އަށް އަހަރަށް ފަހު ޕްރިމިއާ ލީގުގައި ބޭލްގެ ހެޓްރިކެއް

May 2, 2021, 9:03 PM
ލަނޑު ޖެހުމަށް ފަހު ބޭލް އުފާފާޅުކުރަނީ.-- ފޮޓޯ: އޭއެފްޕީ

ލަނޑު ޖެހުމަށް ފަހު ބޭލް އުފާފާޅުކުރަނީ.-- ފޮޓޯ: އޭއެފްޕީ

ލަންޑަން (މެއި 2) - އިނގިރޭސި ޕްރިމިއާ ލީގުގައި މިރޭ ރެލިގޭޓްވެފައި އޮތް ޝެފީލްޑް ޔުނައިޓެޑް އަތުން 4-0 އިން ޓޮޓެންހަމް ހޮޓްސްޕާސް މޮޅުވި މެޗުގައި އެ ޓީމުގެ ތަރި ގަރެތު ބޭލް ހެޓްރިކެއް ހަަދައިފި އެވެ.

މިއީ ކުރިން ޓޮޓެންހަމަށް ކުޅެމުން 2012 ވަނަ އަހަރު އެސްޓަން ވިލާ ކޮޅަށް ހެޓްރިކެއް ހެދި ފަހުން ބޭލް ޕްރިމިއާ ލީގުގައި ހެދި ފުރަތަމަ ހެޓްރިކް އެވެ. ޕްރިމިއާ ލީގުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދުމަށް ފަހު ބޭލް ރެއާލް މެޑްރިޑާ 2013 ވަނަ އަހަރު ގުޅުނީ ދުނިޔޭގެ ރެކޯޑް ފީ އަކަށެވެ. ރެއާލްގެ ލޯން އެއްބަސްވުމެއްގެ ދަށުން މި ސީޒަނުގައި ޓޮޓެންހަމަށް ކުޅެމުން އަންނަ ބޭލް ވަނީ މި ސީޒަނުގެ މިހާތަނަށް ޓޮޓެންހަމަށް 12 ގޯލު ޖަހައިދީފަ އެވެ.

"ތެދެއް އަހަރެން ހެޓްރިކެއް މި ހެދީ ވަރަށް ދުވަސް ފަހުން މި ލީގުގައި. އެކަމަކު މި މެޗުގައި އަހަންނަށް މުހިއްމީ އެ ވާހަކަ އަށް ވުރެ ޓީމަށް މި ލިބުނު ތިން ޕޮއިންޓް. އަހަރެން ތިން ގޯލު ޖެހިއިރު އޯރިއޭ މި ވަނީ ދެ އެސިސްޓްކޮށްފައި. އޯރިއޭ އިތުރު އެސިސްޓެއް ކުރިނަމަ އަހަރެން ނިންމައިގެން ހުރީ އޭނަ އަށް މެޗު ބޯޅަ ދޭން. އެއީ ލަނޑު ޖެހުމާ އެއްވަރަށް އެސިސްޓް ވެސް މުހިއްމު،" ބޭލް ބުންޏެވެ.

މި މޮޅާ އެކު ޓޮޓެންހަމް ވަނީ ލީގުގެ ފަސް ވަނަ އަށް ޖެހިލައިފަ އެވެ. އެއީ 34 މެޗުން 56 ޕޮއިންޓް ހޯދައިގެންނެވެ. ކުރިން ފަސް ވަނައިގައި އޮތް ވެސްޓް ހޭމް ޔުނައިޓެޑް ހަ ވަނައިގައި އޮތީ 33 މެޗުން 55 ޕޮއިންޓް ހޯދައިގެންނެވެ. ލިވަޕޫލް ހަތް ވަނައިގައި އޮތީ 33 މެޗުން 54 ޕޮއިންޓް ހޯދައިގެންނެވެ. މިރޭ މެންޗެސްޓާ ޔުނައިޓެޑާއި ލިވަޕޫލް ކުޅެން އޮތް މެޗު ސަޕޯޓަރުންގެ ހަޅުތާލުތަކާ ހެދި ޖެހުނީ ފަސްކުރާށެވެ.

