފަނޑިޔާރު، ވަޒީފާއެއް ނެތް ބައެއް ޒުވާނުންނަކީ "ކޮކްރޯޗް" ނުވަތަ ކުރަފިތަކެއްގެ ގޮތުގައި ސިފަކުރެއްވުމާ ގުޅިގެން، މިދިޔަ މޭ މަހު މި ހަރަކާތް ފެށި އަބީޖީތު ދިޕްކޭ އާއި އެ ހަރަކާތުގެ އެހެން ލީޑަރުން ހައްޔަރުކުރީ އިންތިޚާބީ އިސްލާހުތަކަށް ގޮވާލައި މުޒާހަރާ ކުރުމަށް ހޮނިހިރު ދުވަހު ދިއްލީއަށް ދިޔުމުންނެވެ.

ބޮޑެތި ޓީވީ ނެޓްވޯކްތަކާ ދެކޮޅަށް ތަހުގީގެއް ފަށައިފި

ރައީސް ޓްރަމްޕްގެ ހަރަކާތްތައް ކަވަރުކުރާ "ޕޫލް ކަވަރޭޖް" އެމެރިކާގެ ބޮޑެތި ޓީވީ ނެޓްވޯކްތަކުން މެދުކަނޑާލުމާ ގުޅިގެން، ވާދަވެރިކަމާ ބެހޭ ގާނޫނުތަކާ ޚިލާފުވެފައިވޭތޯ ބަލަން ޖަސްޓިސް ޑިޕާޓްމަންޓުން ތަހުގީގެއް ފަށައިފިއެވެ. މި ތަހުގީގު ފަށާފައިވަނީ ބައެއް ނޫސްވެރިން ވައިޓް ހައުސްއަށް ވަނުން މަނާކުރުމާ ގުޅިގެން، މީޑިއާތަކުން ގުޅިގެން ޚިދުމަތް މެދުކަނޑާލުމަކީ ވިޔަފާރީގެ ބާރުތައް ހިސާރުކުރުން މަނާކުރާ "ޝާމަން އެކްޓް" އާ ޚިލާފު ކަމަކަށް ވެދާނެތީއެވެ.

ވިހަ އިންޖެކްޝަން ޖަހައިގެން މަރުނުވެ ސަލާމަތްވި ގާތިލު ޖަލަށް

އެމެރިކާގައި މަރުގެ އަދަބު އިއްވާފައިވާ ކްރިސްޓާ ޕައިކްގެ ގަޔަށް ވިހަ އިންޖެކްޝަން ޖަހައިގެން މަރާލަން ކުރި މަސައްކަތް ނާކާމިޔާބުވެ، ހޮސްޕިޓަލުގައި ފަރުވާ ދިނުމަށްފަހު އޭނާ އަނބުރާ ޖަލަށް ބަދަލުކޮށްފިއެވެ. މިއީ ވިހަ އިންޖެކްޝަން ޖަހައިގެން މަރުގެ އަދަބު ތަންފީޒުކުރަން އުޅުމުގެ ތެރޭގައި މީހަކު ސަލާމަތްވި ފުރަތަމަ ފަހަރު ކަމަށްވާއިރު، އޭނާގެ ހާލު ރަނގަޅުވަމުން އަންނާތީ ކަމާބެހޭ ފަރާތްތަކުން ވަނީ ހައިރާންކަން ފާޅުކޮށްފައެވެ.

Newsletter

Get the latest news delivered straight to your inbox