ޓޮޓެންހަމް ދަނޑުގައި މިރޭ ކުޅުނު މެޗުގައި ބޭލް ފުރަތަމަ ގޯލު ޖެހީ މެޗުގެ 36 ވަނަ މިނިޓްގައި ސާޖް އޯރިއޭ ދިން ބޯޅައަކުންނެވެ. ފުރަތަމަ ހާފުގައި ޓޮޓެންހަމްގެ ސޮން ހެއުން މިން ގޯލެއް ޖެހި ނަމަވެސް ރެފްރީ ނިންމީ އޮފްސައިޑް ކަމަށެވެ. އެއީ ވީޑިއޯ އެސިސްޓަންޓް ރެފްރީ (ވީއޭއާރް) އިން ބެލުމަށް ފަހު އެވެ.

ބޭލް އޭނާގެ ހެޓްރިކް ފުރިހަމަކުރީ ދެ ވަނަ ހާފްގައި ދެ ގޯލު ޖަހައިގެންނެވެ. އޭގެތެރެއިން އެއް ގޯލު ޖަހަން އޯރިއޭ ފުރުސަތު ތަނަވަސްކޮށްދިންއިރު، އަނެއް ގޯލު ކާމިޔާބުކުރީ ސޮން ދިން ބޯޅައަކުންނެވެ. ސްޓީވަން ބާގްވެއިން ދިން ބޯޅައަކުން ޓޮޓެންހަމްގެ ފަހު ގޯލު ޖެހީ ސޮން އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

2030 ގެ ފީފާ ވޯލްޑް ކަޕްގެ ރައިޓްސްތަކެއް ނެޓްފްލިކްސް އަށް

2030 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕް މެޗުތައް ސްޕެއިން އާއި އެންޑޯރާގައި ދެއްކުމުގެ ރައިޓްސް ނެޓްފްލިކްސް އިން ގަނެފި. މި އެއްބަސްވުމުގެ ދަށުން ކޮންމެ ދުވަހަކު އެއް މެޗު ހިލޭ ސްޓްރީމް ކުރާއިރު، އޭގެ ތެރޭގައި ސެމީ ފައިނަލާއި ފައިނަލް މެޗު ވެސް ހިމެނޭ.

ޗައިނާ މުބާރާތުގައި ވެސް ގައުމީ ފުޓްސަލް ޓީމަށް ކޯޗު ޒަކީރޯވް

އަންނަ މަހު ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތުގައި ވެސް ރާއްޖޭގެ ގައުމީ ޓީމަށް އިރުޝާދުދޭނީ ކޯޗު ފާރޫކް ޒަކީރޯވް ކަމަށް އެފްއޭއެމް އިން ވަނީ ހާމަކޮށްފައި. މި މުބާރާތަށް ތައްޔާރުވުމުގެ ގޮތުން ރާއްޖޭގެ ޓީމުން މިހާރު ފަރިތަކުރުންތައް ފަށާފައިވާއިރު، ރާއްޖޭގެ އިތުރުން މި މުބާރާތުގައި ޗައިނާ، ހޮންގް ކޮންގް އަދި ދެކުނު ކޮރެއާ ވާދަކުރާނެ

ގައްދޫ ބަލިކޮށް ބުރު އަށް ސީޒަންގެ ފުރަތަމަ މޮޅު

ދިވެހި ޕްރިމިއާ ލީގުގައި ގދ. ގައްދޫ 2-0 އިން ބަލިކޮށް، ބުރު ސްޕޯޓްސް ކްލަބުން މި ސީޒަނުގެ ފުރަތަމަ މޮޅު ހޯދައިފި. މި މެޗުގެ ލަނޑުތައް ބުރު ސްޕޯޓްސްއަށް ކާމިޔާބުކޮށްދިނީ ޖުއާން އެޑުއާޑޯ ލެސްކާނޯ އާއި އިބްރާހިމް އުސާމާ ހަސަން މަޖީދު

ލަމްޕާޑް އެދުނީ ކަވެންޓްރީ އިން ހަމަބިމުގައި ތިބެން

ކޯޗު ފްރޭންކް ލަމްޕާޑްގެ އިރުޝާދުގެ ދަށުން ކަވެންޓްރީ ސިޓީން 25 އަހަރަށް ފަހު ޕްރިމިއާ ލީގުގައި އަމިއްލަ ދަނޑުގައި ފުރަތަމަ މޮޅު ހޯދައިފި. ނިއުކާސަލް އަތުން ލިބުނު މި ކާމިޔާބީއާއެކުވެސް، ލަމްޕާޑް ބާރުއެޅީ ޓީމުގެ ސަމާލުކަން ނުގެއްލުވައި ހަމަބިމުގައި ތިބެގެން ކުރިއަށް ދިއުމަށް

އެމެރިކާ އަކީ ފުޓްބޯޅައިގެ ގައުމެއް ނޫން: ޖިރޫ

އެމެރިކާގެ އެލްއޭ އެފްސީއަށް ކުޅުމަށްފަހު ފްރާންސްގެ ލިލް އަށް ބަދަލުވި އޮލިވިއޭ ޖިރޫ ބުނިގޮތުގައި، އެމެރިކާ އަކީ ޔޫރަޕާ އަޅާބަލާއިރު ފުޓްބޯޅައިގެ ޖޯޝާއި ފޯރި ކުޑަ، ހަމައެކަނި ފުޓްބޯޅައިގައި ހިމެނޭ ފައިސާއަށް އިސްކަންދޭ ގައުމެއް

ރާއްޖެ މެޗުގެ ކަންތަކާ ހެދި ލަންކާ ކޯޗު 5000 ޑޮލަރުން ޖޫރިމަނާ

އޭއެފްސީ 20 އަހަރުން ދަށުގެ ކޮލިފައިންގައި ރާއްޖެއާ ދެކޮޅަށް ކުޅުނު މެޗަށްފަހު، ދިވެހި ޓީމަށް ބޭއަދަބީ ބަހުން މުހާތަބުކުރި ލަންކާގެ އެސިސްޓަންޓް ކޯޗު މުހައްމަދު އިމްރާން 5000 ޑޮލަރުން އޭއެފްސީން ޖޫރިމަނާކޮށްފިއެވެ. މި މައްސަލައާ ގުޅިގެން ލަންކާ ފުޓްބޯޅަ ފެޑެރޭޝަނުން އޭނާ ވަގުތުން މަގާމުން ވަކިކޮށްފައިވާއިރު، ދެ އަހަރު ދުވަހުގެ ސަސްޕެންޝަނެއް ދިނުމަށްވެސް އެ ފެޑެރޭޝަނުން އަންނަނީ މަސައްކަތް ކުރަމުންނެވެ.

ގައްދޫން މި ބުރުގައި ހަ ޕޮއިންޓް ހޯދަންޖެހޭ: ނަޒީހު

ދިވެހި ޕްރިމިއާ ލީގުގައި މިހާތަނަށް ކުޅުނު ހަތަރު މެޗުން ބަލިވެފައިވާ ގައްދޫ ޓީމުން، މި ބުރުގައި ހަ ޕޮއިންޓް ހޯދަން ޖެހޭ ކަމަށް އެ ޓީމުގެ ކޯޗު މުހައްމަދު ނަޒީހު ބުނެފިއެވެ. ބަޖެޓާއި ތަޖުރިބާކާރު ކުޅުންތެރިންގެ ދަތިކަން ހުރި ނަމަވެސް، މިއަދު ބުރު ސްޕޯޓްސްއާ ދެކޮޅަށް ކުޅޭ މެޗަކީ ރަނގަޅު ނަތީޖާއެއް ނެރެން އުންމީދުކުރާ މެޗެއް ކަމަށް އޭނާ ފާހަގަކުރިއެވެ.

Newsletter

Get the latest news delivered straight to your inbox